އެއީ ޒަމާނުއްސުރެން ގާނޫނީ ހުކޫމަތުގައި ޖާގަ ދެވިފައި އޮތް ކަމެއް ނޫނެވެ. ޝައްކު ވިޔަސް ބަންދު ކުރެއެވެ. ބަންދުކޮށްފައި ދެވޭ އެއް އަދަބަކީ އަނދަގޮނޑި ޖެހުމެވެ. ގޮނޑިއެއްގައި އައްސާފައި ބާއްވަނީއެވެ. ވެރިކަމުގެ ބާރު އޮތް ބަޔަކު ނޫނީ ވެރިކަމާ މެދު ވިސްނައިގެން ނުވާނެއެވެ. އެފަދަ ވިސްނުމެއް ގެނެސްފި މީހަކަށް ވެސް އޮންނާނީ އަނދަގޮނޑިއެވެ. ނުވަތަ ކޮންމެވެސް ގޮތަކުން އެމީހެއްގެ ދުވަސް ދުއްވާލުމެވެ. މިއަދު ވެސް ވެރިކަމުގެ ކޮއިލުތެރޭ މި ކަން ހިނގައެވެ. ކުރާ ގޮތް ތަފާތީއެވެ.

ވެރިކަމުގެ ބާރުތައް މި އޮތީ ދިވެހިންގެ "ޑިމޮކްރެޓިކް" ޕާޓީ އަތުގައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދަބުތަކާއި ކުރިމަތިލި ސިޔާސީ މީހުންނެވެ. ޚިޔާލު ފާޅުކޮށްގެން އަދަބު ދީގެން ނުވާނެ ކަމަށް ވަކާލާތު ކުރި މީހުންނެވެ. ވާދަވެރިން "އަނދަގޮނޑި" ޖެހުމުގެ ސިޔާސީ ސަގާފަތް ބަދަލު ކުރާނެ ކަމަށް، އާންމު ރައްޔިތު މީހާ ކައިރީ ވައުދުވި މީހުންނެވެ. ނަމަވެސް، ވެރިކަމުގެ ތިން އަހަރު ހިނގިއިރު މަންޒަރު ފެންނަނީ އެއާ މުޅިން އިދިކޮޅަށެވެ.

އެންމެ އިދިކޮޅު ދެ ވާދަވެރިންނަށް ބޮޑެތި ގޮންޖެހުންތައް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ފެއިލްވެއްޖެ ކަމަށް ސިޔާސީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ފާހަގަ ކުރާ އެއް ސަބަބަކީ، ދައުރުގެ އެހާ ކުރީކޮޅު ރިޔާސީ އިންތިޚާބުގެ ފޯރި ސިޔާސީ މަސްރަހުގައި ގަދަވުމެވެ. 2023 އަށް ތައްޔާރުވާން ފަށައިފިއެވެ. އެމްޑީޕީގެ އެންމެ އެތެރެއިން ވެސް އޭގެ ކުރިއަށް ނިޒާމު ބަދަލު ކުރުމުގެ ވަކި ސިޔާސީ ހަރަކާތެއް ވެސް ދަނީ ހިނގަމުންނެވެ.

2023 އަށް ނުކުންނަ ކެންޑިޑޭޓުންގެ ތެރެއިން މި ސަރުކާރާ އެންމެ އިދިކޮޅު ވާދަވެރިންނަށް ތިބީ ރައީސް ޔާމީންއާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްއާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއާއި، އެމްޑީޕީން ރައީސް ނަޝީދު ނުކުންނަވާ ކަން އިއުލާން ކުރެއްވިޔަސް، މިއީ މި ސަރުކާރުގެ ބައިވެރިންނެވެ.

ރައީސް ޔާމީންގެ މައްޗަށް ދަނީ "ފުލުފުލުން" ދައުވާ އުފުލަމުންނެވެ. މިކަން މިހެން ހިނގާނެ ކަމަށް ވިދާޅުވަނީ ވެސް އެމްޑީޕީގެ ބޭފުޅުންނެވެ. ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް، އެންމެ މަތީ ސުޕްރީމް ކޯޓުގެ މަރުހަލާގައި އޮއްވައި، އިތުރު ދައުވާތަކެއްގެ މައްސަލަ ދަށު ކޯޓުގައި ފަށައިފިއެވެ. ސުޕްރީމް ކޯޓުގެ މައްސަލަ ހުކުމަކާއި ހަމައަށް ދިޔުމާއެކު އެހެން މައްސަލައެއްގައި ވެސް ދައުވާ އުފުލިއެވެ.

