ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމް ދީނުގެ ނޫރު ހިތްތަކުގައި ފެތުރުއްވުމަށްޓަކައި މަސައްކަތް ކުރެއްވި ހާއްޖީއެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިގޮތަށް ވިދާޅުވީ ނަޝީދު ދީނާ ދެކޮޅު ޝިއާރުތައް އާންމު ކުރައްވައި ޣައިރު ދީން ފެތުރުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތައް ހިމެނޭ ރައްޔިތުންގެ އިއްތިހާދުން ފުލުހުންގެ މުއައްސަސާއަށް މައްސަލައެއް ހުށަހެޅުއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ދެ އަހަރެއްގެ ކްރިސް މަސް ދުވަހުގެ ތަހުނިޔާ ފޮނުއްވުމާ ގުޅިގެން އިލްމުވެރިންތަކެއް އެ މައްސަލަ ހުށަހެޅުއްވި ދީން ހިމާޔަތް ކުރުމުގެ ގާނޫނާއި ރައީސް ނަޝީދު ހިލާފުވެވަޑައިގަންނަވާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނު ދީނާއި ހިލާފު ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ފުލުހުން ވަނީ އެ މައްސަލަ ނުބަލަން ނިންމައިފައެވެ.

މިކަމާ ގުޅިގެން ބޮނޑޭ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކީރިތި ރަސޫލާގެ ހަދީޘްތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ހިތްތަކުގައި އިސްލާމީ ނޫރު ފެތުރުއްވުމަށް މަސައްކަތް ކުރެއްވި ހާއްޖީއެއްގެ އަގީދާއާ މެދުގައި ޝައްކު އުފައްދާ، ނަފުރަތު ފަތުރާ ފަރާތްތައް ދެނެގަނެ، އެފަދަ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދަކީ "ލާދީނީ" ބޭފުޅެއް ކަމަށް ދޭހަވާ ގޮތަށް ބައެއް އިދިކޮޅު ފަރާތްތަކުންނާއި އިލްމުވެރިންގެ ބަޔަކު އިސްވެ ކުރަމުން ގެންދާ މަސައްކަތް ހުއްޓުވައިދިނުމަށް ރައީސް ނަޝީދުވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ލާދީނީ މީހެކޭ ބުނެ އިލްޒާމުތައް ފަތުރަމުން ދަނީ ހަމައެކަނި އެމަނިކުފާނުގެ ފުރާނައަށް ގެއްލުން ދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ތުހުމަތު ކުރައްވައިފައެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ވަނީ ހަމަލާއެއް ވެސް ދީފައެވެ. އެހަމަލާގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އެކަން ކޮށްފައިވަނީ ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ބައެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. Anonymous

    ބޮންޑޭއައް ގައިމު އެތިވަރެއް ދީގެނެއްނު ތިވަރު ވާނީ.

    94
    • ކޮވިޑް

      ބޮންޑެ ބުންޔަސް އެއީ ވަރައްބޮޑު ތެދެއް. މައްސަލަ އަކީ ޣައިރު ދީން ފަތުރަން މަސައްކަތް ކުރާތީ. # އިންޑިއާ އައުޓް #

      66
      1
  2. ރަން ރީނދޫ

    ލާދީނީ މީހުން ވަރަށް މަރުދެކެ ބިރުގަންނާނެ. އީމާނުގެ އަހުލުވެރިން ޤަބޫލު ކުރަނީ ސާއަތެއްގެ މިންވަރު ވިޔަސް ލަހެއްވެސް، އަވަހެއްވެސް ނުވާނެކަމަށް.

    75
  3. މޕ

    މީޖޯކެއް ދޯ

    53
  4. ޢަހ

    ޙޭބުއްދި ހުރި ކޮންމެ މީހަކަށްވެސް ސާފުވަނެ އަންނިގެ ބަސްމަގު. ދީނަށް އަސާސްތަކއަސާސްތަކަށް ކުރާ މަލާމާތް. ޢެއީ މުސްލިމަކު ކުރާނެ ކަމެއް ނޫން.

    76
  5. އަހުމަދު

    ނަޝީދަކީ ލާދީނީ މީހެއް. މިގައުމުގެ ދީން ހަލާކުކުރަން އޭނާ އެތައް މަސައްކަތއް ކޮއްފައިވާ.

