ދިވެހިން މި ނޫން ވާހަކައެއް ނުދައްކައެވެ. ދިވެހި މުޖުތަމައުގެ ހަމަޖެހުމެވެ. ތަފާތު ޚިޔާލުތަކަށް އިޚުތިރާމު ކުރުމެވެ. ތަފާތު ޚިޔާލުތަކަށް ޖާގަ ދީގެން ދިވެހި ވެރިކަން ތަރުތީބު ކުރުމެވެ. ވެރިކަން ހިންގުމުގައި ވީހާ ގިނައިން، ވީ ވަރަކުން އެންމެން ބައިވެރިވާށެވެ. ފެހި ގާނޫނުއަސާސީ ގެންނަން ދިވެހިންގެ ކުރި ތަސައްވުރަކީ ވެސް އެއީއެވެ. އެއާއެކު ބޭއްވުނު ތިން ރިޔާސީ އިންތިޚާބުގައި ދިވެހިން ނެރެދިން ނަތީޖާއަކީ ވެސް އެއީއެވެ. ދިވެހި ވެރިން އިއްތިހާދުވާށެވެ.

އެހެންވިޔަސް، ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ޒަމާނީ ޑިމޮކްރެޓިކް ވެރިކަމެއްގެ ނިޒާމުގައި ފުރަތަމަ އެކުލަވާލެވުނު ދެ ސަރުކާރުގައި ވެސް ފެނުނީ ސިޔާސީ ހަލަބޮލިކަމެވެ. އިއްތިހާދެއް ގާއިމްކޮށްގެން ވެރިކަމަށް އާ ދެވުނަސް ދައުރުގެ މެދުތެރެއިން އިއްތިހާދު ރޫޅި، ކޯޅުން ބޮޑުވެއެވެ. ވާދަވެރި ފަރާތްތަކުން ސަރުކާރާ މެދު ނަފުރަތު އުފެއްދުމުގެ އަމަލުތައް ފެނެއެވެ. ސަރުކާރުން ވެސް ވާދަވެރި ފަރާތްތަކުގެ އަޑު ކަނޑުވާލަން އުޅުނު މަންޒަރު ފެނުނެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް އައި އިރު، ދިވެހިން އުންމީދުވެސް ނުކޮށް ތިބި އެތައް ކަމެއް ސިޔާސީ މަސްރަހުގައި ހިނގައިގެން ދިޔައެވެ. ޒަމާންވީ ސިޔާސީ ވާދަވެރިން އެއް މޭޒަކަށް އައިސް، ދެބަސްވުންތަކުގެ ތެރެއިން އެއްބަސްވުންތަކެއް ގާއިމް ކުރެވުނެވެ. ދިވެހި ވެރިކަން ހިންގަންވީ އިއްތިހާދަކުން ކަމުގައި ދެކި، މާ ކުރިއާލާ، ފުރަތަމަ ފަހަރަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން އުފެއްދިއެވެ.

ހަތަރު ޕާޓީގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވިއެވެ. އޭރު ވެސް ރައްޔިތުންނަށް ވިސްނައިދިން ކަމަކީ ރައީސް ސޯލިހަކީ ޚިޔާލު ތަފާތު ވުމުގެ ތެރެއިން ހައްލު ހޯއްދަވާ ބޭފުޅެއް ކަމުގައެވެ. އެންމެ ތަޖުރިބާކާރު ހަތަރު ސިޔާސީ ލީޑަރުންގެ ތާއީދާއެކު، ގާއިމްވި ރައީސް ސޯލިހްގެ ސަރުކާރަށް ތިން އަހަރު ފުރުނުއިރު، އެކި ގޮންޖެހުންތަކާއެކު ވެސް އެ އިއްތިހާދު ދެމިއެބައޮތެވެ.

ގައުމުގެ ސަލާމަތާއި ސުލްހަ މަސަލަސްކަމާއި އަމާން ކަން ގާއިމު ކުރުމަށް ސަރުކާރުން ތިން އަހަރު ދުވަހު ކުރި މަސައްކަތް މަދެއް ނޫނެވެ. ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތްތައް ހަރުދަނާކޮށް، ޓެރަރިޒަމްގެ ގާނޫނު އިސްލާހުކޮށް، އިންސާނީ ވަގުވިޔަފާރި ހުއްޓުވުމަށް ކުރި މަސައްކަތް ވަކި ކުޑައެއް ވެސް ނޫނެވެ.

ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނާއި ރައީސް ސޯލިހު

ކޯލިޝަން ދެމެހެއްޓުން، ކާމިޔާބެއް!

ފެހި ގާނޫނު އަސާސީގައި ފުރަތަމަ އެކުލަވާލެވުނު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ކޯލިޝަން ވެސް ފުރަތަމަ އަހަރު ތެރޭ ރޫޅިގެން ދިޔައެވެ. ދެވަނަ ރިޔާސީ އިންތިޚާބުން އުފެދުނު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ފުރަތަމަ ދެ އަހަރެއްހާ ދުވަސް ތެރޭ ކޯލިޝަނުން ޕާޓީތައް ދުރުވާން ނޫނީ ދުރުކުރަން ފެށިއްޖެއެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުގެ ތިން އަހަރު ވެސް ކޯލިޝަން މި ވަނީ ދެމެހެއްޓިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި، މި ތިން އަހަރު ކޯލިޝަން ދެމެހެއްޓުނީ ޚިޔާލު ތަފާތު ވުމުގެ ތެރެއިން މަސައްކަތް ކުރެއްވުމުގެ އިޚުލާސްތެރިކަން ހުންނެވި ވެރިއަކު ހުންނެވުމުންނެވެ. މި ނަތީޖާއާ ހަމައަށް އާދެވޭނީ އަމިއްލަފުޅު ޚިޔާލާއި އަމިއްލަފުޅު ޕާޓީގެ ޚިޔާލުގެ އިތުރުން، އިއްތިހާދުގައި ހިމެނޭ އެހެން ޕާޓީތަކުގެ ޚިޔާލަށް ވެސް ޖާގަ ދެއްވައިގެންނެވެ.

"ރައީސްއަކީ މަޝްވަރާގެ އުސޫލު އަބަދުވެސް އިސްކުރައްވާ ބޭފުޅެއް،" އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައީސް ސޯލިހް ހުންނެވިއިރު، އެކި ޕާޓީތަކާއެކު ކުރެއްވި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި، އޭރު ވެސް މަޖިލީހުގެ މެންބަރަކަށް ހުންނެވި ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް - ފޮޓޯ: މިހާރު

އަދާލަތު ޕާޓީގެ އިސް ތަރުޖަމާނު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ، އަދާލަތު ޕާޓީން އަބަދުވެސް ވަކާލާތު ކުރި ކަމަކީ ފަސް އަހަރުގެ ރިޔާސީ ދައުރެއްގައި ސިޔާސީ ހަމަޖެހުން އޮތުން ކަމަށެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރުގައި ތިން އަހަރު ވެސް ދެމިއޮތީ ޚިޔާލު ތަފާތުވުންތަކަށް ޖާގަ ދެއްވައިގެން، ސިޔާސީ ހަމަޖެހުމަށް އެމަނިކުފާނު އިސްކަން ދެއްވާތީ ކަމަށް އޭނާ ފާހަގަ ކުރައްވައެވެ.

"މީގެ ކުރިން ވެސް، ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް، ރައީސް ޔާމީންގެ ވެރިކަމުގައި ވެސް، އިއްތިހާދުން އެންމެ ފަހުން ނުކުތް އެއް ބަޔަކަށް އަދާލަތު ޕާޓީ ވާނެ. ނުކުންނަން ޖެހެނީ އަދާލަތު ޕާޓީގެ ވިސްނުމާ ޚިޔާލަށް ޖާގަ ނުދޭތީވެ. އެހެންވިޔަސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބޭނުންފުޅުވޭ ސިޔާސީ ހަމަޖެހުމަށް ޓަކައި މަސައްކަތް ކުރައްވަން،" ނަޒީރު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރި ޕާޓީގެ އިސް ތަރުޖަމާނު، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ، ސަރުކާރު ކޯލިޝަން ދެމެހެއްޓިގެން ދިޔައީ ކޯލިޝަންގެ ހުރިހާ ލީޑަރުންގެ ދޫދެއްވުމާއި، އެ ވިސްނުމުގައި ކޯލިޝަންގެ ބައިވެރިން މަސައްކަތް ކުރައްވަން ރައީސް އިސްކަން ދެއްވުމުން ކަމަށެވެ. ތަފާތު ޚިޔާލުތަކާއެކު މަސައްކަތް ކުރައްވަން އެފަދަ ދެވަނަ ލީޑަރެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ތިން އަހަރު ކޯލިޝަން ދެމެހެއްޓުނީ ވެރިކަމަށް ވަޑައިގެންނެވި ގޮތް ރައީސް ހަނދުމަފުޅުގައި ހުންނަވާތީ. އިއްތިހާދަކުން ވެރިކަން ކުރަން ވެސް ރައީސްއަށް އެނގިވަޑައިގަންނަވާތީ. އަދި ކޯލިޝަންގެ އެހެން ލީޑަރުން، ޚާއްސަކޮށް އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ވެސް، ތަފާތު ޚިޔާލުތަކަށް ދޫދެއްވާތީ މި ދެމެހެއްޓިފައި މި އޮތީ،" އަލީ ސޯލިހް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙީމް

ކޯލިޝަން އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ގަބޫލު ކުރައްވާ ގޮތުގައި، ކޯލިޝަން ދެމެހެއްޓިގެން އައީ ކޯލިޝަން އުފެއްދުމުގައި ވެސް އެ ހިކުމަތްތެރިކަން އޮވެގެންނެވެ. އެހެން ފަހަރުތަކާ ޚިލާފަށް، މި ކޯލިޝަނަކީ ސިޔާސީ ލީޑަރުން ކުރިއާލާ ރާވައިގެން އުފެއްދި ކޯލިޝަނަކަށް ވާތީއެވެ. އަދި މި ކަމުގައި ރައީސް ސޯލިހްގެ ހިކުމަތްތެރިކަން ފާރިސް ވެސް ފާހަގަ ކުރައްވައެވެ.

"އެހެން ފަހަރުތަކުގައި މިވާ ގޮތަކީ ކުއްލިއަކަށް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ކޯލިޝަން މި އުފެދެނީ. އެހެންވިޔަސް މި ކޯލިޝަނަކީ ގައުމު އޭރު އޮތް ހާލަތު ނޫން ހާލަތަކަށް ގައުމު ގެންދަން ޖެހޭ ކަމަށް ދެކިގެން، ހުރިހާ ސިޔާސީ ލީޑަރުން ކުރިއާލާ ރާވައިގެން، ކުރިން ކުރި ތަޖުރިބާތަކުގެ މައްޗަށް، މާޒީ އަލުން އިއާދަ ނުކުރަން ކުރި އަޒުމެއް މަތީ ކުރި ކަމެއް. އޭގެ އެންމެ ބޮޑު ބައިވެރިއަކީ ވެސް ރައީސް،" ފާރިސް ވިދާޅުވިއެވެ.

މައުމޫން ރައީސް ޞާލިހާއި ބައްދަލު ކުރައްވަނީ – ފޮޓޯ: ރައީސް އޮފީސް

މުޅިން ވެސް އަމިއްލަ މަސްލަހަތު؟

މިއީ ވާދަވެރި ޕީޕީއެމްއާއި ޕީއެންސީއިން މިހާތަނަށް ވެސް ރައީސް ސޯލިހްގެ ވެރިކަން ސިފަކުރައްވަމުން ގެންދަވާ ގޮތެވެ. މި ސަރުކާރަކުން ރައްޔިތުންގެ މަސްލަހަތަށް ކުރެވުނު ކަމެއް ނެތް ކަމުގައެވެ. މުޅިން ވެސް އޮތީ ސަރުކާރުގެ ލީޑަރުންނާއި، ބައިވެރިންގެ މަސްހަލަތު ހިމާޔަތް ކުރުމެވެ. ސިޔާސީ މަގާމުތައް ގިނަކޮށް، ބައިވެރިންގެ މެދުގައި "ދައުލަތް ބެހުމުގެ ކަންކަން،" ކުރުމެވެ.

"މި ތިން އަހަރު ތެރޭ އެ ވަރަށް ދަރަނި ނަގައިފި. ލޯނު ނަގައިފި. ނެގި ލޯނުތަކުން ހިންގި ޚަރަދަކީ ރިކަރަންޓު ޚަރަދު. އެއީ ސިޔާސީ މަގާމުތައް އުފެއްދުން. ކައިރި މީހުންނާއި، އެކްޓިވިސްޓުންނަށް މުސާރަ ދިނުން. ރައީސް ނަޝީދަށް ގަނޑުވަރެއް ބިނާކޮށްދެއްވުން. ކައިރި ބައިވެރިން ބޭނުންހާ ގޮތަކަށް ދައުލަތް ބޭނުން ކުރަން ދޫކޮށްލާ ހުރުން،" އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވިއެވެ.

