ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ޑިމޮކްރަސީ ގެންނަން ކުރި މަސައްކަތައް ޝުކުރު ޙައްޤެވެ. ނޫސްވެރިއެއްގެ ގޮތުގައި، ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަދި އިސްލާހަށް މަސައްކަތް ކުރި އެކްޓިވިސްޓެއްގެ ގޮތުގައި ވެސް ރައީސް ނަޝީދު ވަނީ ރާއްޖެ އަށް ޑިމޮކްރަސީ ގެންނަން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ނަމަވެސް ވެރިކަން ލިބިވަޑައިގެންނެވުމުން އެމަނިކުފާނު ފެނުނީ ޑިމޮކްރަޓިކް ބޭފުޅެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އެދުވަހުން ފެށިގެން މިހާތަނަށް ވެސް ރައީސް ނަޝީދަކީ ޑިމޮކްރަޓިކް ފޭރާމުގައި ހުރި ޑިކްޓޭޓަރެކެވެ. ކޯޓުގެ އަމުރަށް ކިޔަމަން ނުވުމާއި، ތިމަންގެ ނުލަފާކަން ދައްކާލަނަމޭ ވިދާޅުވެ އަމަލު ކުރެއްވި ގޮތާއި، ޕާޓީގެ އެކްޓިވިސްޓުންނަށް ފަހިކޮށްދިން ފުރުސަތުތައް ފަދަ ކިތަންމެ ކަމަކަށް ރިޢާޔަތް ކުރާއިރު ޑިކްޓޭޓަރެއްގެ ގޮޅިއަށް ރައީސް ނަޝީދު ފެތެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ކަންތައް ކުރި ގޮތް ހަނދާން ހުރި މީހުންނަށް މިކަން އެނގޭނެއެވެ.

ދެން އޮތީ މަތީގައި އެވާ ސުރުހީގައި ޖޯކަރެއްގެ ވާހަކަ އޮތީ ކީއްވެތޯ ތިކުރައްވާ ސުވާލުގެ ޖަވާބެވެ.

ޖޯކަކީ ހެއްވާ، ހިނިއަންނަ ޒާތުގެ ވާހަކައެވެ. ޖޯކަރުންނަކީ އެފަދަ ޖޯކްތައް ކިޔައިދޭ މީހުންނެވެ. ޖޯކް ކިޔައިދޭ މީހުން ގިނައިން ދައްކަނީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކައެވެ. އެމީހުންގެ މަސައްކަތަކީ މީހުން ހެއްވުމެވެ. ދައްކާ ވާހަކައަކީ ދޮގުތޯ ނުވަތަ ތެދުތޯ ބެލުން ވާހަކަ ދައްކާ މީހާ އަށް ވެސް އަދި އެވާހަކަ އަޑުއަހާ މީހާ އަށް ވެސް މުހިންމެއް ނުވެއެވެ.

ރައީސް ނަޝީދު ދައްކާ ވާހަކައިން އެމަނިކުފާނު ވެސް މިސިފަ ވަނީ ޖޯކަރެއްގެ ގޮތުގައެވެ. ފެންނަ ހުންނަ ވަރަށް ސާފު ކަންކަމުގައި ކަނޑައެޅިގެން ދޮގު ހަދަނީ އެހެން މީހުން ހެއްވަން ހެއްޔެވެ؟ މިސުވާލު ކުރަން މިޖެހެނީ ރައީސް ނަޝީދުގެ ވާހަކަތައް ހަޤީޤަތާއި މާބޮޑަށް ވެސް ދުރުވާތީއެވެ.

ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. ރައީސަކަށް ދޭން ޖެހޭ ގަދަރާއި އިޙްތިރާމް އެމަނިކުފާނަށް ވެސް ޙައްޤެވެ. ވެރިކަމުގައި ހުންނަވައިގެން ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ހިލާފަށް އެތައް ކަމެއް ކުރައްވާ، އިސްތިއުފާ ދެއްވުމަށް ފަހު ޖެހިގެން އައި ދުވަހު ގައުމުގެ ބޮޑު ބައެއްގައި ހުޅު ޖަހާ އަންދާލުމުގެ އަޑީގައި ހުންނެވީ ރައީސް ނަޝީދު ނަމަވެސް އެމަނިކުފާނަކީ މިރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އެހެންކަމުން ރައީސް ނަޝީދު ޖޯކަރަކަށްވެ، އެމަނިކުފާނުގެ ކޮންމެ ވާހަކައަކަށް މީހުން ހީ، މަލާމާތްކޮށް، އެމަނިކުފާނު ޖޯކަރަކަށް ހަދާ މަންޒަރު ފެނުމަކީ ރީތި މަންޒަރެއް ނޫނެވެ.

