ފުރަތަމަ އެންމެން ވެސް އޭނަ ދަންނަނީ ކުރީގެ ރައީސެއްގެ ދަރިކަލުންގެ ގޮތުގައެވެ. ދެން ފެނުނީ މަޑުމައިތިރި އެ ޝަޚްސިއްޔަތުގެ "ކެރުންތެރި" ކަމެވެ. އެއީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައެވެ. މަޖިލީހުގައި ހިނގަމުން ދިޔަ އެތައް ގޯހެއްގެ ވާހަކަތަކާއެކު ނުކުންނެވީއެވެ. އަމިއްލަ ޕާޓީގެ ވެރިންނާއި މެންބަރުންނަށް ދައްކަވަން ނުކެރި ހުރި ވާހަކަތަކެވެ. އެ ވާހަކަތައް ދައްކަވަން ފެއްޓެވީ އަހްމަދު ފާރިސް މައުމޫނެވެ.

މަޖިލީހުގައި ހޭދަކުރެއްވި ތިން އަހަރަކީ ގޮންޖެހުންތައް ގިނަ ތިން އަހަރެވެ. ސިޔާސީ ޝަޚްސިއްޔަތަކު ކުރިމަރާލާނެ ކޮންމެ ކަމެއްހެން ފާރިސް ތަޖުރިބާ ކުރެއްވިއެވެ. އަމިއްލަ ޕާޓީގެ ލީޑާޝިޕްގެ އަމަލުތަކާ ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވީއެވެ. އޭގެ ބަދަލުގައި ހުރަގޭގައި ބަންދު ވެސް ކުރިއެވެ. ފާރިސްގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ވެސް ކުރެވުނެވެ. ފާރިސް ވިދާޅުވާ ގޮތުން ނަމަ، އެއީ "ސިޔާސީ" ތުހުމަތުތަކެކެވެ.

ފާރިސް ވެސް ހިމެނޭހެން ގިނަ ބައެއްގެ ބުރަ މަސައްކަތުން ވެރިކަން ފުރޮޅިއްޖެއެވެ. އެއީ ރައްޔިތުންގެ ނިންމުމަކުންނެވެ. އެކަމަކު، ކާމިޔާބު މަސައްކަތަށް ފަހު ފާރިސް ކުރިމަތިލި އިންތިޚާބުން ނާކާމިޔާބުވީއެވެ. ފާރިސް ގަބޫލު ކުރައްވާ ގޮތުގައި، އެކަށޭނަ ވަރަކަށް މަސައްކަތް ވެސް ނުކުރެވުނީއެވެ. އޭގެ ފަހުން، ސިޔާސީ މަސްރަހުގައި ފާރިސްގެ އަޑު މަޑުވިއެވެ. އާންމުން ބުނަމުން ދިޔަ ގޮތުން ނަމަ، ފާރިސް މަންޒަރުން ގެއްލުނީއެވެ.

މަޖިލިސް އިންތިޚާބުގެ އެ ނާކާމިޔާބީއަށް ފަހު، ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ސިޔާސީ މަސްރަހުގައި "ފާރިސް" މި ނަން އަނެއްކާ ވެސް އިވެން ފަށައިފިއެވެ. ފާރިސްގެ ބައްޕާފުޅު، ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި ސިޔާސީ ޕާޓީ، އެމްއާރުއެމްގެ އެންމެ އިސް މަގާމާ ހަވާލުވެވަޑައިގެންނެވެ. އަނެއްކާ ވެސް ފާރިސް ނުކުމެ ދެއްކެވީ ކެރުންތެރިކަމެވެ. އެހެން ވެރިންނަށް ދައްކަވަން ނުކެރި ހުރި ވާހަކަތަކެވެ.

ފާރިސް މައުމޫން - ފޮޓޯ: މަޖިލިސް

ބިރުވެރި ނަޒަރިއްޔާއެއްގެ ވާހަކަ

ފާރިސް ގަބޫލު ކުރައްވާ ގޮތުގައި ސިޔާސީ ނަޒަރިއްޔާތެއް ސިޔާސީ ވެރިންނަށް ނުދެއްކެއެވެ. ސިޔާސީ ފަލްސަފާތަކަށް ވުރެ ބޮޑަށް ފަތުރާފައި އޮތީ "ޓްރައިބަލިޒަމް" ގެ ސަގާފަތެކެވެ. އެ ނަޒަރިއްޔާތުގައި އެ ބަޔެއްގެ ޖަމާއަތުގެ ވެރިން "ފުރިހަމަ" އެވެ. އެ ވެރިންގެ ކޮންމެ އަމަލެއް "ވަރިހަމަ" އެވެ. އެ ޕާޓީއެއްގެ ވެރިން އިންތިޚާބަކުން ބަލި ވެސް ނުވަނީއެވެ. ބަލިވިއްޔާ ގޯހީ އިންތިޚާބު ބާއްވާ ފަރާތެވެ.

"ކުރިން ކްލަބް ވާދަވެރިކަމުގަ ފެނުނު މި ޓްރައިބަލިޒަމް، ތިމާ ސަޕޯޓް ކުރާ ކްލަބް މީހަކު ދަނޑުމަތީގައި ފައުލް ކުރާ ތަނެއް ވެސް ނުފެންނާނެ، ކޮންމެ ފަހަރަކު ޕެނަލްޓީ ވެސް ލިބެން ޖެހޭނެ، އިދިކޮޅަށް ރެފްރީ ނިންމައިފިއްޔާ ދެން އެ ވާނީ ރެފްރީ ވަކި އަތަކަށް ބުރަވީއޭ،" ފުޓުބޯޅަ ވާދައިން މިސާލު ދައްކަވަމުން ފާރިސް ތަފްސީލް ކޮށްދެއްވިއެވެ.