"ސުޕްރީމް ކޯޓުގައި ވެގެން ދިޔަ ގޮތް ފެންނާނެ. ރައީސް ޔާމީން މިނިވަންވީ. އެ ގޮތަށް ދާނެ ކަމަށް ބަލާފައި، ހުކުމް ވެސް އިއްވުމާއި ހަމައަށް ގޮސްފައި އޮއްވާ އާރަށު މައްސަލާގައި ދައުވާ އުފުލަން ނިންމީ. ކަން ހިނގާ ދަނޑިވަޅަށް ބަލާއިރު ރޭވިގެންކަން ދަނީ އެބަ އެނގޭ،" ސިޔާސީ ތަޖުރިބާކާރު ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު އަދި ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޖަލްސާގައި - ވަގުތު އިމޭޖަސް: އަހްމަދު އަލީ
އިދިކޮޅު ލީޑަރު އަދި ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޖަލްސާގައި - ވަގުތު އިމޭޖަސް: އަހްމަދު އަލީ

ޔާމީން މިނިވަން ވެފައިވަނިކޮށް ދެން ހިނގައިދިޔަ ކަމަކީ، އުމަރު ނަސީރަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމެވެ. ހަ އަހަރު ވެފައިވާ ދުވަސްވީ މައްސަލައެއް، އެ ކޮމިޝަންގައި ފައިލްކޮށްފައި އޮންނަތާ އެތައް އަހަރެއް ފަހުން ދައުވާ ކުރަން ފޮނުވީ، މަންޒަރު ބަލަން ތިބޭ ގިނަ މީހުންގެ ނަޒަރުގައި، އުމަރު ނަސީރަށް ވެސް ގޮންޖެހުންތައް ކުރިމަތި ކުރުމަށެވެ.

"އަޅުގަނޑަށް ދަތި ކުރުން، ސަރުކާރުގެ އެ ބޭނުން އޮންނާނެ. ހަ އަހަރުވީ ދުވަސްވީ މައްސަލައެއް، ކުއްލިއަކަށް ނަގައިގެން ދައުވާ ކުރަން ފޮނުވާނީ ވެސް އެހެންވެގެން. ވަރުގަދަ އޮޕޮޒިޝަނަކަށް ސަރުކާރަށް މި އޮތީ އަޅުގަނޑާއި ޔާމީން އެކަނި. އަޅުގަނޑުމެން ހުއްޓުވަން ހަމަ މަސައްކަތް ކުރާނެ،" އުމަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީނާއި އުމަރު ނަސީރު- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީންގެ ގާނޫނީ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވެސް ގަބޫލު ކުރައްވަނީ މިއީ ވާދަވެރިންނަށް އަމާޒުކޮށްގެން، "ޕިކް އެންޑް ޗޫޒް" އުސޫލަކުން ދައުވާ ކުރަން ފޮނުވަމުންދާ މައްސަލަތަކެއް ކަމަށެވެ. ދައުވާ ކުރަން ފޮނުވުމާއި، ދައުވާ އުފުލުމުގެ މަރުހަލާގައި ވެސް ސިޔާސީ ނުޒޫފު އޮތް ކަމަށް ވިދާޅުވެއެވެ.

"ސަރުކާރުގެ އަމާޒު މިހާތަނަށް އައި އިރު އޮތީ އެ ގޮތަށް. ވާދަވެރި އިދިކޮޅު މީހަކު ހުންނާކަށް ނޭދޭ. ސަރުކާރުގެ ކަންކަން ބަލާނެ، ފާރަވެރިވާނެ، ފާޑުކިޔާނެ، އިދިކޮޅު ސިޔާސީ ޕާޓީއެއް ވުޖޫދުގައި ބޭއްވުން އެއީ ސަރުކާރަށް އުނދަގޫ ކަމަކަށް ވެފައި މި އޮތީ،" ޖަމީލް ވިދާޅުވިއެވެ.

