ޔޫރަޕްގެ އިއްތިހާދު (އީޔޫ) އެކުލެވިގެން ވަނީ އިސްތިއުމާރީ ބާރުތަކުގެ މައްޗަށެވެ. އީޔޫގެ ނަން ހިނގާ އެންމެ އިސް ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ސްވިޑަން ފަދަ ގައުމުތަކަކީ އެތައް ގައުމެއް އަޅުވެތި ކޮށްފައިވާ ގައުމުތަކެވެ. މީގެ އިތުރުން ޖަރުމަންވިލާތަކީ ވެސް އެހެން ގައުމުތައް އަޅުވެތި ކުރުމުގެ ސަގާފަތެއް ދާދި މިދާކަށް ދުވަހާއި ހަމައަށް ވެސް ގެންގުޅެމުން އައި ގައުމެކެވެ. އެހެންކަމުން އީޔޫގެ ވިސްނުމާއި ފިކުރު ބައްޓަން ވެފައި އޮތީ އެހެން ގައުމުތަކުގެ މައްޗަށް ނުފޫޒާއި ބާރު ފޯރުވުމުގެ މައްޗަށެވެ.

ދިވެހިރާއްޖެ ކޮމަންވެލްތު އިން ވަކިވުމާއި ހިސާބުން އީޔޫ އިން ރާއްޖެ އާއި "އަޅައިގަތެވެ." އީޔޫ އުފެދުނީ 1993 ވަނަ އަހަރު އެވެ. އީޔޫ އުފެދުނު ފަހުން އެމްޑީޕީ އިން އެސިފަކުރާ މައުމޫންގެ ހުދުމުހުތާރު ވެރިކަން ވެސް 15 އަހަރު ކުރިއެވެ. އެތައް ސިޔާސީ ބޭފުޅުންނެއް ކޯޓުގެ އަމުރެއް ވެސް ނެތި ޖަލުގައި އެތައް ދުވަހަކު ގެންގުޅުނެވެ. ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ކަފުންކޮށް ވަޅުލާފައެވެ. ނަމަވެސް އީޔޫ އިން މައުމޫނާއި، އެސަރުކާރުގެ ވެރިންނަށް ފިޔަވަޅެއް ނާޅައެވެ. ސަބަބު ސާފެވެ. ރައީސް މައުމޫން ގެންގުޅުނު ދޫދިނުމާއި، މަޑުމައިތިރި، ޔަހޫދީންނާއި ރައްޓެހި ސިޔާސަތު އީޔޫ އަށް އޯކޭ ވީއެވެ.

ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ފަރަންޖީގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކުއެވެ. ހުޅަނގުގެ މީޑިއާ އިން ރައީސް ނަޝީދުގެ ބޮލުގައި އޮތީ ޑިމޮކްރަޓިކް ތާކިހަލެއް އަޅުވާފައެވެ. މީޑިއާ ސްޓަންޓްތަކުގެ ސަބަބުން ރައީސް ނަޝީދު ހުޅަނގަށް ވަރަށް މަޝްހޫރެވެ. ވެރިކަމަށް ވަޑައިގެން އެއްވެސް ކޯޓު އަމުރަކަށް ތަބާނުވެ، އެއްވެސް ޤާނޫނަކަށް ބޯނުލަނބާ ރައީސް ނަޝީދު ހިންގެވި އަމަލުތައް އީޔޫ އަށް އޯކޭ އެވެ. ފަނޑިޔާރަކު ވަގަށް ނަގައިގެން، ނިޒާމު ގެއްލުވާލަން ރައީސް ނަޝީދު ހިންގެވި އަމަލު ވެސް އީޔޫ އަށް އޯކޭ އެވެ. އެކުށަށް އަދަބު ދިނުމަށް މިއަދުވެސް އީޔޫ އިން ދެކޮޅެވެ. ރައީސް ނަޝީދުގެ ހިމާޔަތުގައި އީޔޫ އިން މަސައްކަތް ކުރާ ސަބަބު ވަރަށް ސާފެވެ. ތަފްސީލަށް ކޮންމެހެން ދިއުމުގެ ބޭނުމެއް ވެސް ނެތެވެ.

