އަބޫޖަހުލަށް ހަދާލި ގޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަދާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކުރި އިސްމައިލް ޔާސިފް މިއަދު ކްރިމިނަލް ކޯޓުގައި ވެސް އެ ކަން ކުރަން ޖެހޭ ކަމަށް ބުނުމުން އެއް މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ރާއްޖޭން ބޭރުގައި ހުންނަވައިގެން ފަރުވާ ހޯއްދަވަމުން ގެންދަނިކޮށް، މި މީހާ ކުރި ކޮމެންޓެއްގައި ލިޔުނީ ރާއްޖެ އައުމުން އަބޫ ޖަހުލަށް ހެދި ގޮތަށް ހަދާނެ ކަމަށެވެ.

ރ. މީދޫގައި ހުއްޓައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރު ކުރި އުމުރުން 40 އަހަރުގެ ޔާސިފްގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއެވެ. ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި އޭނާ ގެންދިޔައީ ނަޝީދު އަވަހާރަކޮށްލަން ޖެހޭ ކަމަށް ބުނެ އަޑުގަދަކޮށްފައެވެ.

މި މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަލީ އާދަމް ނިންމެވީ ޔާސިފްގެ އަމަލުތައް ހުންނެވީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށެވެ. އެހެންވެ އެ ކުށުގައި ޔާސިފް އެއް މަސް ދުވަހަށް ޖަލަށް ލާން ގާޒީ ހުކުމް ކުރެއްވިއެވެ.

މީގެ ކުރިން އޭނާގެ ބަންދުގެ މުއްދަތު ޖަހަން ވެގެން ހާޒިރު ކުރީ ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓުގައި ވެސް އޭނާ އެ ގޮތަށް ނަޝީދަށް މަރުގެ އިންޒާރުތައް ދޭން ފެށުމުން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރިއެވެ.

ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ހަމަލާއިން ލިބުނު ޒަޚަމްތަކަށް ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭއިންނެވެ. ހަފުތާއެއްހާ ދުވަސްވަން ދެން ގިނަ އޮޕަރޭޝަންތަކެއް ކޮށްގެން ޒަޚަމްތަކަށް ލުއި ލިބެން ފެށުމުން ޖަރުމަނަށް ވަޑައިގެން މިލިޓަރީ ހޮސްޕިޓަލަކުން ދޮޅު މަހެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ.

މި ހަމަލާއަށް ފަންޑު ކުރި މީހުންނާއި ރޭވި މީހުން ހޯދެން ދެން ބޭރުގައި މަޑުކުރައްވަން ނަޝީދު ނިންމެވިއެވެ. އެ މުއްދަތަށް ނަޝީދުގެ ޗުއްޓީ އިތުރުކޮށްދޭން އެދިވަޑައިގެން މަޖިލީހުގެ އިދާރާއަށް ސިޓީއެއް ވެސް ނަޝީދު ލިޔުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. އަލީ

  މާ ކުރު.