ޔާމީން މިނިވަންވުމާއެކު އުމަރު އަމާޒަކަށް، އިއްތިފާގެއް؟

އުމަރު ނަސީރަށް މަންޒަރު ފެންނަނީ އިއްތިފާގެއް ގޮތަކަށް ނޫނެވެ. ރޭވުމެއްގެ ގޮތުގައެވެ. އެހެން ނޫންނަމަ، ހަ އަހަރު ވެފައިވާ ދުވަސްވީ މައްސަލައެއް ކުއްލިއަކަށް، ޔާމީން މިނިވަން ވެފައިވާ ދަނޑިވަޅާއި ދިމާކޮށް ދައުވާ ކުރަން ފޮނުވަން ޖެހޭ ސަބަބެއް ވެސް ނެތެވެ.

"ރައީސް ޔާމީނާ އެއްކޮޅަށް ކޯޓުތަކުން ބައެއް ކަންކަން ނިމުމުން އޭސީސީއަށް އެ އަންނަ ޕްރެޝަރުތައް، ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުން، އަޅުގަނޑަށް މަންޒަރު ފެންނަނީ އެ ގޮތަށް، ވަރަށް ބޮޑަށް އެ ގޮތަށް، ވަރަށް ބޮޑަށް ރޭވިގެންނޭ،" އުމަރު ވިދާޅުވިއެވެ.

ޑރ. ޖަމީލް ވެސް ގަބޫލު ކުރައްވަނީ މި ގޮތަށެވެ. ސަރުކާރު ފެއިލްވުމުން ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފައެވެ. ޔާމީންގެ މައްޗަށް ތަހުގީގު ނުހިންގުމުން، އެކްޓިވިސްޓުން ވެސް ދެރަވެފައި ތިބުމުން، މިހާރު ހިނގާ ކޮންމެ ކަމަކީ އެކްޓިވިސްޓުންގެ ރުހުން ހޯދަން ކުރެވޭ ކަންކަން ގޮތުގައި ޖަމީލް ސިފަ ކުރައްވައެވެ.

"ޑައިވާޓް އިޝޫއެއް. ސަރުކާރު ފެއިލްވެ ތާއީދު ގެއްލެން ފެށީމަ ގޮތް ހުސްވީ. ދެން ކައިރީގައި ގެންގުޅޭ އެކްޓިވިސްޓުން ރުއްސަން، ރައީސް ޔާމީނަށް ގޮތެއް ހަދަން އުޅެނީ،. މިހާރު އުމަރަށް އަމާޒު ކުރަނީ ވެސް އެކްޓިވިސްޓުންތައް ރުއްސަން، ސަމާލުކަން އަނބުރާލަން،" ޖަމީލް ވިދާޅުވިއެވެ.

އޭސީސީ، އެސެޓް ރެކަވަރީ ކޮމިޝަން، އަދި ޕީޖީ ރައްޔިތުންގެ މަޖިލީހުގައި - ފޮޓޯ: މަޖިލިސް

ކުރިން ވާހަކަ ދެއްކެވި ސިޔާސީ ދާއިރާގެ ތަޖުރިބާކާރު ވެސް ގަބޫލު ކުރާ ގޮތުގައި، މިކަމުގައި ޔާމީނާއި އުމަރަށް ދޭން ބޭނުންވާ މެސެޖެއް އޮތީއެވެ. ސަރުކާރުގެ ބާކީ ދެ އަހަރުގެ މުއްދަތުގައި ގޮންޖެހުންތައް ގެންނާނެ ކަމުގެ މެސެޖެވެ. އެހެންވެ، ޔާމީން މިނިވަންވި ދަނޑިވަޅު، އުމަރު އަމާޒަކަށް ވުން އެއީ އިއްތިފާގެއް ނޫން ކަމުގައެވެ.

"ނޫން. ނޫން. ހަމަ ރާވައިގެން ކުރާ ކަންކަން. ޔާމީން މިނިވަންވީމަ ޔާމީނަށް އެބަ ޖެހޭ މެސެޖެއް ދޭން. ޔާމީންގެ ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެއް ހިފަހައްޓަން އެ ދުވި ގޮތާއި، މިހާރު އުމަރު ފަހަތުން ދުވީމަ، އެބަ ސާފުވޭ މަންޒަރު،" އޭނާ ވިދާޅުވިއެވެ.

އިދިކޮޅުގެ އެހެން ބޭފުޅުން ވެސް އަމާޒުގައި ވާނެ!