އެހެންކަމުން ޖޯކާއި ހަޤީޤަތުގެ ތަފާތު ރައީސް ނަޝީދު ދަސްކުރައްވަން އެބަޖެހެއެވެ.

މިވާހަކަ ދައްކަން މިޖެހެނީ ރައީސް ނަޝީދު ދާދިފަހުން ވިދާޅުވި ޖޯކެއްގެ ސަބަބުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަކީ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތަށް މީހުން ވައްދަން އުޅުއްވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރެވޭ ބޭފުޅެއް ކަމަށާއި ރާއްޖޭގައި ހުންނަވާ ސައުދީ އަރަބިއްޔާގެ ސަފީރު، ޝަހީމަށް މަރުހަބާ ދެންނެވުމަކީ ރާއްޖޭގައި ހަރުކަށި، ފިކުރުތައް އޮންނަން ބޭނުންވާ ކަމުގެ ހެއްކެއް ކަމަށެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމަކީ މިހާރު މުޅި ދުނިޔެއަށް ވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެކަން ހުއްޓުވުމަށް ރާއްޖެ އާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ކެނޑިނޭޅި މަސައްކަތް ކުރެއެވެ. ފެނުނު މަންޒަރަށް ބަލާއިރު ރައީސް ނަޝީދުގެ ވެރިކަމުގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުން ހުއްޓުވަން ކުރެވުނު އެކަށީގެންވާ މަސައްކަތެއް ނެތެވެ.

"ސީރިއާ ކޯލިން" ގެ ނަމުގައި ރާއްޖޭގެ އޮންލައިން ޕްލެޓް ފޯމްތަކުގައި ސީރިއާ އަށް މީހުން ދިއުމަށް ފާޅުގައި ގޮވާލަމުން ދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެކަން ހުއްޓުވަން ސަރުކާރަށް އޭރު ކުރެވުނު އެއްވެސް މަސައްކަތެއް ނެތެވެ. ހަރުކަށި ދީނީ ޚިޔާލުތައް ގެންގުޅެގެން ރައީސް މައުމޫންގެ ވެރިކަމުގައި "ބްލެކް ލިސްޓް" ވެފައި ތިބި މީހުންނަކީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރި ބަޠަލުން ކަމަށް ހެދީ ރައީސް ނަޝީދެވެ. އެމީހުންނަށް ރަނގަޅު ގޮތް ކިޔައިދިނުމުގެ ބަދަލުގައި ދީނީ ހަރުކަށި ފިކުރުތައް އިތުރަށް ފާޅުކުރުމަށް ރައީސް ނަޝީދުގެ ސަރުކާރުން އިތުރު ފުރުސަތުތައް ފަހިކޮށްދިނެވެ.

ރައީސް ނަޝީދުގެ ގެންގުޅުނު ސިޔާސަތަކީ ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ފިކުރެއް ފާޅު ކުރެވޭނެއެވެ. ދީނީ ގޮތުން ހައްދުފަހަނައަޅައި ދާމީހުންނާއި ދީން ގަބޫލުނުކޮށް އުޅެން ބޭނުންވާ މީހުންނަށް ވެސް ސަރުކާރުން އެފުރުސަތު ތަނަވަސް ކޮށްދިނެވެ. މާލޭގައި ދީނީ މިނިވަންކަމަށް ގޮވާލާ މުޒާހަރާ ކުރުމުގެ ފުރުސަތު ރައީސް ނަޝީދު ފަހިކޮށްދިނެވެ. އެމުޒާހަރާ ކުރި މީހުންނާއި މެދު ފިޔަވަޅެއް ނޭޅިއެވެ. މަޤުޞަދަކަށް ވެފައި އޮތީ ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތު ތަނަވަސް ކުރުމެވެ. އެފަދަ މާހައުލެއް އުފެއްދުމެވެ.

