ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ކަނޑައަޅާފައި ވާއިރު މިހާރު އޮތް ބަހުސް އަކީ އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓަކަށް ވާނީ ކޮންބޭފުޅެއް ހެއްޔެވެ؟ ރަނިންމޭޓްގެ މަގާމަށް ގެންނަން ޖޭޕީގެ އެތެރެއިން ޝޯޓްލިސްޓް ކުރެވިފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅީ ކޮން ބޭފުޅެއް ހެއްޔެވެ؟

އައިޝަތު ނަހުލާ

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޖޭޕީ އިން އެންމެ އިސްކަން ދެނީ ރަނިންމޭޓެއްގެ ގޮތުގައި ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ ނެރޭށެވެ. ގާސިމްގެ އެންމެ ލޯބިވާ އަނބިމީހާގެ މަގާމު އައިޝާ އަށް އޮތް ނަމަވެސް ރައްޔިތުންގެ ލޯބި އައިޝާ އަށް ހޯދުމަކީ ނާދިރު ކަމެކެވެ. އަންހެނަކު ގައުމެއްގެ ވަލިއްޔުލް އަަމުރުގެ މަގާމަށް ގެނައުން އެއީ މިއަދުވެސް ދީނީ ގޮތުން ބޮޑު ބަހުސްއެކެވެ. ގިނަ މީހުން ބުރަވަނީ އަންހެނަކަށް ގައުމެއްގެ ވަލިއްޔުލް އަމުރުގެ މަގާމަށް ނާދެވޭނެ ކަމަށް ބުނާ ބުނުމަށެވެ.

އަނެއްކޮޅުން އެމްޑީޕީގެ ތާއީދެއް ވެސް ނަހުލާ އަކަށް ނެތެވެ. އެހެންކަމުން ނަހުލާ ރަނިންމޭޓަކަށް ނެރުމަކީ އިދިކޮޅު އިއްތިހާދު އިންތިޚާބުގައި މަރުފަލިޖަހަން ޖެހިދާނެ ކަމެއްކަން މިހާރުވެސް ގާތްގަނޑަކަށް ޔަގީނެވެ.

އަހްމަދު ސަމީރު

ސަމީރަކީ ރައްޔިތުންގެ މެދުގައި މަގުބޫލް ބޭފުޅެއް ނޫނެވެ. ޖޭޕީގެ ސެކެޓްރީ ޖެނެރަލްގެ މަގާމު އޭނާ ފުރުމުން ގާސިމްގެ އިތުބާރު ލިބިފައި ވީނަމަވެސް ހަޤީޤަތުގައި ސަމީރަކީ ސިޔާސީ ދާއިރާގައި ފޭލިއާ އެކެވެ. ޕާޓީ ބަދަލު ކުރުމުގެ ކުޅިގަނޑުގެ ސަބަބުން އޭނާގެ ސިޔާސީ ހަޔާތް ވަނީ މަރުވެފައެވެ. އެކަމުގެ ހެއްކަކަށް އެންމެ ފަހުން ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓަކާއި ވާދަކޮށް އޭނާ އަށް ލިބުނު ނާކާމިޔާބީ ފުދެއެވެ.

ގާސިމްގެ އިތުބާރު އޮތުމަކީ ރަނިންމޭޓް ކަނޑައެޅުމުގައި ޖޭޕީ އިން ބަލާނެ ހަމައެކަނި މިންގަނޑު ކަމަށް ނިންމާ ސަމީރަކީ ރަނިންމޭޓްކަމަށް ނިންމައިފިނަމަ އިންތިޚާބުގެ ނާކާމިޔާބީ އަށް އިންތިޒާރުކުރުން ފިޔަވައި އިތުރު ކަމެއް އިދިކޮޅު އިއްތިހާދުން ކުރާނެ ކަމެއް ނެތެވެ.

އަލީ ހުސައިން

އަލީ ހުސައިން އަކީ ޤާނޫނީ ވަކީލެއް ނަމަވެސް ޤާނޫނުތައް ހެދުމުގައި ރައްޔިތުންގެ މަޖިލީހުން އޭނާގެ ދައުރެއް ނުފެނުނެވެ. އެހެންކަމުން އަމަލީ މައިދާނުގައި އަލީ ހުސައިން ވަނީ ފެއިލް ވެފައެވެ. ދާއިރާގެ ރައްޔިތުންގެ ތާއިދު ވެސް ދުވަހަކަށް ވުރެ ދުވަހަކު ދަށްވެ، މަގުބޫލްކަން ވަނީ ކުޑަވެފައެވެ.

