އައްޑޫގައި ބޭއްވި ކެމްޕޭން އެއްވުމުގައި މެޑަމް ފާތުން ބައިވެރިވެ ވަޑައިގަންނަވަނީ
އައްޑޫގައި ބޭއްވި ކެމްޕޭން އެއްވުމުގައި މެޑަމް ފާތުން ބައިވެރިވެ ވަޑައިގަންނަވަނީ

ރައީސް ޔާމީން އާއި އެއްކޮޅު މީހުންނާއި ދެކޮޅު މީހުން ވެސް ގަބޫލު ކުރާ ހަޤީޤަތެއް އޮވެއެވެ. އެއީ ރައީސް ޔާމީން އަކީ "އާދައިގެ ބޭފުޅެއް ނޫން" ކަމެވެ. އެމަނިކުފާނު ބަލި ކޮށްލުން އެއީ ވެސް ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަން ހުރިހާ އެންމެން ވެސް ގަބޫލު ކުރެއެވެ. އެއީ ކީއްވެތޯ ކުރެވޭ ސުވާލަށް ދޭނެ ވަރަށް ގިނަ ޖަވާބު އެބަހުއްޓެވެ.

އެޖަވާބުތަކުގެ ތެރެއިން އެއް ޖަވާބެއް ބުނެދިނުމަށް ފަހު ދެން ހުރި ޖަވާބުތައް އެހެން ލިޔުމެއްގައި ދޭން މަޑުކޮށްލާނީއެވެ. ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުން ބުނާ ގޮތުގައި ރައީސް ޔާމީން ބަލި ކޮށްލަން އެންމެ އުނދަގޫވާ އެއް ސަބަބަކީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ.

މެޑަމް ފާތުންގެ ކެމްޕޭން ރޭވުންތައް 2013 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ރައީސް ޔާމީން ފެއްޓެވި ހިސާބުން ފެށިގެން ފެނެއެވެ. މެޑަމް ފާތުންގެ އެހީތެރިކަމާއި، އެކަމަނާގެ މަސައްކަތްޕުޅުގެ ސަބަބުން ލިބެމުންދާ ފައިދާތައް އެއް ފަހަރަށްވުރެ ގިނަ ފަހަރު ރައީސް ޔާމީން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

އައްޑޫގައި ބޭއްވި ކެމްޕޭން އެއްވުމުގައި މެޑަމް ފާތުން ބައިވެރިވެ ވަޑައިގަންނަވަނީ
އައްޑޫގައި ބޭއްވި ކެމްޕޭން އެއްވުމުގައި މެޑަމް ފާތުން ބައިވެރިވެ ވަޑައިގަންނަވަނީ

މިހާރުގެ ސިޔާސީ މަސްރަހަށް ބަލާއިރު ސަރުކާރުން ވެސް ގަބޫލު ކުރައްވާ ގޮތުގައި ގައުމަށް ދިމާވެފައި މިވަނީ ވަރަށް އުނދަގޫ ހާލަތެކެވެ. ކުއްލިއަކަށް އެރި "ނަގޫރޯޅި" އެއްގެ ސަބަބުން ލިބުނު ގެއްލުންތަކާއި ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރަށް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން މަޖުބޫރު ވެފައެެވެ.

މިހާރުގެ ހާލަތައް ބަލާއިރު ރާއްޖެއަށް އިންޑިއާ ސިފައިން އެރުމަށް ގޮވާލަމުންދާ ގޮވާލުންތަކުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމަކީ ވެސް ކުޑަ ނުތަނަވަސްކަމެއް ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަކީ އެއްވެސް ސަރުކާރަކުން ކުރަން ބޭނުން ވާނެ ކަމަކަށް ނުވި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ވެސް ވަނީ އިތުރު ކުރަން ޖެހިފައެވެ.

ކަންތައްތައް މިހިސާބަށް ގޮސްފައި ވަނީ މެޑަމް ފާތުން އިއްޔެ މިވަނީ އައްޑޫ ސިޓީއަށް ވަޑައިގެން ބޮޑު ކެމްޕޭން އެއްވުމެއް ބާއްވާ ރައީސް ޔާމީންގެ ސަރުކާރުގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބި ކަން އަމަލާއި ބަހުން ދައްކުވައި ދެއްވާފައެވެ.

އައްޑޫގައި ބޭއްވި ކެމްޕޭން އެއްވުން

އެމްޑީޕީ އިން ދައުވާ ކުރާ ގޮތުގައި އައްޑޫ ސިޓީ އަކީ އަބަދުވެސް "އެމްޑީޕީ ސިޓީއެކެވެ." ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް މެޑަމް ފާތުން އާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އައްޑުއަށް ވަޑައިގެން ބޮޑު ކެމްޕޭން ރެލީއެއް ބާއްވާ ބޭނުންވި މަންޒަރު ދުނިޔެ އަށް ދައްކުވައި ދީފިއެވެ.