    71
  6. ކޮރަލް

    ވާހަކަ ދެއްކުމުގަ ވެސް ހައްދު ފަހަނަ އަޅާފަ އެވެ. މިފަދަ މީހުން އެބަ ހޮވަ އެވެ.

    67
  7. ާަަްްްއަބުދުައްރަސީދު

    ޢޭ ބޮންޑޭ ކަލޭގެ ހަޔާތް ކޮބާ، މުލިޔާގެެއިން ނެރުނު ރާފުޅިތަކާ، ޒުވާނުންނަށް ބޯންޖެހޭނެކަން އެންގުމާއި،ބޭރުމަތީގަ ރާޖާވެގެން ނާޗަރަނގީ ކުޅުމަކީ ދީންފެތުރުން ކަމަށް ކަލޭ ބުނީ ކަލޭވެސް ރާޖާވެފަހުރީމަ، ކަލޭވެސް ތީ މީހެއްތަ، ކަލޭގެ ދަރިން އެބަތިބިތަ.

    60
  8. ކުރޯ

    އޭނަ ދީން ފަތުރާ ކިތަންމެ ވަރަކަށްވެސް. ނަސާރާ ދީން އެއީ

    63
    1
  9. ލޮލް

    އަޅެ ކަލޭމެން ވެއްޖެއެއްނު ބޭސްގުޅައެއް ދީގެން ނަމަވެސް އޭނާ މަރުނުވާނެ ގޮތެއް ހަދަން. މިގައުމުގައި ދިރިއުޅޭ ހަތަރު ލައްކަ މީހުންގެ ތެރެއިން ކެނެރީގޭ ނަސީދު ނޫނީ ނޫޅޭނެ ނޭވަޔަކު ދެކޮޅު މުސްލިމެއްކަން ސާބިތުކޮށްދޭން ހެކި ދައްކަމުން ދުވާ މީހަކު. އަބަދު މިޖެހެނީ ކޮންމެވެސް ބަޔަކު އޭނާގެ ދިފާއުގައި އޭނާ މުސްލިމަކަށް ވުމަށް ކޮށްފައި ހުރި ކަންތައް ދައްކަން. ގައިމު އޭނާއަށް ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވިފައި އޮތީމައެއްނު.

    67
    1
  10. ގަސްކަރަ

    ލާދީނީމީހުން ލާދީނީމީހުން ދިފާއުކުރާނެ

    64
    1
  11. ލޮލް

    ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު ފަހުކޮޅު އެކިއެކި މަންސަތަކުގައި އޭނާ ދީނަށް ގޮވާލާނެ. މަށަށް ޔަގީންވާ ގޮތުގައި ކެނެރީގޭ ނަސީދަކީ ކޮޅަކުން ކޮޅަކު ޖެހޭ މީހެއްނޫން. އޭނާ އަކީ މުސްލިމުން ގާތުގައި މުސްލިމެއް ކަމަށް ދައުވާ ކުރާ މީހެއް. ޔަހޫދީންނާ ނަސޯރާއިންގެ ގާތުގައި އޭގެ މީހެއް. މަސްވެރިންގެ ގާތުގައި މަސްވެރިއެއް. ދަނޑުވެރިންގެ ގާތުގައި ދަނޑުވެރިއެއް. ފީނާ މީހުންގެ ގާތުގައި ފީނާމީހެއް. ކުރުކޮށް ބުނާނަމަ ހުރިހާ ތަނަކަށް ބޭނުމުން ދުވާމީހެއް.

    55
    2
    • ކުރުކޮށް ފޮނިކޮށް

      ހެހެހެ..ފުޅިމަދު އުނގުރިއެއް ދޯ.

      41
      1
      • ލޮލް

        ކެކެކެ.. ހެޔޮކޮށް ތިބުނީ..

