ކުޑަކުދިންނާއި އަންހެނުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ސަރުކާރުން އަބަދުވެސް އިސްކަންދޭކަމަށް ބުނެއެވެ. މުއާހަދާތަކުގައި ސޮއިކޮށް، ބައިނަލްއަޤުވާމީ މައިދާނުގައި ވެސް އަންހެނުންނާއި ކުޑަކުދިންގެ ހައްގުގައި ދިވެހި ސަރުކާރުން އަޑުއުފުލައެވެ. ރާއްޖޭގައި ވެސް އަންހެނުންނާއި ކުޑަކުދިންގެ ހިމާޔަތުގައި ލައްކަ ގިނަ ގާނޫނުތައް ހެދިފައި އެބަހުއްޓެވެ. ނަމަވެސް އަންހެނުންނާއި ކުޑަކުދިންގެ ހިމާޔަތުގައި އެކަށީގެންވާ ވަރާއި ގާތަކަށް ވެސް އަމަލީ މައިދާނުގައި މަސައްކަތެއް ކުރެވޭ މަންޒަރެއް ނުފެނެއެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ބޮއްސުންލާފައި އޮތް މައްސަލަތަކުގެ ވާހަކަތައް ދައްކަން ސަރުކާރުން ބޭނުން ނުވި ނަމަވެސް އެތަންތަނުގެ މައްސަލަތައް ގިނަވެ "ހުޅުފަޅައިގެން" އެދަނީ ކަންކަމާއި ހަވާލުވެ ތިބި ވެރިންނަށް ޒިންމާ އަދާނުކުރެވިގެން ކަމާއިމެދު އިތުރަށް ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމުގައި އައިޝަތު ޝިދާތާ ޝަރީފް ހުންނަވަނިކޮށް ކުޑަކުއްޖަކު ކުޑަކުދިންގެ ހިޔާއިން ގެއްލުނެވެ. އެމައްސަލައިގައި ވެސް ކުށްވެރިވީ އެކުއްޖާއެވެ. މިނިސްޓަރު ވިދާޅުވީ އެކުއްޖާ ގެއްލުނީ އެކުއްޖާ އަކީ ބޮލާއިއެކު ބެޑްޝީޓް އަޅައިގެން ނިދާ ކުއްޖަކަށް ވުމުން ކަމަށެވެ. އެކުއްޖާ ކޮޓަރީގައި އޮތްކަން ކަށަވަރު ކުރި މުވައްޒަފު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ބަލާލުމުން މުވައްޒަފުގެ ޒިންމާ އަދާކުރެވުނީއެވެ. ކޮންމެއަކަަސް ޝިދާތާ "ހަވަރަށްދީ" އޭނާގެ މަގާމު ގެއްލުވާލައިފިއެވެ.

ދެން ޖެންޑާ މިނިސްޓަރު ކަމަށް އައްޔަން ކުރީ އައިޝަތު މުހައްމަދު ދީދީއެވެ. ޝިދާތާއަށްވުރެ ބަސް މަދުވުމުން ފިޔަވައި އައިޝަތު މުހައްމަދު ދީދީގެ ފަރާތުން ފެންނަ ތަފާތެއް ނެތެވެ. މައްސަލަތައް ހައްލު ކުރުމުގައި ކުރެވުނު ކަމެއް ނުފެނެއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ދެތިން ސަތޭކަ ކުދިން ހައްމަތަ ނުކުރެވިގެން އުޅުއްވާއިރު، ދެން ހުރި އެހެން މައްސަލަތައް އޭނާ އަށް ހައްލު ކޮށްދެވިދާނެ ކަމާއިމެދު ސުވާލު އުފެދެއެވެ.