މި ދަނޑިވަޅަށް ފެންނަނީ ޔާމީނާއި އުމަރު ފަދަ މަދު ބޭފުޅުންނެވެ. ނަމަވެސް ސަރުކާރުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަން އަމާޒު ކުރި ސިޔާސީ ލީޑަރުންގެ ލިސްޓު ހުސްނުވާނެ ކަމުގައި ބެލެވެއެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ދިގު ލިސްޓެއް ހަދާފައިވެއެވެ. ލިސްޓުގައި ނަންތައް ހިމެނީ ސިޔާސީ ބޭނުން ފުރިހަމަ ވާނެ ގޮތަކަށް ކަމަށް ގިނަ ބަޔަކު އޭރު ވެސް ދެކުނެވެ.

ލިސްޓުގައި ވާދަވެރިންގެ ނަންތައް ގިނައެވެ. ވާދަވެރިޔަކަށް ވެދާނެ ބަޔެއްގެ ނަންތައް ވެސް ގިނައެވެ. ލިސްޓުގައި ނާޒިމްއާއި، ރައީސް މައުމޫންގެ ދަރިކަލުން އަދި އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫންއާއި، ޕީޕީއެމްއާއި ޕީއެންސީގެ ގިނަ ބޭފުޅުންގެ ނަން ހިމެނެއެވެ. މިއީ ކިރިޔާ ވެސް ހިތްހަމަނުޖެހޭ ކަމެއް ފެނިއްޖެނަމަ، ބޭނުން ކުރާނެ ލިސްޓަކަށް ވެދާނެ ކަމަށް ވެސް ބެލެވެއެވެ.

"ސިޔާސީ ވެރިންނަށް ނެތް އިތުބާރެއް. ތި ލިސްޓުގައި ގިނައީ ވާދަވެރިން،«. ސަރުކާރުގައި ތިބި މީހުންގެ ތެރެއިން ވެސް 2023 އަށް ނުކުމެދާނެ މީހުން ވެސް އޭގައި ހިމަނައިގެން އެ އުޅެނީ ފިޔަވަޅެއް ނޭޅިޔަސް. ލިސްޓަށް ލީތީވެ ނަން ކިލަނބުވެ ނަން ސާފު ކުރަން ވެސް އެބަ ޖެހޭ އުޅެން،" އެނަލިސްޓު ވިދާޅުވިއެވެ.

ޑރ. ޖަމީލް ވެސް ވިދާޅުވަނީ ގާނޫނު ހިންގުމުގެ ވިސްނުމެއް ނެތްކަމަށެވެ. މިހާތަނަށް އަމަލު ކޮށްފައި އޮތް ގޮތަކީ ވެސް ވަކި ބަޔެއްގެ މައްސަލަތަކެއް ނަގައިގެން ބަލަން އުޅުމެވެ. އޭގައި މުޅިން ވެސް ހިމެނެނީ ޕީޕީއެމްއާއި ޕީއެންސީގެ ބޭފުޅުންގެ އިތުރުން އުމަރު ފަދަ ސަރުކާރާ ވަރަށް ދެކޮޅު ބޭފުޅުންނެވެ. އެހެންވެ 2023 ކައިރިވާ ވަރަކަށް ގިނަ ބަޔަކު އަމާޒަކަށް ހިފުމަކީ ގާތް ކަމެކެވެ.

"އުމަރަށް ދައުވާ ކުރަން ތި ފޮނުވި މައްސަލައަށް ވުރެ ވެސް، މާ ބޮޑެތި މައްސަލަތައް އެބަ އުޅޭ. މި ސަރުކާރުގައި ހިނގި މައްސަލަތައް ވެސް އެ އޮތީ. ރައީސްއަށް ތުހުމަތުވާ މައްސަލަތައް ވެސް، ވެންޓިލޭޓަރުގެ ބޮޑު ކޮރަޕްޝަން ވެސް، މިއިން ކަމެއްގައި ހަމަ ފިނި ހަކަ ދުވެލި ފެންނަނީ،" ޖަމީލް ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ނައިބު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނުކުންނެވުމާއެކު ވެސް ދައުވާއެއް އުފުލިއެވެ. މޭޔަރު ކަމަށް އިންތިޚާބުވުމާއެކު ވެސް އެމްޑީޕީގެ އިސް ބޭފުޅުން ޓްވީޓް ކުރައްވައި ވިދާޅުވީ، ދައުވާ ސާބިތުވެ ގޮނޑި ގެއްލޭނެ ކަމަށެވެ. އޭސީސީން އަނެއްކާ ވެސް މުއިއްޒަށް އެހެން މައްސަލައެއްގައި ދައުވާ ކުރަން ފޮނުވާފައިވެއެވެ.