މިއީ ސަރުކާރާއި އެކު ރައްޔިތުން ތިބިކަން ދައްކުވައި ދިނުމަށް ވަރަށް މުހިންމު ވަގުތެކެވެ. އިދިކޮޅު ފަރާތްތަކުން ބޭނުންވާ ފޮޓޯ ނަގަން އެތައް ޑްރާމާއެއް ކުޅެމުންދާ މިދަނޑިވަޅުގައި ސަރުކާރާއި އެކު ވެސް އެތައް ހާސް ރައްޔިތުންނެއް ތިބިކަން ދައްކުވައި ދިނުމަކީ އިދިކޮޅު ފަރާތްތަކުގެ ޑްރާމާތައް ހުއްޓުވަން ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

އައްޑޫގައި ބޭއްވި ކެމްޕޭން އެއްވުން

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ވަރަށް ނާޒުކު ވަގުތެއްގައި މެޑަމް ފާތުން އައްޑުއަށް ވަޑައިގެންނެވުމަކީ ވެސް އެކަމަނާގެ ހިތްވަރުފުޅުކަދަކަމާއި، އަޒުމު ވަރުގަދަ ކަމުގެ ދިރިހުރި މިސާލެކެވެ. އެއީ ސަލާމަތީ ގޮތުން ބެލި ނަމަވެސް އަދި އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ހުރި ގޮތައް ބަލާއިރު ވެސް ކުޅަދާނެ ބޭފުޅަކަށް ނޫނީ ކުރައްވަން ކެރިވަޑައިގަންނަވާނެ ކަމެއް ނޫނެވެ.

ބޭރުގެ މީޑިއާތަކުން ވެސް ފާހަގަކޮށްފައިވާ ފަދައިން އިންޑިއާ ސިފައިން ރާއްޖެ އައުމަށް ގޮވާލަމުންދާ ދުވަސްވަރެއްގައި "މަގޭ ގައުމާއި މަގޭ ދީނާއި ނުކުޅެއްޗޭ" ގެ ނަމުގައި ކެމްޕޭން އެއްވުމެއް ބާއްވަން އެންމެ ރަނގަޅު ތަނަކީ އައްޑޫ ސިޓީއެވެ.

އިނގިރޭސީން އައްޑޫ ގައި ގާއިމުވެ ތިބުމާއި، އިނގިރޭސީން އަޑީގައި ތިބެގެން ދެކުނުގެ ހަތަރު އަތޮޅުގައި އިއުލާން ކުރި ސަރުކާރާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުންތައް އެންމެ ރަނގަޅަށް ތަޖުރިބާ ކޮށްފައި ވަނީ އައްޑޫ ރައްޔިތުންނެވެ.

އިނގިރޭސީން އައްޑޫގައި ތިބެ ގަމުގައި އިމާރާތްތަކެއްކޮށް އައްޑޫ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކެއް ދިން ނަމަވެސް އަވައްޓެރި އެހެން ގައުމުތައް އަޅުވެތިކޮށް އެގައުމުތަކަށް ގެނައި ތަރައްޤީ އާއި ގާތް ކުރާ ވަރުގެ ތަރައްޤީ އެއްވެސް އައްޑުއަށް ގެނެސްދީފައެއް ނުވެއެވެ. އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ ރޭއިލްވޭތަކާއި އެހެނިހެން އެތައް މަޝްރޫޢުއެއް ހިންގި ނަމަވެސް އައްޑުއަށް އިނގިރޭސީން ކޮށްދިން ކަމެއް ނެތެވެ.

އައްޑޫގައި ބޭއްވި ކެމްޕޭން އެއްވުން
އައްޑޫގައި ބޭއްވި ކެމްޕޭން އެއްވުން

ވަކި ސަރުކާރެއް ދެކުނުގައި ގާއިމު ކުރުމުގެ ސަބަބުން އެތައް އާއިލާއެއް ބިކަވެ، އެތައް އާއިލާއެއްގެ މެންބަރުން ވަކިވެ، އެތައް ހާސް ރައްޔިތުންނަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކަކީ އަޅުވެތިކަމުގެ ހިތި ރަހައިގެ ކުޑަ މިންވަރެކެވެ. މިއަދު އެހަނދާންތައް އަނެއްކާ ވެސް އާކުރާއިރު ގަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ އަޅުވެތިކަމެއްގެ ސަބަބުން ލިބޭނެ އުފަލެއް، އަދި ހިތްހަމަޖެހުމެއް ވެސް ނޯންނާނެއެވެ.

