ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގުޅޭ ގޮތުން އެމަނިކުފާނުގެ ސަޕޯޓަރުންނާއި އަދި އިދިކޮޅު ހިޔާލުގެ މީހުން ވެސް އެއްބަސްވާ އެއްކަމެއް އޮވެއެވެ. އެއީ އެމަނިކުފާނަކީ ގޮތެއްގައި ހުންނަވާ ބޭފުޅެއް ކަމެވެ. ނިންމަވާ ގޮތެއްގައި ހިފަހައްޓަވާ، އެއީ ރަނގަޅު ގޮތްކަން ސާބިތުކޮށްދެއްވާނެއެވެ. މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމާއިއެކު ފަސްއެނބުރި ބަލާލާއިރު އަނެއްކާވެސް ފެންނަނީ ޔާމީން ހިފަހައްޓަވާ ގޮތެއްގައި ދެމިހުންނަވާ ކަމާއި، އެގޮތް ބަދަލު ކުރެވޭނެ ހަމަ އިތުރު އެއްވެސް ގޮތެއް ނެތް ކަމެވެ.

ޔާމީން މިއަދު ޖަލު ހުކުމުން މިނިވަންވިއިރު އެމަނިކުފާނަކީ ރައީސްކަން ކުރެއްވި ފަހުން އެންމެ ގިނަ ދުވަހު ޖަލު ބަންދުގައި ހޭދަކުރެއްވި ރައީސް އަށް ވަނީ ވެފައެވެ. މަނީ ލޯންޑްރިންގެ ތަހްގީގު ފެށުމާއިއެކު 2019 ވަނަ އަހަރުގެ ކުރީކޮޅު ފުރަތަމަ ޔާމީން ހައްޔަރު ކުރީ ހެއްކަށް ނުފޫޒު ފޯރުވާކަމަށް ބުނެއެވެ. ނުފޫޒު ފޯރުވަން ޔާމީން ކުރެއްވި ކަމެއް މިއަދާއި ހަމައަށް ވެސް ދައުލަތުން ދައްކާފައެއް ނުވެއެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހު ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވި ނަމަވެސް އެމަނިކުފާނަށް ވެސް ޖަލުން ނިކުންނެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިއެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލަށް ވަޑައިގެން ޔާމީން ރާއްޖެ އިން ބޭރަށް ވަޑައިގެންނެވުމަށް އެދިވަޑައިގެންނެވިއެވެ. އެކަން އިމްރާން ވެސް މީޑިއާގައި ކަށަވަރު ކޮށްދެއްވެވިއެވެ.

އެދުވަހު ވެސް ޔާމީން ހުންނެވީ އެމަނިކުފާނުގެ ގޮތުގައި ހިފަހައްޓަވައިގެންނެވެ. ތިމަންމަނިކުފާނުގެ މައުސޫމްކަން ކޯޓުގައި ސާބިތުކޮށްދެއްވާނެ ކަމަށާއި ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށް ތަކުރާރުކޮށް އޮތީ ވިދާޅުވެފައެވެ. އެވިދާޅުވި ވިދާޅުވުން ޖަލުގައި ހުންނަން ޖެހިވަޑައިގަތުމުން ބަދަލެއް ނުކުރެއްވެވިއެވެ.

ޔާމީނާއި ވަރަށް ގާތް ބާރުގަދަ ގައުމުތައް އެބައޮތެވެ. ހާއްސަކޮށް ގައުމުތަކުގެ އެތައް ލީޑަރުންނަކަށް ހިމާޔަތާއި ރައްކާތެރިކަން ދެމުން އަންނަ ޔޫއޭއީފަދަ ގައުމުތަކުގެ ވެރިންނާއި ގާތް ގުޅުމެއް އެބައޮތެވެ. ސައުދީ އަރަބިއްޔާގެ ރަސްގެފާނާއި ވަލީއަހްދު މުހައްމަދު ފަދަ ބޭފުޅުންގެ އެހީތެރިކަމަށް އެދި އެއިން ގައުމެއްގައި ދިރިއުޅުއްވުމުގެ ބާކީ ބައި ހޭދަކުރެއްވުމުގެ ފުރުސަތު ހޯއްދަވަން މަސައްކަތް ކުރެއްވިނަމަ އެހެން ލީޑަރުންނެކޭ އެއްގޮތައް ޔާމީނަށް ވެސް އެފުރުސަތު ލިބުނީހެވެ. ނަމަވެސް އެއީ ޔާމީން ބޭނުންފުޅުވި ފުރުސަތަކަށް ނުވިއެވެ.