މީގެ ދިހަ އަހަރު ކުރިން ފެށިގެން އޭގެ ފަހުގެ ހަނދާންތައް ރަނގަޅަށް ހުރި ކޮންމެ މީހަކަށް ވެސް މިކަންކަން އެނގޭނެއެވެ. ހަނދާން ނެއްނަމަ ނޫސްތަކުގެ އަރުޝީފްތަކުން އެމައުލޫމާތުތައް ކިޔާލާ ހަނދާން އާކޮށްލާށެވެ.

ޙަޤީޤަތައް ފަސްއަޅައި ފޮރުވުމަށް ފަހު ރައީސް ނަޝީދު ޖޯކް ވިދާޅުވެގެން މަންޒަރު ބަދަލު ކޮށްލަން މަސައްކަތް ކުރަނީ ދޮން ފަރަންޖީންގެ ތާޢީދު އެމަނިކުފާނަށް ހޯދަންށެވެ. ޑރ.ޝަހީމް އާއި ސައުދީ އަރަބިއްޔާ އައިއެސް އާއި ގުޅުވުމަކީ ދޮން މީހުންގެ ތާޢީދު ރައީސް ނަޝީދާއި އެމްޑީޕީ އަށް އިތުރު ކުރަން ރައީސް ނަޝީދު ކުރައްވާ ކަމެކެވެ. ނަމަވެސް އެމަނިކުފާނަށް ނޭނގެނީ ފަރަންޖީންގެ ތާޢީދު ހޯދައިގެން ވެރިކަން ލިބެން ނެތް ކަމެވެ. ފަރަންޖީންގެ ތާޢީދު ހަމަައެކަނި ލިބިގެން ރާއްޖޭގެ ވެރިކަން ކުރެވޭނެމަ 2008 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ވެސް ރާއްޖޭގެ ވެރިކަމުގައި ހުންނަވާނީ ރައީސް ނަޝީދެވެ.

އެއްވެސް ހެއްކެއް ޤަރީނާއެއް ދެއްކުމެއް ނެތި ރައީސް ނަޝީދު ޑރ.ޝަހީމާއި ބެހޭގޮތުން ދެއްކި ވާހަކަ އިން ދޭހަވަނީ ރައީސް ނަޝީދު މިހާރު ޖޯކަރަކަށް ވެއްޖެ ކަމެވެ. އެވިދާޅުވަނީ ޖޯކަރުން ދައްކާ ފަދަ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. މޫސް

    ވަރަށް ރަގަލު ލިޔުމެއް

  2. ނޯމޯ

    ޑިކްޓޭޓަރ ކިޔާ އުޅެނީ ވެރިކަން ހިންގުމުގެ ބާރާ ޖުޑިޝިއަރީއާ ޤާނޫނު ހެދުމުގެ ބާރު އެއްކޮށް މުށުތެރެއަށް ލައިގެން އުޅޭ ވެރިންނަށް.. ނަޝީދުގެ 3 އަހަރުގެ ވެރިކަމުގަ މަޖިލިސް އަދި ޖުޑިޝިއަރީ މަސައްކަތްކުރީ ސީދާ ސަރުކާރާ ދެކޮޅަށް ޖެއްސުންކުރުމުގަ.. އެހެންވީމަހީއިޒް ނޯ މޯރ ޑިކްޓޭޓަރ

    • Anonymous

      އެހެންވެ ދޯ ކޯޓްތަކުގަ ތަޅު އަޅުވާ ގާޒީ ހައްޔަރު ކުރީ!!!

    • އިބްރާހީމް

      ހަމަ ބޭނުން ގޮތަކަށް މާނަކުރަންވީދޯ
      ޖުޑިޝަރީން ނާއި މަޖުލީހުން ތިމާ ބޭނުންވާ ގޮތަށް ކަންކަން ނިންމުމަކީ އެމީހަކު ޑިކުޓޭޓަރަކަށް ވާންވީ ސަބަބެއް ކަމަށް އެއްވެސް ބހެއްގައެއް ނޯންނާނެ. އެކަމަކު މަޖުލީހުން ހަދާފައިވާ ޤާނޫނުތަކާއި ޚިލާފަށް އަދި ކޯޓްތަކުގެ ބާރު ކަނޑުވާލަން ތަޅުއަޅުވައި ކުރެވޭ ކަންކަމަށް ކޮންމވެސް ގޮތެއް ނުވަތަ ނަމެއް އޮވޭ