މެޑަމް ފާތުން މިވަނީ އަނެއްކާވެސް ސަރުކާރުގެ ދިފާޢުގައި މުހިންމު ފިޔަވަޅެއް ކުރިއަށް އަޅުއްވާ މިސާލު ދައްކަވާފައެވެ. ކިތަންމެ އުނދަގޫ، ދަތި ވަގުތެއްގައި ވެސް ސަރުކާރު ދިފާޢު ކުރެއްވުމުގައި މެޑަމް ފާތުން ދެމި ހުންނަވާނެ ކަން އެކަމަނާ މިވަނީ ހުރިހާ ފަރާތްތަކަކަށް ވެސް ދެއްވާފައެވެ. އެހެންކަމުން އެނގެން މިދިޔައީ ރައީސް ޔާމީން ވެސް އަދި މެޑަމް ފާތުން ވެސް ބަލި ކޮށްލުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އެއަށްވުރެ ހިތްވަރުފުޅު ގަދަ، އަޒުމު ވަރުގަދަ ދެމަފިރިކަނބަލުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ޚަރަދު ކޮންތާކުންބާ

  2. މާތް ކަލާންގެ މި ދައްތާފުޅަށް ހެޔޮ ރަޙްމަތް މިންވަރު ކުރައްވާށި - އާމީން -

  3. އަހަރެން ފަހުރުވެރިވަމޭ ތިޔަ ރައީސައްޓަކާ... މިއީ އާއްމު ދިރިއުޅުމެއްގަ ދެމަފިރިއެއްގެ ވަރަށް ރީތި މިސާލެއް... ވަރަށް ސަޅި ކުރިޔަށްދާގޮތް... އަދިވެސް ތިފަދަ އެއްވުންތަ އިތުރުކޮށް ސީދާ މީހާޔާ ހަމަޔަށް މެޑަމް ވަޑާއިގަންނަވަންވީ... މަސްވެރި ފިރިން މަސްގެނާއިމަ މަސް ލާރިއަށް ބަދަލުކުރަނީ އެމީހުންގެ އަނބިން. މިވެރިކަމުގަވެސް މިފެންނަނީ ފިރިމީހާ އިދާރީ ކަންކަންކުރާއިރު އަނބިމީހާ މިސައްކަތުގެ ގޮތުން ކުރަންޖެހޭ އަމަލީ މަސައްކަތްތައް ކުރާތަން... ބުނެވޭނީ ހަމަ ސާބަހޭ... ތިޔައީ ފިސާރި ދެމަފިރި ކަނބަލެކޭ...

  4. ސަލީމާ ސާލިމް

    އަދުގެ ސަރުކާރުން އައްޑޫސިޓީގެ ތަރައްޤިއަށާއި ކުރިއެރުމަށް ކުރާ މަސައްކަތް އައްޑޫސިޓީގެ 80 ޕަސެންޓް ޤަބޫލުކުރޭ! ދެން ނަތީޖާ ބަލާނީ 2018ގެ ވޯޓުން އިންޝާއަﷲ! ހަމަ ގައިމުވެސް ކުރިއެރި މަންޒަރުތައް އެހުރީ ފެންނަން!

  5. ސަރުކާރުގެ ދިފާއުގައި ފަސްޓް ލޭޑީ ކުރައްވާ މަސައްކަތް ތަކަކީ އެއީ ސޯޝަލް ބޮންޑް ރައްޔިތުންނާއި އަދި ސަރުކާރާއި އެކު ގާއިމް ކުރުން. އެކަން ކުރެވޭތޭ ފަސްޓް ލޭޑީ ފާތުން މަސައްކަތް ކުރާ ތަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ. އެކަމަކު މިރާއްޖޭގެ ކެބިނެޓް މިނިސްޓަރުންނަކީ އެއީ އެމެން އަމިއްލަ އަށް ވިސްނައިގެން ނަތީޖާ ނެރެދޭން ޖެހޭ ބަޔަކަށް ވާއރިު ކީއްވެގެންތޭ އެމެންނަށް ނަތީޖާ ނުނެެރެދެވެނީ. ހައުސިންގް މިނިސްޓަރު އަންބޮޑި ދަށަށް 15 ހާސް މީހުންގެ ފްލެޓްސް ފޯރމް ތައް ލައިގެން އޭނާ ބުނާ ބަޔަކަށް ނުޖެހޭ ފްލެޓްސް ތައް ދޭން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭން ސަރުކާރުން އިއުލާން ކޮށް ދެއްވާ މިމަގުން ކަންކަން ކުރިއަށް ގެންދަންވީއޭ. އެނޫން ނަމަ ކަމަކު ނުދާނެއޭ. މިނިސްޓަރުން މިސަރުކާރު ވެއްޓިއްޖެނަމަ ވެސް ނުހޮވުނު ނަމަވެސް ވަރަށް ފަސޭހައިން ކޮޅު ބަދަލު ކޮށްލާނައޭ މިކަމުގައި ޑިސިޝަން ނަގަން ޖެހޭނީ ހަމަ ސީދާ ރައީސް އޮފީހުން ރައީސް އޭ އެއްގޮތަކަށް ވެސް މިކަމުގައި މިނިސްޓަރުން ބުނާ ގޮތް ހަދަން ނުޖެހެއޭ ރައްޔިތުންނަށް ފައިދާ ހުރި ކަމުގައި މަމެންގެ ރައީސް ލީޑިންގް ނަންގަވާ ޑިސިޝަން މޭކް ކުރަންވީއޭ އެއިރުން އެމްޑީޕީ އާއި އެކު މުޒާހަރާ ކުރަން ދާ މީހުން މަދުވާން ފަށާނެއޭ. އެއީ އޭ ކުރަންވީ ކަމަކީ. އިގްތިސާދީ ޕެކޭޖްސް ތަކޭ ކުރިއަށް ނެރެންވީ. ތިޔާ އެމްޕީން ވެސް ތީ ދެން ބޮޑެތި ކަނޑުކޮހުން ތަކެކޭ އެމެންނަށް ޑިޕެންޑް ވެގެން ތިބެން ހެޔޮ ނުވާނެއޭ އެމެން ބައިތިއްބާ ރައީސް ހަމަ ޑިސިޝަން ނަންގަވަންވީއޭ ރާއްޖޭގެ ރައްޔިތުން ހޮވާފައިވާ މީހަކީ އެއީ ރައީސުލް ޖުމްހޫރިއްޔާ އޭ އެއީ ޑިސިޝަން އަމިއްލަ އަށް ނެގޭ ފެންވަރުގެ މީހެކޭ މަމެން ރައްޔިތުން ހޮވާފައި ހުރީ.