މީގެ އިތުރުން، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުއާއި ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު މުނައްވަރުއާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒިޔާދު ބާގިރު ފަދަ ބޭފުޅުން ވެސް އަމާޒަކަށް ވެފައިވެއެވެ.

އޭސީސީއާއި ޕީޖީގައި ސިޔާސީ ނުފޫޒު، ވަރަށް ސާފު މަންޒަރެއް!

އުމަރު ފާހަގަ ކުރެއްވީ މުހިއްމު ސިޔާސީ ނުކުތާއެކެވެ. އެއީ އުމަރާއި މުއިއްޒަށް ދައުވާ ކުރަން ފޮނުވިއިރު އޭސީސީ އޮތް ހާލަތެވެ. އޭސީސީގެ މެންބަރުން ޒިންމާ އަދާ ނުކުރެވޭ ކަމަށް ބުނެ މަޖިލީހުން މައްސަލަ ބަލަން ފެށި ކަމެވެ. އެއާއެކު އޭސީސީގެ މެންބަރަކު ދާދި ފަހުން އިސްތިއުފާ ވެސް ދެއްވީއެވެ.

"މަޖިލީހުގެ ޕްރެޝަރު ވަރަށް ބޮޑަށް އަންނަ ކަން އެބަފެނޭ އޭސީސީއާ ދިމާއަށް. މެންބަރުން ވަކި މައްސަލަތަކެއް ނުބަލައިފިނަމަ ވަކިކުރުމުގެ ކަންކަން ވެސް މަޖިލީހުން ހިންގާނެ ކަމުގެ އިންޒާރު އެ އޮތީ ދީފަ. އެ ޕްރެޝަރުތައް ކުރިމަތިވެފައި އޮއްވައި، މާ ދުވަސްވީ މައްސަލައެއް ދައުވާ ކުރަން ފޮނުވީ،" އުމަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރަކު ނަން ހާމަނުކުރަން ޝަރުތުކޮށް ވިދާޅުވީ އޭސީސީން ވަކި މައްސަލަތަކެއް ނުބަލާތީ އެމްޑީޕީގެ ބައެއް މެންބަރުންގެ ނުރުހުން އިންތިހާއަށް އޮތްކަމަށެވެ. އެ ކަންކަން އެހެން ނުދާނަމަ، މަޖިލީހުން އެ މެންބަރުން ވަކިކުރަން ވެސް އޮތީ ރާވައިފައެވެ.

"މައްސަލަތަކެއް ލަސްވާތީ ނުރުހުން އޮވޭ. އެ އޮންނަން ވެސް ވާނެ. އެކަމަކު އޭސީސީއަށް ވަސީލަތެއް ނުދީ، ބަޖެޓެއް ނުދީ، ހަމަ މައްސަލަތަކެއް ނިންމަން ޕްރެޝަރު ކުރީ. ކޮމިޓީން މިހާރު ވަކިވަކި މެންބަރުން ހާޒިރުކޮށް، ވަކިކުރަން ޖެހޭނަމަ ކުރަން ވެސް ނިންމާފަ ނޫންތޯ އެ ވަނީ،" އެމްޑީޕީގެ މެންބަރު ވިދާޅުވިއެވެ.

މި ކަންކަމަށް ބާރުލިބިދޭ އިތުރު ކަމަކީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލައެވެ. މަހްލޫފަށް ދައުވާ ކުރަން ފޮނުވުމާއެކު، އޭސީސީއާއި އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަކި ގޮތަކަށް ކޮންމެ މައްސަލައެއް ވެސް ބަލަން މާކުރިން ނިންމާ ކަމަށް ތުހުމަތު ކުރާ ކުރުމެވެ.

މަހްލޫފްގެ އަތުގައި ޗެޓް ލޮގްތަކެއް އޮންނާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެއިން މިހާތަނަށް އާންމު ކުރީ އެންމެ ޗެޓް ލޮގެކެވެ. އެއީ ޕީޖީ ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު އަޒްމޫންގެ ޗެޓްލޮގެކެވެ. އޭގައި ވަނީ މަހްލޫފާ މެދު ގޮތެއް ނިންމާނީ "ފުއްޕާވަރާއި ސައިޒްވާ ވަރަށް" ބަލާފައި ކަމަށެވެ.