މިފަދަ ނަޒަރިއްޔާތެއް ފެތުރުމުގެ ނުރައްކާތެރިކަމަކީ މިއީއެވެ؛ ފާރިސް ވެސް އެ ފާހަގަ ކުރައްވާ ގޮތަށް، މީގައި ޖެހޭ ބަޔަކު ހަމައެކަނި ތިމާ މީހާގެ ޖަމާއަތުގެ ކޮންމެ ވެރިޔަކު "ފުރިހަމަ" ގޮތުގައި ދެކެނީއެއް ނޫނެވެ. ދެން ތިބި ޖަމާއަތްތަކުގެ ބައިވެރިން އެއީ "ކުށްވެރިން" ގޮތުގައި ދެކެން ފަށަނީއެވެ. ވާދަވެރި ޕާޓީތަކުގެ ވެރިންނާއި ސަޕޯޓަރުންނާ ގުޅުވައި ނުރަނގަޅު އެތައް ލޭބަލްއެއް އަޅުވާލައެވެ.

"ތިމަންނަގެ ގްރޫޕުން ބޭރު ބަޔަކު ނަމަ، އެ ބުނާ އެއްޗެއް ނުވާނެ ރަނގަޅެއް، އަނެއް ޕާޓީގައި ގައުމަށް ހެޔޮ އެދޭ ބަޔަކު ނެތް، ދީނަށް އިޚްތިރާމް ކުރާ ބަޔަކު ނެތް، މިއީ ދެން ކޮންމެ ޕާޓީއެއްގެ މެންބަރުން ވެސް ގަބޫލު ކުރަން ޖެހިފައި އޮތް ގޮތަކަށް މި ކަންތައް މި ހިނގަނީ، ވަރަށް ބޮޑު ގޯސް އޮއިވަރެއް އައިސް މި އޮތީ،" ފާރިސް ވިދާޅުވިއެވެ.

ފާރިސް މައުމޫން "ވަގުތު" އަށް އިންޓަވިއު ދެއްވަނީ :- ވަގުތު އިމޭޖެސް: އަހްމަދް އަލީ

ސިޔާސީ ގޯސް އާދަކާދަތަކެއްގެ ވާހަކަ

ފާރިސް ގަބޫލު ކުރައްވާ ގޮތުގައި މިއީ ޑިމޮކްރެޓިކް ނިޒާމުގެ މައްސަލައެއް ނޫނެވެ. އަދި ރާއްޖޭގައި މި އޮތް ވެރިކަން ކުރުމުގެ ނިޒާމުގެ މައްސަލައެއް ނޫނެވެ. ސިޔާސީ ޕާޓީތަކުގެ ނިޒާމުގެ މައްސަލައެއް ވެސް ނޫނެވެ. އެކަމަކު ސިޔާސީ ޕާޓީތައް ހިންގަމުންދާ ގޮތުގައި އޮތް މައްސަލައެކެވެ. އޭގެ އާދަކާދަތައް ބައްޓަން ކޮށްފައި އޮތް ގޮތް ގޯހީއެވެ. މީގެ ހިންގުން ބަދަލު ކުރަންވީއެވެ.

"މިއީ ވަކި ސިޔާސީ ޕާޓީއަކަށް، ވަކި ސަރުކާރަށް، ވަކި ސިޔާސީ ޝަޚްސިއްޔަތަކަށް، ދަންނަވާ ވާހަކައެއް ނޫން، ޖުމުލަ ގޮތެއްގައި ޕާޓީތައް ހިންގާ ގޮތް، އަޅުގަނޑުމެން [އެމްއާރުއެމް] ވެސް ހިމެނޭހެން، ދިގު މުއްދަތަކަށް ދެމިގެން ގޮސް މި އަންނަ ސިޔާސީ ސަގާފަތުގަ ހުރި ނުރަނގަޅު އާދަކާދަތަކެއްގެ ވާހަކަ،" ފާރިސް ވިދާޅުވިއެވެ.

މީގައި އެންމެ ބޮޑު ގޯސް އާދައެއްގެ ގޮތުގައި ފާރިސް ފާހަގަ ކުރެއްވީ ވެރިކަމެއް ބަދަލުވުމާއެކު، މުޅި ދައުލަތް "އެ ފުށް މި ފުށަށް" ޖެހުމެވެ. ކުރީގެ ސަރުކާރުން ފެށި ކަންކަން އާ ސަރުކާރުން ހުއްޓާލާތީއެވެ. ކުރިން އޮތް ހުރިހާ އުސޫލުތަކެއް އުވާލާތީއެވެ. އޭގެ ބަދަލުގައި އާ ކަންކަން ފަށާފައި، އާ އުސޫލުތަކެއް ވުޖޫދު ކުރާތީއެވެ. ދައުލަތެއް ދެމިގެން ދިއުން ނުވަތަ "ކޮންޓިނިއުޓީ އޮފް ސްޓޭޓް" ގެ ސިފަ ނައްތާލުމެވެ.

"މިހެން ހަދައިގެން ބައެއް ފަހަރު ބަދަލުގައި ފައިސާ ވެސް ދޭން ޖެހިއްޖެ، އަޅުގަނޑުމެން ކަހަލަ ސައިޒުގެ ގައުމަކަށް ވަރަށް ބޮޑު އިސްރާފެއް، އިސްރާފު ވެގެންދާ ގިނަ ވަގުތުތަކެއް، އިސްރާފު ވެގެންދާ ގިނަ ފައިސާއެއް، އާދައިގެ ރައްޔިތުންނަށް ޖެއްސޭ ބޮޑު ތަކުލީފެއް މިއީ،" ފާރިސްގެ ކަންބޮޑުވުން ޚިއްސާ ކުރެއްވިއެެވެ.