  6. މާވަހަރު އަލީ

    އެންމެ ކުރީ ސަފުގައި ތިބޭނީ ހަމަ ގޭންގް

  7. ރައީސްގެ އަނބިކަނބަލުން މިގޮތަށް މަސައްކަތްކުރާއިރު މިސަރުކާރުގެ ވަޒީރުންގެ އަނބިން އެކަމަނާ އާއި ބައިވެރި ނުވާތީ އަބަދުވެސް އަހަރެންގެ ހިތުގައި ސުވާލު އުފެދޭ.

  8. މަމެން ފއެިލް ނުވާނެ އަދި މާލޭން 2 ފުލެއިޓް ފުރާ ފެނަކަ އެމްޕީއެލް މުވައްޒަފުންނާ އައްޑޫގަ ތިބި ސަރުކާރުގެ ގިނައަދަދެއްގެ މުވައްޒަފުން ވަޒީފާގެ ބިރުދައްކައި ތިހެން އަދި ނެރެ ދިދައެއް ހޫރުވިޔަސް.. 7 ސުމަކުން ބަލިކޮށްފަ އޮންނާނި އެންމެފަހުންވެސް ތި އައްޑޫއިން.. މަމެން ތަފާތުދައްކާނީ ވޯޓުން

  9. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް އޮންނާނީ ދެން އައްޑޫން ވޯޓް ލިބިފައި އިނގޭ. ދެން ތަމެން ތެޔޮ ލައިގެން ތައްޔާރަށް ތިބޭތި މަމެން ދާނަމޭ ތަމެންނަށް ރަނގަޅަށް އެއް ކެންޑިޑޭޓް ނެރެދޭން އިނގޭތޭ ކޮން އެއް ކެންޑިޑޭޓެއް ތޭ ބޮޑު އެއް ކެންޑިޑޭޓް އޮންނާނީ އެއް ކެންޑިޑޭޓް އޮޅާލާ އޮޅާލާ އޮޅާލާ އިނގޭތޭ. ތަމެންނަަށް ފެނޭތޭ މިޚަބަރުގައި މިހިރަ ގަޓް ފޮޓޯސް ތައް ތަމެން ހޭނެތޭނެ އެއް ނޫންދޯ މިފޮޓޯ ތައް ފެނިފައި ދޯ. ރަންރީނދޫ ޓްވިޓަރޭ އެވްރީ ގޭމް ޔޫ ޕްލޭ އެވްރީ ވޯރޑް ޔޫ ސޭ ވީ ވިލް ބީ ވޮޗިންގް ޔޫ ވޮޗިންގް ޔޫ އޯއް ކާންޓް ޔޫ ސީ ބޭބީ ޔޫ ބިލޯންގް ޓު އަވަރ ޓީމް ކަމޯން ބޭބީ ބޭބީ ލީވް ދިސް ގަންޖާބޯ ދަ ބަތާހަރާމީ ދަހަރާމް ކޯރޭ ލީވް ހިމް ބޭބީ ބޭބީ ޕްލީޒް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް އޯއް ކާންޓް ޔޫ ސީ ޔޫ ބިލޯންގް ޓު އަސް....

  10. ފާޑު ކިޔުން މާ ބޮޑަށް އައުލާ ކަން ބޮޑު ދޯ ކެނެރީގެ ނަޝީދު އަށާއި މާމިގިލީ ގާސިމް އިބްރާހިމް އަށް. އެ ދެމީހުން އަޑީގައި ތިބެގެން ނިކަމެތިން ނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން އެމެން ބަލަނީ ރާއްޖެ ރޭޕް ކޮށް ނަގާ މަގުމައްޗަށް އެއްލާލާ އިންޑިއާ މީހުންނަށް މިގައުމު ވިއްކާލާ އެއިން ކަޓް ކާލައިގެން ގައުމުގެ ޚަޒާނާ ދަވާލެވޭނީ ކިހިނެއްތޯއޭ އެ ރޭވުމުގެ ދަށުން ސްޓޭޓް އޮފް އެމެޖެންސީ ހިންގާފައި ވަނި ކޮށް ގާނޫނާއި ޚިލާފަށް މާލޭގެ މަގުމަތީގައި އެމެން މުޒާހަރާ ކުރުމުން ގެއްލުން ލިބޭ މީހުން ވެސް އެމެން ބަލަނީ އެއް ނޫނޭ އެވްރީ ގޭމް ދޭ ޕްލޭ އެވްރީ ސްޓެޕް ދޭ ޓޭކް އެއީ މުޅިން މަކަރާއި ހީލަތާއި އޮޅުވާލުމާއި ދޮގުހެދުމޭ އެކަންކަމަށް ނޫސް ތަކުން ފާޑު ނުކިޔަނީ ކީއްވެތޭ ސަރުކާރަށް ފާޑު ކިޔާ ގޮތަށް އިދިކޮޅު ފަރާތް ތަަކަށް ވެސް ނޫންސް ވެރިން ވެސް ފާޑު ކިޔަން ޖެހޭނެ ކަމަށޭ މަމެން މިދެކެނީ. އައި ވިލް ބީ ވޮޗިންގް އިޓް..