މި ސަރުކާރުގައި، ބޮޑު ޚިޔާނާތުގެ މައްސަލަތައް ބަލަމުންދަނީ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި ބޭފުޅުން ތިއްބެވި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަންއާއި، އޭސީސީއާއި، ޕީޖީއާއި، ފުލުހުން ހިމެނޭހެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައެވެ. ތަހުގީގުގެ ސައްޚަ ކަމާ މެދު ދަނީ ގިނަ ސުވާލުތަކެއް އުފެދެމުންނެވެ.

މިނިވަން މުއައްސަސާތަކާއި ދައުލަތުގެ ބާރުތައް މި އޮތީ "ޑިމޮކްރެޓިކުންގެ" މުށު ތެރޭގައެވެ. މުށު ތެރެއަށް ބާރުތައް އައުމާއެކު "ޑިކްޓޭޓަރުންނަށް" އެ ވަނީ ބަދަލުވެފައެވެ. ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެނީ ތާރީޚް އިއާދަވާނެ ކަމުގައެވެ. 2023 އަށް ވާދަވެރިން "އަނދަގޮނޑި" ޖެހުމުގެ މަސައްކަތް އެ ފެށީއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ރައްޔިތު މީހާ

    ވަރަށް ސާފުކޮށް މި ބުނަނީ ، ރާއްޖޭގެ ޕްރިސަންސްއަށް އަދި ކަމާބެހޭ ވުޒާރާތަަކަށް:
    ޕީޕީއެމްގެ ލީޑާރޝިޕްގައި ތިިބި އިސް ބޭފުޅުން ނަހަމަ ގޮތެއްގައި އަދުލު އިންސާފުން އެއްކިބާކޮށް ގޮޅިއަށް ލައިފިނަމަ، މުޅި ޕީޕީއެމްގެ ހުރިހާ މެމްބަރުން ގޮޅިއަށް ވަދެގަންނާނަން. އަދި ދިވެހި ދައުލަތުގައި ޕީޕީއެމްގެ ލޮބުވެތި ރައްޔިތުން ގޮޅިއަށް ވެއްދޭނެ ވަރުގެ ކެޕޭސިޓީއެއް އަދި އިންފްރާސްޓްރަކްޗާއެއް ނޯންނާނެ. ވީމާ ބޮޑު މަންޒަރު ބަަލަންތިބޭ، ހިތި ގޮތަކަށް މި ވެރިކަން ނިމިގެންދާނެ.

    74
    3
  2. މުހައްމަދު އަހްމަދު

    ރައީސް ނަޝީދު ވެސް ސިޔާސީ މީހުން ހައްޔަރު ކުރި

    60
    1
  3. ކޮވިޑް

    މައުމޫނުގެ ވެރިކަމުގާ މި އެމްޑީޕީ މީހުން ގަވަމުންދިޔައީ އާއިލީ ވެރިކަމެކޭ ، ސިޔާސީ ވާހަކަ އެއް އޮޅިހެން ދެއްކުނަސް އަންދަގޮޑިއޭ . މިސަރުކާރާ މައުމޫނުގެ ވެރިކަމާ މިހާރު ހުރި ތަފާތަކީ ކޮބާތޯ؟ ވެރިކަމަށް ކުރިމަތިލާން ހިތަށް އަރާހެން ހީވިޔަސް ޕީޖީން މި ކުރަނީ ދައުވާ. މައުމޫނަށް ވުރެ މާ ޖައްބާރުކަން ބޮޑެއްނު މި އެމްޑީޕީ މީހުން. ޑިމޮކްރަސީ ގެ ބަފަޔޯ އެމްޑީޕީ އަކީ. މޮޔަވެދާނެ ހުވާ.

    53
    2
  4. ހުސެއިން

    ހެޑިންގަ މި ފެންނަ ފޮޓޯ ގަ ދައްކާ ގޮތަކީ އަސްލު ހަދަން ބޭނުން ވާ ގޮތް .

    40
    3
  5. Anonymous

    ތިޔައީ ވާދަވެރިންނެއްނޫން މަކަރުވެރި ޚިޔާނާތްތެރިން!

    10
    62
  6. Anonymous

    ދިވެހި
    މާދަރީ ބަހުގެ މުނާސަބަތުގައި ދަރިވަރުން ބާއްވާ ޖަލްސާއަށް ދަރިވަރުންގެ ބެލެނިވެރިންނަށް ދަރިވަރުން ދަޢުވަތުދިނުމަށް ކާޑުހެދުން.

