"ވޯޓަކީ އަމާނާތެއް، ވޯޓަކީ އަމާނާތެއް،" އިސްލާމީ ވަތަނީ ފިކުރު ކަމަށް ވަކާލާތު ކުރެވޭ ފިކުރުގައި ފެށުނީއްސުރެން ދެމިހުންނެވި މޫސާ ފަތުހީ އާދަމް ތަކުރާރުކޮށް ވިދާޅުވާ އެއް ވާހަކައަކީ މިއީއެވެ.

ފަތުހީއަކީ ކޮން ބޭފުޅެއް ކަން ށ. މަރޮށި، އެ އަތޮޅު ފޯކައިދޫ، އަދި ކޮމަންޑޫގެ ރައްޔިތުންނަށް އެނގޭނެއެވެ. އޭނާއަކީ ހިންގުމުގެ ދާއިރާއާއި ލާމަރުކަޒީ ހަޔާތެއް އޮތް ބޭފުޅެކެވެ. ސަރުކާރުގެ ވަޒީފާއެއް ފުރަތަމަ އަދާ ކުރެއްވީ 1986 ގައެވެ. އެއީ ކޮމަންޑޫ ކުޑަކަތީބު ކަމެވެ. އޭގެ ފަހުން އަތޮޅުވެރިޔާގެ އިސް އެހީތެރިޔާ، އަތޮޅުވެރިޔާ މުއާވީންގެ މަގާމުން ފެށިގެން ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވިއެވެ.

ސަރުކާރުގެ އިސް ވުޒާރާތުގައި ސިޔާސަތު ކަނޑައެޅުމުގެ ތަޖުރިބާއާ ހަމައަށް މޫސާ ފަތުހީގެ ސިޔާސީ އަދި ގައުމީ މަސައްކަތް ގޮސްފައިވެއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ކަމާއި ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމު ފުރުއްވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ނައިބެއްގެ މަގާމު ފުރުއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ ފަތުހީ "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަޖިލިހަށް ޚިދުމަތް ކުރައްވަން ނިންމެވީ ގައުމު އޮތް ހާލަތަށް ވިސްނަވައި، ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަން ޖެހޭތީ ކަމަށެވެ. އިސްލާމީ ވަތަނީ ފިކުރުގެ އަޑު މަޖިލިހުގެ ގުގުމަން ޖެހޭ ކަމަށް ގަބޫލު ކުރައްވައިގެންނެވެ.

ކޮމަންޑޫ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ފަތުހީ (ކ). --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

 

"ރާއްޖޭގެ ސިޔާސީ މަސްރަހުގެ ނާރެސް ވަކި ގޮތަކަށް ބަދަލުވުމުގެ އިންތިހާބަކަށް މި އިންތިހާބު ވެގެން ދާނެ، ޕީޕީއެމަށް މި އިންތިހާބު މުހިއްމުވާ ސަބަބަކީ ޕީޕީއެމުން ޒަމާނުއްސުރެ ވަކާލާތު ކުރަމުން އައި ހަމަތައް މިހާރު ނެތި ގެއްލިފައިވާތީ އެ ހަމަތައް އަލުން ދިރުވާ އާލާކޮށް، އިސްލާމީ ވަތަނީ ރޫހު އަށަގެންނެވުމަށްޓަކައި." އިންތިހާބަކީ އެތައް ގޮތަކުން މުހިއްމުވާ އިންތިހާބެއް ކަމުގައި ފާހަގަ ކުރައްވައި ފަތުހީ ވިދާޅުވިއެވެ.

ކޮމަންޑު އާއި ށ. އަތޮޅަށް ފަތުހީގެ ޚިދުމަތްތައް

ރަށްރަށް ހިންގުމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައިވާ މޫސާ ފަތުހީ އަކީ ށ. އަތޮޅު އޮފީހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ށ. އަތޮޅުގައި މީހުން އާބަދުކުރުމުގެ މަސައްކަތުގެ އިތުރުން، އެ އަތޮޅުގެ ތައުލީމީ ނިޒާމާއި، ސިއްހީ ނިޒާމް މިހާރު މިދެކޭ ފެންވަރަށް ތަރައްގީ ކުރުމުގެ މުގުލުގައި ހުންނެވި އެންމެ އިސް އެއް މުއައްސިސެވެ. އަދި ރާއްޖެއަށް ދިމާވި ސުނާމީ ފަދަ ކާރިސާތަކުގައި ވެސް ފަތުހީ ވަނީ ށ. އަތޮޅުގެ އިތުރުން މުޅި ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ.

ފަތުހީ. އޭނާއަކީ ދައުލަތަށް 32 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެއް.

"ސުނާމީގެ ސަބަބުން ރަށްތައް އާބާދުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު، ހާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަ ކުރަން ތ. އަތޮޅު ވިލުފުށި އާބާދުކުރުމާއި ރ. އަތޮޅު ދުވާފަރު އާބާދުކުރުމާއި އަދި އެ ނޫން ވެސް ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތަކެއް ބެލެހެއްޓުމުގެ އިސް މުވައްޒިފެއްގެ ގޮތުން އަޅުގަނޑު މަސައްކަތް ކުރިން. އެއީ މިނިސްޓްރީ އޮފް ޕްލޭނިންގެ ޑެޕިއުޓީއެއްގެ މަގާމުގައި ހުރެގެންނާއި އެ މިނިސްޓްރީގެ ޕޮލިޓިކަލް އެސިސްޓެންޓްގެ މަގާމުގައި ހުރެގެން. މިއީ އަޅުގަނޑު ވަރަށް ހިތްހަމަ ޖެހޭ ތަޖުރިބާއެއް،" ފަތުހީ ވިދާޅުވިއެވެ.