  11. ރާއްޖޭގެ ސިޔާސީ މަޝްރަހަށް އޮތް ހައްލަކީ އެމްޑީޕީ އިލެކްޝަންސް ކަމިޝަންގެ ދަފްތަރުން އުވާލުން ރައީސްގެ ގަރާރަކުން އަދި ޖޭޕީ ވެސް އުވާލުން ރައީސްގެ ގަރާރަކުން. ސަބަބަކީ އެއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނި ކޮށް ގާނޫނާއި ޚިލާފަށް މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަނީ އެއީ ޑިފަމޭޝަން ގާނޫނާއި އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނާއި ޚިލާފަށް ކަމަށްވާތީއެވެ. މިކަން ކުރެވޭނެ ހާކިމާ ގެ ހައިސިއްޔަތުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށް. އެއިރަށް ދެން މިފަދަ ކަންކަން މެދުވެރި ނުވާނެއެވެ.

  12. 1500 މީހުން ތިތާނގަ ނެތް. މާލެއިން 200 މީހުން ދިޔަ. ހުޅުމީދޫ އިން ޝާޑު ލާރި ބަހައިގެން 150 މީހުން. ދެން ތިބީ ސަރުކާރު މުއައްޒަފުން ކޮޅެއް.

  13. އަން އިން އުން

    ހަމަގާމުނަސް އަފިރިން ބޯނިކިޔޭހެއް މީގެކުރިން
    އައްޑޫ މީހުންހުންނަށް ކޮށްނިދިއެނެކަމަށް
    ދެންކޮށްނިދިޔެޭހެއް!

    • އޭއި އޭއި އޭއި. ހާޝް ހާޝް ބޭބީ ސްޕީކް ސޮފްޓްލީ އެނޫން ނަމަ ބަސް ގެންނަން ޖެހިދާނެ އިނގޭތޭ.

  14. ރައީސް ޢަބުދުﷲ ޔާމީނަކީ
    1- ދިހިވެހިތާރީޚު ނުދެކޭފަދަ ޚިދުމަތް ފޯރުކޮށްދެއްވާ ރައީސަކަށްވުން.
    2- ވަކި ފިކުރަކަށް ވަކި ކުލަޔަކަށް ނުބައްލަވާ ތަފާތު ކުރެއްވުމެއްނެތި ޚިދުމަތްތައް ފޯރުކޮށްދެއްވުން.
    3- ވިސްނުންފުޅު ރަނގަޅު ކެރިވަޑައިގަންނަވާ ޢަޒުމް ވަރުގަދަ ރައީސަކަށްވުން.
    4- ކިޔާފާނެ އެއްޗެއްސަކަށް، ދައްކާ ބިރަކަށް ނުބައްލަވާ ޤައުމައިގެން ކުރިޔަށް ވަޑައިގަތުން.
    5- ޤައުމަށް ކުރިމަތިވާ ކޮންމެ ޙާލަތެއް ވިސްނުންތެރިކަމާއެކު ޙައްލުކުރެއްވުމުގެ ޤާބިލްކަން ހުރުން.
    6- ވިދާޅުވެ ވަޢުދުވެވަޑައިގަންނަވާ ވަޢުދުތައް ޖުމްލަގޮތެއްގައި ފުއްދަވާދެއްވާ ރައީސަކަށްވުން.
    7- މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެންދީނަކަށް މި ޤައުމުގައި ފުރުޞަތު ނުދެއްވާ ރައީސަކަށްވުން.
    8- ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިޔަށްގެންގޮސް ނިންމަވާދެއްވާ، ރައްޔިތުންނަށް އެއިގެ ފޮނިމީރުކަން ފުރިހަމަޔަށް ވާޞިލްކޮށްދެއްވާ ރައީސަކަށްވުން.
    މިހެންގޮސް ލިއެކިއުމަށް ޢުޛުރުވެރިވާ މިންވަރަށް 4 އަހަރުދުވަހުގެތެރޭ ޤައުމު ކުރިޔަށްގެންދެވި، ބާނީއަކަށްވުން.