  6
  14
 2. މޫސަ

  އެއްމަސް ދުވަސްވީމާ ދެން ނުމަރާނެދޯ

  24
  2
 3. ގުދް

  ހުރުމަތެއް އޮއިކޯޓެއް ތަތީފުރަތަމަ

  42
  4
 4. ހެހެހެ

  މިވެސް އެހެން ފިކުރެއްގެ މީހެއްނަމަ ވަގުތުން މެންޓަލް ޗެކުކުރާނެ

  31
  5
 5. އަބްދޫ

  ރ،.އަތޮޅު ރަށަކަށް އަރުވާލާފަ ހުއްޓާ އޭނަ ހުރި ގޭގެ މީހާގާތު ދެއްކިވާހަކަތަކުގެ ވާހަކަ އެމީހާ ބުނާ ވިޑިއޯ އާއި ކީރިތި ގުރްއާނުގައިވާ ހައްދުތަކަށް އިންކާރު ކޮށް ދެއްވިވާހަކަތަކުގެ ވީޑިއޯ އައި . ޑެންމާކް ގަ ދެއްކި ވާހަކަތަކާއި މަސްތުވާތަކެތި ބޭނުންކުރުމާބެހޭގޮތުން ދެއްކި ވާހަކަތަކާއި މިހުރިހާކަމެއްގެ ވީޑިޔޯ ސޯސަލްމިޑިޔާގަ އެބަހުރި . އެކަމަކު ނަސީދާއި ބެހޭގޮތުން ތަހުގީގިއަިދާރާއަކުން ހިރުވާތަންކަހާލާފަ ވެސް ނުވޭ. މިހުރިހާކަމަކަށްބަލާފަ ނަސިދަކީ ކޮންދީނެއްގެ މީހެއްތޯ ތަހުގީގުކޮށް ކޯޓަށް ހުށަހަޅާ ސަރީއަތް ހިންގަން ނުޖެހޭނެބާ؟

  57
  10
 6. މުސްލިމް

  ﷲ އަކްބަރު!!!

  57
  14
 7. ޢަހުމަދުވަގާރު

  މި ފެންވަރުގެ މީހުން މި ގައުމުގަ މިހާރު ގިނަ އަދަދަކަށް އެބަ އުޅޭ.މީގެން ބޮޑުބައި އަފްގާނަށް ހިޖުރަ ކުރާނެ ވަރަށް އަވަހަށް

  14
  35
 8. ަަަާޢަބޫޅޯ

  ޙައްޤަކާނުލަި އެއްވެސް މީހަކު މަރައެއްނުލެވޭނެ

  32
  10
  • ދިމާކުރާތީ

   ހައްޤުގެ ވާހަކަތޯއެވެ؟ މިރާއްޖެއަށް ޑިމަކުރަސީއޭ ޕާޓީ ސިސްޓަމޭކިޔާފަ މިކުޑަރާއްޖެއަށް އަރައި އަހަރެމެންގެ ކާފައިންނާ މާމައިންގެ ރިވެތި އަހުލާގު ނަގާލާ މަގުމަތިކޮށް މައިން ނާއި ބަފައިން މަގުމައްޗައްނިކުމެ އަމިއްލަ ދަރިންނާ ދިމާލަށް ރޯ އައުގުރާނަ ގޮވާންކެރި، އަބުރިވެރި ގަދަރުވެރި އަންހެންކަބަލުން މަގުތައްމައްޗައް ނެރެ، މިދެންނެވި އެންމެން ހިމެނޭނެހެން މި ރަށުފެ މަގުތަކަށް ނެރެ ދުލައް އިއިގާ ގޮވެއްޔެއްގޮވާ، އަންހެން ކަބަލުންގެ އިއްފަތާ ކަރާމާތަކީ ދެޖިންސުގެ ހަމަހަމަކަށް ހަދައި މަގުތަކުގަ ގަން ހިންގުވާ، ދެމަފިރިން ދެމެދުގަ، މައިންބަފައިންނާއި ދަރިންނާ ދެމެދުގަ ވަކި ފިކުރެކޭ ޕާޓީއެކޭ ކިޔާ ކުލައެކޭ ކިޔާ ނަފުރަތު އުފެދި މޫނުކެޑި އާއިލީ ގުޅުންކެޑި ނުވިތާކަށް ހައްގުހޯދާށޭ ކިޔާ ރަށުތެރޭ ބަޑަހަ ޖަހައި ފާހިޝް އަމަލުތައް ހިންގުވައިފި. މި ނޫނަސް އެތައްކަމެއް އެބަހުރި؟ އަދިވެސް ހައްގުގެ ވަހަކަތޯ ދޮންކަލޯ؟ އެސޮރުއާ ބައިތު ހިފަނީކީނޫން. ހަމަ ހައްގުގެ ވާހަކަ ބުނެލީމަ އެއްޗެއް ބުނެލީ. އޯކޭ؟؟؟