ޔާމީންގެ މައްޗަށް ޖަލު ހުކުމް އިއްވުމުގެ ކުރިން އެމަނިކުފާނު ސަޕޯޓަރުންނާއިއެކު ބޭއްވެވި އެންމެ ފަހުގެ ބައްދަލުވުމުގައި ވެސް ވިދާޅުވީ ކޯޓުން ނިންމާ ނިންމުމެއްގެ ސަބަބުން ދުވަސްކޮޅަކަށް ސަޕޯޓަރުންނާއި ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފާނެ ކަމަށެވެ. ނަމަވެސް އެނބުރި ސަޕޯޓަރުންނާއި ބައްދަލު ކުރައްވާނެ ކަމުގެ ޔަގީންކަން އެދުވަހު ވެސް ދެއްވެވިއެވެ.

ދުނިޔޭގެ ތަރައްޤީއާއި ތަމައްދުނުގައި ދިވެހިންގެ ފައިތިލަ ސާބިތުކޮށް، ދުނިޔޭގެ މައިދާނުގައި ހަމައިސްކޮޅަށް ދެމިލުމަކީ ޔާމީން ކުރައްވަން އެންމެ ބޭނުންފުޅުވި އެއްކަންތަކެވެ. އެއީ ދިވެހިންނަކީ ބަޔަކު ފުރުޞަތު ދިނީމާ ބަސްބުނާ ބަޔަކަށްވުމުގެ ބަދަލުގައި، އަމިއްލަ ހައިސިއްޔަތުން ދިވެހިންގެ ބަސް، އެހެންމީހުންވެސް ހޯދާނޭ ބަޔަކަށްވުމަށް ކުރެވޭ ދަތުރު ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.

ވެރިކަމުގައި ހުރިއިރު ވެސް ފެނިގެން ދިޔައީ ޔާމީން ތަވާބާ، ބާރުގަދަ ގައުމެއް، ބާރުގަދަ ސިޔާސީ ލީޑަރެއް ނޯންނާނެ ކަމެވެ. އޭގެ ބަދަލުގައި ޔާމީން ހިނގަން ބޭނުންވި މަގު ވަރަށް ސާފެވެ. އެއީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމެވެ. އެމައްސަލަތައް ހައްލު ކުރުމަށްޓަކައި އެވަގުތަކު ނިންމަން ޖެހުނު ކޮންމެ ނިންމެއް ނިންމީ ވަރަށް ގަޓު ހުރެގެންނެވެ. މިއަދު އަނެއްކާވެސް ސާބިތުކޮށް އެދެއްވީ އެގަޓަށް ބަދަލެއް ނާންނަ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ވިސްނާލުމަށް އެދެމޭ

  އެއީ އަހަރެމެންވެ ގަޓް ރަ އީސް...ވަނަމަކަށް ނޫން އަހަރެމެން ގަޓް ރަ އީސްކިޔަނީ..ރޔާމީނަކީ ހީރޯ އެ އް..ގަދަ ބަތަލެ އް...ދިވެހިން ދިވެހިރަ އީސް..ދިވެހި ގަ އުމާ ރަ އްޔިތުންދެކެ ހަގީގީ ލޯބިވި ދިވެހި ގަޓްބރަ އީސް.. އަހަރެމެން ފަޙުރުވެރިވޭ އަހަރެމެންގެ ލޮބުވެތި ރަ އީސް ޔާމީން..

