ރާއްޖޭގައި އަނިޔާވެރި މަރުތައް މަދެއް ނޫނެވެ. ކުޑަކުއްޖެއް ޒުވާނެއް، އުމުރުން ދުވަސްވީ މީހެއް ނެތި އެތައް ގަތުލެއް ރާއްޖޭގައި ހިންގައިފިއެވެ. 2001 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީހުގައި އަޒްލީނާ ނަފީސް މަރާލި ފަހުން ރާއްޖޭގައި ފާއިތުވި 20 އަހަރު ތެރޭގައި ހިންގި ގަތުލްތަކުގެ އަދަދު 70 އަށްވުރެ މައްޗަށް އަރައެވެ. ނަމަވެސް ބުރާސްފަތި ދުވަހު ގައުމު ސިއްސުވާލި އދ.ދަނގެތީ މަހުމޫދު އަބޫބަކުރުގެ މަރުގެ އަނިޔާވެރިކަން މީގެ ކުރިން ހިނގާފައިވާ މަރުތަކަށް ވުރެ ބޮޑޭ ބުނުން އެއީ ގޯހަކަށް ނުވާނެއެވެ.

މަހުމޫދު މަރާލުމަށް ފަހު އޮތީ ވަޅެއްގެ ތެރެއަށް ވައްޓާލާފައެވެ. އެއީ ހަށިގަނޑު ގޯންޏަކަށް ވެސް ލުމަށް ފަހުއެވެ. މަހުމޫދު ނިޔާވެފައި އޮއްވާ ފެނުނުތާ ދެވަނަ ދުވަސް ހިނގަމުން ދާއިރު ވެސް ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް ފުލުހުން ނުބުނެއެވެ. ފުލުހުން ހަމައެކަނި ޔަގީން ކޮށްދެމުން ގެންދަނީ މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމެވެ.

މަހުމޫދުގެ މަރަށް ދެދުވަސް ވެގެން ދާއިރު ވެސް ދެން ފާހަގަ ކުރެވެނީ ދައުލަތުގެ ވެރިން އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ޖިނާއީ ކޮންމެ މައްސަލައެއް ތަހުގީގު ކުރާ އުސޫލުން މަހުމޫދުގެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުން ގެންދާނެއެވެ. ނަމަވެސް އާއިލާ އަށް އިންސާފު ކަށަވަރު ކޮށްދިނުމުގެ ޔަގީންކަން ގައުމުގެ ޒިންމާދާރު ވެރިން ދެއްވުން އެއީ ކުރަން ޖެހޭނެ ކަމެކެވެ. މީގެ ކުރިން ކުރައްވާފައިވެސްވާ ކަމެކެވެ.

ހުރިހާ މައްސަލައެއްގެ ތެރެއަށް ވަންނަ، ނުބެހޭ އެއްވެސް ކަމެއް ނޯންނަ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މަހުމޫދުގެ މަރުގެ މައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ފުލުހުންގެ ތަހްގީގުތައް ކުރިއަށްދާ ގޮތް ބެލުމަށް ވެސް ސަމާލުކަން ދެއްވާ މައްސަލަތަކުގެ ތެރެއަށް ވަންނަ ރައްޔިތުންގެ މަޖިލިސް ވެސް މިމައްސަލައިގައި ހަނު އޮތުން އެއީ އިންސާފުވެރި ގޮތެއް ނޫނެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ހަނު ތިއްބެވި ނަމަވެސް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު މިއަދު އަވަހާރަކޮށްލުމުން ދެބޭފުޅުން ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެން އެހަމަލާ ކުށްވެރިކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޑޭވިޑް އެމްސް އަކީ ދިވެހިންނަށް، އަދި ދިވެހިރާއްޖެ އަށް ވަރަށް ހެޔޮ އެދިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ އަވަހާރަވުމަކީ ދިވެހިރާއްޖެ އަށް ވެސް ލިބުނު ގެއްލުމެކެވެ. ހިތާމައެކެވެ. އޭނާގެ ހިދުމަތުގެ އަގުވަޒަންކުރުމަކީ ދިވެހި ގައުމުގެ ވެރިން، އަދި ދިވެހި ރައްޔިތުން ވެސް ކުރަން ޖެހޭނެ ކަމެކެވެ.