އިތުރު ގޯސް އަދާއަކަށް ފާހަގަ ކުރެއްވީ ދައުލަތުގެ ވަޒީފާތައް ސިޔާސީ ކުރުމެވެ. ބައެއް ސިވިލް ސާވިސް މަގާމުތައް ވެސް ސިޔާސީ ވެފައިވާ ކަމަށް ފާރިސް ދެކެވަޑައިގަންނަވައެވެ. އެއީ އެންމެ ގާބިލް މީހަކަށް ދޭން ޖެހޭ ވަޒީފާތައް ކަމުގައި ގާނޫނުގައި އޮތަސް، ވަޒީފާ ދެނީ ވެރިކަން ކުރާ ޕާޓީއަށް ނޫނީ އެ ރަށެއްގެ ކައުންސިލްގެ ބާރު އޮތް ޕާޓީއަކަށް ތާއީދު ކުރާ މީހަކަށެވެ.

"އެހާ މަތީ ލެވެލްއެއްގައި މި ވިސްނުން ހުންނާތީ، އާންމު ރައްޔިތުންނަކަށް އެ ނޫން ގޮތަކަށް މި ކަން އޮވެދާނެ ކަމަކަށް ވެސް ނުބެލެވޭ، މި ވެސް ބަދަލު ކުރަން ޖެހިފައި އޮތް ކަމެއް، ޕާޓީއެއް ވެރިކަމަކަށް އޮންނަނީ ހަމައެކަނި އެ ޕާޓީއަށް ތާއީދު ކުރާ ބަޔަކުގެ މަސްލަހަތުގައި ވެރިކަން ކުރާކަށް ނޫން،" ފާރިސް ވިދާޅުވިއެވެ.

އެމްއާރުއެމްގެ ޒައީމް، ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން

މިއީ ދިވެހިންގެ އިސްލާހީ ހަރަކާތެއް، ވަކި ބަޔެއްގެ ޕާޓީއެއް ނޫން

ޒުވާނުންގެ މެދުގައި އަދި ޖުމުލަކޮށް އާންމު ރައްޔިތުންގެ މެދުގައި ސިޔާސީ ވެރިންނަށް އޮތް އިތުބާރު ގެއްލިގެންދާ ކަން ޚުދު ފާރިސް ވެސް ގަބޫލު ކުރައްވައެވެ. އަދި އެއީ އިއާދަ ކުރަން ޖެހިފައިވާ އިތުބާރެއް ކަން ވެސް އޭނާ ގަބޫލު ކުރައްވައެވެ. އެމްއާރުއެމްގެ ރައީސްއަކަށް ފާރިސް ހުންނަވާފައި، ޕާޓީގެ ޒައީމްއަކަށް ރައީސް މައުމޫން ހުންނެވުމުން، އެމްއާރުއެމްގައި އާ ލީޑަރުންގެ ޖާގަ އޮވެދާނެތޯ އާންމުންގެ ތެރޭ އޮތް ކަންބޮޑުވުން ވެސް ދަނެއެވެ.

އެހެންވިޔަސް މި ވާހަކަތަކަށް ފާރިސް ދެއްކެވީ އެމްއާރުއެމްގެ އަސާސީ ގަވާއިދެވެ. އޭގައި އެމްއާރުއެމްގެ ލީޑާޝިޕްގެ ދައުރުގެ މުއްދަތެއް ކަނޑައެޅިފައިވެއެވެ. ތާ އަބަދަކު އެއް ބަޔަކަށް ލީޑާޝިޕްގައި ދެމިނުހުރެވޭނެ ކަމެވެ. ޕާޓީގެ ލީޑާޝިޕްގައި ޖިިންސުގެ ހަމަހަމަކަން ވެސް އޮތް ކަމެވެ. ޕާޓީގެ ޒުވާނުންގެ ކައުންސިލަށް ބާރުތަކެއް ވެސް ދޫކޮށްލާފައި އޮތް ކަމެވެ.

"މިއީ ހަމައެކަނި ވާހަކަތަކެއް ދައްކައިގެން ވެސް ކުރެވޭ ކަންކަމެއް ނޫން، އެހެންވެ އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ އަސާސީ ގަވާއިދުގައި ވެސް މި ފަލްސަފާތައް ހިމަނާފައި، އަޅުގަނޑުމެންގެ މި އޮތީ ރިފޯމް އެޖެންޑާއެއް، އިސްލާހީ ހަރަކާތެއް،" ފާރިސް ވިދާޅުވުވިއެވެ.

އެމްއާރުއެމްގެ ސިޔާސީ ފަލްސަފާއަކީ މިހާރު ހިނގަމުން މިދާ ސިޔާސީ ސަގާފަތާއި އޭގެ އާދަކާދަތައް ބަދަލު ކުރުމެވެ. އެ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމެވެ. މި ޑިމޮކްރަސީގައި ރައްޔިތުންނަށް ލިބިފައިވާ ބާރު އެ ރައްޔިތުންނަށް ކިޔައިދިނުމެވެ. ފާރިސް ދެކެވަޑައިގަންނަވާ ގޮތުގައި، ޑިމޮކްރަސީ އިންގިލާބު ރައްޔިތުންނާ ހަމައަށް މި އައީ އޭގެ ބޭނުން ރައްޔިތުންނަށް ރަނގަޅު ސާފުކޮށްނުދީއެވެ.

"އަޅުގަނޑުމެންގެ މަސައްކަތަކީ ރައްޔިތުންނަށް މިވާ ކަންކަން ވިސްނައިދިނުން، އަޅުގަނޑުމެން ރަށްރަށަށް ދަތުރުކޮށްގެން ރައްޔިތުންގެ ކައިރިއަށް ގޮސްގެން ރައްޔިތުންނަށް ވިސްނައިދޭނަން، އެހެންވިޔަސް މިއީ ވަގުތު ނަގާނެ ކަމެއް، އަޅުގަނޑުމެން މި ތިބީ އެ ދިގު މުއްދަތު ނަގައިގެން ވެސް މި ކަން ކުރަން، އަޅުގަނޑުމެންނަށް ފުރަތަމަ މުހިއްމީ މި ކަންތައްތައް،" ފާރިސް ވިދާޅުވިއެވެ.