        26
    • ކަނބާ

      ވާލުގެ ވާހަކަ އަޑުއެހިންތަ؟ ވާވެސް އުޅުނީ އެހެން

      20
      • ޕިއްޒާހަޓް

        ނާހަން ކިޔާދީބަކަ

    • އަންނި

      ފުޅިމަދު އުނގުރިއެއްދޯ؟

  12. ވިސްނާލުމަށް އެދެމޭ

    މިވަރުވީމަ މީހުންގެ ދުލުން ބުނަންނުވާ ބަސްބަަސް ބޭރުވާނެ....ﷲ އަށާ ރަސޫލާ އަށް ފުރަ އްސާރަކޮށް އުޅުނު އަބޫޖަލާ ފިރު އަ އުނާ ގާރޫނު ވެސް ދީންފަތުރަން އުޅުނު އެކަމަކު އެމީހުން ފެތުރީ ﷲގެދީނެ އް ނޫންނޫން.. އެގޮތުން ނަޝީދުވެސް ފަތުރަމުންދަނީ އޭނަގެ ދީން.... އިސްލާމްދީނާ ޙިލާފު ހުރިހާކަމަކަށް ހި އްވަރުދޭ

    48
  13. ލޮލް

    އޯލްޓަނޭޓިވް ނެރެޓިވް ބޭނުންވާ މީހަކަށް ތަރުޖަމާކުރެވޭނެ ޙަދީޘެއް އޮންނާނެހެން ހީވޭތަ؟

    42
  14. ހުސޭނުބޭ

    އޭނާ އެ ބުނަނީ ރަގަޅަށް. ޣައިރު ދީންތައް ފަތުރާ ވާހަކަ އެބުނަނީ.

    36
  15. ކިޔު

    ހެހެހެ...21ވަނަ ގަރުނުގެ ބޮޑު ޖޯކު..އަހަރެން ބޭނުންވަނީ ކޮންމެވެސް ސަބަބަކާ ހުރެ ތި ރީނދޫ ޕާޓީން ވަކިވާދުވަހު މީނާގެ ބަސް މަގު ހުންނަ ގޮތް ބަލާލަން..ދުނިޔޭގަ ހުރިއްޔާ ހުރިބަޔަކަށް އެދުވަސް ފެންނާނެ އިންޝާﷲ..ދީން ފަތުރަން މަސައްކަތް ކުރެއްވި ހާއްޖީޔޯ...ހެވެނީ ހަމަ..

    27
  16. އަޙްމަދް

    ‎މާ ރައީސް ނަޝީދުވެގެން އުޅުއްވާނެ ކަމެއްނެތެވެ.
    ‎ސިޔާސީ މަޝްރަހުގައި ތިޔަބުނާ ރައީސް ނަޝީދުގެ ޙާލަކީ ދަތްނެތް ހިޔަޅެއްގެ މިސާލެވެ.
    ‎މިއަދުގެ ސިޔާސީ މަޝްރަހުގައި މައުމޫނާއި ނަޝިދުގެ ޙާލަކީ ކަތިވަޅި ގެއްލީ މަރިޔަނބު ގެއްލި އަދި ކޮށިދަނޑުވެސް ގެއްލިފައިވާ ދެ ދަނޑުވެރިންގެ މިސާލެވެ.
    އިންޑިއާ އައުޓު:

    28
  17. ހަމީދުބެ

    އަޅުގަނޑު މެން ހަމަ ބުއްދީ އެބަހުއްޓޭ އަދި. މައްމޫނާ ދެކޮޅަށް ރަތްޔިތުން ނެރެގެން ނަފްރަތު އުފެއްދީ ނަޝީދު ނޫންތޯ. ވަހީދު އާ ދެކޮޅަށް ރައްޔިތުން ނެރެގެން ނަފްރަތު އުފެއްދީ ނަޝީދު ނޫންތޯ. ޔާމީނުއާ ދެކޮޅަށް ރައްޔިތުން ނެރެގެން ނަފްރަތު އުފެއްދީ ނަޝީދު ނޫންތޯ. ތިޔަކިޔާ ހަރުކަށި ފިކުރޭ ކިޔައިގެން ނަފްރަތު އުފައްދައި ރަތްޔިތުން ނަށް ބިރު ދައްކައަގެން ގާނޫނު ތައް ހަދައިގެން އޭގެ ނިވަލުގައި ތިބެގެން ޖަރީމާ ހިންގަން ވެގެން އުނެނީ. ނަޝީދު އާ މޑޕ ގެ ބޮޑުން ދެއްކިހާ ދީނާހިލާފް ވާހަކަ އާއި ކުރިހާ ދީނާހިލާފް ކަންކަން އެހުރީ ހުރިހާ ދިވެހިއްނަށް ސާފުކޮށް ފެންނާކައް ނޫންތޯ. ބޮންޑޭ އައް ޙަދީޘް އެއް ފެނުނަސް ނޭނގޭނެ. ބޮނޑޭއަކީ އިސްލާމް ދީން ނުކިޔަވާ ހުރި މީހެއް.