އަލީ ހުސައިން ބުނެލާ މޮޅު ބަހަކަށް ނޫސްވެރިން ޚަބަރު ހެދިނަމަވެސް އަލީ ހުސައިންގެ ނަން ރަނިންމޭޓެއްގެ ގޮތުގައި ޖަހައިގެން ގިނަ ވޯޓްތަކެއް ހޯދޭނެ ކަމުގެ ހެއްކަކަށް އެކަމެއް ނުފުދެއެވެ.

ފައިސަލް ނަސީމް

ސިޔާސީ ޕޯޑިއަމްގައި ސިޔާސީ ޑްރާމާ ކުޅެން ފައިސަލް ނަސީމް މަޝްހޫރު ނޫންނަމަވެސް އޭނާ އަކީ އިޖުތިމާޢީ ދާއިރާގައި މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ޚިދުމަތްތެރިޔާއެވެ. މީގެ އެތައް އަހަރެއް ކުރިން ހިލޭސާބަހަށް ފެށި މަސައްކަތް އެގޮތުގައި ދަމަހައްޓާ މިއަދު އޭނާ ވަނީ އެތައް ބައެއްގެ ލޯބި ހޯދާފައެވެ. ބަސްމަދު ނަމަވެސް ފައިސަލަކީ އަމަލު ގިނަ ބޭފުޅެކެވެ.

ނިސްބަތްވަނީ ރާއްޖޭގެ އެންމެ އާބާދީބޮޑު އެއްސިޓީ ކަމަށްވާ ފުވައްމުލަކަށެވެ. އެހެންކަމުން އެއީ ވެސް ފައިސަލް ރަނިންމޭޓެއްގެ ގޮތުގައި ނެރެން ބަލާއިރު ލިބޭ ވަރަށް ބޮޑު ޕްލަސް ޕޮއިންޓެކެވެ. ފުވައްމުލަކުން ފައިސަލް ގިނަ ވޯޓްތަކެއް ކަށަވަރުކުރާނެކަން ޔަގީނެވެ.

އޭގެ އިތުރުން ކާށިދޫ ދާއިރާގެ މަޖިލިސް ގޮނޑި ފައިސަލް މިހާރު ވެސް ފުރަމުން އެގެންދަނީ ރާއްޖޭގައި ހުރި އެންމެ ބޮޑު އެއްމަހުޖަނު ކަމަށްވާ އަބްދުﷲ ޖާބިރު ބަލިކުރުމަށްފަހު ކަމަށްވާތީ ދާއިރާގެ ރައްޔިތުންގެ ތާއިދު ފައިސަލަށް އޮތް މިންވަރާއި މެދު އިތުރަށް ސުވާލު އުފައްދާނެ ޖާގައެއް ވެސް ނެތެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު ކަން ވެސް ކުރި އަދި މިހާރު ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވެސް ހުރި ފައިސަލް އަކީ ސިޔާސީ ތަޖުރިބާ ބޮޑު، ޒުވާން ބޭފުޅެކެވެ.

މީގެ އިތުރުން ޖޭޕީ އިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަލާނެ އެއްޝަރުތަކީ ރަނިންމޭޓަކީ ގާސިމް އިބްރާހިމަށް ވަފާތެރި ވާނެ ބޭފުޅެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމުގެ ޝަރުތެވެ. ޔަގީންވާ ކަމަކީ މިޝަރުތު ފައިސަލްގެ ކިބައިގައި ވަރަށް ފުރިހަމަ އަށް ފުރިހަމަ ވާނެއެވެ. ވަރަށް އުނދަގޫ ދަނޑިވަޅުތަކުގައި ފައިސަލް ގާސިމްގެ ފަހަތުގައި މަޑުކޮށްފިއެވެ.