ފާރިސް މި ދައްކަވަނީ އެހެން އެއްވެސް ސިޔާސީ ލީޑަރަކު ހަމަ ނުދައްކަވާ ވާހަކަތަކެވެ. ދެން އޮތީ އެ ފަލްސަފާ ތަންފީޒު ކުރައްވާނެ ކަން ރައްޔިތުންނަށް އޭގެ ޔަގީންކަން ދެއްވުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ނޫނު

    ޢަސާސީ ގަވާއިދު އެއީ ބަދަލު ކުރެވޭ އެއްޗެއް.

    35
  2. ޚިޔާލު 2

    ވަރަށް ފުރިހަމަ އިލްމީ ދިރާސާ ވާހަކަތަކެއް ފިކުރު ދަމަހަށްޓަށް ރަގަޅުނުބަޔަށް ނުބައި ރަގަޅަށް ބަދަލުކޮށް ހައްގު ނުހައްގަށް ބަދަލު ކުރުމަކީ ސަގާފަތަކަށްވަނީ ވެފައެވެ. މިއީ ހަމަ ބުއްދީން ވިސްނަށްޖެހޭކަމެއް.

    49
    7
    • ރައްޔިތުމީހާ

      އަމިއްލަ އެދުންބޮޑުވީ ބޭނުންވި ނައިބުރައީސްކަން އެކަން ނުދިނީމާ ފާޑުފާޑުގެ ވާހަކަތައްދެއްކީ

      20
      4
  3. ޙައްގުބަސް

    މީނާގެ ފަތިފުށް މާކަ ތާހިރެއްނޫން! މީނާ މިއީ ރައިސް ޔާމީންގެ ސަރުކާރު ވައްޓާލަން ބޭރުގެ ބައެއް ފަރާތްތަކާ ގުޅިގެން އޭރު ދުއްޕާންކުރި އިސް އެއްމޭސްތިރި! މީނާ މިއީ ރާއްޖެއަށް އޭރު ދަތިކުރަން އިންޑިޔާއަށާ އެކި ތަންތަނަށް ލިޔެގެން އުޅުނު ފަރާތް! މީނާ ލިޔެ ފޮނުވާފައިވާ ސިޓީއެއް ދުށިން!! ވެރިކަން ވައްޓަން ގައުމުގެ ރައްޔިތުން ބަނޑަށް ޖައްސަން ގޮވާލުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް!! ކޮބާ ވެރިކަން ވައްޓަން މެލޭޝިޔާ ހޮޓަލެއްގެތެރޭ ޖާބިރާއެކު ހެދި ފައިސާގެ ޑީލް!! ޖާބިރު ކިޔާތީ އަޑުއިވޭ ވާހަކައެއް މިއީ! ދެން މިވާހަކަތައް ދައްކާ ތަންތަނަށް އަރާ!! ފަސްބައި ތާހިރެއްނޫން މޮޅުވާހަކަ ދައްކަން!! ރައްޔިތުން ނޫޅޭ މިހާރު މައުމޫނިޒަމާ އެއާއިލާއާ ހެދި!! މައުމޫނިޒަމްއޭ މިހާރު މިގައުމު މިއޮތް ހާލަތަށް ވައްޓާލުމުގެ މޭސްތިރިއަކީ!! ދެން ހުރީ ބުރުމާ އޭނަ އެދަނީ އެސްޓީއޯ މެދުވެރިކޮށް ގައުމުގެ ފައިސާކޮޅު ތޮރުފަމުން!! ޖީބު ބޮޑުކުރަމުން!! މުޅީން އަމިއްލަ އެދުމާއިގެން އުޅޭ މީހުން މިއުޅެނީ ރައްޔިތުންނޭ ކިޔައިގެން!! ދެން ހުރީ ޝޭޚެކޭ ކިޔައިގެން އަމިއްލަ އެދުން ހާސިލްކުރަން ރައްޔިތުން ކުރިމައްޗަށް ނިކުމެ މުޅީން ދޮގުހެދި މީހެއް!! މިވަރުގެ މީހުން މިއުޅެނީ!! މިކަންކަން މިހާރު ގިނަ ރައްޔިތުންނަށް އެނގޭ!!

    107
    22
    • ޢަހަންމަަ

      ތީ ހުސް ދޮގު ކަލޭމެން އޭނަ ހަތަރެއްފައިގަ ޗޭނު ޖަހައިގެން ކޯޓު އަމުރެއްވެސް ނެތި ދޮޅު އަހަރު ގެންގުޅުނީ ކުޑަ ގޮޅީގަ، އެވެސް ރައްޔިތުން ހޮވާފަހުރި މަޖިލިސް މެންބަރަކަށް ހުއްޓާ

      17
      37
  4. އަލިބެ

    ދެން ގޭމް ކުޅެން ގޭގަ އޮވެލާ! ސިޔާސީ ފިލްމު ނިމިފަ ތިޔަހުރީ ދެން ލަލަލާ

    83
    16
  5. އަލިފު!