ރަށްރަށް އާރާސްތުކުރުމުގެ ތަޖުރިބާއާ އެކުގައި އެންމެ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލަށް އިންތިހާބުވެވަޑައިގެންފައެވެ. އޭރު ވެރިކަމުގައި އޮތް އެމްޑީޕީ އާއި ދެކޮޅަށް ނުކުންނަވައިގެން ވެސް އޭނާ ގަބޫލުކުރަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ އަތޮޅު ކައުންސިލަކީ އެންމެ ރަނގަޅު ކައުންސިލްގެ އެވޯޑް އެންމެ ގިނައިން ހާސިލްކޮށްފައިވާ ކައުންސިލްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެއީ ވަރަށް ދަތި ގޮންޖެހުން ބޮޑު މަސައްކަތެއް ކަމުގައެވެ.

"އެމްޑީޕީ ސަރުކާރާ އިދިކޮޅަށް، އެހެން ނަމަވެސް އެމްޑީޕީ ސަރުކާރުން ވެސް ގަބޫލުކުރާ ގޮތުގައި ށ. އަތޮޅު ކައުންސިލް އަކީ ވަރަށް އުފެއްދުންތެރި މަސައްކަތްތަކެއް ކޮށްފައިވާ ވަރަށް ގިނަ ކާމިޔާބީތައް ހާސިލްކުރި ކައުންސިލެއް." ސަރުކާރާއި ދެކޮޅު ފިކުރެއްގައި ހުންނަވައިގެން ވެސް ތަރައްގީ ގެނެވިދާނެ ކަން ފާހަގަ ކުރައްވައި ފަތުހީ ވިދާޅުވިއެވެ.

"ވޯޓަކީ އަމާނާތެއް، އަމާނާތްތެރިއަކަށް ބާރު ދޭންވީ"

މަޖިލީހުގެ މެންބަރެއްގެ ޒިންމާއަކީ ފަތުހީ އަށް އޮޅިވަޑައިގެންފައި އޮތް ކަމެއް ނޫނެވެ. އޭގެ ވެސް އެންމެ މުހިންމު މަސައްކަތަކީ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކަމުގައިވާ އިސްލާމީ ޝަރީއަތާ އެއް ގޮތަށް ގާނޫނުތައް އެކުލަވާލުމުގެ މަސައްކަތް ކުރުމެވެ. އަދި ދައުލަތް ހިނގަމުން ދަނީ ވެސް އެ ރޫޚުގައި މަތިން ކަން ޔަގީން ކުރުމެވެ. އެކަމަކު އިސްލާމީ ވަތަނީ ފިކުރަށް ގޮންޖެހުންތަކެއް އައިސް އޮތް ކަން ފަތުހީ ފާހަގަ ކުރައްވައެވެ. އެ ކަމަށް ފާރަވެރިވާނެ މެންބަރުން މަޖިލީހުގައި ގިނައިން ތިއްބަވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި ގާނޫނެއް އެކުލަވާލާއިރު ވާން މި ޖެހެނީ އިސްލާމީ އުސޫލުތަކާ ހިލާފުނުވާ ގޮތެއްގެ މަތިން. އެހެންކަމުން އިސްލާމީ ޝަރީއަތާއި، ހިންގުމުގެ ދާއިރާއިން އިލްމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއް އިހްތިޔާރު ކުރުމަކީ ރައްޔިތުންނަށް އޮތް ޒިންމާއެއް، ޒިންމާ އަދާކުރުމަށްޓަކައި ރައްޔިތުން އިންތިހާބު ކުރާ ވަކީލަކީ މި ދެންނެވި ކަންކަމަށް އެންމެ އެކަށިގެންވާ ފަރާތްތޯ ކަނޑައެޅުމަކީ ރައްޔިތުންގެ އަތުގައި އޮތް ވޯޓުގެ އަމާނާތް އޭގެ އެންމެ އަހުލުވެރި ފަރާތާއި ހަވާލުކުރުން،" ފަތުހީ ވިދާޅުވިއެވެ.

ފަތުހީ މަޖިލިސް ކެމްޕެއިންގައި.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ހީލަތްތެރި އިސްލާމީ ޝަރީއަތާ ހިލާފު ކަންކަމަށް ފާރަވެރިވެވޭނެ ބައެއްކަމުގައި ވާންޖެހޭނެ ކަމަށާއި އިންތިހާބުކުރައްވަން ވާނީ އެފަދަ ގާބިލު ބޭފުޅެއްކަމަށް ފަތުހީ ވިދާޅުވިއެވެ. އަދި އިސްލާމީ ރިވެތި އުސޫލުގައިވާ ގޮތަށް ސަރުކާރުން އަމަލުކުރޭތޯ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފާރަވެރިވާންޖެހޭނެކަން ވެސް ފާހަގަ ކުރެއްވާ އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރަކީ ވަތަނީ މީހެއްކަމުގައި ވެސް ވާންޖެހޭނެ ކަމަށެވެ.

"އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ އިސްލާމީ ޝަރީއަތާއި ޚިލާފު ކަންކަމަށް ފާރަވެރިވެވޭނެ މެންބަރަކު ބޭނުންވޭ، ދިވެހިންގެ އަމިއްލަ ވެރިކަން ޔަގީން ކުރެވޭނެ މެންބަރެއް ބޭނުންވޭ، އަމިއްލަ ވެރިކަމެއް ކުރަންޏާ އަޅުގަނޑުމެންގެ ދާހިލީ ކަންކަމުގެ ތެރެއަށް، ހާރިޖީ ކަންކަން، އިގްތިސާދީ ކަންކަން، އެނޫން ބައެއްގެ އަތަށް ދޫކޮށްލައިގެން ނުވާނެ." ފަތުހީ ހުންނެވި ޕީޕީއެމް/ޕީއެންސީގެ ފިކުރަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.