  15. ރައީސް ޢަބުދުﷲ ޔާމީނަކީ
    1- ދިހިވެހިތާރީޚު ނުދެކޭފަދަ ޚިދުމަތް ފޯރުކޮށްދެއްވާ ރައީސަކަށްވުން.
    2- ވަކި ފިކުރަކަށް ވަކި ކުލަޔަކަށް ނުބައްލަވާ ތަފާތު ކުރެއްވުމެއްނެތި ޚިދުމަތްތައް ފޯރުކޮށްދެއްވުން.
    3- ވިސްނުންފުޅު ރަނގަޅު ކެރިވަޑައިގަންނަވާ ޢަޒުމް ވަރުގަދަ ރައީސަކަށްވުން.
    4- ކިޔާފާނެ އެއްޗެއްސަކަށް، ދައްކާ ބިރަކަށް ނުބައްލަވާ ޤައުމައިގެން ކުރިޔަށް ވަޑައިގަތުން.
    5- ޤައުމަށް ކުރިމަތިވާ ކޮންމެ ޙާލަތެއް ވިސްނުންތެރިކަމާއެކު ޙައްލުކުރެއްވުމުގެ ޤާބިލްކަން ހުރުން.
    6- ވިދާޅުވެ ވަޢުދުވެވަޑައިގަންނަވާ ވަޢުދުތައް ޖުމްލަގޮތެއްގައި ފުއްދަވާދެއްވާ ރައީސަކަށްވުން.
    7- މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެންދީނަކަށް މި ޤައުމުގައި ފުރުޞަތު ނުދެއްވާ ރައީސަކަށްވުން.
    8- ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިޔަށްގެންގޮސް ނިންމަވާދެއްވާ، ރައްޔިތުންނަށް އެއިގެ ފޮނިމީރުކަން ފުރިހަމަޔަށް ވާޞިލްކޮށްދެއްވާ ރައީސަކަށްވުން.
    9- މިހެންގޮސް ލިއެކިއުމަށް ޢުޛުރުވެރިވާ މިންވަރަށް 4 އަހަރުދުވަހުގެތެރޭ ޤައުމު ކުރިޔަށްގެންދެވި، ބާނީއަކަށްވުން.
    10- ކުރިޔަށްއޮތް 5 އަހަރަށް ޔަމީން ހޮވައިފިނަމަ، މި ޤައުމު ލިޓްލް ސިންގަޕޫރާ އެއްފެންވަރަކަށް ގެންގޮސްދެއްވާނެކަން ކަށަވަރުވުން.

  16. ކޯއްޗެކޭ ކިޔަންތޭ ޖޭޕީން ތިޔާ އުޅެނީ ފުލުހުންނާއި އާންމުންނާއި ޖެހޭ ގޮތަށް ވާހަކަ ދައްކައިގެން. ތަމެން ޖެހޭތޭ ކުނޫޒު ކިއްލާ އަށް ޖަމާވެ ތިބެ ސިހުރު ހަދާ އަދި ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރު ވައްޓާލަން ކުނޫޒު ކުރިމައްޗަށް ނިކުމެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަން. ނުޖެހޭނެއޭ. ތަމެން ނަށް އިނގެންވާނެ އެއް ނޫންތޭ ބިއުޓިފުލް ޑިފަމޭޝަން ގާނޫނުގެ ދަށުން މަނާ ކަމެކޭ ދެމީހުންނަށް ވުރެން ގިނަ މީހުން ކުނޫޒު ކައިރިއަށް އެއްވެ ތިބުމަކީ. ދެން އަނެއްކޮޅުން އޯސަމް އެން ފްލޯލެސް ސްޓޭޓް އެމެޖެންސީ ހިންގީމާ ޖެހޭނީ ސައިޒުން ކެނޑިގެން ގޭގައި މަޑުކޮށްލަންއޭ އެއިރުންނޭ ރަނގަޅުވާނީ. މިކަމުގައި އޮތް ހަމަ އެކަނި ވަން އެން އޮންލީ ހައްލަކީ އެމްޑީޕީ އާއި ޖޭޕީ އުވާލުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނި ކޮށް މަގުމަތީ މުޒާހަރާ ކުރާތީވެ. އިލެކްޝަންސް ކަމިޝަން ހަމަ މިހާރު އެމެން އުވާލާ އެނޫން ނަމަ ތަމެން ޖެހޭނީ ގެއަށް ދާން އިނގޭތޭ.

  17. ރާއްޖެތެރެމީހާ

    ތަފާތު ފެންނާނެ ވޯޓުން މަޑުކޮށްލާ

  18. ރައީސް ޔާމީންގެ ދެކަނބަލުންނަކީ ހަގީގަތުގަވެސް އޯގާތެރި އާދަޔާޚިލާފު ދެބޭފުޅުން. މާތްﷲ ތިޔަ ދެކަނބަލުންނަށް ހެޔޮރަހްމަތް ލައްވާށި.