    ފާރިޝްގެ ވާހަކަތަކަކީ އާވާހަކަތަކެއް ނޫން! އެވާހަކަތަކަކީ ރައްޔިތުންގެ ތެރެއިން ހޭލުންތެރި އެތައްބަޔަކު ދައްކައި ފައިވާ ވާހަކަތަކެއް! ނަމަވެސް ހުރިހައި ޕާޓީތައް ގުޅިގެން ގެންގުޅޭ ސިއްރު އެޖެންޑާއެއް އެބައޮތެވެ. އޭގެ މޭސްތިރިއަކީ މައުމޫނެވެ. އެއީ އާދައިގެ ސިކުނޑިތަކަށް ދެނެގަތުން ވަރަށް އުނދަގޫ އެޖެންޑާއެކެވެ. ދުވަސްވެ ތަޖުރިބާ ލިބި ފައިހުރި އެއްވެސް މީހެއްގެ ބަސް ދައުލަތުން ބަލައިގަތުމަކީ އޮއެގެންވާނެ ކަމެއްނޫންކަން އެސިއްރު އެޖެންޑާ ތެރޭގައި ހިމަނާ ފައިވާނެއެވެ. އެކަމަކު މިއީ ދުވަހަކުވެސް މައުމޫނުމެން އެއްބަސް ވާނެ ވާހަކައެއް ނޫނެވެ. އެހެނެއްކަމަކު ވިސްނައި ފިކުރު ހިންގައި އުޅޭމީހުންނަށް މިކަންކަން ދެނެގަނެވޭނެ!

    61
    7
  6. ދަރަނި ދަންތުރަ

    މީނަގެ ފަތިފުން އެއްމެ ރަނގަޅަށް އެނގޭނީ ދިޔާނާ ޔަށް ، ބައްޕާފުޅަށް ހަވާލުކުރަން ދިޔާނާދިން ފައިސާތަކަށް ވީގޮތް ކިޔާދީބަލަ ....

    42
    8
  7. ސަސި

    ޕާޓީގެ 10000 މީހުން ހަމަ ނުވާނަމަ ލީޑަރައަށްވެ ސިޔާސީ ވާހަކަ ދައްކާނެ ކަމެއްނެތް.

    39
    7
  8. ޗޮއް

    ފާރިސް މައުމޫނަށް ފިސާރި ރަގަޅަށް އެނގޭނެ 1978 އަހަރު ފާރިސްގެ ބައްޕަ ވެރިކަމަށް އައިސް ރާއްޖޭގައި ޤާއިމުވެފައި އޮތް ހުރިހާ ރަގަޅު ކަންކަމެއް މުލުން ލުހެލާ ނާސިރަށް ހެއްދެވި ނެހެއްދެވި ގޮވިކަން. ސުކޫލުތައް ހަލާކުކޮށް ކިވައިދޭންތިބި ރަގަޅު ޓީޗަރުންތައް ފޮނުވާލާ ސުކޫލުތަކުން ރަގަޅު ޝަހްސިއްޔަަތުތައް އުފެދިދާނެތީ ބިރުން މުޅިން އެހެން ޒާތަކަށް ތައުލީމުގެ ކަންކަން ރޭވިކަން. ތިމާގެ ދަރި ޑުރަގަށް ދިއުމުން ކޮންމެ އާއިލާއެއްގައި ވެސް ޑުރަޖް ނަގާ މީހަކު ހުންނަންޖެހޭ ގޮތް ހެދި ކަން. ތިމާގެ ކާފަ ދަރި ބަންގާޅީ އަކަށް ވީ މާ މުޅި ގައުމު ބަންގާޅީން ފުރާލިކަން. އެތަށް ބަޔަކަށް އަނިޔާ ކޮށް ވޯޓް ފޮށީގައި ބަނޑު އަޅައިގެން ވޯޓު 100% އިން ވޯޓު ހޯދަމުންދިޔަގޮތް. މިހާރު ވެސް ކޮންމެ ޕާޓީއެއްގައި އެއް ދަރި ބަހައްޓައިގެން ގަންނަ ގަނޑު. ފާރިސް ރަގަޅު ވާނީ ގޭގައި ކުރިން ހުރި ގޮތަށް މަޑުން ހުރިއްޔާ. މިއުޅެނީ 30 އަހަރު ގެ އަސަރު މުޅިގައުމުގައި ހިފައިގެން. ޑްރަގާ، ކަރަޕްޝަނާ މިއީ 30 އަހަރުގެ ހިތި މޭވާކަން ފާރިސް ނުދަންނަނީތަ.

    41
    11
  9. ފާރު

    އިސްތިހާރު ފެށުނީ ދެއްތޯ؟

    33
    7
  10. ސސ

    ސިޔާސީ ވަފާތެރި ކެހިވެރިން ކުރާހާވެސް ކަމަކީ ސިޔާސީ މާލީ ފައިދާ ހާސިލްކުރަން ޤައުމުތަކުން ބޮޑެތިހާ ލޯން ނަގާފަ ރައްޔިތުން ދަރަނީގަ ޖައްސާ ދޯކާދީ ޤައުމު ބަގުރޫޓް ކުރުން، މީގެ ގިނަ ސިޔާސީންނަކީ ދުނިޔޭގެ ކަންކޮޅުތަކުން ގެދޮރުވެސް ހޯދާއިގެން ތިބޭމީހުން !

    27
    2
  11. ހުސޭނުބޭ

    އެހެނިހެން ސިޔާސީ ވެރިންނަށް އުފުލަން ނުކެރުނު ކަޅު ދަބަސްވެސް އުފުލި މީހާ ތިކަން ކޮށްފާނެ!