"ހުރަސްތައް ގިނަ، އެކަމަކު ފަހަތަކަށް ނުޖެހޭނަން"

މި އިންތިހާބާ ދިމާކޮށް އިންތިހާބުގެ ނަތީޖާ ވަކިގޮތަކަށް އަނބުރާލުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ފަތުހީ ވިދާޅުވެއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އިންތިޚާބާ ދިމާކޮށް ކޮމަންޑޫ ދާއިރާއަށް ބަޖެޓުން ވެސް ކަނޑައަޅާފައި ނުވާ މަސައްކަތްތަކެއް ފެށުމަކީ ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. މިއީ ވާދަވެރި ސިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފަތުހީ ހުންނެވިއިރު، އޭނާއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މި ކަންކަން ސިފަ ކުރެއްވިއެވެ.

ފަތުހީ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

"ކޮމަންޑޫ ދާއިރާގެ ތަރައްގީއަށް އަޅުގަނޑަށްވުރެ ބޮޑަށް އެދޭނެ ބޭފުޅެއް ހުންނާނެތޯ؟ ނުހުންނާނެ! އެހެންވިޔަސް އިންސާފުވެރިކަމާއި އެކުގައި ނުފޫޒުން ބަރީއަވެ، ދައުލަތުގެ ފައިސާ އާއި މުދާ ހަމަހަމަ ގޮތުގައި ބޭނުންކުރަން ޖެހޭނީ، ނަހަމަ ގޮތުގައި ބޭނުން ކޮށްގެން އެކަންކަން ކުރުމަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅުން ނޫން ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ފަތުހީ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ފަތުހީ ވިދާޅުވާން ބޭނުންވާ ވާހަކައަކީ މިއެވެ؛ ކޮމަންޑޫ ދާއިރާއަށް ތަރައްގީ ގެނައުމުގެ ވިސްނުން ސަރުކާރުގައި އޮތް ނަމަ އެ ކަމެއް މާ ކުރިން މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައެޅީހެެވެ. ބަޖެޓްގައި އޮތް ކަމަކީ ސަރުކާރުން ވިސްނި ކަންކަން ކަމެވެ. އޭގެ އިތުރަށް މިހާރު ފަށައިގެން އުޅޭ ކަމަކީ "ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން" ކުރެވޭ ކަންކަން ކަމުގައެވެ.

"އިސްލާމީ އިލްމުގެ އަޑު ގުގުމަން މުހިންމު ވެއްޖެ"

އިސްލާމީ ވަތަނީ އަޑު އިއްވަން ފަތުހީ އަބަދުވެސް މަސައްކަތް ކުރެއްވިއެވެ. އޭނާގެ ސިޔާސީ ހަޔާތުގައި ޖިސްމާނީ އަނިޔާތަކާއި ނަފްސާނީ އަނިޔާތަކާއި އަދި ފުރައްސާރަ ކުރުންތަކާއި މީގެ ކުރިން ވެސް ކުރިމަތިވެފައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އިޝާރާތް ކުރެއްްވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަތުހީ ޖަލަށްލުމަށެވެ. އިންސާފު ލިބިވަޑައިގަތް ކަމަކަށް ފަތުހީ ގަބޫލެއް ނުކުރައްވައެވެ. އެކަމަކު ކުރިން ވެސް ހުންނެވި ގޮތުގައި ދެމިހުންނަވަން ނިންމެވިއެވެ.

މި ވިސްނުން އިސްކޮށް ފަތުހީ ނުކުންނަވަނީ ބޮޑު މަސައްކަތެއް ކުރުމަށެވެ. ރާއްޖޭގެ ދައުލަތަކީ ސައްތައިންސައްތަ އިސްލާމީ ދައުލަތެކެވެ. ރާއްޖޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވެސް މި އޮންނަނީ އިސްލާމީ ޝަރީއަތާ ހިލާފުނުވާ ގޮތުގެ މަތިންނެވެ. ގާނޫނުތައް ވެސް އެކުލަވާލަން އޮތީ އިސްލާމީ ޝަރީއަތާއި ހިލާފުނުވާ ގޮތުގެ މަތިންނެވެ. ކުރެވޭ ކޮންމެ ޝަރީއަތެއް ވެސް މިއޮންނަނީ އިސްލާމީ ޝަރީއަތަށް ރިއާޔަތް ކުރެވިގެންނެވެ. އެކަމަކު މި ހުރިހާ ކަމަކަށް ގޮންޖެހުންތަކެއް އެބަ އާދެއެވެ. މި ކަމުން ގައުމު ސަލާމަތް ކުރަން މަޖިލީހުގައި އިސްލާމީ ޝަރީއަތުގެ އިލްމު ހުންނެވި ފަތުހީ ވަޑައިގަންނަވަން ބޭނުންވެއެވެ.

އިސްލާމި ދައުލަތެއްގައި ވެރިކަން ހިންގުމުގެ އެންމެ ބޮޑު އަމާޒަކަށް ވާން ޖެހޭނީ އަގީދާ ދެމެހެއްޓުން ކަމަށާއި އޭގެ ތެރޭގައި ދީން އުނގަންނައި ދިނުމާއި ދީނުގެ ޝިއާރު ފާޅުކުރުމާއި ދީނުގެ އަޅުކަން އަދާކުރުމަށްޓަކައި އެ ގައުމެއްގެ ރައްޔިތުންނަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދިނުން ހިމެނޭކަން ފަތުހީ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އާމްދަނީ މަދުވެގެން މިސްކިތްތައް ބަލަހައްޓަން ދާ ހަރަދަކީ އިސްރާފެއް ގޮތުގައި މިސަރުކާރުން ސިފަކޮށްފައިވާ ކަމަށާއި އެކަންކަމާ ދެކޮޅުވެރިވާން ޖެހޭނެ ކަމަށެވެ.

ފަތުހީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.

ފަތުހީގެ ވާހަކަ ނިންމާލެއްވީ ގައުމުގެ ހާލަތު، އޭނާގެ ނަޒަރިއްޔާތުން، ބަޔާން ކޮށްދެއްވަމުންނެވެ. އޭނާ ވިދާޅުވީ ގައުމުގެ އިގްތިސާދުގެ ކޮންޓްރޯލް އޮތީ އެހެން ބަޔެއްގެ އަތް މަތީގައި ކަމަށެވެ. ޚާރިޖީ ސިޔާސަތުގެ ކޮންޓްރޯލްއާއި ދާޚިލީ ކަންކަމުގައި ބަސް ބުނުގެ ކޮންޓްރޯލް ވެސް އޮތީ އެހެން ބަޔެއްގެ އަތް މަތީގައި ކަމަށް ވިދާޅުވިއެވެ. ބޭރުގެ ބައެއް ނުފޫޒުތަކުގައި މި ސަރުކާރުގެ ވެރިން ޖެހި، އިސްލާމީ އަދި ވަތަނީ ވިސްނުމެއް ގައުމުގައި ގެންދިއުމުގައި ގޮންޖެހުންތައް ގެނެސްފައި އޮތް ކަން ފާހަގަ ކުރެއްވިއެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުން މި ފަހަރުގެ އިންތިޚާބުގައި ވިސްނަވަންވީ، ގާނޫނު އަސާސީގައި ވެސް އޮންނަ ގޮތުގެ މަތިން، ދާއިރާގެ ރައްޔިތުންގެ އިތުރުން، މުޅި ގައުމީ މަސްލަހަތުގައި ވަކާލާތު ކުރެއްވުމުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވޭނެ ކަމުގެ ގާބިލް ކަން އޮތް ބޭފުޅަކަށެވެ. އެ ބޭފުޅަކު އިޚްތިޔާރު ކުރެއްވުމުގައި މަސައްކަތުގެ ތަޖުރިބާއާއި، ސިޔާސީ ހަޔާތާއި، އިސްލާމީ އިލްމު އޮތް ވަރެއް މިނެކިރަން ފަތުހީ ވަނީ ދާއިރާގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. އުސާމު

    ވޯޓް ނަންބަރ 2 އަށް ވޯޓްދެއްވާ ވަތަނީފަރާތަށް ވޯޓްދެއްވާ ފަތުހީއަށް ވޯޓްދެއްވާ ލާދިނީ މީހުންނާއި ލާދީނިއްޔަތަށް ވޯޓް ނުދެއްވައި ދީނާއި ވަތަނަށް ވޯޓްދެއްވާ ނަންބަރ2 އަށް ދެއްވާ ލާދީނީމީހުންނާއި ލާދީނީއްޔަތާއި ހާއިނުންނާއި ގައްދާރުންނަށް ވޯޓްނުދެއްވާ

    48
    18
    • ލޮލް

      ކަލޭހަމަތަ އުސާމު. މުސްލިމުންގެ ގޮތުގަތިބި ބަޔަކު ދީނުންބޭރުކުރުމަކީ ކަލެއަށްއޮތް ހައްގެއްނޫން. ތައުބާވޭ

      5
      3
    • ފާތުމަ

      ފަތުހީ އެއީ ދީންތަ އޮޅިއްޖެ

      7
      3
  2. Anonymous

    ދީންވެރި ޢިލްމުވެރި މާތްމީހާއަށް އިސްކަދޭން ޖެހޭ.
    އިންޝާﷲ
    މިފަހަރު ފަތުރު ގޮވަން ޖެހޭ

    50
    24
    • ހޮނިހިރު

      ދީނީ ވާހަކަ ދައްކަންވީ ކަލޭވެސަ މަވެސް…ބޮޑަށް ރަނގަޅީ އިސްލާމޭ ދީނޭ އިލްމޭ އަހުލާގޭ މަގުސަދޭ ނުކިޔާ، ބައިވަރު ފައިސާއޭ، ކާރޭ، އަންހެނުންނޭ، ޕަވަރޭ، ގޯއްޗޭ، ޕާރޓީއޭ ކީއްޔާ!

      11
      2
  3. ސަނީ

    އެސައިންމެންޓް ކޮޕީ ކުރާމީހުން ކޮން ވާހަކައެއް ދައްކާކަށް

    35
    28
  4. ރަދީފް

    ގުޑް ލަކް ފަތުހީ.

    48
    19
  5. ދަތްދޮޅި އާދަނު

    އެމްޑީޕީ ކެނޑިޑޭޓުން ހޮވަންވީ މިހިރަ ސަބަބުތަކަށްޓަކާ
    # އާސަންދަ ( އެމް.ޑީ.ޕީ )
    # ސުކޫލް ފޮތް ލިސްޓް ( އެމް.ޑީ.ޕީ )
    #ސުކޫލް ކުދިންގެ ނާސްތާ ( އެމް.ޑީ.ޕީ )
    # ދޮށީއުމުރުގެ ޕެންޟަން ( އެމްޑީ.ޕީީ )
    # އެކަނިވެރި މައިންގެ އެލަވެންސް ( އެމް.ޑީ.ޕީ )
    # ޚާއްސައެހީއަށް ބޭނުންވާފަރާތް ތަކަށްދޭއިނާޔަތް ( އެމް.ޑީ.ޕީ )
    # ޓެކްސް ގެ ނިޒާމް ( އެމް.ޑީ.ޕީ )
    # މިނިމަމް ވޭޖް ( އެމް.ޑީ.ޕީ )