      • ނަފާ

        އިބުރާހިމާ ދެން ރޭގަނޑު ދަންވަރު ކޯޓުގެ ފުރާޅުން ޓިނެއް ނަގައިގެން ވަދެ ފަނޑިޔާރުން ވަގަކަށް ނެގުމާ މަޖިލީހުގަ ތަޅު އެޅުވުމަކީ ކޮން ކަހަލަ ޓޭޓަރެއްކަމުގެ އަލާމާތެއް؟ އަދި ހަނދާން ނެތޭހާ ދުވަހެއް ނުވޭ

        • ޖޖޖ

          ގައުމަށް ގެންނަން އުޅުނު ބަޣާވާތަކާ ގުޅިގެން ކުއްލިނުރައްކަލުގެ ހާލަތުގައި ގާނޫނު ނުހިނގާނެ. އެއީ ގައުމާ ރައްޔިތުންނަށްޓަކައި އެވަގުތު ގާނޫނާ ހިލާފު ނުވާގޮތުން ކުރެވޭނެ ކަމެއް.

    • އަސްލުހާލަތު

      އާނ އެ ކޯޓުތަކުގެ ޖެއްސުން ބިޑުވީމަ..ސުޕުރީމް ކޯޓަލު ތަޅެއް ނާޅުވާ ތަޅު އެޅުވީ ޤާނޫނު އަސާސީގަ ބުނެފަ އޮތް އިންތިޤާލީ ސުޕުރީމްކޯޓު ނިމުމަކަށް އައިސް ޤާނޫނީ ހުސްކަމެއް އައީމަ.. އޭގެ ސަބަބުން ދާއިމީ ސުޕުރީމު ކޯޓެއް އުފެއްދުމަށް ޕުރެޝަރަކަށްވީ އޭރު މަޖިލީހުގެ މެޖޯރިޓީ ނަގައިގެން ތިބި އިދިކޮޅު ފަރާތްތަކަށްވެސް.. ހަޤީޤަތުގަ އެއީ ނަޝީދު ކުރެއްވި ޖިހާދެއް.. ކޯޓުގެ ފުރާޅުން ޓިނެއް ނަގައިގެން ދަންވަރު ވަދެ ފަނޑިޔާރުން ވަގަކަށް ނުނަގާ މަޖިލީހުގަ ތަޅެއް ނާޅުވާ

  3. އަބްދުއްލާ

    މިއީނާގާބިލު ޑިކްޓޭޓަރެއް 24 ގަޑިއިރު ތިމާގެ ސިކުންޑީ ވިލާތު ސަރުބަތު ތައްޓަކަށް ވައްޓާލައިގެން އުޅޭ މީހަކަށް ހަމަވިސްނުމެއް ނާންނާނެ .ވީމާ ދެއްކޭނީ ޖޯކު ވާހަކަ މިއީފަހުޒަމާނުގެ ޖުހާ ޖޯކު ޖުހާ

  4. ނާޖި

    ވަރަށް ފުރިހަމަ ލިޔުމެއް

  5. ހަހަ

    ދެން ޔާމީނު މި މާ ކޯޓު އަމުރަށް ތަބާވާ މީހެއް ވިއްޔާ

  6. މަަލަކުރި

    އިސްލާމްދީނުގައި، ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމެއް ނެތް، ތިޔައީ ބަޔަކު ހަދައިގެން މުސްލިމުންގެ މެދުގައި ހަމަޖެހުން ނަގާލާ ޣައިރުމުސްލިމުންގެ ދުއްތުރާ މުސްލިމުންގެ މައްޗަށް ހޯދައި ގަތުމަށް ބަޔަކު ހިންގާ ބޮޑު ޖަރީމާއެއް.
    އިސްލާމް ދީނަކީ އެއްދީނެއް.

  7. ބިން ސަޢުދު

    ވަގުތު ކުދިން ނަޝީދުން ސަލާމަތް ނުވެވިގެ އުޅެނިކޮށް އިރާދަކުރެއްވިއްޔާ އަހަރެމެން ޔާމީނު ބަލިކޮށް އެއްބުރުން އިންތިޚާބު ކާމިޔާބުކުރާނަން!

  8. އިބްރޭ

    ހަޤީގަތަށް ލިޔެފައިވާ ލިޔުމެއް.