އީޔޫ އިން މިއަދު ރާއްޖެ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ނޭޅި ނަމަވެސް އެފަދަ ފިޔަވަޅެއް އީޔޫ އިން ރާއްޖެ އާއި މެދު ކުރިއަށް އޮތްތަނުގައި އެޅުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ފިޔަވަޅެއް އީޔޫ އިން އެޅުން އެއީ ހައިރާން ކުރަނިވި ޚަބަރަކަށް ނުވެސް ވާނެއެވެ. ދެކޮޅުވެރިންނާ ކުރިމަތިލާ ކޮންމެ ފަހަރަކު މޮޅުވުން އެއީ އެއްވެސް ބަޔަކަށް ކުރެވޭ ކަމެއް ނޫނެވެ. މޮޅުވާ ފަހަރާއި ބަލިވާ ފަހަރު އަންނާނެއެވެ. ނަމަވެސް އެންމެ ވަރުގަދަ މީހުންނަކީ ވެއްޓުމުން ވެސް ތެދުވެ އަނެއްކާ ދުއްވައިގަންނަ މީހުންނެވެ. ދުޝްމަނުންގެ ބަޑީގެ އުންޑައިގެ ކުރިމައްޗަށް ނިކުންނަން ފަސް ޖެހިގެން ނުވާނެއެވެ.

ރައީސް ޔާމީންގެ ވެރިކަމަށް މިއަދަށް މިފުރުނީ ހަތަރު އަހަރާއި އަށް މަސް ދުވަހެވެ. މިމުއްދަތުގައި ރައީސް ޔާމީން ސާބިތުކޮށްދިން އެއް ކަމަކީ ދިވެހިރާއްޖެ އަކީ ސައިޒުގެ ގޮތުން ކިތަންމެ ކުޑަވެފައި ވަސީލަތުގެ ގޮތުން ކިތަންމެ ފަގީރު ގައުމެއް ނަަމަވެސް ބައިނަލްއަޤުވާމީ މައިދާނުގައި ބަސް ބުނުމާއި، ދިވެހިން ގަބޫލުކުރާ ގަބޫލުކުރުންތައް ފާޅުކުރުމުގައި ފަހަތައް ޖެހޭނެ ގައުމެއް ނޫން ކަމެވެ.

އިސްތިގުލާލާއި ސިޔާދަތު ދެމެހެއްޓުމުގައި ރައީސް ޔާމީން އަކީ ރާއްޖޭގެ ތާރީޚްގައި ރަން އަކުރުން ލިޔެވޭނެ ލީޑަރެކެވެ. އިބްރާހިމް ނާސިރު އިނގިރޭސީންގެ ކުރިމަތީގައި ދެއްކެވި ފަދަ ހިތްވަރެއް ރައީސް ޔާމީން ބައިނަލްއަޤުވާމީ މައިދާނުގައި ދައްކުވައި ދެއްވައިފިއެވެ.

ދީނީ މިނިވަންކަން ރާއްޖޭގައި ދިނުމަށް ގޮވާލާ ވަރުގަދަ ގޮވާލުންތަކުގެ ކުރިމައްޗަށް ނިކުމެ، އެގޮވާލުންތަކާއި ވަރަށް ފާޅުގައި ދެކޮޅު ހައްދަވަމުން ގެންދިއުމަކީ ރައީސް ޔާމީން ދިވެހިރާއްޖެ އަށްޓަކައި އަދި ދިވެހިރާއްޖޭގެ މުސްތަގުބަލަށްޓަކައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ވަރަށް ފުރިހަމަ ޖިހާދެކެވެ. ރައީސް ޔާމީން ހުޅަނގުގެ ފޭވަރިޓަކަށް ނުވެގެން އުޅޭ ސަބަބަކީ ވެސް އެއީ އެވެ.