    35
    7
  12. ޖާބެ

    މަޢުމޫންގެ 30 އަހަރު ކޮށްފަހުރި އަނދިރިކަންކަން

    27
    4
  13. ފަތްކޯޅި

    ރައީސް ޔާމީން ވެރިކަމުގައި އަހަންމިއްޔަތު ދިން ބައެއް ކަންކަން:- އާންމު ފަރުދެއްގެ ހައިސިއްޔަތުން.
    1 ދީނަށް ފުރައްސާރަ ނުކުރެވޭނެ.
    2 ތަފާރު ކުރުންކުޑަކުރަން އެއްބަސް ވާމީހުނާއެކު މަސައްކަތްކުރުން
    3 އިދިކޮޅު ފިކުރުވެސް ހިމެނޭހެން ވެރިކަން ކުރުން
    4 ކުރީ ސަރުކާރުގެ ޕްރޮޖެކްޓެއް ފައިދާވާ ކަމެއް ނަމަ ކުރިޔަށް ގެންދިއުން
    4 ޒުވާނުންނަށް ފުރުސަތުތަށް ފަހިކޮށް ދިނުން
    5 ނުކުޅެދޭ މީހުނަށް ފުރުސަތު ފަހިކޮށްދިނުން
    6 އުމްރާނީ ގޮތުންނާއި އިގްތިސާދު ކުރިއެރުވުން
    7 އެހެން ގައުމުތަކުގެ ކާރިޔަށް އިގްތިސާދީ ނާށިގަނޑު ހިފައިގެން ދާން ނުޖެހޭވަރު ކުރަން ގަދަ އަޅާ މަސައްކަތް ކުރުން
    8 އަދުލު އިންސާފް ގާއިމް ކުރަން ގުރުބާންވުން
    އަދިވެސް އަދިވެސް...
    މިހާރުގެ ހާލަތާމެދު އަހަރެން ހިތާމަކުރަން

    80
    18
    • ނިހާން

      އަދި ސިޔާސީ ފިކުރު ތަފާތުވާ ކޮންމެ މީހަކު ޖަލަށްލުން ކޯޓް ތަކަށް ނުފޫޒު ފޯރުވުން..އެމްއެމްޕީއާރުސީ ދަވާލުން..ރެހެންދި ފްލެޓްތައް ޕާޓީ ކުދިންނަށް ދިނުން..ކަދުރު ދައިތައެއް އުފެއްދުން..މުލިއާގެ ޕާޓީގެ ކަންކަން ހިންގަން ޚާއްސަ ކުރުން..

      3
      4
  14. Anonymous

    ގޭމުކުޅެން ގެއައްދޭ

    31
    6
  15. ވަކީލު

    ފާރިސް އަޅެ ކަލޭ’ ޔާމީނު ވެރިކަން ބަދަލުކުރަން ސިއްރުގައި ފައިސާ ބަހައި ބޮޑެތި ޑީލްތަށް ބައްޕާފުޅުގެ ބައިވެރި ވުމާ އެކު ނުކުރާކަމާކަށް ނުވާނެ.. މިހާރު ދަތިކަން އިހުސާސްވާޏް ފެށީމަ ޔާމީނު މީގެ ކުރިން ދެއްކި ވާހަކަތަށް އަސްލަކަށް ބަލައިގެން ބަދަލުކޮށް އަނގަ ހޫޅުވަން ލަދުނުގަނޭބާ؟

    43
    6
  16. ބާބޫ

    ކަލޯ ބައްޕައަށް ތިޔަ ތިޔަރީ ކިޔަވައިދީ. އަހަރެމެންނަށް ތީ ފެންމެޓާ......

    34
    6
  17. ވިސްނާސޮރު

    ތިޔަ ލިޔުމުގައި އެވަނީ ވަރަށް ތެދުވާހަކަތަކެއް. ނަމަވެސް ކަމެއް އިސްލާޙްކުރެވޭނީ، އެވާހަކަ ބުނާ މީހާވެސް އަދި އެވާހަކަ ލިޔާ ނޫސްވެސް ތެދުވެރިކަމާއެކު ކަންކަން ކޮށްގެން. ހަމައެކަނި މިނޫހުގަ ލިޔާ ޚަބަރުތަކަށް ކުއްލިއަކަށް މިއައި ބަދަލަށް އެކަނި ވިސްނާލިއަސް ނޫސްވެރިންގެ ހުރި ތެދުވެރިކަންވެސް ވަޒަންކޮށްލެވޭނެއެވެ.

    16
    1
  18. ރައްޔިތުސޮރު

    ކަލޯ ރިބްރޭންޑްކޮށް އާ ފިލޯސަފީއަކަށް ދެނެއް ދިވެހިންނެއް ނުގުޑާނެއޭ ބަފަޔަށް ދަންނަވާ. ބައްޕަގެ ވެރިކަމުގަ ތައްޔާރުކުރެވުނީ ވ. އަގަލުކުޑަ ގޮތެއް ފޮތެއްނެތް "އިންކުލޫޑިންގ މީ" ބުރީޑެއްގެ ޖީލެކޭވެސް ދަންނަވާތި!

    18
    4
  19. Anonymous

    ބަލާކަށް ބޭނުމެއްނޫން ތީކާކުގެ ކާކުކަން!.. ތިޕްރޮމޯޓެއް ނުކުރެވޭނެ..

    30
    5
  20. ރާއްޖެތެރެ

    ރިސްވަތު ދިނުމަކީ ކޮން ކަހަލަ ނުބައިކަމެއްކަން ދިވެހިންނަ އެގެނީ ކިހާވަރަކައްތަ؟

    28
    4
  21. ހަލަހި

    ބޮޑާ ތަކައްބުރު ޔުމްނާ ދައްތަޔަށް ތި ލަވަ ކިޔާދީބަ ފުރަތަމަ

    24
    4
  22. ޙަަަހަ

    - އެ ޕާޓީއެއްގެ ވެރިން އިންތިޚާބަކުން ބަލި ވެސް ނުވަނީއެވެ. ބަލިވިއްޔާ ގޯހީ އިންތިޚާބު ބާއްވާ ފަރާތެވެ.
    - ތިމަންނަގެ ގްރޫޕުން ބޭރު ބަޔަކު ނަމަ، އެ ބުނާ އެއްޗެއް ނުވާނެ ރަނގަޅެއް، އަނެއް ޕާޓީގައި ގައުމަށް ހެޔޮ އެދޭ ބަޔަކު ނެތް، ދީނަށް އިޚްތިރާމް ކުރާ ބަޔަކު ނެތް،
    މީސާދާ ވަކިމީހަކަށް ޒާތީވެ ހަސަދަވެރިވުމަށް ބުނެފާހުރިކަންކަން ،
    ފާރިސްމެންވެސް ޤަބޫލުކުރަނީ ބައްޕާފުޅުވިއްޔާ އެއީ ފޮތުގެ ބޭރުހަންގަނޑޭ ، އެނުވާނޭ ބަދަލެއް ، އެހެންނުވާނެ ،
    ޢަދި ވަގުތުނޫހުންވެސް ބުނާގޮތުން ފާރީސް އެކަނި އިސްލަޚީ ވާހަަކަ ދައްކަނީ ، އެކަމަކު އިންތިހާބުގެ ދުވަސްވަރުބަލާބަލަ ، ފަޅާލަފަ ހުންނަކރާ