  9. ރހހ

    ނަސީދަކީ ހުޅަގުގެ ޕަޕެޓެއް. ބުނެވޭނީ އެމީހުން ބުނާށޭ ބުނިއެއްޗެއް ބުނިމިންވަރައް. ކުރެވެވޭނީ އެމީހުން ކުރަންބޭނުންވާޒަތައް. ނަމުގެކުރިޔައް ޑިމޮކްރަސީ ކަމުގަ ހުދުމުހުތާރު މީ ހުޅަގުގެ ޢާންމުކަމެއް

  10. ސައްތާރު

    ރައީސް ކަންކުރެއްވި ނަޝީދަކީ ހަމަރަނގަޅެއްވެސް ޖޯކަރެކެވެ، އެބޭފުޅާ ރަނގަޅުވާނީ މުޅިގައިގާ ތަކަހޮޅި އަޅުއްވާފަ އަތައްބެރަށްދީ ދޮގުހަބަރު ކިޔާލަދީ މީހުން މުނިފޫހި ފިލުވަން މަގުމަތީބެހެއްޓުން!

    • ށިޔަާމޯ

      ވަރަށް ރަނގަޅު ލިޔުމެެއް

  11. ޙަމޭ

    ޙެޔޮކޮއް ތިބުނީ. ޢަސްލުވާގޮތަކީ ނަސީދުގެ އަޑު މަޑުވާން ފެށީމަ އޭނަ މީހުން ކެކޭކަހަލަ ވާހަކަ އެއްދައްކައިގެން ނޫސްތަކައް އެރުމުގެ ބޭނުމުގަ ކުރާ މަސައްކަތް.

  12. މުހަންމަދު

    ތިޔައީ އަނދޮލެއް ލާދީނީ ސޮރެއް މިޔައެއް ވާނުވާ ނޭންގޭ ގޮލައެއް

  13. ރެޓޭ

    ތިޔަކަމާ އެއްބަހެއް ނުވަމެވެ. ޔަޢްނީ ޖޯކަރުން ދައްކާ ޖޯކު ވާހަކަތަކަކީ އެއްވެސް މީހަކަށް ގެއްލުމެއް އަނިޔާއެއް ނުވާނޭ ފަދައިން ދައްކާ ހިނިއަންނަ ޒާތުގެ ވާހަކައެވެ. ނަމަވެސް މިކަލޭގެ ދައްކަނީ އެވާހަކަތަކެއްގެ ސަބަބުން މީހުންގެ އަބުރު ގެއްލި، ފިތުނަ އުފެދި، ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ކެނޑޭފަދަ ނުރައްކަތެރި ދޮގުވާހަކައެވެ. އެގޮތުން ޑރ.ޝަހީމް ގެ އިސްތަށިފުޅުގައި އެޅުވި ނުބައި އިލްޒާމާ، ސަޢޫދީ ޢަރަބިޔާ އަށް ނިސްބަތް ކޮށް ދެއްވި ވާހަކަތަކަށް ވިސްނާލަބަލާށެވެ. މީނާއަކީ އަބޫ ބުހުތާން އެވެ.

  14. Anonymous

    ނަޝީދު އާއި އަޅާގަނެގެން ނުނެއްޓިގެން ތިއުޅެނީ ތިޔަބޭފުޅާގެ އަނބިމީހާ ނަޝީދުދެކެ މާބޮޑަށް ލޯބިވާތީދޯ

  15. ބަަކަރި ރައޫފު

    ރައީސް ނަސީދޭ ބުނެލާ އިރަށް ހާދަ ފޮނެކޭ ދޯ ތިއަރުވަނީ. ޢަސްލު ޖޯކަަރުން ތިފެންނަނީ

  16. Anonymous

    ބަލަ މަގޭ ރަށަށް ގޮސްފައޭ ބުނީ މިރަށުގަ ރިހާކުރު ހޮޅި އަޅާނަމޭ!! އެހިސާބުންފައްޓައިގެން މަމިހުންނަނީ އޭނާ އެއީ މޮޔައެއްކަމަށް ދެކިގެން. އެކަހަލަ ވާހަކަ ނުދައްކާނެ ދޯ ހަމަޖެހޭ މީހަކު. އަސްލު ވެސް މީނާ މީ ބޮޑު ޖޯކަރެއް.