    38
    79
    • ޙަަަހަ

      ހޮވަން ނުޖެހޭސަބަބު
      - މުޅިޤައުމުގެ މާލިއްޔަތު ހަމައެކަނި މިގޮނޑިހޮވަން ޚަރަދުކުރާތީ
      - 3 އަހަރުވީއިރު ނުހިނގާއޮތް ޕްރޮޖެކްޓްތައް ކުއްލިއަކަށް ހިނގަން ފެއްޓުމުން
      - ދީނަށް ހަޖޫޖަހާމީހުންނަށް ހިމާޔަތްދިނުން
      - ވެންޓީލޭޓަރުން ކުރި ވައްކަން ނުހޯދުން
      - 64 މެމްބަރުންނާއި ބޮޑުވަގު ކޯލިޝަންއަކުން ޤައުމަށއކޮށްދެވުނު ކަމެއް 1 މެމްބަރަކަށް ނުވަނެތީ

      48
      12
      • ދަތްދޮޅި އާދަނު

        ފަތުހީ ހޮވަންނުޖެހޭސަބަބު
        ރާއްޖޭގަ މިހާތަނަށް ހިންގި އެންމެބޮޑު ވައްކަމާ ކޮރަޕްޝަންގެ ޕާޓިން ކުތިމަތިލުން

        ރަށްފުށުގެ މީހުން މާލެ ސަރަހައްދަަށް ގެނެސް ކުދި ކުދި ގޮޅިތަކަށް އަޅަށްވިސްނާ ޕާޓިންކުރިމަތިލުން

        5 އަހަރުގެ ވެރިކަމެއްނިންމާލިއިރު ވެރިމީހާ އާއި ކައިރީގަ އުޅުނު އައުވާނުންގެ ޖީބުތަކާ ބެންކު އެކައުންޓްތައް ކަޅުފައިސާއިންފުރި އެމީހުންގެ ގެތައް ބުރިބުރިއަށް އަރަމުންދާއިރު އާންމު ރައްޔިތުމީހާއަށް ފަންޖިފުޑިގަނޑެއްގަ އުޅެންޖެހުން

        ބެންކޮކުން ހޯދަނީ ހިލޭ އަނހެނުންނެއް ނޫނޭބުނި ވެރިމީހާގެ ޕާޓީން ކުރިމަތިލުން

        ރައްޔިތުންނަށް އަފިހުން ދޭންބުނި މީހާގެ ޕާޓިން ކުރިމަތިލުން

        ހަރާމެއް ހަލާލެއް ބަލަން ނުޖެހޭނޭ ބުނި މީހާގެ ޕާޓީން ކުރިމަތިލުން

        11
        8
    • އަހްމަދު

      ޕެޓާނިތީލީވް ދަރިވަރުންނަށް (އެމްޑީޕ) މަށެއްނުން ބުނީ! ކޮންމެވެސް ރާޑޯ އަކީ ބުނީ

      1
      6
    • ޜަނާ

      ކިތައްމެ ކަމެއް ކޮށްދިނަސް މި ގައުމުގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފަތުރަން މަސައް ކަތް ކުރާ ބައެއް ތިޔަ ބުނާ ބައިގަނޑު ނޫނީ ނޫޅޭނެ . އަދި ރަސޫލާއަށާ އިސްލާމް ދީނަށް ހަޖޫ ޖެހުން ވެސް މިވެރިކަމުގަ ވަނީ ހައްދު ފަހަނަ އަޅާފަ .އަދި މަަސްތުވާ ހިކި އެއްޗިއްސާ ދިޔާ އެއްޗެހިވެސް ރޯމާދުވާލު އާއްމުކޮށް ގެންގުޅުންވެސް އެއީ މިސަރުކާރު އައިފަހުން އާއްމު ކަމަކަށް ވަނީ ވެފަ .ރުހުމުުގެ ލޮލަކަށްް އައިބެއް ނުފެންނާނެޔޭ ބުނޭނު .

      8
      1
    • މަޖިލިސް

      އެމްޑީޕީއަށް އިލެކުޝަން ކަމިޝަނުންނާއި ހެޔޮ އެދޭ ފަރާތްތަކުން ދޭ ރުފިޔާއިންތޯ ތިހިރަ ކަންކަން ކުރަނީ؟
      ގާނޫނު އަސާސީގަ ލާޒިމް ނުކުރާ ކަމެއް އެއްވެސް ސަރުކާރަކަށް ކުރެވޭތޯ ނިޒާމުގެ ބޭރުން؟
      ވާނުވާ ނޭންގި ވާހަކަ ނުދައްކަބަލަ، މީހުންނަށް އޮޅުވާލާން މަސައްކަތް ނުކުރޭ!
      ތި ހުރިހާ އެއްޗެއް ސަކީ މައުމޫނުގެ ފަހު 9 އަހަރު ދުވަހުން ޑްރާފްޓްކޮށް ލިޔެ ތައްޔާރު ކުރި ފެހި ގާނޫނު އަސާސީ ލާޒިމް ކުރާ ކަންކަން ހެހެހެ....
      އެއީ ކީ ނަޝީދު ޖީބަކުން އެމްޑީޕީ ބަޖެޓަކުން ޔާމީން އެކައުންޓަކުން އިބޫގެ ޕެންޝަން ފަންޑަކުން ދޭ އެއްޗެއްނޫން. ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ގާނޫނު އަސާސީ ލާޒިމް ކުރާތީ ދޭންޖެހޭ އެއްޗެހި. ވާނުވާނޭންގެންޏާ ހުރޭ ކޮމެންޓް ނުކޮށް.

      6
      1
  6. އަލީ އަލީ

    މަޖިލީހަށް ނުހޮވުނަސް އިސްލާމްދީންގެ އަޑު ގުގުމަން އުޅެންވީނު!