ރާއްޖޭގައި ކުށް ކުރާ ކުޑަކުދިން ގިނައެވެ. އޭގެތެރެއިން ގިނަ ކުދިން ކުށަށް ހުށަހެޅިގެން ދިޔައީ މައިންބަފައިންގެ ސަބަބުންނެވެ. ކުދިންނަށް މައިންބަފައިންގެ ލޯބި އެންމެ ބޭނުންވާ ވަގުތު އެލޯބިން އެކުދިން މަހްރޫމްކޮށް ދައުލަތުގެ އަތްމައްޗަށް ކުދިންތައް ދޫކޮށްލުމުން، އެކުދިންގެ ހުރިހާ ޒިންމާއެއް ދައުލަތުން ނެގުން އެއީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެޒިންމާ ހަވާލުވުމުން މައްސަލަތަކަށް ހައްލު ގެނެވޭނެ ސިޔާސަތެއް ތަންފީޒު ކުރުމުގައި ދައުލަތުގެ ވެރިން ފެއިލްވާނަމަ އެކަމުގެ ޒިންމާ އެފަރާތްތަކުން އުފުލަން ޖެހޭނެއެވެ.

ފިޔަވަތީގެ ހާލަތު ގޯސްވެ އެތަނުގައި ހުޅުޖަހާ ހިސާބަށް ކަންތައްތައް ދިޔައިރު އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް އެއްކަމަކީ ފިޔަވަތީގެ ފުރާޅު މައްޗަށް ކުދިންތައް އަރައިގެން އުޅޭ މައްސަލައެވެ. ނަމަވެސް އެކަން މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަކަށް ބޮޑު މައްސަލައަކަށް ނުވިއެވެ. މިނިސްޓަރު ވިދާޅުވީ އެކުދިން ފުރާޅަށް އަރަނީ ފުރާޅަށް އަރާ ހިތުން ކަމަށެވެ. އެއީ އެއުމުރުގެ އެހެން ކުދިން ވެސް އުޅޭ ގޮތް ކަމަށް ވިދާޅުވެ މިނިސްޓަރު ދެއްވަން ބޭނުންވި ޔަގީންކަމަކީ އުސް އިމާރާތެއްގެ ފުރާޅަށް އެރުން އެއީ ގެއްލުމެއް ލިބިދާނެ ކަމެއް ނޫންކަމެވެ.

ދެން ދައްނަވާނީ ކީކޭތޯއެވެ. އިމާރާތްތަކުން ފުރިފައި މިއޮތް މާލޭގައި ވެސް ކުޑަކުދިން ގެތަކުގެ ފުރާޅު މައްޗަށް އަރައި ކުޅެ މަޖާ ކުރާތަނެއް ޔަގީނުން ވެސް އަޅުގަނޑު ނުދެކެމެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކުދިން ކުޅެން އަރާ ތަނަކަށް ގޭގެ ފުރާޅު މައްޗަށް ނުވެއެވެ. ގެއެއްގެ ފުރާޅު މަތީގައި ބޮޑެތި މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި އުޅުން އެއީ ރައްކާތެރިކަމެއް ނޫނެވެ. އިމާރާތްތަކުގެ ފުރާޅުމަތިން ވެއްޓި ބޮޑެތި މީހުންނަށް ވެސް އަނިޔާވެފައި ހުރީ މަދެއްކޮށެއް ނޫނެވެ.

ހާލަތު އޮތީ މިހެން ކަމަށްވާއިރު، އިމާރާތުގެ ފުރާޅު މައްޗަށް ކުދިންތައް އަރައި އެކުދިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުން އެއީ ގޯހެއް ކަމަށް މިނިސްޓަރަށް ފެނިވަޑައި ނުގެންނެވުމުން ދެން އެކުދިންގެ ރައްކާތެރިކަމާއި މެދު ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟

އިއްޔެ ފެނުނު ދެވަނަ ޚަބަރަކީ ފިޔަވަތީގައި ތިބި ކުދިންގެ އުޅުމަށް ބަދަލުތައް އައީ ސްކޫލު ހުޅުވު ފަހުން ކަމަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބް ވިދާޅުވި ޚަބަރެވެ. ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ތިބި ކުދިންގެ އަމަލުތައް އާއްމުންނަށް ފެންނަ ހިސާބަށް އައި ސަބަބެއް ކަމަށް ޝިހާބަށް ފެނިވަޑައިގެންނެވީ އެކުދިން ސުކޫލަށް ދިއުން ހެއްޔެވެ؟ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ވިސްނުން މިގޮތަށް ހުރިނަމަ ދެން މައްސަލަތައް ހައްލު ކުރަން އޮތް ގޮތަކީ ކޮބައި ހެއްޔެވެ؟ އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ މައްސަލައިގެ ހައްލަކީ ކުދިން ސްކޫލަށް ނުފޮނުވުން ހެއްޔެވެ؟

މައްސަލަތައް ހައްލުކުރަން ބޭނުންވަނީ މައްސަލަތައް ހައްލު ކުރެވޭވަރުގެ ސިޔާސަތުތަކެކެވެ. އެސިޔާސަތުތައް ފެށުން ގުޅިފައި އޮތީ ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާގައި އެކަނި ކަމަށް ދެކޭނަމަ އެއީ މާހަނިވިސްނުމެކެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ކުދިންގެ ތެރެއިން ބައެއް ކުދިން ކުށުގެ ވެށީގައި އުޅެފައި ހުރުމަކީ އެކުދިން ރަނގަޅު ނުކުރެވޭނެ ސަބަބެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ކުރީ ސަރުކާރުގައި އެމްއެންޑީއެފް އާއި ފުލުހުން ކުރިއަށް ގެންދިޔަ ބްލޫސް ކޭމްޕް ފަދަ ކޭމްތަކުން ވެސް އެތައް ކުދިންނެއް ހަމަމަގަށް އެޅިއެވެ. އެހެންވީއިރު 7/24 ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންތަކެއް އިސްލާހް ނުކުރަން ދެއްކޭނެ އެއްވެސް ސަބަބެއް ނޯންނާނެއެވެ. ދައުލަތުގެ ހުރިހާ ވަސީލަތެއް އެހުރީ ސަރުކާރުން ބޭނުން ގޮތަކަށް އެވަސީލަތްތައް ބޭނުން ކޮށްގެން މައްސަލަތައް ހައްލުކުރަން ލިބިފައެވެ. މައްސަލަތައް ހައްލުނުވެ ދިގުލައިގެން މިދަނީ ގާބިލްކަން ނެތިގެންނެވެ. މިއީ ތަރުތީބުގެ މައްސަލައެއް ނޫނެވެ.

ހުރިހާ ކަމެއް ބޮއްސުންލައިގެން ދިއުމުން މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ފިޔަވަތީގެ ތަރުތީބު ކުޑަކޮށް ގެއްލުނީ ކަމަށެވެ. ނަމަވެސް ދުރުގައި ބަލަން ތިބޭ އާއްމު ރައްޔިތު މީހާއަށް ފެންނަނީ ތަރުތީބު ގެއްލިގެން އުޅޭތަނެއް ނޫނެވެ. ފެންނަނީ ކަންކަން ހައްލުކުރުމުގެ ގާބިލްކަން ނެތިގެން އުޅޭތަނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އިސްޢާފް ސަލީމް

    މައުމޫނު ރުއްސަން ވައްދާފަހުރި ބޮލެއް!