  17. ހެޔޮނިޔަތް

    ބަކަރި އައިނުގެ ފަހަތުގަ އޮއްނަ ބަކަރިއަށް ވެސް އޭގެފޫކޮޅުގަ ހުންނަ އެއްޗެއްނުފެނޭ.މިހާރު މިއޮތީ ވަރަށް ކޯޓުގެއަމުރަށް ތަބާވާ ގާނޫނާއި ގަވާއިދަށް ހުރުމަތް ތެރިކޮށް ހިތާސަރުކާރެއް.

  18. މާމަ

    ކަލޯ ދެން ދަގަ ދޮންމީހުންގެ ވޯޓު ހޯދަން. މަމެން ކަލޯ އަކަށް ވޯޓެއް ނުދޭނަމު.އަހުން ހާދަ ހިނި އާދެއޭ މި ސޮރު އުޅޭގޮތަކުން.

  19. އަޙްމަދު

    ގުރާދުގައި ހުންނާނެ ރަނގަޅުތަނެއް. ތިކަހަލަ މީހުންނަށް އެތަނުން ހިލޭވިސާ ލިބޭނެ.

  20. ގަނޑިޔާ!!!

    އަހަރެން ޔާމީނަކަށްވެސް އަންނިއަކަށްވެސް ތާއީދެއް ނުކުރަން. އަންނި އަކީ އުޅޭގޮތުންނާނާ ދައްކާ ވާހަކައިން މޮޔައެއްކަމަށް ބައެއްފަހަރަށް ހީވިޔަސް އެއީ ޑިކްޓޭޓަރެއްނޫން. އޭގެ އިދިކޮޅު ޔާމީން. އޭނަ އަކީ ޑިކްޓޭޓަރެކޭ ބުނެވޭނެ ކިތަންމެ ސަބަބެއް އެހެރީ ދިމާއަށް ފެންނަން.

  21. ފަޤީރު ކަލޯ!

    ރ ނަޝީދު ސިކުޑި ހަޖެހޭ ހެނެއް އަހުރެންނަކަށް ހީއެއްނުވޭ! އެކަމަކު އެއީ ނުބައި ނުލަފާކަމުން އުޅޭ ގޮތްކަމަށްވެސް ވެދާނެ! ހުރިހައި ނުބައި ކަމެއް ކުރަމުން ކުރިސްޓިޔަނުންނާ ގާތްގުޅުމެއް ބާއްވަމުން، އިސްލާމީ ޢިލްމުވެރިން އެއްޗިހި ކިޔަމުން އިސްލާމީ ޤައުމުތަކަށް ހުތުރު ބަސް ބުނަމުން، ބުދުފައްޅިތައް ވަށައި ތޮވާފު ކުރަމުން ދުވާއިރުވެސް އޭނާއަށް ތާއީދު ކުރާ މުސްލިމުންނޭ ކިޔާ ބަޔަކު މިޤައުގައި އެބަތިއްބެވެ.

  22. އައްޑަ

    މިހާރު ވެރިކަމުގަ ހުރި މީހަ ދައްކާ ވާހަކަ މާ ޖޯކު. ޕޯޑިއަމް ތަކަށް އަރާ ވަރަކަށް ވަނީ ބޭޒާރު