  92
  4
 2. ކޮވިޑް

  ސާބިތު ކޮށްދެއްވީ ގަޓް ކަމެއްނޫން . ސާބިތު ކޮށްދެއްވީ އިސްލާމްދީނާ މި ޤައުމަށް ހަރާންކޯރު ވެފަ ނުވާނެކަން.ވަގައް ގޮވިމީހުންނަށް ވަގެއް ނޫންކަން ސާބިތު ކޮށްދެއްވީ. ޖަލަށް ލިޔަސް ފިލާ ވަޑައިނުގަންނަވާކަން. ވަގައްގޮވިމީހުނާ ދޭތެރޭ މައްސަލަ ޖައްސަން ރޔ. ގަޑިޔާރުންނަށް ގޮވާލަން. ﷲ ހަމްދާ ޝުކުރު ކުރަން.

  89
  5
 3. ދަރަނި ދަންތުރަ

  ހިތްވަރުގަދަ ލީޑަރުންނަކީ ދިމާކަންކަމާ ވަރަށްކެރިގެން ކުރިމަތިލާ އެކަންކަމުން ސަލާމަތްވެގެން އަސްލު އަމާޒަށް ވާސިލުވާ ލީޑަރުންނެވެ ރައީސް ޔާމީނަކީ ހިއްވަރުގަދަ ފިސާރި ލީޑަރެއް ، ކެނެރީގޭ ނަސީދަކީ ކަމެއްދިމާވާއިރަށް ވަޅުކޮތަރެއްހެން ފިލާ ރައްކާވާ ބޮޑު ފިނޑިޔެއް

  76
  5
 4. ނަންރީތި ސަލީމް

  ދުނިޔޭގައުޅޭ ބޮޑެތިސުމަގުލަރުން ބޮޑެތިވަގުން ފިލާހެން ޖަލުންވެސްފިލަނީ މާފެޔާ ބޮޑެތިލީޑަރުން ޖަލައްލީމަ ފިހެން ރައީސް ޔާމީން ނުފިލާނެކަން ޔަގީވެއްޖެ މިރާއްޖޭގަ ވެސް އެބައުޅޭ އެވައްތަރައްފިލާބަޔަކުވެސް މަރުހަބާ ރައީސްޔާމީން

  53
  3
 5. ނަންރީތި ސަލީމް

  ދުނިޔޭގައުޅޭ ބޮޑެތިސުމަގުލަރުން ބޮޑެތިވަގުން ފިލާހެން ޖަލުންވެސްފިލަނީ މާފެޔާ ބޮޑެތިލީޑަރުން ޖަލައްލީމަ ފިލާހެން ރައީސް ޔާމީން ނުފިލާނެކަން ޔަގީވެއްޖެ މިރާއްޖޭގަ ވެސް އެބައުޅޭ އެވައްތަރައްފިލާބަޔަކުވެސް މަރުހަބާ ރައީސްޔާމީން

  33
  3
 6. ށަމާ

  ކޮލިޓީ ރައީސެއް.

  53
  3
 7. ެާއަހުމަދު

  އެ ސާބިތު ކޮށްދިނީ ވަގެއް ނޫން ކަން

  54
  3
 8. ރަދީފް ހުސެން

  ހައްޔަރުވީމަ މިގައުމައް ދަތިކުރަން ގޮވިމީހުނާ، މިލިޓްރީއާއެކުއަރާ މިތަން ހިފަންގޮވި މީހުނާ، ބޭރައްގޮސް ފިލައިގެން އުޅުން މީހުނާ، ޑްރާމާތެރޭން ކޯޓުތެރެޔައް ވެއްޓިގެންމީހުނާ، ފަނޑިޔާރުންނައް ހަދިޔާ ބެހިމީހުނާ، ހިބަރުވަދު ދުއްވިމީހުންވެސް ފެނިއްޖެ. އެކަމު، އެމީހުން މިއަދުނުކުމެ ރ.ޔާމިނޭކީމަ ހަމަހުތުރު. ރ.ޔާމިން އެސާބިތުކޮއްދިނީ ނުކުރާކަމަކައް، ކުދިކޮއްކޮށާ ކާޅައްކާން ދިނަސް ގައުމުދޫކޮއް ނުދާނެކަމާ، ކުޑަކަކޫވެސް ނުޖެއްސުވޭނެކަން.