    30
    3
    • ހޯމް ސްޓޭ ރާއްޖެތެރޭ މީހާ

      އަދިވެސް މިއުޅެނީ 30 އަހަރުން އަރައިނުގަނެގެން. ކިހާ ބޮޑު ކަމެއް މިވެސް ދެން

      1
      1
  2. ދިލްބޭގަރާރ

    ފެންނަން ނެތީ ތަރުތީބެއް ނޫން، ފެންނަން ނެތީ ގާބިލްކަން! ދެން އަޅުވާ އާނމުންގެ ބޮލުގަ އިލްޒާމް ފަރުދީޒިންމާ އޭބުނެލެވުނީމަ އެނިމުނީ ބަލަ ފަރުދީޒިންމާ އޭކިޔާފަ ދެންކީއްކުރާ މުއައްސާސް ތަކެއްތޯ ބޮޑުމުސާރަނަންގަވައިގެން ބޮޑެތިމަގާމްތަކުގައި ތިތިއްބަވަނީ ލަދުންބޯހަލާކް ތިމާމެންނާ އެކަށީގެންނުވާމަގާމްތަކާ ހަވާލްވެގެން ނުވާވަރުކަންތައް ކުރަން އުޅެގެންވާނީ ހައްތާބޭޒާރ

    31
    2
  3. މައުމޫނު

    އާއިޝަތު މުހައްމަދު ދީދީއަކީ ލަދެއްހަޔާތެއްގެ ކުޑަ މިންވަރެއްހުރި އަންހެނެއްނަމަ ވަގުތުން އިސްތިޢުފާ ދޭނެ! ޒިންމާ އަދާނުކުރެވޭނަމަ ރައްޔިތުންގެ ޓެކުސް ފައިސާއިން މުސާރަ ނުނަގާ!ތިކެވީ ހަރާންތަކެތި! ކޮންމެހެން މަގާމުގައި ތަގުޑިބައްދައިގެން އޮންނަވާނެކަމެއް ނެތް!

    30
    1
  4. ފާފު

    ތި ޖެންޑާ މިނިސްޓްރީއަކީ އެންމެ ކުޑަމިނުން މައްސަލައެއް ހުށަހަޅާލާނެ ފޯމެއްވެސް އޮތް ތަނެއް ނޫން. ހުށަހަޅާ މައްސަލަ ލިޔަނީ އެތާ ތިބޭ މީހުން ހިތަށްއެރި ގޮތަކަށް. ހުރިހާ ކަމެއް ވެސް ކުރަނީ ޝިހާބުމެން ހިތުހުރި ގޮތަކަށް. ކުޅޭކުޅޭ މިނިސްޓްރީއެއް.

    17
  5. ހަވާސާ އިބޫ

    މިހުރިހާވެސް މައްސަލައަކީ ރައީސުލުޖުމްހޫރިއްޔާގެ އޮފީސް ބޮއްސުންލައިގެން ދިއުން. މިނިސްޓަރުން ގާބިލްމީހުންނަށް ހެދޭނީ ރައީސް އޮފީހުގައި ތިބޭ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ގެ ގާބިލްކަންހުރެގެން އެޚުޓިވިސްޓުން ރައީސް އޮފީހުގައި ގިނަވިޔަކަށް ސަރުކާރެއް ނުހިންގޭނެ! ނާގާބިލް މީހުންވެސް ގާބިލުމީހުންނަސް ހަދަން ސިޔާސީގޮތުން އޭރުގެ ހާލަތަށް ބަލައި ރައީސް މައުމޫން ތިޔަ އައިސަތު މުހައްމަދު ދީދީ މިނިސްޓަރ ކަމަށް ލާފާދޫކޮށްލީޔަކީނޫން މަގުދައްކައި ދުވަހުންދުވަހަށް މަސައްކަތް މޮނިޓަރކުރަމުން ދިޔައިމާ އެވަރުވެސްވީ!

    12
    1
  6. އަބުދުﷲ

    ޚިޔާނާތާ މަކަރާ ހީލަތް މުނާފިގުކަން
    ގައުމެއް ދީނެއް ވަކިނުވާވަރަޢް އަމިއްލަ އެދުން ބޭއިންސާފު އާއްމުވެއްޖެ ތަނަކައް ވާނެގޮތްވީ

    18
    1
  7. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ.