   44
   9
   • ލޮލްލޮލް

    މީހަކަށް މީހަކުގެ އަޚުލާގު ނަގައެއް ނުލެވޭނެ..މައިން ބަފައިންނާއި ދަރިން އަގަލު ކެނޑުން އިރު ކަލޭ ހުރީ ބޮއިގެންތަ؟އާއިލީ ގުޅުން ކަނޑާކަށް އެއްވެސް ޕާޓީއަކުން ނުގޮވާ..ތީ އަމިއްލަ ހަޑިވާހާ...އަހަރުންވެސް މި އުޅެނީ..

 9. ބޮޑާބެ

  ތިޔަހުރީ ޖިހާދު ކުރެވިފަ ދެން ލަލަލާ

  16
  27
 10. ސަމީއު

  ލާދީނީ މީހުން ހިތަށް ނިކަން އަސަރު ކުރާނެ

  32
  17
  • ރާކަނި ސައްތާރު

   ހައްގަކާ ނުލާ މީހުން މެރުމަކީ އިންސާނީ ދަރިފަސް ކޮޅު ނައްތާލުން ފަދަ ކަމެއް.. އެސޮރު މަރަން ޖެހެން ޖެހޭނެ ކަމަށް ދެކޭނަމަ އިސްލާމް ދީނުގައި އެކަން ކުރަންއޮންނަ ގޮތަށް ކުރަންޖެހޭނީ...މިއޮތީ ވާ ގައުމެއް

 11. މަންތިރި

  މިސްކިތް ތަކަށްވުރެ މި ނާއިންސާފު ތަންތަންމާ ޙުރުމަތްތެރި. އަޖާިބެއް ފަހެ ނުވާނެތަ

  3
  2
 12. Anonymous

  އިސްލާމްދީނުގައި މީހުންގެ ލޭ ހުއްދަވާ ކަންތައްތައް އޮޅުން ފިލުވާލުމަށް ނަސޭހަތްތެރިވަން. ނުދަންނަ ނަމަ އެދުރުންގެ ކިބައިން އޮޅުން ފިލުވާލެއްވުން ކީއްތޯ؟ ވަކިން ޚާއްސަވެގެން ދީނީ ކަންތަކުގާ އޮޅުންތައް އޮޅި ހަރުކަށިވާ ހިސާބަށް ދާ އޮޅުންތައް އޮޅިއްޖެއްޔާ އަބަދު ޖެހޭނީ އޮޅުން ފިލުވާން. އޮޅުނު އޮޅުނުހެން ގިނަ އޮޅުންތައް އޮޅި މޮހާލަން އުނދަގޫވާވަރުގެ އޮޅުންތައް އެރުމުގެ ކުރިން ޢިލްމުގެ އަހުލުވެރިންނާ ސުވާލުކޮށް ޙައްޤު ޤަބޫލުކުރަންވީ
  އަޅުގަނޑު މިދަންނަވަނީ މުހަައްމަދު ނަޝީދަކަސް މަރާލަން ވާނީ އިސްލާމްދީނުގާ ލޭ ހުއްދަވާ ފަދަ ސަބަބަކާ ލައިގެން. ޙައްޤަކާ ނުލާ އޭނާ ވެސް މަރާލުމަކީ ޙައްޤަކާ ނުލާ މީހަކު މެރުން ކަމަށް ނުވާނެ ގޮތެއް ނޯންނާނެ ކަމީ ކަށަވަރުގެވެގެންވާ ޙަޤީޤަތެއް.

  5
  1
 13. ބަދި

  ޙައްގު އޮންނަނީ ބައެއް މިިހުންނަށް ހެން ހީވަނީ

  4
  1
 14. ލޮލްލޮލް

  ދެން ވަރަށް ގައްޑާ މީހެކޯ މީ...ހިތުން ސުވަރުގެ ވަންތަވެރިޔެއް!