ދިވެހިރާއްޖޭގައި މިއޮތީ ރަސްކަމުގެ ނިޒާމެއް ނޫނެވެ. އެހެންކަމުން ވެރިއަކަށް ހުންނަ މީހާ ބޭނުންވި ނަމަވެސް ޖިނާޢީ ކުށްވެރިޔަކު މިނިވަންކޮށް ދޫކޮށް ލެވޭނެ ގޮތެއް ނެތެވެ. ޤާނޫނުގެ ޙުކުމް އެއްވެސް ތަފާތު ކުރުމެއް ނެތި ދެމެހެއްޓުމުގައި ކުރިމަތިވާ ޕްރެޝަރަކަށް ނުބައްލަވާ ރައީސް ޔާމީން ދައްކަވަމުން ގެންދަވަނީ ހިތްވަރުގަދަ ކަމުގެ މިސާލެކެވެ.

އީޔޫ އިން އަޅާފާނެ ފިނޑި ފިޔަވަޅެއްގެ ސަބަބުން ފަހަތައް ޖެހިވަޑައިގަތުމުގެ ބަދަލުގައި ގައުމުގެ އިސްތިގުލާލު ދިފާޢު ކުރުމުގައި އިތުރު ހިތްވަރެއް ރައީސް ޔާމީން މިއަދު ލައްވާނެއެވެ. ކޮންމެވެސް ވަރެއްގެ ޤުރުބާނީއެއް މިއަދު ވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް ފާއިތުވި ތަނުގައި ދެއްކެވި ފަދަ ކުޅަދާނަ ކަމެއް އަދި ރައީސް ޔާމީން ތަކުރާރު ކުރައްވަން އެބަޖެހެއެވެ.

އީޔޫގެ އަސާސުތަކުގެ މައްޗަށް އީޔޫގެ އަމަލުތައް ބަހައްޓަމުން އަންނަ ފަދައިން ދިވެހިރާއްޖެ އިން ދިވެހިރާއްޖެ ގަބޫލުކޮށްފައިވާ އަސާސުތަކުގައި ހިފަހައްޓަން އެބަޖެހެއެވެ. ދިވެހިންގެ އަސާސްތައް ދޫކޮށް ފަރަންޖީގެ ގޮނޑިކޮއްކޮ އަކަށް ދިވެހިން ވާކަށް ނުޖެހެއެވެ. އެފުރުސަތު ރައީސް ޔާމީން ނުވެސް ދެއްވާނެ އެވެ. އެމަނިކުފާނު ވަނީ އެކަން މީގެ ކުރިން ސާބިތުވެސް ކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

60 ކޮމެންޓް

 1. ބޯގޯސް ނަވާޒު

  ދޮންކަލޯ ކިހާވަރެއް ދީގެންތަ މިކަހަލަ "މޫނުމަތި ރީތިކޮށްދޭ" ލިޔުންތައް ލިޔެދެނީ.
  ނަވާޒޫ.... މައުމޫނަކީ ޔަހޫދީންނާ ގުޅުން ބޭއްވެވި، ޔަހޫދީން ރުއްސި ރައީސެއްނޫން. މީހެއްގެ، ގައުމެއްގެ ހަގީގާތާ ތާރީޚް އޮޅުވާލުމަކީ ކިހާވަރެއްގެ ކަމެއްކަން ދަންނަމުތަ ދޮންކަލޯ. ތީ ވަރަށްބޮޑު ޖަރީމާއެއް،

  • Anonymous

   ކަލޭ ތިޔަ ކޮމެންޓް ކުރަނީ ޔަހޫދީން ކިހާވަރެއް ދޭނެކަމށް؟

  • ޢަހަންމާ

   ކަލޭ ކިތަންމެ ހަޖަމު ނުވިޔަސް މައުމޫން ރާއްޖޭ ހިނގީ އަޅުވެތި ކަމެއްގަ ބާއްވައިގެން. އީޔޫ ބަލާގައި އަންނި %95 ހިއްސާވާއިރު މައުމޫން އަނެއްބައިގެ ޒިންމާ ނަގަންޖެހޭ.

   ޤިޔާމަތް ދުވަހުން މިގައުމު ފުޑާލަން މަސައްކަތް ކުރާ ލާދީނީ ބައިގަނޑު ހާލެއްގައި ތެޅެނެ. އިންޝާﷲ

  • ނަމެއްނުޖަހާނަން

   ކަލޭގެ ކޮމެންޓައް ކިހާވަރެއްގެ ޓޮޕަޕެއްދިން؟

  • Anonymous

   ކަލޯ މައުމޫނީންގެ ދައުރުގައި ޔަހޫދީ އުފެއްދުންތައް ރާއްޖޭގައި އެއް ވެސް ހުރަހަކާނުލައި ވިއްކާ.!!ޔަހޫދީ ގައމުގެ މުދާ އެތެރެ ކުރި.