  23. ނުރަބޯ

    ކެރަފާ ނަޝީދަކީ ހަމައެކަނި ޖޯކަރެއްނޫނެވެ. އެއީ ނުރައްކައުތެރި ޖާދޫގަރެއް ވެސް މެއެވެ. މިކަން އެނގެނީ އޭނާގެ ފަހަތުގައި ތިބި އޭނާގެ އަޢުވާނުންނަށް ޖައްސާފައިވާ ވަރުގަދަ ސިޙުރެއްގެ ސަބަބުން އޭނާ ކިތަންމެ ނުބައިނުލަފާ ކަމެއްކުރިޔަސް އެކަން ގަބޫލުނުކުރެވުމާ އަދި އެފަދަ ކަންކަން ދިފާޢުކުރަން އެކިއެކި ބަހަނާތައް ދައްކަމުން ދާ ދިޔުމުންނެވެ. މިއާޓިކަލް އަށް ކޮށްފައިވާ ރީނދޫ ކޮމެންޓްތަކަށް ބަލާލީމާވެސް އެކަން ދޭހަވެއެވެ. ރޭގަނޑު ދަންވަރު އެއްވެސް ކުށެއްނެތް މީހަކު ޢަސްކަރީބާރު ބޭނުން ކޮށްގެން ހިފާހައްޔަރުކޮށް ރަހީނުކުރިކުރުމާ ދައުލަތުގެ މުވައްސަސާ އެއްގެ ވެރިން ކަމުގައިތިބެ ބައެއްގެ އަތުން ބޮޑެތި ޢަދަދު ތަކުން ރިޝްވަތުހިފާ، ހިނގަހިނގާ ހުރި ސަރުކާރެއް ގާނޫނީ އިމުންބޭރުން ވަށްޓާލަން އުޅުނުއުޅުންވެސް އެމީހުންގެ ނަޒަރުގައި ހަމަހަމައެވެ. އެހެން އެވަނީ ކުރިންވެސް ބުނިހެން މިމީހުންނަށް މިމީހުންގެ އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލޭފަދަ ވަރުގަދަ ސިޙުރެއް މިމީހުނަށް ޖައްސާފައިވާތީއެވެ. އަހަރުމެން ކުރިން ހީކުރަނީ އެންމެމޮޅަށް ސިޙުރު ހަދަން ދަންނަނީ ފިރުޢައުނުގެ ގާތުގައިތިބި ސިޙުރުވެރިން ކަމަށެވެ. އެކަމަކު ކެރަފާނަޝީދުގެ ކައިރީގައިތިބި ސިޙުރުވެރިން އެމީހުންނަށްވުރެ އެތައް ގުނައެއް މޮޅުކަން އެނގެއެވެ. އެމީހުންގެ ޖަގަހައިން ދޭ ބޮނޑިބަތްކޮޅެއް ކައިފިމީހަކު....!!! އޭނާގެ ކަންތައް އެހިސާބުން ނިމުނީއެވެ. ދެންޖެހޭނީ އިންޑިއާގައި ބައެއް ތިއޭޓަރ ތަކުގައި ދައްކާނެ އެމީހުން ހަދާފަތިބޭ ބުދުތަކެއް އޭގައި ހުންނާނި ވާކޮޅުތަކެއް ޖަހާފައެވެ އެވާކޮޅުތަކަށް ދަމާހެދުމުން ބުދު ހަރަކާތްކުރާގޮތަށް ވަރަށްމޮޅަށް އޭތި އެމީހުން ހަދާފައި ހުރެއެވެ. އެއަށް ކިޔާނަމަކީ ކަޓުޕުތުލީ އެވެ. މިބުނާ ރީނދޫ ސިޙުރުޖެހުމުން އެ ޖެހޭ މީހަކުވެސް ބަދަލުވަނީ މިބުނާކަހަލަ ކަޓުޕުތުލީ އަކަށެވެ. އެހިސާބުން ދެން އެމީހަކު ކެރަފާނަޝީދުގެ އަޅަކަށް އެ ބަދަލުވީއެވެ. އެހެންކަމުން ގައުމީ ކަމެއްގެ ގޮތުގައި ކުރަންވީ ކަމަކީ މިމީހުންގެ ކިބައިން ސިޙުރުފިލުވާލާނޭ ކޮންމެވެސް މައިތިރިއެއް ހެދުމެވެ. އެ ހަމަ ފިލާއިރަށް އެމީހުނަށް ހެޔޮވިސްނުން އަންނާނެއެވެ.

  24. ޙަސަނާ

    ނަޝީދުގެ ޑިކްޓޭޓަރު ވާހަކަ ދައްކާއިރު ވަގުތުގަ ތިބޭ ކުދިން ކިޔެލަބަލަ ކަމިނީގޭ ދައްޖާލުގެ ވާހަކަވެސް. ނުހައްޤުން އެތަށް ބަޔަކު ޖަލަށްލާ އެތަށް ބަޔަކަށް ވަނީ އަނިޔާވެރިވެފަ. ދިވެހިމާލިއްޔަތުން އެތަށް ފައިސާ އެއް ވަގަށް ނަގާ ކައިރީގައި އުޅޭ މީހުން މަހުޖަނުންނަށް ހަދާފި

  25. ޒުލޭ

    ނަޝީދުގެ ވެރިކަމުގައި ވަކި ކުލައިގެ މީހުންނަށް ކަންއޮތީ.މިހާރު އެހެންތަ؟