    54
    10
  7. ކޮމަޏް

    ކޮން އިސްލާމީ އެއް ކިޔާކަށް. ކަލޭމެން ގެ ޑިމޯންކުރޭޒީ އެއީ އިސްލާމް ކަމެއް ނޫން

    23
    13
    • ށަވިޔަނި

      ފަތުޙީއަކީކޮމަންޑޫ ދާއިރާއަށް ހޮވަން އެންމެ އެކަށޭނަ އެއްބޭފުޅާ

      40
      22
  8. ތެބެލިނާ

    ފަތުހީއަށް ދީނީ އިސްލާމީ އިލްމެއް ލިބިގެންވާނަމަ އެއަޑު ގުގުމަންވީ މަޖިލީހަކުނޫނެވެ އެއަޑު ގުގުމަންވީ ޔާމީނުގެ ކަންފަތްބުޑުގައެވެ. ދެންވަގުތެއް ވެއްޖެނަމަ އަދުރޭއާ މުހައްމަދު ސައީދުކަހަލަ މީހުންނަށްވެސް ތިއަޑު އިއްވާލާށެވެ އެހެނީ ފަތުހީއަށްވެސް އިންގޭނެފަދައިން މީހަކަށް ދައުލަތެއް ހިންގަންހަވާލުކުރުމުން ރައްޔިތުންގެ ލޯލާރިއެއްގައިވެސް ޖެހުމަކީ ކިހާބޮޑު ފާފައެއްކަމާ ކިހާބޮޑަށް ނަހީކުރައްވައިފައިވާކަމެއްކަން އެވެރިންނަކަށް ނޭގެއެވެ.

    45
    26
  9. ޢަދުރޭ

    ތުނބުޅިއެއް ނެތް. ފަޓުލޫނުގެ ފައިކުރި ކަށިމައްޗާ ހިސާބުން ބުރިކޮށްފައެއް ނޫން ހުރީ ކުލަވެއްޓިފަ ހުންނަ ފޭރާމެއް ނޫން ލަނީކީ ދެން ކިހިނެއް ދީނީ ޢިލްމުވެރިއެއް ކަމަށް ޤަބޫލު ކުރާނީ

    25
    15
  10. އަލްޖިބްރާ

    މީނަ ހޮވައިފިއްޔާ ގައުމު ތާލިބާނުންނަށް ވިއްކާލާނެ. ހިލާ ނުހޮވާތި

    16
    33
  11. މޯދީ

    އިސްލާމީ ޢިލްމުގެ އަޑު މަޖިލީހުގައި ނޫނީ ނީއްވަންތޯ ތިޔަ ހުންނަވަނީ؟ ގައިމު މިޤައުމުގެ ދީނީ ޢިލްމުވެރިން އެކިތަންތަނުގައި ދީނީ ތަޤުރީރުތައް ދެއްވާއިރު ފަތުޙީއެއް ނުފެނޭ އެފަދަ ތަނަކުންވެސް. ހަމަ މަޖިލިސް ނޫނީ އެކަމަށް އެކަށޭނަ ތަނެއް ނުފެނިގެން ދެއްތޯ ތި ހުންނަވަނީ؟

    32
    13
  12. އަހުމަދު

    ފަތުހީ ރަނގަޅުކަމަށް ފެނޭ

    26
    11
  13. ަލަކީ

    ޙެހެ ފަތުހީ. ބައްލަވާ އެއްފަހަރު ތިގޮވަނީ އިންޑިޔާ އައުޓް އަނެއްފަހަރު އިސްލާމް ދީން ބައްލަވާ މީ އިސްލާމީ ގައުމެކޭ

    19
    7
  14. ޙަަަހަ

    ބަހުސްގައި ފަތުހީގެ އެއްމެ ބަހަކުން އެނގޭ ފަތުހީއަކީ ޤައުމުދެކެ ލޯބިވާ މީހެއްކަން
    " ތިމަންނަ ވޯޓުހޯދަން ބޭނުމީ އަނެއްމީހާގެ ޒާތީވާހަކަ ދައްކާގެންނެއް ނޫނޭ "
    މީ އިސްލާހަށް ބޭނުންވާ ކޮންމެ ދިވެއްސެއްގެ ވިސްނުން ، ވަކި ޕާޓީ ވަކި މީހެއް ނޫން މުހިއްމީ ، މުހިއްމީއަބުރު ވެރި މުޖުތަމައުއަށް

    27
    9
  15. ޝޮކްތެރަޕީ

    ހެޔޮވިސްނޭ މީހުން މިފަހަރު އެމްޑީޕީޔަ ނުދޭނެ.

    29
    13
  16. ހަމީ

    ދަތްދޮޅި އާދަނާ ! ރ ޔާމީން ދައުރު ތިޔަކަންކަން ހުރީ ފަތުއަޑުކިޔާ ރައްޔިތުމީހާ އުފަލުން އުދުހޭ ހިސާބުގައި! މިހާރު ތިޔަ ކަންކަމާއި އެކު ރައްޔިތުން ދަތްދޮޅިން ވާގި ހުސްވެ ގޮތްހުސްވެ ތިޔަ ކަންކަމުންވެސް ވަނީ ހުސް ގެއްލުން! ތިޔަ ހުރިހާ ކަމަކުން އެމްޑީޕީ ވެރިން ރާބޮއި ޢަމަލުވެ ވައްކަން ކޮށް ގައުމު ދަވާލީ މިއޮއް! ރައްޔިތުމީހާ ހަތަރު އުދަރެސް ފެނު ޖެހިއްޖެ! ށ އަތޮޅު މީހުންނަށް ކުރު ފޮނިކޮށް ބުނެލަން އޮތީ އެމްޑީޕީ މީހެއްގެ ހައިސިއްޔަތުން އެމްޑީޕީ އަކީ ދޮގުހެދުމާއިއޮޅުވާލާގެން ވރިކަން ހަމައެކަނި ބޭނުންވެެގެން ތެޅި ފޮޅެބައެކޭ! ނުހޮވައްޗޭ އެމްޑީޕީ މީހަކު! ފަހުން ލިބޭ ހިތާމާ މާ މާ ބޮޑުވާނެ! ކުރިން ނުލިބުން ފޮންޏެއް ފަހުންވެސް ނުދޭނެ!