އެހެންވިޔަސް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރު ރޮޒެއިނާ ވިދާޅުވީ، އިއްތިހާދު ސަރުކާރެއްގައި އެ އިއްތިހާދެއްގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ ބޭފުޅުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާނެއެވެ. އެ ފުރުސަތު ނުދެއްވައި އެ ޕާޓީތަކުގެ އަޑު ސަރުކާރުގައި ތަމްސީލެއް ނުވާނެއެވެ. އެ ހާލަތުގައި ވެސް މި ސަރުކާރުގައި ސިޔާސީ މަގާމުތައް މަދު ކަމަށް ރޮޒެއިނާ ވިދާޅުވެއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުން

"ކޯލިޝަން ސަރުކާރެއްގައި ކެބިނެޓުގައި، ސިޔާސީ މަގާމުތަކުގައި، އެ ކޯލިޝަންގެ ހުރިހާ ޕާޓީއެއްގެ މީހުން ތިބޭނެ. އޭރުން ދޯ ކޯލިޝަން ސަރުކާރަކަށް މި ވަނީ ވެސް. އެއީކީއެއް އަދި މައްސަލައެއް ނޫން،" ރޮޒެއިނާ ވިދާޅުވިއެވެ.

ކޯލިޝަންގެ އެއް ލީޑަރު ކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ވެސް ވިދާޅުވީ ކޯލިޝަންގެ ހުރިހާ ބައިވެރިން ތަމްސީލް ނުވެ ކޯލިޝަން ސަރުކާރު ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް އެމްއާރުއެމް ކޯލިޝަންގައި އޮންނަނީ ވަޒީފާތަކެއްގެ ބޭނުމަކު ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެކިގެން ނުވާނެ މިއީ ކޭކެއް ހެން ފޮތިފޮތިކޮށްފައި ބަހަން އޮތް އެއްޗެއް ކަމަކަށް. މީގަ މުހިއްމީ އަޅުގަނޑުމެންގެ އަޑު ވެސް ސަރުކާރަށް އިއްވުން. އަޅުގަނޑުމެންގެ ބަސް ވެސް ސަރުކާރު ހިންގުމުގެ ތެރޭގައި ހިމެނުން. އެ އަޑު ތަމްސީލް ވާނީ ވެސް ސަރުކާރުގައި، ކެބިނެޓުގައި އެމްއާރުއެމް ތަމްސީލް ވެގެން. އެހެން ޕާޓީތައް ވެސް ތަމްސީލް ވެގެން،" ފާރިސް ވިދާޅުވިއެވެ.

ނަޒީރު ވެސް ވިދާޅުވީ އަދާލަތު ޕާޓީގެ އެންމެ އިސް ބައެއް ބޭފުޅުން ތިއްބެވީ ވެސް ސަރުކާރުގައި ނޫން ކަމުގައެވެ. އަދި ސަރުކާރު ކެބިނެޓްގައި އަދާލަތު ޕާޓީގެ ސްލޮޓްގައި ވަޒީރުން މަދު ކަން ވެސް ފާހަގަ ކުރެއްވިއެވެ. އަލީ ސޯލިހް ވެސް ނުކުތާއިން ފާހަގަ ކުރެއްވި ކަމަކީ، ސަރުކާރުގައި ޖުމްހޫރީ ޕާޓީ ތަމްސީލްވެ، ހަމަ މަގުން ސަރުކާރު ހިންގާހާ ހިނދެއްގައި، ކޯލިޝަންގައި ދެމިއޮންނާނެ ކަމުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެންނެވި ވާހަކަފުޅެވެ.

ވާދަވެރިންގެ ހައްގުތަކުގެ ޔަގީންކަން އަދިވެސް ނެތް!