    17
  7. ހަގަންބެ

    އެމީހުންނަށް ޝަރީއަތްކުރަނީ އެމީހުން ހިންގައިފައިވާ ޖަރީމާތަކަށް އެއީ އެއްވެސް ހާލެއްގަ އުފައްދައިގެން އުޅޭ މައްސަލަތަކެއް ނޫން، ދެން އަމުދުން އުމަރަކީ ދިވެހި ރައްޔިތަކު ވޯޓުލާނެ މީހެއްވެސް ނޫން

    9
    51
  8. ނުނނު

    ފުއްގިރި ވަގު އަދި އެއްމިލިއަން ޑޮލަރު މަންފާހޯދި ބޭފުޅަކު އަނދަގޮނޑި ޖަހާވާހަކަ ދައްކަން ލަދުގަންޖެހޭނެ ؟ ބަލަ މަނިކުފާނު ވެރިކަމަށް ފޫގެޅީ ހުރިހާ މީހުން ގޮޅިއަށް ފައްތާފަ ؟؟؟؟

    4
    28
  9. ފަރުދީޒިންމާ

    ކީއްވެބާ މިސަރުކާރައް ވެންޓިލޭޓަރުތަކުގެ މައްސަލައިގަ ދަޢުވާކުރަން ނުކެރެނީ މިފެންނަނީ ހަމަ ސިޔާސީ މީހުން ހިފާ އަނދަގޮޑި ޖަހަންއުޅޭ މަންޒަރު އެވެސް މިހާރުގެވެރިންނާ ދެކޮޅައް ނުކުމެދާނެހެންހީވާ މީހުން

    32
  10. ބަގުތު

    ގާސިމާ އަންނިއާ ފާރިސް މައުމޫނާ ރައީސް މައުމޫން ހައްޔަރުކުރިއިރު ވަގުތަށް މިގޮތަށްް ހަބަރު ގެންނަން ނުކެރުނީ ކީއްވެބާ؟

    4
    29
  11. އަސްތާ

    ޔާމީނު އަތުގަ ތި ރިކޯޑު އޮންނާނީ.

    3
    10
  12. އުންސުރު

    ކީއްކުރަން މިމީހުން އިންތިހާބަކަށް ޖަލަށް ލަނީ. ބޭނުމެއް ނުވިސްނޭ. ބަލަ މުލުވަގު ރައީސް ކަމުގައި ހުރެ ދައުލަތުގެ ހަޒާނާ ހުސް ކޮށް ދައުލަތުގެ ހުރިހާ ކުންފުންޏަކާއި މުޅި މާލީ ނިޒާމު ބޭނުންކޮށް އިލެކްޝަން ކޮމިޝަނުގެ ބާރު ކަޑުވައި އިލެކްޝަން ކޮމިޝާނުން ކުރާ މަސައްކަތް ތައް ޕީޕީއެމް ޖަގަހަތަކުން ހިންގައި ވޯޓު ފޮށިތައް މީހުނަށް ނުފެންނަ ފަށަށް އަބުރަން ފޮށިތަކުގެ ވެރިންނަށް އަންގައި ހަދައިގެންވެސް ބަލިކުރި މީހުން މިހާރު މިއިން އެއްވެސް ބާރެއް ނެތި ހަމަ އެކަނި ވާދަ ކުރަން ޖެހިލުން ވާނެ އެމްޑީޕީ އެއް ޖެހޭނީ އަލުން ވިހަން. ހޭބަލިވިޔަސް ތަންކޮޅެއް ބޮޑުވަރު. ވެރިކަމުގެ ވަސްދުވާ ފަށައްވެސް ކާރި ނުވަނެ. ވައްކަން ކޮށްފަ ތިބި ބަޔަކަށް ހުކުމް ކުރާނެ. ވެރިކަން ކުރާ މިހާގެ އެކައުންޓަށް ނުޖެހޭ ދައުލަތުން ކުއްޔަށްދޭ ކޮންމެ ރަށްކަުން އެތައް މިލިޔަން ޑޮލަރު ވައްދާކަށް. މިކަން ގަބޫލު ނުކުރެވޭ ލޮލުން ނުފެންނަ ވަރަށް ގަމާރު ޕީޕީއެމް ކުދިންނަށް ދަންނަވާލަން އޮތީ މޮޔަފުޅު ވިއަސް އަމިއްލަ ގައުމުން ވައްކަން ކުރާ މީހުން ހައްޔަރުކުރުމަކީ ސަރުކާރެއް އޮތުމުގެ އެއް ބޭނުމޭ. އަދި އެކަން ކުރުވަންވެގެނޭ އިބޫ ހޮވާފަ ޔާމިނު ބަލިކޮށްފަ ހުރީ.
    މި ކޮމެންޓް ޖަހާނެ ހިއްވަރެއް ވަގުތުގައި ހުރިހެން ހީނުވޭ. އެހެންވިޔަށް ގައިމު ވަގުތުން ބަލާނެތާ.