  • އަޒާ

   އެހެންވީމާ ދޯ ޔަހޫދީންގެ ބޮޑު ފާދިރީގެ ލަގަބު ހިއްޕަވައިގެން މައުމޫން ވަޑައިގަތީ..؟؟

 2. ޢަލީ

  ސިޔާސީ ރެޕޯޓް އަށް ވަރައް ތާއީދު

 3. ފާތިމާ

  މީގަ ލިޔެފަ މި ހުރީ ރަނގަޅު ވާހަކައެއް ތި އީޔޫ މީހުން މިއުޅެނި ކިހާ ވަރެއް ދީގެންބާ! ސާބަސް ރަޢީސް ޔާމީން އަށް

 4. މަކަރު އީޔޫ

  ހަގީގީ ރިޕޯޓެއް ވަރައް ސަޅި ލިޔުން ކޮޅެއް.

 5. ޒާ

  ފުރާންސުން ޓިއުނީޝިއާއާއި ޖަޒާއިރު ފަދަ ގައުމުތަކަށް ވެރިގެން އުޅުނުއިރު އެގައުމުތަކުގެ މީހުން އެއްވެސް ހައްގަކާއި ނުލައި މަގުމަތީ ބަޑިޖަހާ މެރި ވީޑިއޯތައް އަދިވެސް ފެންނަން އެހެރީ. ކޮން އިންސާނީ ހައްގެއްގެ ވާހަކަ މިއަދު އެދައްކަނީ. ލަދު ނުގަންނަ އިސްތިޢުމާރީ ބާރުތަކެއް އެއީ.

 6. ރިޔާޒު

  ތިރިޕޯޓަށް ތާއިދު

 7. އަލީ

  ސާބަހޭ ރައީސް ޔާމީން.

 8. އައްޔު

  ވަރަށް ފުރިހަމަ ލިޔުމެއް ވަކި މީހަކު ޕްރޮމޯޓް ކުރުމަށް މަސައްކަތްކޮށްފައިނެތްއިރު ހަޤީޤީ ވާހަކަ ލިޔުމަކީ ވަކިކޮޅަކަށް ލިޔުމެއް ނޫންކަމުގައި އިނދިކީލި ވިސްނުމުގެ ދޯހަޅި މީހުންނަށް ދަންނަވާލަން

  • ބެއްޔާ

   ކަލޭ ތީ ވިކި ހުސްވެފަ ހުރި މީހެއް.

 9. " ނަޝީދު "

  "ނުރުހުމުގެ ލޮލަކަށް ރީއްޗެއްނުފެންނާނެ." "އަދި ރުހުމުގެ ލޮލަކަށް ހުތުރެއް ނުފެންނާނެ." ވީމާ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޔާމީނު ކާމިޔާބު ކޮށްފިނަމަ، އެއީ މަކަރާއި ޙީލަތް ހެދީ! ޤަބޫލެއްނުކުރެވޭނެ.! އީ. ޔޫ. ަިއިންވެސް ޤަބޫލެއްނުކުރާނެ. ހިއް! ހިއް! އެކަމަކު އެމް.ޑީ.ޕީ.ގެ ސޯލިހުއަށް (މަމެންނަށް) ކާމިޔާބު ވެއްޖިއްޔާ މަކަރާއި ޙީލަތެއް ނަހަދާ! ހަމަ ބަރާބަރު! އީ.ޔޫ. ގެ މިންގަނޑަށް ފެތުނީ! ކޮބާ! ހީވޭ!

 10. ޢަހުމަދް

  އީޔޫ އެއް ނޫން އަހަރުމެންނަށް ރިޒްގު ދެނީ. ﷲ އަހަރުމެން އެމީހުނައްވުރެ ބާރުވެރި ކުރައްވާނެ އިރާދަ ކުރެއްވިއްޔާ.