ނަމަވެސް ދިވެހި ރައްޔިތަކު ގަތުލްކޮށްލުމުން އެކަމާއި ކަންބޮޑުވުމެއް ނެތި އިނގިރޭސިއެއްގެ މަރާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާނަމަ އެކަމުގައި އައިބު ކަމެއް އެބަހުއްޓެވެ. މިއީ ބަލާލަން ފަސޭހަ މަންޒަރެއް ނޫނެވެ. އަހާލަން ހިތް އެދޭ އަޑެއް ނޫނެވެ.

ކޮންމެ މީހެއްގެ ފުރާނަ އަކީ ވެސް އަގުހުރި ފުރާނައެކެވެ. ކޮންމެ ގަތުލެއް ކުށްވެރިކުރަން ޖެހެއެވެ. ކޮންމެ ގަތުލަކަށް އިންސާފު ހޯދައިދޭން ޖެހޭނެއެވެ. އެއިންސާފު ހޯދައި ދިނުމުގެ އެންމެ ބޮޑު ޒިންމާ އަދާކުރަން ޖެހޭނީ ދައުލަތުގެ ވެރިންނެވެ. އިންސާފު ގާއިމު ކުރުމުގެ ފުރަތަމަ ފިޔަވަޅަކީ އިންސާފު ގާއިމު ކޮށްދިނުމަށް މަސައްކަތް ކުރުމެވެ. އެކަމަށް ބާރުއެޅުމެވެެ. ލިބިފައިވާ އާރާއި ބާރު އިންސާފު ގާއިމު ކޮށްދިނުމަށް ބޭނުން ކުރުމެވެ. ނަމަވެސް އެމަންޒަރެއް މަހުމޫދުގެ މަރާއި ގުޅިގެން އަދި ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އަލޫކު

  ނިކަމެތި ދިވެހި ރައްޔިތުންނަށް ހިމާޔަތެއް ނުދެވުނަސް ރައްޔިތުންގެ ޓެކުސް ފައިސާއިން ހިތުހުރި މިނަވަރަށް ޚަރަދުކޮށްގެން މިގައުމުގެ ހަލާކު ކަމުގައިވާ ލާދީނީ ނަޝީދަ ހިމާޔަތް ލިބިއްޖެ! ވެރިން ކަންބޮޑުވާނީ އެމީހުންގެ ގަޔަށް އަތްލީމައި! ދިވެހިން އަދިވެސް މިބައިގަޑުގެ ދަންތުރައިގައި ޖެހިދާނެ!

  28
 2. ދައުލަތް

  މީ ދައުލަތެއްތަ!؟ އަނދިރި ދައުލަތެއްތަ؟ ލާދީނީ ދައުލަތެއްތަ؟ ގުނބޯލި ދައުލަތެއްތަ؟ އަޅުވެތިކަމުގެ ދައުލަތެއްތަ؟

  25
  • ހުސްކުރާސޭލް

   ޖަހާލަތުގެދައުލަތެއް.. އެވެރިންނަށް ކަމެއްވެގެންއުޅޭހެންވެސްހީނުވޭ !!!

   11
  • ނީނާ

   ތިޔަ އުޅެނީ އަދި މޮޔަވެ ހޭބަލިވެހެން.. ތަހުޤީޤު ކުރިޔަށް ގެންދާނެ ތަހުޤީޤީ އިދާރާތަކުން.. ވެރިން އަނގަކޮށްޕީމަ ކުރި މަރުވާނެ.. ޔާމީނު ވެރިކަމުގަ ފުރަ މާލޭ މަގުމައްޗަށް ވަޅިހަރާ މަރާ ވައްޓާލި 21 ޒުވާނުންގެ މަތިން އަހަރެމެން ހަނދާން އެބަހުރި.. މި ވެރިކަމުގެ 3 އަހަރު އަދި މިފަދަ 3 ހާދިސާ މި ހިނގީ މުޅި ރާއްޖޭގަވެސް..ތަފާތު ފެނޭ ދެއްތޯ؟؟..