އެހެންކަމުން ޖޭޕީ އިން ރަނިންމޭޓްގެ މަގާމަށް ނެރެން، ގާސިމް އިބްރާހިމަށް ވަފާތެރި، ރައްޔިތުންގެ ތާއިދު އޮތް، ގިނަ ވޯޓް ހޯދުމުގެ ފުރުސަތު ފަހިވެފައިވާ، ގާބިލްކަން ސާބިތުކޮށްދެވިފައިވާ ބޭފުޅަކު ހޮވާނަމަ އެބޭފުޅަކީ ފައިސަލް އެވެ.

ޖޭޕީ އިން ނިންމަން އޮތީ ވަރަށް މުހިންމު ނިންމުމެކެވެ. އެނިންމުމެއްގެ ސަބަބުން އިދިކޮޅު އިއްތިހާދު ބައިބައިވުމުގެ ފުރުސަތު ވެސް އޮތް މުހިންމު ނިންމުން ނިންމާއިރު ގޯހެއް ނުހަދައި މިކަން ކޮޅެއްގައި ޖައްސަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަބްދުއްލާ

    ތިތާކުނެތް ކަމުދާ އެކަކުވެސް ،ތިޔައިން މީހަކު ނެރުނަކަސް އިތުރުވާނެ ވޯޓެއްވެސް ނެތް ކަމަކު ނުދޭ

  2. ތިލަފުށީ ބަކަރިކޮށިން ބަކައްޓެއް ބަރާބަރުވާނެ

  3. ޢައިޝާ ރަނގަޅު. ޢަންހެނަކު ނުކުތީމަ އަންހެން ވޯޓް ލިބޭނެ.

    • ޢަންހެނެކޭ ކިޔާފަ އަންހެނުން ވޯޓެއް ނުދޭނެ އަންހެނުންވެސް ބަލާނެ އެއީ ކިހާފެންވަރެއްގެ މީހެއްތޯވެސް މިއުޅެނީ ރީތީގެ ރާނީއަކު ހޮވާކަށް ނޫން މަިތުން އަލީވަީދު އެއުޅެނީ ގާސިމްގެ އަންހެނުން ރަގަޅުވާނެޔޭ ކިޔައިގެން ދެޕާޓީގެ ތެރޭގަ ހަމަނުޖެހުން އުފައްދަން އެހެންނާ ފަހެ ރަނިންމޭޓަކަށްވާންޖެހޭނީ ރައީސްމީހާއަށް ކަމެއް ދިމާވެއްޖެ ނަމަ ގައުުމުގެ ވެރިކަން ކުރެވޭފަދަ މީހެއް އިސްލާމީ ގައުމެއްގެ އެންމެ އިސް ވެރިކަމެއް އަންހެނަ ކަށް ނުކުރެވޭނެ ކަމަށް ދަންނަބޭކަލުން ވިދާޅުވަނީ

    • ޢަންހެނެކޭ ކިޔާފަ އަންހެނުން ވޯޓެއް ނުދޭނެ އަންހެނުންވެސް ބަލާނެ އެއީ ކިހާފެންވަރެއްގެ މީހެއްތޯވެސް މިއުޅެނީ ރީތީގެ ރާނީއަކު ހޮވާކަށް ނޫން މަިތުން އަލީވަީދު އެއުޅެނީ ގާސިމްގެ އަންހެނުން ރަގަޅުވާނެޔޭ ކިޔައިގެން ދެޕާޓީގެ ތެރޭގަ ހަމަނުޖެހުން އުފައްދަން އެހެންނާ ފަހެ ރަނިންމޭޓަކަށްވާންޖެހޭނީ ރައީސްމީހާއަށް ކަމެއް ދިމާވެއްޖެ ނަމަ ގައުުމުގެ ވެރިކަން ކުރެވޭފަދަ މީހެއް އިސްލާމީ ގައުމެއްގެ އެންމެ އިސް ވެރިކަމެއް އަންހެނަ ކަށް ނުކުރެވޭނެ ކަމަށް ދަންނަބޭކަލުން ވިދާޅުވަނީ