ފެހި ގާނޫނުއަސާސީގެ ދަށުން އުފެދުނު މިދިޔަ ދެ ސަރުކާރުގައި ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިއީއެވެ. ސިޔާސީ ބޭނުމަށް ވާދަވެރިންގެ މައްޗަށް ދައުވާތައް އުފުލައި، ޝަރީއަތް ހިންގާ، ޖަލުގައި ބަންދު ކުރުމެވެ. ޝަރުއީ ނިޒާމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އަދިވެސް ނުގެއްލެއެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގަނީ އިންސާފުވެރި ޝަރީއަތެއް ކަމާ މެދު ސުވާލު އުފައްދާނެ ޖާގަ ލިބެއެވެ.

މީގެ އިތުރުން ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތައް ބެލިގެން ނުދާ ކަމީ މި ވެރިކަމުގައި ވެސް އާންމުންގެ މެދުގައި އުފެދުނު ކަންބޮޑުވުމެވެ. ސަރުކާރުގެ ބައެއް ވަޒީރުންނަށް ވެސް ސީރިއަސް ތުހުމަތުތައް އަމާޒުވެ ދިޔަ ނަމަވެސް އެ މައްސަލަތަކެއް ނުބެލެއެވެ. މި ސަރުކާރުގައި ވެސް ބެލެނީ ވާދަވެރި ސިޔާސީ ފަރާތްތަކުގެ މައްސަލަތައް އެކަނި ކަމުގައި ބުނުމުގެ ފުރުސަތު އޮތީ ދެވިފައެވެ.

"ސަރުކާރުގެ ވަޒީރަކަށް ކިތަންމެ ފުޅާ ދާއިރާއެއްގައި ޚިޔާނާތުގެ ތުހުމަތު ކުރެވުނަސް، ދައުވާ އުފުލޭ ތަނެއް ނުފެނޭ. އެމްއެމްޕީއާރުސީގެ މައްސަލައިން ވިޔަސް، މި ސަރުކާރުގައި ހިނގި ވެންޓިލޭޓަރުގެ މައްސަލަ ވިޔަސް، އަދި ޖިންސީ ފުރައްސާރައާއި ގޯނާގެ ތުހުމަތުތައް ސަރުކާރުގެ ބައެއް އިސް ބޭފުޅުންނަށް އަމާޒުވިޔަސް ދައުވާއެއް ނުއުފުލޭ. ދައުވާ އުފުލި ވަޒީރު ވެސް ރާއްޖޭން ބޭރުގައި، އެއްވެސް މައްސަލައެއް ނުބެލޭ،" ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ޕާރޓީ އިން ކުރިއަށް ގެންދިޔަ މުޒާހަރާ ފުލުހުން ރޫޅާލުން؛- ވަގުތު އިމޭޖަސް- އަހްމަދު މަމްދޫހް

އެހެންވިޔަސް އޭގެ ރައްދުގައި ރޮޒެއިނާ ވިދާޅުވަނީ ސަރުކާރުގެ ވާދަވެރިންގެ ޚިޔާލުތަކަށް ވެސް ރައީސް އިޚްތިރާމް ކުރައްވާ ކަމަށެވެ. ވާދަވެރިންނަށް ރައީސްއާ ބައްދަލު ކުރެވެއެވެ. ވާދަވެރިންގެ އަޑު ރައްޔިތުންގެ މަޖިލީހުގައި އިއްވެއެވެ. ކޮންމެ ހާލަތެއްގައި ގައުމު އޮތް ނަމަވެސް، އެއްވެ އުޅުމުގެ ފުރުސަތު ލިބެއެވެ. އަދި ވާދަވެރިންގެ ދާއިރާތަކުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ދަނީ ހިންގަވަމުންނެވެ.

"ރައީސްގެ އަމިއްލަ ޕާޓީގައި ވެސް ޚިޔާލު ތަފާތުވުން އެ އޮތީ ނޫންތޯ. އަމިއްލަ ޕާޓީ ތެރެއިން އަންނަ ކަންކަން ވިޔަސް، ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ ތެރެއިން އަންނަ ކަންކަން ވިޔަސް، އަދި ވާދަވެރިންގެ ފަރާތުން ވިޔަސް، ދޫދެއްވަން ޖެހޭ ތަންތަނުގައި ދޫދެއްވައިގެން، މަޑުމައިތިރިކަމާއެކު، ސިޔާސީ ރައްދުތައް ވެސް ނުދެއްވައި، ހަމަޖެހުން އިސްކޮށްގެން ރައީސް މަސައްކަތް ކުރައްވާފައިވޭ،" ރޮޒެއިނާ ވިދާޅުވިއެވެ.