   1
   10
   • ބީނޫ

    ތީގެންވެސް އިނގެނީ ލާދީނީ އަންނި އަޑީގަ ހުރެގެން ޔާމީނު ބޮލުގަ އަޅުވަން މީހުން ކަތިލީކަން..އޭރުގަ ޔާމީނު އެކަންކޮށްފަ ކީއްވެ މިހާރު ނުކުރެވެންވީ؟

 3. ޢަންދާގާނޫނު

  ޜައީތުން ދެކެ ލޯބިވާވަރު ވަރަށް ރަނގަޅަށް ހާމަވެއްޖެ ދޮންމިހަކު މަރާލީމަ ހަމަ ވަގުތުން މި ސަރުކާރުން އެކަން ކުށްވެރިކުރި އެކަމަކު ރައީތުން ވޯޓު ލައިގެންހޮވި ރައީސްއަށް ވާކަމެތްވެސް ނޫން

  24
 4. ނަކަސްބެ

  ކޮންމެސް އިންތިހާބަކާއި ދިމާކޮށް މަހްމޫދުގެ އާއިލާއަށް އިންސާފު ހޯދަދޭނެވާހަކަ ގޮވާނެ.

  29
 5. ކާފަބޭ2020

  ވެރިންގެކުރިމަތީގައޮތީ ނޯތުކޮރެއާގެރައީސާމިރާއްޖޭގެކުރީގެ ރައީސް އޮބިއަޅުވާފަބެހެއްޓުން! ދެންތިބީ ގުނބޯލުންނޭބުނާހެންހީވާކަހަލަދޯ؟ ރައިއްޔަތުންގެބޭނުން "މިހާރު" ނެތްކަން ފުލެޓުތައްދިންގޮތުންވަރަށްސާފް! ބުނާކަހަލަ އަމާބުނީފަރަށްދާށޭބޮލިހިލާށެކޭނޫނޭ! ގަނަތަޅުވާއުސޫލަށް ފުލެޓުއެހެރީދީފަ ދެންހުރިކަންތައް 2023ހަށް 😆😆😆😆😆😆😆😆😆

 6. އިންސާފުވެރި ގޮތެއް ނޫނެވެ

  " ހުރިހާ މައްސަލައެއްގެ ތެރެއަށް ވަންނަ، ނުބެހޭ އެއްވެސް ކަމެއް ނޯންނަ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މަހުމޫދުގެ މަރުގެ މައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ފުލުހުންގެ ތަހްގީގުތައް ކުރިއަށްދާ ގޮތް ބެލުމަށް ވެސް ސަމާލުކަން ދެއްވާ މައްސަލަތަކުގެ ތެރެއަށް ވަންނަ ރައްޔިތުންގެ މަޖިލިސް ވެސް މިމައްސަލައިގައި ހަނު އޮތުން އެއީ އިންސާފުވެރި ގޮތެއް ނޫނެވެ. "

 7. ޢަންނަ

  މުނާފިގުކަން އެބަ އެގެއެއްނުން. ދެން އަންނަ ދައުރުގެ ރިޔާސީ ވައުދު ތެރޭގައި މަހުމޫދަށް އިންސާފު ހޯދުން އެބައޮތް. މި ދައުރަކުނޫން. އެ ދައުރުގައި ވަރަށް ބޮޑު ކޮމިޝަނެއް ހަދައިގެން ބަލާގޮތަށް ހަދާނެ. މިހާރު އިސްކަން ދިނުން އޮތީ އިގިރޭސި އެމް.÷ޕީ އަށް އިންސާފު ހޯދައިދޭން.

 8. އާދަމުގެދަރި

  ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާނެ މެންބަރަކު ނެތްތަ! އެންމެ ގާކޮޅެއްވެސް ނުބާއްވާ ގާ ފުރޮޅަން ގޮވާނެ މެންބަރަކު ނެތްތަ! ހަރުކަށިފިކުރޭ ގޮވާނެ މެންބަރަކު ނެތްތަ! ކޮބައިތަ ދަނގެތީ ދާއިރާގެ މެންބަރު.

 9. ނަސީ

  ދައުލަތުގެ ވެރިންދޯ އިންވެސްޓިގޭޓް ކުރަނީ. މިވެސް ހަބަރެއް