    17
    3
  23. ކިބޫ

    ކަލޯ ބަފާ މައުމޫނުގެ ވާހަކަވެސް ކިޔާލަދޭތި

    24
    4
  24. އަޙުމަދު

    މަސްތުގެ ހާލަތުގައި ކާރު ދުއްވަނިކޮށް ލަންޑަންގައި އެކްސިޑެންޓް ވެ ކާރުން ޖެހި މަރުވި މީހާގެ ވާހަކަ ނުވަތަ އެކަން ހިނގަންމެދުވެރިގޮތް ސާފުކޮށް ރައްޔިތުންނަށް އޮޅުންފިލާނެ ޢިބާރާތުން ބަޔާންކޮށް ދެވިދާނެތޯ، މިހެން މިކަން ސާފުކޮށްލަން ބޭނުން ވަނީ މިބާވަތުގެ ވާހަކައެއް ރައްޔިތުން ގެ ތެރޭގައި ދެކެވިފައި ވާތީ، އަދި އެފް.ޕީ.އައި.ޑީ އިން އިލްޔާސް އިބްރާހިމް ވަގަށް ނަގާފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާ ފައިސާ ޚަރަދުކޮށްގެން ގަނެފައި ހުރި ބިންތަކުން ކިހާ އާމްދަނީއެއް ލިބެމުން ދޭތޯވެސް ސާފުކޮށްދިނުން ރަގަޅު

    11
    2
  25. ޗަރުކޭސް

    މީ ބޭނުން މީހެއްނުން. އަހަރުމެން މިތިބީ 30 އަހަރަށްވެސް ސަލާމް ބުނެފަ.

    25
    4
  26. މުފައްކިރު

    ފާރިސް ނިކުތީމާ ވީގޮތަކީ ޅޮސް ލަކުޑީން އޮޑިއެއް ބަނުމުންވީގޮތް. މާނައަކީ ދިވެހި ސިޔާސަތަށް ތަސައްރަފު ނުފުދުމުން ހައްލު ނުވާ ގެއްލުން ގައުމު ތަހައްމަލު ކުރުން.

    15
    3
  27. އައްޑޫ މީހާ

    ފާރިޝްގެ ބައްޕަގެ 30 އަހަރުގެ ވެރިކަމުގައި ކިޔެވެނީވެސް ރައްރަށުގެ ގަދަރުވެރި ފައިސާވެރިންގެ ދަރިންނަށް އާދައިގެ ނިކަމެތިންނަށް އަސާސީ ތައުލިމުން ނިންމަން ޖެހެނީ ވަޒީފާވެސް ދިނީ ހަމަ އެގޮތައް ރައްރަށުން މީހުންނަށް ބިން ދޫކުރީވެސް އެގޮތައް މިގައުމުގައި އެސަގާފަތް އާލާކޮށް ދިރުވީ 30 އަހަރުގެ ވެރިކަމުގައި ދެން ކޮންވާހަކައެއް ދައްކާކަށް

    16
    6
  28. އަދުހަމް

    އިސްލާހީ ހަރަކާތް ހިންގަންވީ ދުވަސް ފާއިތުވެ ހިނގައްޖެ. ގައުމަށް މިއަދު ކުރިމަތިވެފައިވާ މުސީބާތްތަކުގެ ޒިންމާގެ ބޮޑުބައެއް ބައްޕާފުޅު ނަންގަވަންޖެހޭނެ. އެއީ ނިޒާމަށް އިސްލާހު ނުގެނެސް ތާއަބަދު ވެރިކަމުގައި ހުންނެވުމަށް އަމާޒު ހިފުމުން. ގާނޫނު އަސާސީ ވެސް އިސްލާހުކުރީ އަތައް ގޮވާ މުޅި ގައުމު ގޮވުމުން. އަދިވެސް އިސްލާހޭ ކިޔާއިރު ޕާޓީގެ ޒައީމަކީ އަދިވެސް ބައްޕާފުޅު ނޫންތޯ

    15
    3
  29. ކާފަދ

    ތިކިޔާދިނީ ބަފާ އުޅުނު ގޮތް. ތިހެން އުޅުނު މީހުންނާ އެމީހުންގެ ދަރިން މިހާރު ގުނާކަށް ނުލާ

    7
    1
  30. ސަގަރު

    ކަލޯ ފާޑު ފާޑުގެ އެއްޗެހިކިޔައިގެން ޕްރޮމޯޓް ވެދާނެ ކަމަށް ހީކުރަނީތަ.! ތިޔަ ޕާރޓީއާ ތިޔަ މީހުންގެ އަގެއް ހުރިނަމަ މަޖިލިސް ގޮޑިއެއް ލިބުނީސް . މި ގައުމު ތިޔާ 30 ގެ މަތިން ހަދާނެއް ނެތް. ގައުމު މިއޮތީ ކުދިކުދިވެފަ. އިންތިހާބެއް ކާރިވާން ފެށީމަ ރައްޔިތުން ގުއި ރޯނުގަ ޖައްސަން ނޫޅޭ . ގެކޮޅުގަ މަންޒަރު ބައްލަވަން އިނުން ރަގަޅު.