    22
  18. ނަން

    ރައީސް ނަޝީދަކީ ބާންދީއެއް

    17
  19. ކުރުސީހަސަން

    ދައްޖާލުއަރަން ކައިރިވޭ އެބަ

    21
  20. ލޫޓުވާ

    ކޮންދީނެއް ފަތުރަން އޭނާ މަސައްކަތްކުރީ. ކޮންމެ އާއަހަރެއްގައި ކްރިސްމަސް ފާހަގަކުރަން މެސެޖްފޮނުވާ.

    23
  21. ލާމު

    ހާއްޖީ އަކީ ކޯންޗެއްތޯ؟ ނޭނގޭތީ އަހާލީ.

    19
    • ކެކެކެ

      އެއީ ދެހާޖީންނާ ދަންޑަހެލުގެ ވާހަކަ. މިމީހުން އުޅެނީ މަތިމަރުވެފައި ހުރި މީހަކު އަނެއްކާވެސް ބޮމެއްގެ ދަށުވެދާނެތީ ބިރުން.

    • އަހަންމަދު

      އެއީ ޙާޖީ ކިޔަންނޭގޭމީހުން ކިޔާގޮތް!
      ދައްކުވައިދެނީ ފެންވަރު!

  22. ބަކުރުބޭ

    ކޮން ދީނެއްތޯ އަނެއްކާ ފެތުރީ؟؟

    18
  23. އަބްދޫ

    އިގިރޭސިވިލާތުގާ ހުރި އިރު އޭނާގެ ދީންފަތުރަން ލަންޑަންގެ ޕޯޓަށް ގޮސްގެން އުޅުނުކަން އެގޭ ދިވެހިން ރާއްޖޭގަ އެބަތިއްބެވި. އޭނަބެހިފޮތްވެސް ހުރެދާނެ. ބެހިފޮތަކީ ދިނީ ފޮތްތަކަށް ވާއިރު އެފްތަތަކަކު އިސްލާމްދިނުގަ ހމެނޭ ކަމެއްގެ ވާހަކަނެތް. ވީމާ ދީނަފަތުރަން މަސައްކަތް ކުރެވިއްޖެ ކަން އެގޭ.

    20
  24. އިންޑިއާ އައުޓް

    ބޮންޑެ އެވިދާޅު ވެވަޑައިގަތީ ރަނގަޅައް ރައީޝް ނަޝީދު ކިތަންމެވަރަކައްވެސް މިތާންގަ ދީފަތުރަން މަސައްކަތް ކުރޭ އެކަމަކު އެއީ އޭނާ ބޭނުންވާދީން އެދީނެއް މިގައުމުގަ ނުފެތުރުވޭނެ ބަޔަކު ކިތަންމެ ބޭނުންވިޔަސް އިންޑިއާ އައުޓް

    24
  25. ދެން ނެތްތަ ނަމެއް

    ހާއްޖީ އަންނި ބުއްޅަބޭ އެލެކްސް އަހްމަދު.......ހާދަހާ ލަޤަބުތައްވެސް ގިނައޭ ދޯ

    25
  26. މޮހޮނު

    ބޮންޑެ ބުނީ ވަރަށް ރަނގަޅު ވާހަކައެއް އެއީ މަޖިލީހަށް އިންތިޚާބުވީ ފަހުން ބޮންޑެއަށް ހެދުނު އެއްމެ ބޮޑު ތެދު ބޮންޑެ އެބުނީ ކްރިސްޓިއަން ދީން ފަތުރާ ވާހަކަވިއްޔަ!

    14
  27. ބިންގޯ

    އަންނި ބޯއި

  28. އަލީ

    ބޮންޑޭ ހާއްޖީއަކީ ކޯޗެއްތޯ؟؟ޣައިރުދީންފަތުރާ އެޖެންޓުންތޯ؟ ނޫނީ ބޮންޑޭއަށް ޢަރަބިއަކުރުނޭގޭތީ ލިއެވުނުހޮޅިބަހެއްތޯ؟؟

