ލިބެމުންދިޔަ އިންޒާރުތަކާއި އެކު ރާއްޖޭގައި ނޫސްވެރިކަން ކުރުމަށް ރައްކާތެރި ނޫން ކަމަށްބުނެ އިއްޔެ ރާއްޖެޓީވީން ޢާންމު ކޮންޓެންޓް ބްރޯޑްކާސްޓު ކުރުން ހުއްޓާލުމާއި ގުޅިގެން އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ހެތާ ނައުއާޓް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާއި ގުޅިގެން ހެތާ ނައުއާޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާ ޓީވީ ސްޓޭޝަން" ކަމުގައިވާ ރާއްޖެޓީވީގެ ބްރޯޑްކާސްޓު ކުރުން ހުއްޓާލީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި އެ ސްޓޭޗަނަށް ބިރުދައްކަމުން ދާތީކަމަށެވެ. އެހެންކަމުން ޤާނޫނާއި ޤަވާއިދުތަކަށް އިހުތިރާމް ކުރުމާއި އެކު، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ޤާއިމްކޮށްދިނުމަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ރާއްޖެޓީވީގެ ޢާންމު ކޮންޓެންޓް ބްރޯޑްކާސްޓު ކުރުން ހުއްޓާލާފައި ވަނީ، ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ކެނޑިނޭޅި އެ ޓީވީ ސްޓޭޝަނުން ހަޤީޤަތެއްނެތް ދޮގު ވާހަކަތައް ފަތުރައި ރާއްޔިތުންނަށް ހަޤީޤަތް އޮޅޭފަދަ ވާހަކަތައް ދައްކަމުން ގޮސްފައި ވަނިކޮށް، އެފަދަ ކަންކަމާއި މެދު ފިޔަވަޅު އަޅާނެކަން، ކަމާއި ގުޅުންހުރި މުއައްސަސާތަކުން ހާމަކުރެއްވިތާ ގިނަ ދުވަހެއް ނުވަނީހެވެ.
އެ ސްޓޭޝަނުން ޢާންމު ކޮންޓެންޓް ބްރޯޑްކާސްޓު ކުރުން ހުއްޓާލައި ޢާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގައި މިނިވަން ނޫސްވެރިކަމުގެ މާޙައުލެއް ނެތް ކަމަށާއި ކަމާބެހޭ މުވައްސަސާތަކުން އެ ސްޓޭޝަންގެ މުވައްޒަފުންނަށް ރައްކާތެރިކަން ކަށަވަރު ނުކޮށްދޭކަމަށެވެ.
މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި "އާދަޔާއި ޚިލާފު" އަމުރަށްފަހު ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކާއި ގުޅޭގޮތުން އެ ޓީވީ ސްޓޭޝަން މެދުވެރިކޮށް ހަޤީޤަތެއްނެތް ވާހަކަތައް ފަތުރަމުން ދިޔައިރު، މަގުމަތީގައި އިދިކޮޅު ފަރާތްތަކުން ހިންގި ހަމަނުޖެހުމަށް ހިއްވަރު ލިބޭފަދަ ވާހަކަތަކާއި މަންޒަރު ވެސް އެ ޓީވީން ވަނީ ޢާންމުކޮށްފައެވެ.
މީގެ އިތުރުން މަގުތަކުގެ އަމާންކަން ބަލަހައްޓަން ތިބި ފުލުހުންނާއި އިހުތިރާމް ކުޑަ ގޮތްގޮތަށް މުޢާމަލާތު ކުރާ މަންޒަރާއި، ހުދު އެ ސްޓޭޝަންގެ ނޫސްވެރިން ފުލުހުންގެ އަމުރަށް ކިޔަމަން ނުގަންނަ މަންޒަރު ދައްކައި އެކަމަށް ހިއްވަރު ލިބޭ ފަދަ ވާހަކަ އެ ޓީވީގެ ކަވަރޭޖުގެ ތެރެއިން ވަނީ ޢާންމުކޮށްފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޚަބަރާއި މައުލޫމާތު ބްރޮޑްކާސްޓްކުރާ މީޑިއާތަށް ބަންދު ކުރަން ޖެހިދާނެކަމަށް ބުނެ ސަލާމަތީ ބާރުން ހުރިހާ މީޑިއާތަކަށް އަމާޒުކޮށް ނެރުނު ބަޔާނާއެކު، "ރާއްޖެ ޓީވީ" އަމިއްލައަށް ބަންދުކުރުމުން، އެ ޓީވީ ސްޓޭޝަން ވަނީ އެފަދަ އަމަލުތައް ހިންގާފައިކަމަށް އަމިއްލައަށް އިއުތިރާފް ވެފައި ކަމަށް ގިނަ ބަޔަކު މިހާރު ދަނީ ބުނަމުންނެވެ.