    26
    6
  17. ޙެސްކިޔާފަ

    ޔާންޓޭގެ މީހަކަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓެއްނުދޭނެ.އަދި ފަތުހީ ބާރުގަދަ މަގާމްތަކެއްގާ އަތޮޅުގާ ހުރިއިރު ކޮމަންޑޫއަށް އަދި އަތޮޅަށް ކުރިކަމެއް ކުރީ. ފުނަދޫއަށް އެކަނި!
    މީނައަށް ހެޔޮނުވާނެ ، ވޯޓުދޭން. ގާނޫނީ ދާއިރާގަ އިހަކަށްދުވަހު ހޭކިލިއަކަސް ....

    14
    19
  18. މިތުރާ

    ދީންފެންނަނީ މަތީ ފަޑިޔަށް އަރަން ވީމަތޯ؟ ދީނުގެ އަޑު އުފުލަން ޖެހެނީ މަޖިލީހުގަތޯ؟ ފަނޑިޔާރުގެ ކިހިނެއް ވަނީ؟ ބަލަގަ ބޭބޭ ! ބޭބެ އުފެދުމުގެ ކުރިން ވެސްދީން އޮ ވޭ!

    20
    11
  19. އަހުމަދު

    އިސްލާމީވަންތަކަން އެބަ ފެނޭ މޫނުމަތިންވެސް އަދި ވަތަނީ އިސްލާމީ ފިކުރޭ ބުނީމަ އިސްލާމް ވަންތަކަން އިތުރުވެފަ ހުރިވަރު އެނގިއްޖެ.

    9
    2
  20. ފިތުނަ ފަސާދަ

    ޖާހިލުން ގެ ވާހަކަ

    8
    6
  21. ހޮވާހޮވާ

    ކޮމަންޑޫ ދާއިރާގެ ރައްޔިތުން ދަނެގަންނަންވީ އެއީ އެމްޑީޕީ އަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ދިނުން އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނޭ ކަމެއް ނޫން ކަން ކޮމަންޑޫ ދާއިރާ ތަރައްގީ ކުރަން ބޭނުންނަމަ މިފަހަރު ތިޔާ ހުރި ފޯރި ހުންނާނީ ކޮމަންޑޫ ދާއިރާގެ ގޮނޑި އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓް ފައްތޭ އަށް ދިނިއްޔާއޭ އެއިރުން މިވަގު ސަރުކާރުގެ ވަގުން ތައް ވަގު ފައިސާ ހިފައިގެން ގޮސް ކޮމަންޑޫ ދާއިރާގައި އަޅާފައި ތިބޭނެ ނޫންތޭ އައި ބެޓް ފައްތޭ އިޒް ދަ ބެސްޓް ކެންޑިޑޭޭޓް އިނގޭތޭ..

    3
    3
  22. ޔަމަން

    # އާސަންދަ ( އެމް.ޑީ.ޕީ )
    # ސުކޫލް ފޮތް ލިސްޓް ( އެމް.ޑީ.ޕީ )
    #ސުކޫލް ކުދިންގެ ނާސްތާ ( އެމް.ޑީ.ޕީ )
    # ދޮށީއުމުރުގެ ޕެންޟަން ( އެމްޑީ.ޕީީ )
    # އެކަނިވެރި މައިންގެ އެލަވެންސް ( އެމް.ޑީ.ޕީ )
    # ޚާއްސައެހީއަށް ބޭނުންވާފަރާތް ތަކަށްދޭއިނާޔަތް ( އެމް.ޑީ.ޕީ )
    # ޓެކްސް ގެ ނިޒާމް ( އެމް.ޑީ.ޕީ )
    # މިނިމަމް ވޭޖް ( އެމް.ޑީ.ޕީ )

    ރިފަރެންސް: މަންމާފުޅު އަދުރޭ

    6
    3
  23. ރިމެމްބަރ

    ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ

    6
    7
  24. Anonymous

    އިލްމު ހުރި ތަޖްރިބާ ހުރި ފަރާތަކަށް މަޖިލީހުގެ ގޮނޑި އެންމެއެކަށީގެންވަނީ ހަމަ ފަތުހީ . ވަކިކުލައެއް ވީމަކާނޫން.

    3
    5
  25. ބަކުރުބެ

    މޫސާ ފަތުހީ މާމޮޅު ދީނީ ޢިލްމުވެރިއަކަށް ހެދިގެން އެހެންމީހުނަށް އިސްލާމްދީން ދަސްކޮށް ދޭން މި އުޅެނީ އަނެއްކާ ކޮން ވިލާތަކުން މާމޮޅަށް ކިޔެވުނީ ބާ؟ ވަތަނީ ފިކުރޭ ކިޔައި ޤައުމުގެ ހަލާކަށް ވިސްނައި މަސައްކަތްކުރާ މީހުންނަށް ހެއްލުމަކީ ޤައުމުގެ ކުރިމަގަށް އެޅޭ ހުރަހެއް.