    8
    1
  29. އ.އައުޓް

    އެންމެ ފަހުގެ ތަޅާލުންގަޑު

    9
    1
  30. މުޙައްމަދު

    ނަޝީދު ހައްޖަށް ދިޔައީ ކޮން އިރަކު... ހާޖީއަކަށް ވީ ކިހިނެއް. އުމްރާއަށޭ ކިޔާފައި ވާނުވާގައި އުޅުނު ދުވަސްކޮޅެއް ދިޔަ. އެކަމަކު ހައްޖަށް؟؟؟ ވަގުތު ކުދިން ތަހުގީގެއް ކޮއްލަދީބަލަ

    9
    1
  31. ހާޖީ

    ހާޖީން ނަކީ ކޮބާކަން މިސޮރަށް އެނގޭބާ. ތިމާމެން ކުރިމަތީގަ ދީނަށް ފުރައްސާރަކޮށް ހަޖޫޖެހުމުންވެސް އެ ސޮރުގެ ދިފާއުގަ. ތިކަމުގެ ޖަޒާ ލިބޭނެ ދުވަސް އެބައޮތް ކަން ހަނދާންކުރޭ.

  32. ހުސައިން ކުރުސީ

    ކްރިސްޓިއަންދީންބާ ނޫނީ ސެކިއުލާބާ! އޭނަޔަކީ ހަމަ ލާދީނީމީ ހެއް. ހުސައިން ކުރުސީ

    3
    2
  33. އަހްމަދު

    ކޮންދީނެއް ފަތުރަން ބާމަސައްކަތްކުރީ؟

  34. ޤާދިރު

    ބޮންޑޭ އެބުނީ ވ ބޮޑު ތެދެއް އަންނިއަށްވުރެ ލާދީނިއްޔަތު ފަތުރަން މަސައްކަތް ކުރި ދެވަނަ މީހެއް ރާއްޖެއަކު ނުހުންނާނެ

  35. ޅާދީނީ ގެރ

    ބޮންޑޭ ގެރި ދީންފަތުރާ ހާއްޖީ އެެއްތަ ކަލޭވެެސްތި އެކަމުގަ ޖެހިފަ ހުރި ބީތާއެއްތަ.؟

  36. މޮހޮދޭ

    ދީނާޚިލާފް ވާހަކަ ދައްކައިގެން ދޯ!

  37. ނަދާ

    ބޮންޑެ ތިބުނާ އެއްޗެއް ވ ސާފް ކުރިސްޓިއަން ދީން ފަތުރަން އެންމެ ގަދަޔައް މަސައްކަތް ކުރާމީހެއް އަންނި އަކީ އެހެން ވެގެން ގޮވީ ބޯންޖެހޭ ވާހަކަ ދޮންމީހުން އުޅޭ ގޮތަށް އުޅުނީމަ ސަލާާމަތް ވާނެ ވާހަކަ ތީ ފައްކާ ގަޅިއެއް

  38. ...

    ނޫނޭ އެސޮރު އެންގި ދިވެހި ކޮންމެ ފިރެހެނަކު ތާކިހާ އަޅާ ހުދުކުރުތާ ލައި. ކޮންމެ އަންހެނަކު މޫނު ބުރުގާ އަޅަން. އޭނަވެސް އެހުރި އެގޮތަކައްނު...

  39. ގަލަން ތުނޑު

    ބޮންޑޭކަހަލަ މާތްބޭކަލަކު ރމނަޝީދަށް ތިހާރިވެތި ޢިބާރާތުން މަލާމާތްކުރެއްވީމަ ހިތާމަކުރަން..

  40. ނަންރީތި ސަލީމް

    ނަޝީދަކީ ލާދީނީ މީހެއް. މިގައުމުގެ ދީން ހަލާކުކުރަން އޭނާ އެތައް މަސައްކަތއް ކޮއްފައިވާ.

  41. އަރުޝަދު

    ތިމާ ކަލަކު ވޮޑިގެންވާކަން ގަބޫލުކޮށްގެންނު ދީނެއް ފަތުރާނީ. ބޮނޑޭއަށް ނަޝީދަކީ ކާކުކަން ނޭގިގެން އުޅުނަސް އަހަރެމެންނަށް ވަރަށް ސާފު. ގެއްލިއްޖެ އަބުރެއް ދެން އަނބުރާ ނުލިބޭނެ.

  42. ސަމާސަ

    އަހަރުމެންގެ އަނގައިން އަވަގުރާާނަ ގޮތްވަން ނުހަދާ...!!!!!!!!!!