    7
    1
  31. ވާޔާ ރެކިހުތާ

    ރައްޔިތުންނަށް ނޭނގޭ އެއްޗެއް ނެތް .... ދައްކާނެ ވާހަކަ ނެތިގެން ކޮންމެ އެއްޗެއް ވެސް ބުނެފާނެ

    6
    1
  32. ނަން އިތުރު

    ކުރިކަންތަށް ރަނގަޅު އެކަމަކު އެ ދެއްކި ވާހަކަތަކަކީ އެތަށްބަޔަކު އެތަށްފަހަރަކު ދައްކާފަ ހުރި ވާހަކަތަކެއް....!!!!!!!!!!!!
    ރާއްޖޭގެ %95 މީހުންނަށް ޕާޓީތަށް ހިގާގޮތާއި، ސަރުކާރު ފެށޭގޮތް ގޯސްކަން އަދި ދުނިޔޭގެ ނިސްބަތުން އެންމެ އިސްރާފް ބޮޑު ޤަޢުމަކީވެސް މީކަން، މިތަން ހަލާކުކޮށްލީ ޕާޓީނިޒާމް ގެނެސްގެން އެމް.ޑީ. ޕީ ކަން.

  33. ހެހެ

    ކެރިސްމަޓިކް ކަމެއްނެތް މީހެއް. މައުމޫނުގެ ދަރިޔަކައްވިޔަސް ވޯޓެއްނުދޭނެ. ރަސްކަމައް އަރަންވެގެން ޔާމީނާއިދެކޮޅައް ނިކުތީ. ވަރައް ތާހިރުވެފަ ތިއޮތީ ހުރިހާ އެއްޗެއް ގެއްލިފަ.

    9
    1
  34. އައްޔު

    ފާރިސް ތިޔަ ވިދާޅުވާގޮތަށް ނައިބުރައީސްކަން ޔާމީންބޭބެ ނުދިނީ އޭގެ ބަދަލުގައި ބައްޕަ މައުމޫން ޔާމީނުއާއި ދެކޮޅަށް ހަގުރާމައިއުލާންކުރީ މިވެސް އިހަކަށްދުވަހު ހިނގިކަމެއް އަދި މަޖިލިސްތެރެއިން ސަރުކާރު ބަދަލުކުރަން އޭރު ފާރިސް ކުރި މަސައްކަތަކީ ބައްޕާފުޅުގެ ވިސްނުމުން ޔާމީނުގެ ވެރިކަން ބަދަލުކުރުމަށް ހިންގި ޖަރީމާއެއް

    3
    1
  35. އިބްރާހީމް

    ކަލޭމެން މީހުނޭ ކިޔާގެން ވާހަކަ ދެއްނުން ތާހިރެއްނޫން

    1
    1
  36. ޢަބުޅޮ

    ޓުރައިބަލިޒަމްތޯ ނެޕޮޓިޒަމްތޯ ؟

  37. ރިހަގަނޑު

    ތިންމީހުނާ ފަޅި ހަމަނުވާ ޕާޓީގެ ރިހަ ރައީސް. މޮޅު ބައިސާ ކަނޑަން ނޫޅޭ.

    1
    1
  38. ބޯހަލާކު

    ފާރިސް ބުންޏަސް މީ ރަގަޅު ވާހަކަތަކެއް. ގޯހީ ވެރިކަން ހިންގުމުގެ ނިޒާމެއް ނޫން. ޕާޓީތަކެއްވެސް ނޫން. ޕާޓީ ސިސްޓަމް ޕްރެކްޓިސް ކުރާގޮތް ގޯހީ. މީ އެއްވެސް މީހަކަށް ނޭގޭ ކަމެއްވެސް ނޫން. ހިތާމައަކީ މިކަން ރަގަޅު ކުރަން އެއްވެސް މީހަކު ބޭނުން ނުވުން. ވަކިހިސާބަކުން ފާރިސްގެ ވެސް ރާގު ބަދަލުވާނެ. މީހުންގެ ރުހުން ހޯދަން ކިތަންމެ ރީތި ވާހަކަ ދެއްކިޔަސް ކަންތައް ކުރަނީ އެންމެން އެއްގޮތަކަށް.

  39. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    މައުމޫނު ދަރިއަކަސް އަންނިގެ ދަރިއަކަސް ވަޙީދުގެ ދަރިއަކަސް ނާސިރުގެ ދަރިއަކަސް، އަދި ޞާލިޙުގެ ދަރއަކަސް ރަނގަޅު އެއްޗެއް ބުނެފިއްޔާ އެ ބުނި އެއްޗަކާއި މެދު ހޭލުންތެރިވެ ފިސާރި ވަރުގަދައަށް އެ އެއްޗެއްގައި ހިފަން ބޭނުންވާ ޗޭފުޅަކަށް ހިފޭނެ ދެއްތޯ

  40. ޤާނޫން

    ވަކި ބައެއްގެ ޕާޓީއަކަށް ނުވާ ނަމަ ފާރިސް ތި ޕާޓީގެ ރައީސަކަށް ވާންވީ ކީވެބާ؟ ތިޔަ ޕާޓީ އިން އެހެން މީހަކު ކުރިމަތި ނުލައޭ ކިޔަމުން ފާރިސް ހޮވީ އެއީ މަވަންތަކަމުގެ ގޮތްގަނޑު. ވަގުތު ނޫހުން ވެސް ފޮނި ވާހަކަ ނުދައްކާ.. ބަފާ ތެޅުނު ވައްތަރަށް ފާރިސް ވެސް ތެޅެން އެއުޅެނީ.. ބަފާ އަށް ޒައީމްކަން ދީފަ އޑީގަ ބަހައްޓައިން ބަފާގެ ވިސްނުމުން ހުރިހާ ކަމެއް ކުރާނެ.

  41. ވާހަކަ

    ހިޔަޅުވެސް ގަހަށް ނޭރުނީމާ ބުނީ މޭބިސްކަދުރުގައި ލާނީ ހިތިރަހައޭ.