 11. މޫސާ

  ސާބަސް ރައީސް ޔާމީން!

 12. އަބްދުއްލާ

  އެއްޗެއްނުދިނަސް ހަގީގަތް ވާނީ ހަގީގަތަށް ކުރުސި ނޫން އެއްޗެއް ހޯދަން ނަސީދު އުޅުނުކަން އެއީވެސް ހަގީގަތް .ނަސީދަކީ ކީރިތި ގުރްއާންގަބޫލު ނުކުރާ މުހަންމަދުގެ ފާނުގެ ރަސޫލުކަން ގަބޫލު ނުކުރާމީހެއް އެއީވެސް ހަގީގަތް . މިގައުމަށް އިސްލާމްދީން ނޫންދީނެއް ގެންނަން މަސައްކަތް ކުރަނީ ވެސް ނަސީދު އެއީ ވެސް ހަގީހަތް.

 13. ނައިންޓީ

  އީޔޫއަށް ދޫދިނުމަކީ އަޅުވެތިވުމެއް. އިދިކޮޅުގަ މިތިބައުޅޭ ގޮތްކުޑަ ޚާއިނުން އެދުނަސް ފިއްތިޔަސް ރޫޅާ އިރާލިޔަސް އީޔޫއަށް ދޫނުދޭތި.

  • ގަމާރުމޯލްޑިވިއަން

   ހިޔެއް ނުވޭ ނުދީ ވާނެ ހެން

 14. ޑަންދަ

  ޢީޔޫއިން ޖެހޭނީ މަހައްދާން

 15. ޟިހުރު ވަހީދު

  ޢީޔޫ އަކަށް ނުވާނެ ޢެއްކަމެއްވެސް

 16. އެމް ޑީޕީ

  އާދޭސްކޮށްފައި މި ބުނަނީ އީޔޫއަށް މިރާއްޖޭގެ ސަރުކާރުން އެއްމެ ފުކަކަށްވެސް ދޫނުދޭތި! އެއީ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންނާއި ނަޞޯރާއި އެމީހުން މުސްލިމުންނަކަށް ހެވެއް ނޭދޭނެ.

 17. ވައްކަން ޔަގީން 2018

  ހެހެހެ ޕީ ޕީ ބަލި ގަޅާލާނަން

  • Anonymous

   ކަލޭނޭ ތިޔާ ނަސީދު ގަންޖާ އަށް ނޭނގޭނެ ޝަހާދަތް ކިޔަންވެސް. ރަސޫލާއަށް ޞަލަވާތް ކިޔަންވެސް ނޭނގުނު. ދޮހ. ޓީވީން ލައިވްކުރި ޖަލްސާއެއްގައި އެބޭޅާއަކަށް ނޭނގުނޭ ސަހާދަތްކިޔާކަށް.

   • މަ

    ކަލެއަށް ސަހާދަތް ކިޔަން އެނގުނީމާ ކަލެއަށް ކޮންމޮޅެއް؟ ޔޫރަޕްގެ ގައުމުތަކާނުލާ ކަލެއަށް ކުރެވުނީ ކޮންކަމެއް؟

 18. އަބުަލަޮ

  ކީރިތިވަންތަ ﷲ މިޤައުމު ޚާއިނުންގެ ކިބައިން ސަލާމަތް ކުރައްވާށި. އަދި ނުބައި ނުލަފާ ކާފިރުންގެ މަޅިތަކާއި ވަކިތަކުން އަޅަމެންގެ މިޤައުމު މިނިވަންކޮށްދެއްވާށި. ރައީސް ޔާމީންގެ ހިތަށް ސާބިތުކަން ދެއްވައި މިޤައުމާއިގެން ކުރިޔަށް ވަޑައިގަތުމުގެ ހެޔޮ ތަޢުފީޤު ދެއްވާށި. އާމީން

 19. ރީލޯޑް

  ފަންޑުކޮޅު މަދުވީދޯ؟

 20. ފަޤީރު ކަލޯ!