    1
    5
  13. ރާޖާ

    ޔާމީނު އޮތީ މަގު ކޮށާ ދީފަ. އެމަގުން މިހާރުގެ ސަރުކާރުން ނުހިގަންވީ ސަބަބެއްނެތް. އަދި ވައްކަން ކުރީ މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ކަން ހަނދާން ކޮށްދެން. ވައްކަން ކޮށްގެން ތިބި ބަޔަކަށް ދައުވާކުރުމަކީ ކުރަން ނުޖެހޭ ކަމެއްކަމަށް ބުނެ ސިޔާސީ ދައުވާެކޭ ބުނުމުގައި ހައްދު ފަހަނާޅާ. ދައުވަކުރުމަކީ ޕީޖީ އިން ކުރަންޖެހޭނެ ކަމެއް. އެކަން ކުރަންވީމަ އެގޭނީއަކީ ޕީޕިއެމް ކޮހުންނަކަށް ނޫން. އިންތިހާބެއްގައި ބައިވެރިކޮށް ބަލިކޮށްފަ ތިބި ބަޔަކު އަލުން އިންތިހާބެއްގައި ވާދަ ކުރެވުމަކި އާކަމެއް ނުން އަދި ފާއިތުވިތަނަށް ބަލާ އިރު ކާމިޔާބުގެ އައްސޭރިއަށް ވެސް އާދެވިފަ ތިބި ބައެއްނޫ ތިފެންނަނީ. ހަމަ ހިނި އަންނަނީ ތިހިރަ އުމަރު ފެނިފަވެސް. އޭނަ ދެކެވެސް އެމްޑީޕީ ބިރު ގަންނަނީ އޯ. ސަބާސް ބުރާންތި ތަކާ. ޔާމިނު ދެކެ ދެން ކުޑަ ޖެހިލުމެއް އުފެދިދާނެ. އެއީ ބޮޑެތި ވައްކަމެއް ކޮށްފާނެތީ ގައުމުން.

    1
    1
  14. ހާލި

    ތިގޮޅީގަ ނެތެއްނު ރައްޔިތުންގެ ތާއީދެއް އޮތް މީހެއް. ޔާމީނަކީ ވެރިކަމުގެ އާރާއި ބާރާއި ނުފޫޒު އިންތިހާއަށް ބޭނުންކޮށްގެންވެސް ރައްޔިތުން ނޫނެކޭ ބުނެފައިވާ ބައިތުލްމާލަން ވަންނަންޖެހޭ އެތައް ފައިސާއެއް އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން ހުރި މީހެއް. ދެން އުމަރަކީ އެއްވެސް އިރެއްގަ ރައްޔިތުންގެ ބޮޑު ތާއީދެއް އޮތް މީހެއް ނޫން. މުއިއްޒުގެ މާލޭ މޭޔަރުކަމަށް ހޮވުނަސް މުޅި ރާއްޖޭގެ ރައްޔިތުންގެ ތާއީދެއް ލިބޭނެ މީހެއް ނޫން. އަނެއްކާ މިހާރު އަޅަމުންދާ ޅައެއްޗެހީގެ ސަބަބުން ތާއީދު ދާނީ ކުޑަވަމުން.

    2
    4
  15. ފާތުން

    ރައްޔިތުން ބުނަނީ ތީ ގޮޅީގަ ތިބެންޖެހޭ ބަޔެއް ކަމަށް

    4
    7
  16. މުންބާ

    ތިޔަގޮޅިއަށް ލާންޖެހެނީ ސޯލިހާއި އަންނި އަދި ގާސިމް ތިޔަގޮޅި ފަށްކާވާނީ އެމީހުން ލައިގެން ޙާއްސަކޮށް ސޯލިހު ވެންޓިލޭޓަރ އިންވަނީ ވަށްކަންކޮށް ކަޅުދަބަސްވެސް ގެންގޮސްފަ.