އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެމްޕޭން ޓީމުތަކާ ބައްދަލު ކުރައްވަން ފައްޓަވައިފި އެވެ.
އިބޫގެ ކެންޕޭން ޓީމުތަކާއި ބައްދަލު ކުރައްވަން އިއްޔެ ފަށާފައިވާއިރު މިއަދުވެސް މުހިއްމު ބައްދަލުވުންތަކެއް ކުރިއަށް ގެންދާނެ ކަމަށް އެފަރާތުން ވަނީ ޓްވީޓް ކޮށްފައި އެވެ.
އަދި މިއަދުގެ މުހިއްމު ހަރަކާތްތަކުގެ ގޮތުގައި ފާހަގަކުރައްވާ 8 ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ. އެގޮތުން ރ.އަތޮޅު ދާއިރާގެ ކެމްޕެއިން ޓީމް، ޖޮއިންޓް ޕާޓީ ސްޓީއަރިންގ ކޮމިޓީ، އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ މެމްބަރުން، ކެމްޕެއިން ކޮމިޓީ، ރޭސިން އެސޯސިއޭޝަންގެ މެންބަރުން، ގދ.އަތޮޅު ކެމްޕެއިން ޓީމް އަދި ފުވައްމުލަކު ކެމްޕެއިން ޓީމްގެ އިތުރުން އެމްޑީޕީ އަންހެނުންގެ ރޫހުގެ މެންބަރުންނާއި ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
އިންތިޚާބަށް އެމްޑީޕީން އެކުލަވާލާފައިވާ މެނިފެސްޓޯގެ ބައެއް ބައިތައް މިހާރު އާންމުކުރަމުންދާއިރު އަތޮޅުތަކަށް ކެމްޕޭން ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު އިބޫ އަށް ދީފައިވަނީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކުރިން ވާދަކުރަން ނިންމެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވުމާ ގުޅިގެންނެވެ.
މި ނިންމުން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އިންތިހާބުގައި ވާދަނުކުރައްވަން ނަޝީދު ނިންމެވިއިރު އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ގާނޫނީ ގޮތުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ވަނީ ބަންދުވެފަ އެވެ.
އަހަރެމެން ބޭނުމީހަމަ އަންނި ތީކަމުދާމީހެއްނޫންއިބޫޖަހަނީ ގެރިއެއްވައްތަރުއަނެްްކީ ވަގެއްސޮރީ ސޮރީ
ތިޔާ މަޑުނ އިނަކަސް އެއީނުމޮށޭގުރައެއް ހަދާންކުރާތި ކ