    7
    2
  26. ލޮލް

    މީ ކަނޑުކޮހެެއް

    8
    2
  27. ބޮސް

    ތިޔަ މަޖިލިސް މިހާރު މިއޮތް ފައްކާވެފަ އޮތްވަރަށްވުރެ އިތުރަށް ފުރިހަމަވާނެ ދީނީ ދަންނަބޭކަލު ހޮވީމަ. ޕީޕީއެމް ކޮންމެވެސް ކުއްޖަކުސާފުކޮށްދީބަލަ އެސައިންމަންޓް ކޮޕީކުރިތޯ މިސޮރު. އޭރުން މަށަށް މިސޮރަށް ވޯޓްދޭން އިނގޭނީ.

    5
    1
  28. ފީރޯޒު

    އިސްލާމްދީނުގެ ނަމުގައި ރައްޔިތުންގެ އިހުސާސްތަކަށް އެއްވެސް ފަރާތަކުން ޗިޕް ނުޖަހާ، ތިމާގެ ގާބިލްކަމާއި މިއަދާހަމަޔަށް ތިމާ ދެއްކި ހަގީގަތަށް ވޯޓު ހޯދަން މަސައްކަތްކުރުން ބުއްދިވެރި.

    3
    2
  29. އައުޓް

    ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް ސަރުކާރު އަައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް

    4
    2
  30. އިސްމާޢިލް

    ހެޔޮވިސްނޭ މީހުން މިފަހަރު އެމްޑީޕީޔަށް ވޯޓް ދޭނެ
    މިފަހަރު މަޖިލިހަށް ފަތުހީ ނުހޮވުނަސް އެކި ފޯރަމްތަކުގައި އިސްލާމީ އިލްމުގެ އަޑު އުފުލަން އެދެން. އަދި ދީނީ ރިވެތި އާދަތައް ބޭފުޅާގެ ގާގައި އަށަގެންނެވުމަށް ނަސޭޙަތްތެރިވަން. ކޮންމެހެން މަޖިލިހުގައި ނޫނީ ރައީސްލު ޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެންނެން ނޫންތޯ ދީނީ އަޑު އުފުލަން ޖެހޭނީ.
    ފަތުހީ އަކީ އަޅުގަނޑުމެންގެ ޒަމާންވީ އާއިލީ ރައްޓެހި އަހެއް، އެއްތަށިމަތިން ކައިބޮއެ އުޅުއްވި ބޭފުޅެއް. ކޮންމެ ފަހަރަކުވެސް ވޯޓަށް ވީމަ ދުރުވާނެ. އެހެންނަމަވެސް އަޅުގަނޑު ބައްޕަ ސްޓޯރކެއް ޖެހިގެން ރާއްޖެއިން ބޭރަށް ދާންވެގެން އެއާރޕޯރޓް ޑިޕާރޗާރ ތެރެއިން ފަތުހީއަށް ފެނުމުންވެސް ފެންނަކަމަށް ނުހަދާ ދުރުވީ. ދީނުގައި މިކަން އޮންނަނީ މިހެންތޯ؟ބޭނުންޖެހޭ ވަގުތު ރައްޓެހިކަން، ބޭނުންމެއް ނެތިއްޔާ ރައްޓެހިކަމެއް ނޯވޭ. އެކަން ރަނގަޅުކޮށްލާފައި ވޯޓް ހޯދަން ދުރުވޭ. އޭރުން ވޯޓް ދޭނަން. ދުނިޔެ އޮތްހާ ދުވަހަކު އިންތިހާބުތައް އޮންނާނެތާ

    7
    2
  31. އާލިމު1

    ކޮން އިލްމެއް އަނެއްކާ. އިކޮނޮމިކްސް، ފައިނޭންސް؟ ސޯޝޮލޮޖީ؟ އިންޖިނިއަރިން، މެޑިސިން؟ އިލެކްޓްރޯނިކްސް؟ އެގްރިކަލްޗަރ؟ ފިޝަރީޒް؟ ސޯޝަލް ސައިންސެސް؟ ނޫނީ އޭނަބުނި މީނަބުނި އިލްމު؟؟

  32. ރޯނުއެދުރު

    ގައުމެއްގައި ވަކާލަތުކުރުމަށާއި ރަށްޔިތުންގެ އަޑުއިއްވެވުމަށް އެގައުމެއްގެ ރަށްޔިތުން އިންތިޚާބުކުރައްށްވާފައިވާ ރަށްޔިތުންގެ މަޖިލީހަކީ ވަރަށްމުހިއްމު ތަނެއް ވީމާ، އިސްލާމީގައުމެއްގައި މަޖިލީހުގައި އިސްލާމީޢިލްމުގެއަޑު ގުގުމަން އިސްލާމީއުއްމަތް އިންތިހާއަށް މިހާރުބޭނުންވެފައިވާއިރު އެފުރުސަތުގެބޭނުންކުރައްވާ މަޖިލީހުގެ މެޖޯރިޓީ ނާގާބިލް ފަރާތްތަކަކަށް ދެއްވާއިސްލާމީ ޢިލްމުނުގުގުމާ، ގުގުމަން ނުވެސްދަންނަ ފަރާތްތަކަކަށް އެފުރުސަތު ނުދެއްވުމަށް( ފަތުހީފަދަ ބޭފުޅަކަށް ފުރުސަތުދެއްވުމަށް ) ދިވެހިދަރި އެއްގެހައިސިއްޔަތުންނާއި އިސްމީޢިލްމަށް ލޯބިކުރާ ފަރާތެއްގެ ހައިސިއްޔަތުން ދިވެހިދަރިންގެ ކިބައިން އާދޭހަށްއެދެން

  33. 13ވގ

    ތިކަމެއް ނޫންކުރާނީ ޔާމީން ކޮއްފަހުރި ވައްކަން އެއީ ނޫންކަމަކައްހަދަންވަކާލަތުކުރާނި މިހުރިހާދުވަހުވިސްކުރީއެކަންތައް ދެންވެސް ތިފަތުހޫ ކުރާނި ހަމައެކަން