    އެއްވެސް މީގެ މީހަކު އިސްތިޢުފާ ދޭކަށް އަންގަން އިބޫ ބޭނުމެއް ނުވޭ. ރައްޔިތުންނަށް ގެއްލުން ދިނަސް އިބޫ އަށް ވަރިހަމަ. "ވެންޓިލޭޓަރު ވަގު" އަށްވެސް 4 މަސް ވަންދެން އަހަރުމެންގެ ޖީބުން އިބޫ މުސާރަދިން (ކަމެއް ނުކުރުވާ، ގޭގަ ބަހައްޓައިގެން). ޢާއިޝަތު މުޙައްމަދުދީދީ އަކީ އިބޫ ގެ ކްލާސްޓީޗަރު. ދެން އިސްތިޢުފާ ދޭން އަންގަންވީ ކީއްކުރަން؟ އިބޫ މިއީ އަޅެފަހެ ހާދަ ނުބައިވެގެންވާ މީހެކޭ! އިބޫ އަށްވުރެ ނުބައިނުލަފާ ރައީސްކަން ކުރި މީހަކު ދިވެހިރާއްޖޭގެ ތާރީޙުންވެސް ފެންނާކަށް ނެތް!

    14
  8. ހަޑިމިލޭރު

    އަދިވެސް މޮޅެތި ނަންތައް ކިޔާފަ ބޮޑުމުސާރަ ދީފައި ބޭކާރު އޮފީސްތައް އުފައްދާތި. ފެއިލްޑް ސްޓޭޓް.

    19
  9. Anonymous

    ޢައިޝާއަކީ ހުދުމުހުތާރު 30 އަހަރު އަތޮޅުވެރިކަންކަން ކުރެއްވި ބޭފުޅެއްގެ ދަރިއެއް

    15
  10. ނާރު

    މައްސަލައަކީ އައިޝާއެއްނޫން ތަނުގައި ތިބި މުވައްޒަފުން ނުކުޅަދުންތެރީ ބޭނުންވަނީ ފައިސާ ހިދުމަތް ދޭކައް ބޭނުމެއްނޫން ކުދިންލައްވާ ގޯސްހަދަނީ އެމީހުން ތިމާ މަގާމު ބޭނުންވީމާ ދަށުގައިތިނި މުވައްޒަފުން ބޭނުންކޮއްގެން އެ އަމަލުތައް ހިންގަނީ މުވައްޒަފުންގެ ގާތުގައި ވެރިން ގޯސްކޮއްފަ ވާހަކަދެއްކުން އެންމެ ނުބައި އެއްސިފަ

    3
    3
  11. ބީރުމީހާ

    ސްކޫލްތަކުގައި ކުދިންނާ ދޭތެރޭގަވެސް މިހާރު އަމަލުކުރަމުންދަނީ ހަމަ އެ ގޮތަށް ނިކައތި ސޮރު ގެޔަށް ގަދަކުއްޖާ ކުލާހުގައި އަދި ސްކޫލު ހުޅުވުނުތާ މާގިނަ ދުވަހެއްނުވޭ އަޅުގަނޑުގެ ސަރި 4ދުވަހު ގެޔަށް ފިނުވާލާފި
    ވީގޮތެއް ނާންގާ

  12. ޝަމްސް/ތޮއްޑޫ

    ފްރާންސް ގެ ރައީސް އުޅެނީ އޭނާ ގެ މިސް އާއި އިނދެގެން.

  13. ފެންނަން ނެތީ

    ފެންނަން ނެތީ އެ މޮޔަ ހިންގާ ޖަރީމާ

  14. އަބުދުﷲ

    ރައްޔިތުން ކޮންމެ ވަރެއް ކުރިޔަސް ގާބިލުކަން ނެތަސް މަގާމުގަ ތިބޭސަބަބަކީ މައުމޫނާ ގާސިމާ ތައާރަފުކުރި ހައްދުފަހަނައަޅާފައިވާ ބޮޑުމުސާރަ.......... ހުރިހާޚިޔާނާތެއްއްގެ އަސްލަކީ މާބޮޑު މުސާރަ އެއްބަޔަކައް ދިނުން.