  4. ވިސްނާމީހާ

    ސަމީރު އައީ އެމްޑީޕީއިން ލަޑަޔާވާނީ ލަޑަޔާއާއި އެމްޑީޕީގެ ޕެއިޑް ޓުވިޓަރޭމެން އައިޝާގެ އަބުރު ކަތިލަމުންދަނީ ރަނިންމޭޓަކަށް އައިސްދާނެތީ އެމްޑީޕީ ނުރުހޭ އެމްޑީޕީ ބޭނުން ގޮތެއް ހަދާނެ މީހަކު ނޫނީ ބޭނުމެއް ނުވާނެ މީ ޔަޤީން ކަމެއް
    އެމްޑީޕީ ޖަހާހާ ބެރަކަށް ނުނަށާނެ މީހަކަށް ޖޭޕީގައި ހުރީ އަބްދުﷲ ރިޔާޒް އެކަންވާނެހެން އެމްޑީޕީގެ ޓްވިޓަރޭމެންނަށް ހީވިޔަސް ވަގުތުން ބާގީއަކަށްވާނެ ދެންމަހީހީ

  5. ތިން ލޮނޑި

    އެއްވެސް ޟައްކެއް ނެތި މިބުނަނީ ފައިސަލް ނަސީމް އޭ

  6. ޚުނިހަކުރު

    5%ވަހިިދު

  7. ފައިސަލް

  8. އަމީން އިބްރާހީމް އަށް ތާއީދު.

  9. އާއިޝާ. ދެން ތިތާކު ނެތް ޖޭޕީ މީހަކު. ދެން ތިތިބީ ހުސް އެމް.ޑީ.ޕީގެ ޖޭޕީ ހެދުމުގައި ތިބި މީހުން.

  10. އެމްޑީޕީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ނައިބަކު ނެރުން ވަރަށް މުހިންމު މީ 5 އަހަރުގެ ދައުރަކަށް ކުރާ ކަމެއް މިހާތަނަށް ދައުރު ފެށޭއިރު ކޯލިޝަން ރޫޅޭ މަންޒަރު އޮތީ ވަރަށް ސާފުކޮށް ފެނިފަ ސޯ އެމްޑީޕީ އިން މިކަމަށް ވިސްނާ އެ ޕާޓީގެ ކެންޑިޓޭޑެއް ނެރުން މާ ރަނގަޅު!

  11. މަގޭ ވޯޓް އައިޝާއަށް. އެއީ މަޑުމައިތިރި ޖިންސުއްލަތީފެއް.

  12. ރާއްގުއްޑާ

    ސަމީރުއަކީ އެމް.ޑީ.ޕީގެ މީހެއް. އެކަން އެނގޭނެ އެންމެނަށްވެސް. އަންނި ބުނި ކޮންމެ ކަމެއް ކުރުމަށް ހުރި މީހެއް. އެމް.ޑީ.ޕީ.ގެ ޕްރައިމަރީއެއްގައި މަޖިލިސް މެންބަރުކަން ނުލިބި ފޭލުވުމުން ޤާސިމްގެ ލާރިގަނޑުން މެންބަރުކަން ލިބޭތޯ ގޮސް ފޭލުވީމަ ދެން ދިރިއުޅުމަށް ކުރާނެ ކަމެއް ނެތުމުން ޤާސިމްގެ ކައިރީގައި ފެލަން އުޅެމުންދާ އަޑިއަޑިއަޑިން އެމް.ޑީ.ޕީ. މީހެއް.
    ދެން މިއާރޓިކަލްގައި ފައިސަލްއަށް ތާޢީދުކޮށް ލިޔެފައި ދެން ތިބި މީހުންގެ ތާޢީދު ނެތްކަމަށް ލިޔުނުއިރު ތާޢީދު އޮތް މީހާއަކީވެސް ފެއިލިއަރއެއް. އެބޭފުޅާގެ ދާއިރާގެ ރައްޔިތުންނަށް ކަމެއް ކޮށްނުދެވި، ތާޢީދު ގެއްލިފައިވާ މީހެއް. ޤާސިމްގެ ކައިރިޔަށް ގޮސްހުރީ ފައިސާއަށް.

  13. ފައިސަލް ނަސީމް

  14. ފައިސަލް ނަސީމް

  15. އައިޝަތު ނަހުލާ ނުދޭންޖެހޭ ސަބަބެއްނެތް، ހުރިހާ ޚަރަދެއް ކުރަނީ އޭނަގެ ކާފަ

  16. ފައިސަލް ނަސީމް

  17. ތިތާ ނެތް ރަނގަޅު އެކަކުވެސް.