  38
  4
 9. ޑައެލޯގް

  ގަޓް ރައީސްއޭބުނަނީ ބުނަންވެގެންނެވެ. އެމްޑީޕީ އުޅުނީ އަންނި މަންޑޭލާއަށްހަދާށެވެ. އެކަމަކު މަންޑޭލާ މައިބަދައިގާ ރެދުހުއްޓޭ ކިޔައި ދޮގުހަދައިގެން ގޮނޑިދުއްވާކަށް ނޫޅެއެވެ. ރާއްޖޭގެ އަސްލުމަންޑޭލާއަކީވެސް ޔާމީނެވެ.

  42
  3
 10. Anonymous

  ހަމައއެކަނި ފިލަން ނުދިޔަ ރައއއީސް އަދި ސިޔާސީ ލީޑަރު. ތިޔަ ދެއްކެވި ސާބިތުކަމަށް ސާބަސް. މާޝާ ﷲ

  24
  1
 11. ނަންރީތި ސަލީމް by look

  ދުނިޔޭގައުޅޭ ބޮޑެތިސުމަގުލަރުން ބޮޑެތިވަގުން ފިލާހެން ޖަލުންވެސްފިލަނީ މާފެޔާ ބޮޑެތިލީޑަރުން ޖަލައްލީމަ ފިލާހެން ރައީސް ޔާމީން ނުފިލާނެކަން ޔަގީވެއްޖެ މިރާއްޖޭގަ ވެސް އެބައުޅޭ އެވައްތަރައްފިލާބަޔަކުވެސް މަރުހަބާ ރައީސްޔާމީން

 12. އިންޑިޔާމިލިޓިރީއައުޓް

  ދެން ލަލަ އެމްޑޕ ކުދިންކޮޅު

 13. ނަންރީތި ސަލީމްBi by look

  ދުނިޔޭގައުޅޭ ބޮޑެތިސުމަގުލަރުން ބޮޑެތިވަގުން ފިލާހެން ޖަލުންވެސްފިލަނީ މާފެޔާ ބޮޑެތިލީޑަރުން ޖަލައްލީމަ ފިލާހެން ރައީސް ޔާމީން ނުފިލާނެކަން ޔަގީވެއްޖެ މިރާއްޖޭގަ ވެސް އެބައުޅޭ އެވައްތަރައްފިލާބަޔަކުވެސް މަރުހަބާ ރައީސްޔާމީން

 14. ހަލަމްގަން

  ގަޓުރައީސް 3 ބިލިއަން ކާނުލާކަމަކަށް ނުވާނެ ގަޓުރައީސް ސްޕްރީމްކޯޓު ފުރާޅުން ޓިނުވެސް ނެގި ގަޓުރައީސް އިދިކޮޅު ހުރިހާ ލީޑަރުން ހައްޔަރުކޮށް ޖަލަށްވެސްލީ ކިހާ ގަޓު

  4
  11
  • Anonymous

   ހަމަ ގަޓު ރައީސް. އަސަރެއް ކުރާނީ.

   5
   1
 15. ޢާސިޔާ

  ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް ޔާމިން، ތީ ރައީސުންނަކީ، މިޤުމުގައި ތިފަދަ ރައީސުން ތިބިނަމަ މިހާރު މިރާއްޖެ ވެގެންދާނީ ދުނިޔޭގައި އޮތް އެންމެ މުއްސަދި ގައުމަށް.

  މި އެމް.ޑީޕީ އަންނި ރައިސް މިގައުމަށް ފާވިފަހުން މިގައުމު މިއޮތީ ހައްދުން ނައްޓާފައި، މިމީހުންނަށްވެސް ނޭންގޭ ސޮއިކުރެވޭ އެއްޗެއް، އަހަރެމެނެްގެ ދަރިންގެ ދަރިން ހިތާމަ ކުރާނެ، އިންޑިޔާގެ ސިޔާސަތީ އަޅުވެތި ކުރުން މިމީހުންނަށް މިކަން ނޭންގެނީކަމެއް އެގި ތިބެ ކަމެއް ނޭން މިހުރިހާ ސަކަރާތެއް މިޖަހަނީ.
  ޔާމިނަށް އަހަރެންގެ ތާއީދު،
  ދެން އެއްވެސް މައްސަލައެއް އަދި ސިޔާސީ ދައުވާއެއްވެސް ޔާމިނަށް ނުރަން އެދެން .