  15. ރ

    ޖެންޑަރ މިނިސްޓްރީ އަކީ މިސަރުކާރުގެ އާއިލީ މީހުންގެ އޮފީސް
    1. މިނިސްޓަރ އައިޝާ... އިބޫގެ ޓީޗަރ
    2. ފޮރިން މިނިސްޓަރ ޝާހިދުގެ ހަގު އަނބި އިސްޓޭޓް މިނިސްޓަރ
    3. ހޯމް މިނިސްޓަރގެ އިމްރާންގެ ހަގު އަނބި ނައިބު
    4. ޔޫތު މިނިސްޓަރ މަހުލޫފުގެ ދައްތަ ސީއީއޯ
    5. ބިގޭގެ ކޮއްކޮ ސްޓޭޓް މިނިސްޓަރ
    މިވަރު މަދުތޯ އާއިލީ ވެރިކަމަކަށް އަދި ވެސް އަހަރެމެންނަށް ނޭނގޭ މިކަހަލަ ކިތަންމެ މަގާމެއް... އެތާނގާގައި ވާނެ...
    ފޮރިންމިނިސްޓްރީ ވެސް މިފަދަ ހާލެއްގައި މިނިސްޓަރ ޝާހިދުގެ ދަރިފުޅު . އަނދުން ހުސައިންގެ ދަރިފުޅު މާކުން ފަލާޙުގެ ދަރިފުޅު.......މަހަކު 7 ހާސް ޕައުންޑް ލިބޭ ވަޒީފައިގައި ޔޫކޭގައި... މައުސޫމް ބުނި ޕައުންޑް ވަންނަނީ މާލޭ މީހުންގެ ދަރިންގެ ޖީބަށް

    14
  16. ސަޓޯ

    މީ މިނިސްޓަރެއްކަން އަދި ކިރިޔާ މިއެނގުނީ.. ހެހެހޭ
    ގައުމެއްވާ ނެތް، އޮޔާ ގޮއްސި

    8
    1
  17. ޖާބެ

    ކުދިންތަކެއް ހަލާކުނުވަނީސް މިތިބަ ބުރާންތިންތައް ބޭރުކުރޭ ތިޔަތަނުން.... ފެެންނަނީ އަނިޔާވެރި ރަހުމްކުޑަކަން އިންތިހާޔައް ދިޔުމުގެ ނަތީޖާ..

  18. ހުދުހުދ

    ފެންނަން ނެތީ މަގާމު ނުލިބިގެން އުޅުނުއިރު ކޮށްދެވޭނެ ކަމަށް ބުނި އެއްމއކަމެއްވެސް. ހަމަ ތަރުތީބާ ހަމަޔާ ލަމަޔަ ޤާބިލްކަން ނެތީ ކަމަނާގެ.... ސެޓްފިކެޓްއެއް އޮތަކަސް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެ ސަބަބކީ އިޚްލާސްތެރިކަން އޮތީ ޤައުމާ ރައްޔިތުންނަކަށް ނޫންވީމަ......

    10
  19. ހަލީމު

    ޖެންޑާ މިނިސްޓްރީގައި ފުއްޕާފައި އުޅޭ މީހުންނަށް ފެނޭތަ ކަލޭމެންނާ ބެހޭ ގޮތުން ރައްޔިތުން މިދައްކާ ވާހަކަތައް. ހާދަހާ ލަދުކުޑަ ބަޔެކޭ ތިޔައީ.

  20. ގާމަރު ނަންބަރު 1

    އަޑު އުފުލިޔަކަސް ނުވާނެ. ކަންކަން ބޮއްސުން ލައިގެން ދިޔައީމައެއް.