ފެންނަ އެއް ކަމަކީ ސިޔާސީ ހަމަޖެހުމަށް ޓަކައި މީގެ ކުރިން ތިއްބެވި ރައީސުންގެ ފަރާތުން ނުފެންނަ ހިތްވަރު ރައީސް ސޯލިހްގެ ހުންނެވި ކަމެވެ. އަމިއްލަ ޕާޓީ ތެރެއިންނާއި، ސަރުކާރު ކޯލިޝަންގެ ތެރެއިން، އަދި ވާދަވެރިންގެ ފަރާތުން ވެސް ތަފާތު ޚިޔާލުތަކަށް ޖާގަ ދެވިގެން ދޫދެވިގެން ހިނގާ މަންޒަރެވެ. އެހެންވިޔަސް ތަފާތު ކުރުންތަކުގެ ތުހުމަތުތަކާއި، ވާދަވެރިންގެ ހައްގުތައް ނިގުޅައިގަންނަ ތުހުމަތުތަކަށް ވަކި ނިމުމެއް ވެސް ނާދެއެވެ. ރައީސްގެ މި ހިތްވަރުން ނެރެވެން އޮތް ނަތީޖާއެއް ވަޒަން ކުރުން އޮތީ ދިވެހީންގެ ވޯޓު ފޮށީންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހުސޭނުބޭ

    މި ލިއުމުގެ ޝުރުޚީއާއި ލިއުމުގެ ފަހު ބަޔަކާ ނުގުޅޭ! ފަހު ބައިން ދޭހަވަނީ އިބްރާހީމް ޞާލިޙަކީ ޑިކްޓޭޓަރެއްކަން

    24
    1
    • ދޯ

      އަބަދުވެސް އިއްތިހާދުން އެންމެ ފަހުން ނުކުންނަ ބަޔަކަށް އަދާލަތު ޕާޓީ... ކައި ހުސްވެ ބަނޑު ފުރުނީމަ ނުކުންނަ ބަޔަކަށް އަދާލަތު ޕާޓީ

  2. ރާއްޖެތެރެ

    ދިވެހި ރާއްޖެގެ ހަޒާނާ ޕާޓީތަކައް ދީގެން. މިގޮތައް ވައްކަން ކުރުމަކީ ވަރައް ދެރަކަމެއް.

    26
    1
    • ދޯ

      އަބަދުވެސް އިއްތިހާދުން އެންމެ ފަހުން ނުކުންނަ ބަޔަކަށް އަދާލަތު ޕާޓީ... ކައި ހުސްވެ ބަނޑު ފުރުނީމަ ނުކުންނަ ބަޔަކަށް އަދާލަތު ޕާޓީ

  3. Anonymous

    5+6

  4. ނުވިސްނޭމީހާ

    މަޝައް 2 ރިސޯޓު ހަދަން ފަޅުރަޝެއް.

    15
  5. ޝީޝީޗީ

    ތި ކޯލިޝަން މާބޮޑު ބާރެއްނެއް. އެމްޑީޕީ ހަދަނީ ހަދާނެ އެއްޗެ. ކޯލިޝަން ދުވަނީ ލާރި ފަހަތުން

    26
  6. އައުޓް

    އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް އިންޑިއާ އަައުޓް

    26
    1
  7. އިސްޢާފް ސަލީމް

    ކޯލިސަން ދެމެހެއްޓިފައި ކޮބައި؟ ވެރިކަމަށް އަންނަންވެގެން ކޯލިސަންހަދާ ކޯލިސަނާއެކު ވީ އެއްބަސްވުންތައް އޮތީ ހަމަ އެތާ! މިސާލަކަށް މަޖްލިސް އިންތިޚާބުގައި ކޯލިސަން ޕާޓީތަކަށް ފަރުޞަތު ދޭނޭ ޕަސެންޓްތައް އޮތްއިރު އެކަމެއް ނުކުރި! ސަރުކާރު ( ކެބިނެޓް + މުއައްސަސާތަކުގެވެރިން ) ބަހަން އެއްބވަސްވި ގޮތަށް އެކަމެއް ނުކުރެވުނު! ކައުންސިލް އިންތިޚާބުގައި ވާދަކޮށް ކެމްޕެއިންކުރީ އެބަޔަކުގެބައި އެބަޔަކު މޮޅުކުރުމަށް ވަކިން. އަޞްލު ވެފައި މިއޮތް ގޮތަކީ ވެރިކަމަށް އަންނަންވެގެން ، ޔާމީނަށް ނިސްބަތްކޮށް ގޮވާފައިހުރި އެއްޗެއްސަށް ލަދު ގަންނަނީ! އެހެންވެ ހަންދަމާއިރުވެސް ދުރުވެގަންނަން ލަދުގަންނަނީ! ސާފު ދެއްތޯ؟