  19. ވައްކަމަށއ އަރާހުރި ޖާހިލު ދައިތަގަނޑެއްމީ

  20. ތި ދައިތަގަނޑު ތީ ބޮޑު ވަގެއް! އަފިހުންކުމާރުގެ ވަށައިން އެނބުރެނީ ވަގުންނާ މުޖުރިމުން

  21. ފުލުހުންގެ ވެހިކަލްގެ ތެރޭގައި މީހަކަށް އަނިޔާކުރި މައްސަލަ ބަލަނީ ކަމަށް ތަމެން ބުނާއިރު ތިޔާ އަނިޔާ ކުރީ ފުލުހުންގެ ވެހިކަލް ތެރޭގައި ތޯ ނުވަތަ ތަމެން އަމިއްލަ އަށް މީހެއްގެ ގައި ގައި ތަޅާ ރޯނާ ގަންނުވާލާ ފޮޓޯ ތަކެއް ނަގައިގެން ސޯޝަލް މީޑިއާ އަށް ލައިގެން ގޭސް ގަނޑު އަނބުރަނީ ނޫންތޭ. ރަންރީނދޫ ޓްވިޓަރޭ އެބަ އަނބުރާ ތިޔާ ގޭސް ގަނޑު މަމެންނަށް ބޮޑަށް ވައްތަރީ ތިޔާ ބޮޑު ފޭކް ގޭމް އަކާއި މިހާތަނަށް ރަންރީނދޫ ޓްވިޓަރޭ ޖައްސާ ގޭމް ތަކަކީ އެއީ %100 ފޭކް ގޭމްސް ތައް ކަން މުޅި އެމްޑީޕީ ވެސް ދަނެއޭ މަމެން ބުނަން ނެތީމު ދޯ.

  22. ފުލުހުންގެ ވެހިކަލް އަށް އަރުވާ ތެޅި ކަމުގެ ކޮބާ ތިކަމުގެ ހެއްކަކީ އަދި ގަރީނާ އަކީ. ފޮޓޯ ތަކަކީ އެއީ މިޒަމާނުގައި ހެއްކެއް އަދި ގަރީނާ އަކަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫނޭ ތަމެން ކޮންސްޓްރަކްޓިވް އެވިޑެންސް ހުށައަޅާ އެއިރުން މަމެން ނަށް އިނގޭނީ ތިޔާ ކަމުގައި އެއްޗެއް ބުނަން. ދެން މުޒާހަރާ ކުރީ އެއީ ޑިފަމޭޝަން ގާނޫނާއި އެއްގޮތަށް ތޭ. ނޫން ދޯ. ސޯ ވަޓް. ހޫސް ނެކްސްޓް.

  23. މެޑަމް ވަރެއްނެތް. ޢެއީ ފިސާރި ކަބަލެއް. ޙެވެއްނު ކޮންމެތާކުން ޚަރަދު ކުރިޔަސް ކަންވަނިކޮށް ނިމުނީއެއްނުން. ރިޔާސީ ވެރިކަމެއްގައި މެޑަމްގެ އަށް ދައުލަތުގެ ޚަރަދުގައި އާއިލާގެ މަންފާއްޓަކައި ތިޔަ ކަންކުރެވެންޖެހޭނެ. އަދި އަހަރުމެން އަތްޖަހަން ޖެހޭނެދޯ..

  24. ސާބަހޭ މެޑަމް ވ އުފާވެގެ އަފިރިންނާއި ބައްދަލުކޮށްލި ކަމަށްޓަކައި ޝުކުރިއްޔާ 2018 ޔަޤީން މަވެސް މަގޭ ފެމެލީވެސް ޔަޤީން ކެނެރީގެ ބުއްޅަބެއަށް މި މަންޒަރުފެނޭތަ ރިޝްވަތު ގާސިމަށާ ނުފެންނަންޏާ ތަންކޮޅެއް ލޯބޮޑު އައިނެއް އަޅަގަ

  25. ހައްޔަރުކުރި މީހުންގެ ދިފާއުގައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތޭ ތަމެން ބުނާއިރު ފުރަތަަ ކަމަކީ އެމެން ހައްޔަރު ކުރެވުނީ އެއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނި ކޮށް އެމެން ޑިފަމޭޝަން ގާނޫނާއި ޚިލާފަށް މާލޭގެ މަގުމަތީގައި މުޒާހަރާ ކުރުމުންނެވެ. އެހެން ކަމުން އެމެން ޖެހޭނީ ފުރަތަމަ އެމެން ކުރީ ކުށެއް ކަަމަށް އެއްބަސްވާން. ދެން އެއަށް ފަހުގައި އޭގެ ޕަނިޝްމެންޓް އިމްޕްލިމެންޓް ކުރަން. ދެން އޭގެ ފަހުން ހައްޔަރީން ދޫކުރުމާއި ބެހޭ ވާހަކަ އަންނަންވީ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  26. .ސުވެލްދީބު ގެ ރާނީ އަކަށް މެޑަމް ފާތުން އައްޔަންކުރަންފެނޭ އަދި ލ އިން ހއ އަށް ރަސްކަމަށް ޔާމީން. .ޕާޓީ ނިޒާމް އުވާލާފައި. .މިކަންވެސް ޕޕމ ގެ މަޖިލިސް މެމްބަރުންނަށް ވެދާނެ.