ރާއްޖެޓިވީ ހުއްޓާލުމަކީ ޤައުމަށްލިބިގެންދާ ހަމަޖެހުމެއް ރާއްޖެޓީވީއިންގެނެސްދޭ ޚަބަރުތަށް ގެނެސްދެނީ ޤައުމުފަސާދަވާގޮތަށް މިހާރުވެސް ތިކުރާކަމަކީ ބޭނުންވާކަންކަން ބޭނުންވާގޮތަށް ނުވާތީ ބޭރުމީހުންގެ ސަމާލުކަންހޯދައިގެން އިތުރަށް ހައިޖާނުކުރެވެގޮތެއްދޭތޯބެލުން
ރާއްޖެ ޓީވީ ވަރެއްނެތް.
މައުމޫނުވެސް ބަލަނީ ރާއްޖެ ޓީވީ.
މިހާރު ދެން ޖަލުގައި ވެސް ބަލާނެ ޓީވީއެއް ނެއް ދޯ!
ދެން އެމެރިކާގަ ރާއްޖެ ޓީވީ ބުރޮޑްކާސްޓް ކުރުމުގެ ހުއްދަ ދޭންވީނު.
ތީހުސް ދޮގުވާހަކަ އާއި ޚަބަރު ފަތުރާ ޓީވީ އެއް ބަންދު ކުރަން ލަސްވެއްޖެ
ތި ރާ ޓީވީ އުވާލަން ލަސްވެއްޖެ.. ހުސް ދޮގު ވާހަކަޢާއި ދޮގުޚަބަރު ގެނެސްދޭ ބައެއް...
ރާއްޖެޓީވީ ހުއްޓާލުމަކީ ގައުމަށްލިބުނު ނަސްރެއް ހަމަޖެހުމެއް ރާއްޖެޓީވީ ބަލަނީ ކުރިސްޓިއަނުންނަށް ލޯބިކުރާ އެމްޑީޕީ މީހުން
ރާއްޖެޓީވީ ހުއްޓާލުމަކީ ގައުމަށްލިބުނު ނަސްރެއް ހަމަޖެހުމެއް ރާއްޖެޓީވީ ބަލަނީ ކުރިސްޓިއަނުންނަށް ލޯބިކުރާ އެމްޑީޕީ މީހުން
ޢެމެރިކާގެ އެއްމެ ގިނަ ރައިއްޔަތުން ބަލަނީ
ރޓވ ދޯ ތިޔަހެން ވިއްޔާ ވ ދެރަކަމެއް ތިއީ
ފިތުނަ ޓީވީ ހުއްޓާލީ ރީނދޫ ބަޣާވާތް ނާކާމިޔާބު ވުމުން. ދެން އިތުރަށް ރައްޔިތުންގެ ބޮލަށް ޖެހޭނެ ޗިޕެއް ނެތުމުން ވަގުތީގޮތުން....!!!
ފޭކް ނިއުސް!
މި ނޫހުގެ ހޫސްވެެިންގެ އީމާން ކަމާ މެދު ޝައްކު އުފެދޭ
ޢަސްލުވެސް ރާއްޖެ ތީވީ އިން ދައްކަނީ ގައުމު ފަސާދަކުރާ ދޮގުވާހަކަތައް!
ރާއްޖެ ޓީވީ ހުއްޓާލިޔޭ ކިޔާފަ އެމެރިކާއަށް ކޮންކަމެއް އެވެރިންގެ ގަވްމު ތަ މި؟؟
އަސްލުވެސް ރާއްޖެ ޓީވީގެ ޢާއްމު މަސައްކަތަކީ މުނާފިޤުން ކުރާ ކަހަލަ ނުބައި ކަންކަން ކުރުން. ޟިހާރު މިސްކިތު ހުޅުޖެހި މީހާ ވެސް މި އެގުނީނުން،