    24
  8. Anonymous

    ޝަދަޝިވް އަމްރަޕުރުކަރު ، ޕުރޭމް ޗޯޕްރާ ، މަދަން ޕޫރީ ،އަމްޖަދު ހާން ، ކާދަރު ހާން... މިމީހުންގެ ފިލްމުތައް ވަރަށް ގަދަވާނެ..

    12
  9. މޯދީ

    ކޯލިޝަން ނުރޫޅި ދެމިއޮތްހާ ހިނދަކު ޤައުމު ހަލަބޮލި ނުވެ ދެމިއޮންނާނެ. ރައީސް ޔާމީނަށް އެކަނި މިޤައުމު ހަލަބޮލި ނުކުރެވޭނެ.

    3
    10
  10. ބުރުގާ

    ގައުމެއް ހިންގަން ސަހަލު އެކަތިވެސް ތި ފޮޓޯގަނެއް.

    18
  11. ސައްފަތު

    ކޯލިޝަން އަދިވެސް ދެމިއޮންނާނެ. ސަބަބަކީ ރައީސް ޔާމީންގެ ފަރާތުން އަނިޔާ ނުލިބޭ ލީޑަރަކު ނެތް. އެހެންވެ ޔާމީނާ ގުޅޭކަށް އެކަކުވެސް ބޭނުމެއް ނުވޭ. ރިޔާސީ އިންތިޚާބު ގާތްވުމުން ތަފާތު ވިސްނުންތައް ފެންމަތިވާން ފަށާނެ. ނަމަވެސް އެމްޑީޕީއަށް ދެވަނަ ދައުރެއް ދޭކަށް ކޯލިޝަންގެ އެހެން ލީޑަރުން ބޭނުން ނުވާނެ.

    1
    2
  12. އަހުމަދު

    ހަމަޖެހުމަކީ ގުރުއާނާއި ސުންނަތުގެ މައްޗަށް އެއްބަސް ކިޔައިގެން ލިބޭ އެއްޗެއް. މިތަން ހަލަބޮލިވީ ލާދީނީ އެޖެންޑާ ގައި ނަޝީދު އައިސް ޕާޓީ ސިސްޓަމް މެދުވެރިކޮށް އެންމެން ބައިބައި ކުރި ހިސާބުން

    14
    1
  13. މޮހޮރު

    މިނޫހަކީ އަޅެ ރޮޒައިނާ ފަންޑުކޮށްގެން ހިންގާ ނޫހެއްތަ

  14. ޕާޓީ

    އެމްޑީޕީ އަކީ މިހެން ޗަރުކޭސް ދައްކާގެން ރައްޔިތުން ގުނބޯހައްދަން ވަރަށް ފައްކާ ބައެއް. 2023 ގާތްވާވަރަކަށް ހުދު ކާފޫރަށް ވާނެ މި ހުރިހާ ވަގުންތައް . މީ ވރަށް ނުރައްކާ ވާހަކަތައް. ވާހަކަ ރީތިވާނެ. އަޑިހުރީ އަނގުރު އަލިފާނުން ކެކިކެކި! އިސްތިއުފާދީ. ގައުމު ދަރަނިވެރިވެ ރައްޔިތުން ބަނޑަށް ޖެހިއްޖެ! ރައްޔތުން މި ކަލޭގެ ދައްކާ ވާހަކައެއް މިއަދު ގަބޫލެއްނުކުރޭ! ވަގުތުން އިސްތިއުފާ ލާދީނީ ބައިގަނޑު!

  15. ސާބަހޭ ރައީސް ޞާލިޙް!

    ރައީސް ޞާލިޙަކީ ވަރުގަދަ ސިޔާސީ ތަޖުރިބާކާރެކެވެ. ރާއްޖޭގެ ޑިމޮކްރަސީ ތާރީޚްގައި އުފެދުނު އެންމެ ޤާބިލް ރައީސެވެ.