  27. މުހައްމަދު ފިކުރީ

    ޙިހިހި ތިގޮތުގައިވެސް ކާމިުާބު ލިބިއްޖެނަމަ ވވވވވ ގަފަ. ﷲއަށް ޙަމްދުހުރި. ކަމަނާއަށް ސާބަސް. މަނިކުފާނަށް މަރްޙަބާ

  28. ޢެމް ޑީ ޕީ ބުނަނީ ޓްރެފިކް ޖޭމް ވެފަޔޯ ތިތަން ތިއޮތީ...

  29. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ތިހެން ކި 2013 ގައި ވެސް ވެރިކަން ވެއްޓޭނެއޭ ނުވި އެކަމެއް. 2014 ގައި ވެސް ނުވި އެކަމެއް. 2015 ގައި ވެސް ނުވި އެކަމެއް. 2016 ގައި ވެސް ނުވި އެކަމެއް. 2017 ގައި ވެސް ނުވި އެކަމެއް. 2018 ގައި ވެސް ނުވި އެކަމެއް. 2019 ގައި ވެސް ނުވާނެ އެކަމެއް. 2020 ގައި ވެސް ނުވާނެ އެކަމެއް. 2021 ގައި ވެސް ނުވާނެ އެކަމެއް. 2022 ގައި ވެސް ނުވާނެ އެކަމެއް. 2023 ގައި ވެސް ނުވާނެ އެކަމެއް. 2050 ގައި ވެސް ނުވާނެ އެކަމެއް. އެކޮއި ޕިންކޭ ދައްތަ ޓްވިޓަރޭ އަތުގައި ހިފައިގެން ގޯއްޗަށް ގެންދަބަލަ ދައްތަ ޕިންކީންގެ ވެރިކަން ވައްޓަން އުޅެން ހަދައިގެން އެކަމެއް ނުވިއޭ ބަލާއެކޭ އެއީ އޭ ދައްތަ ބުނަން ނެތީމޭ ޕިންކޭ. ދައްތަ އަވަހަށް މުސްކުޅި އަނގަ ނުަތަޅާ ގޭތެރެއަށް ފެއްސެން އުޅޭ އިނގޭތޭ. ލައްބަ ލައްބަ ލައްބަ ޕިންކޭ.

  30. އިދިކޮޅު މުޒާހިރާ ބަލާލީމަ ފެއްނަނީ މިސަރުކާރުން ރައްޔިތުންނައް ހުރިހާކަމެއް ފުރިހަމަކޮއްދީފާ ވާކަމުގެނިސާންތަހް އުފާވެރިކަމާ ހިންހަމަޖެހުން ނަށާއުފާކުރާތަް ހިތާމަވެރިކަމެއް ރުޅިވެރިކަމެއް އަދިކަމެއް ނުފުދިފަވާނިސާނެއް ނުފެނޭ !!

  31. ހޫން! ކުނިފަތަފޮޅިދޯ

  32. އިދިކޮޅު ލީޑަރުންނަށް މެޑަމް އާއި ވެސް ވާދަ ކޮށް ނުލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ކެބިނެޓް މިނިސްޓަރުން އެބަޖެހޭ ސީދާ ރައްޔިތުންގެ އިހްސާސް ތަކާއި ކުޅެލާ އެމެންގެ މޫނު މަތިން އުފާވެރިކަން ގެނެސްދޭނެ ކަންކަން ރައްޔިތުންނަށް ކޮށްދެވޭނެ އުސޫލުން އެކަންކަމުގެ ވާހަކަ އަޑަަށް ބާރުލާފައި ދައްކަން. އެގޮތުން ބަލާއިރު ރާއްޖޭގެ ތާރީޚް ގައި ވެސް އެންމެ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން އެއް ކަމަކަށް އެދި ސަރުކާރަށް ލިޔެ ކިޔުމުން ހުށައަޅާފައިވަނީ މާލެ ސަރަހައްދުން އެމެންނަށް ފްލެޓްސް ތައް ހޯދުމަށެވެ. އެކަމަކު އެކަމާއި ބެހޭ އެއްވެސް ވާހަކަ އެއް ސަރުކާރުން ނުދައްކާ ބޭކާރު ވާހަކަ ދައްކައިގެން ރައްޔިތުން ގެ ހިތް ތަކުން ވިން ވެވޭނެ ކަމަށް ހީކުރާނަމަ އެކަން ނުވާނެއެވެ. މިހާރުވެސް އެމްޑީޕީ ގެ މުޒާހަރާ ތަކަށް ދާ މީހުން މަދުނުވުމުގެ އަސްލަކީ ސީދާ ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ސަރުކާރަށް ފަހި ކޮށް ނުދެވުމެވެ. 15 ހާސް މީހުންނަށް ފްލެޓްސް ދޭންވީ އޭ.

  33. ކައުންސިލްގެ އިންތިޚާބުގައިވެސް ތިހެންގޮވި ؟ ކިހެނެއްވީ ؟