  ބޯގޯސް ނަވާޒްގެ ނަމުގައި ހާސަރު ދަމާފައި އޮތް ބޯގޯސް ބުރާންޗަށް ބުނެލަން އޮތީ، ދޮންކަލޯ އެއް ކަޅު ކަލޯއެއް ކިޔާނެކަމެއް ނެތް، ތިޔަބުނާ ޔޫރަޕިޔަން ޔޫނިޔަން އަކާ މިތަނަކާ ކޮން ބެހޭކަމެއްހޭ؟ ކަލޭމެން ކަހަލަ ޔަހޫދީން އުފެދިގެން ޤައުމު ހަލާކުވެ، ދީންވިއްކައި، ނެތިދާން ކައިރިވެފައި އޮއްވައި ޔާމީނަށް ވެރިކަން ލިބުނީ ޤައުމު ސަލާމަތް ކުރެވެން ވެގެންނެވެ. ނަމަވެސް ޤައުމު ސަލާމަތް ކުރެވެން އަންނަނީ ވަރަށް ބޮޑެތި ޤުރުބާންތަކެއް ވެގެން ކަމަށް ވާތީ، ޔާމީނު އެގެންދަނީ ހުރިހައި ނުބައެއްހަދާ ކާފަރުޤައުމު ތަކާއި އެޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިން ޚާއިނުންނާއި ދެކޮޅަށް ވަރުގަދަޤުރުބާނެއް ވަމުންނެވެ. އެހެންވެ އެއްކަލަ ނުބައިހަދާ ޔޫރަޕު އާލާތްގަޑައް އެގިއްޖެ އެމީހުންގެ އަތްދަށުން ރާއްޖެ ސަލާމަތް ވެދާނެކަން އެހެންވެ އެއްކަލަ އެއްޗަށް ފަޔާއެރިގެން އެ އުޅެނީ! ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަށް ދަންނަވަން އޮތީ އެންމެ ތަންފުކެއްވެސް ދޫނުދެއްވުމަށެވެ. ޝުކުރިއްޔާ!

 21. ޗަކްނޮރިސް

  ރައީސްޔާމީން އަށް ހަމައައްސަރިބަހާސާބަސް. ތީމިހައުމުހިމާޔަތް ކޮށްދެއްވިހަމައެކަނި ރައީސް. ބަރާބަރު އެއްވަނަ. ކުޑަވެސްދުލެއްނުދެއްވާތި!! މިކަމާއިދިކޮޅުހަދާ އީޔޫއަކީމާބައެއްކަމައް ދެކޭފަރާތްތަކަކީ އަމިއަްލަދީނާ ވަތަނައް ހެޔޮއެދޭނެ އަދި ހެޔޮއެދޭބައެއްނޫން . މާއްދިޔަތުގެ އަހުލުވެރިންނަކައް ގައުމިއްޔަތެއް މުހިންމެއްނުވާނެ. ކޮންމެއްކަސް.... ހިންދުއެމާކަނޑުތެރޭ އަލިރަންމުތްހެންދިރޭމީމަގޭއުފަންބިމޭ ދީބުދިވެހިމީ.. އީޔޫ އިސްއަފްރޮގް އިން އަވެލް .އެއްވެސްވަރަކައް މުހިންމެއްނޫން

 22. އހ

  ޔާމީންއަކީ ކަލަކުވާކަންވެސް ޤަބޫލްނުކުރާ ޗައިނާގެ ޕަޕަޓެއް.. ޗައިނާ އޯކޭ.. އީޔޫ ސަކަރާތް..

 23. ބުއްޅަަަަަަަބޭގެ ބަފާ

  މިއީ އިންޑިޔާ އަޑިގައިއޮވެގެން ހިންގާ ވަރަށްނުރައްކާ ގޭމެއް! ހަމަ ހިލާ އިންޑިޔާއަށް މިރާއްޖޭގައި ވަކިހިއްޕާލެވުނަދީގެންނުވާނެ!

 24. އަޒާ

  އެހެންވީމާ ދޯ ޔަހޫދީންގެ ބޮޑު ފާދިރީގެ ލަގަބު ހިއްޕަވައިގެން މައުމޫން ވަޑައިގަތީ..؟؟

 25. ނުރަބޯ

  ވަރަށް ރަގަޅު ތެދުބަސްތަކަކުން އެކުލެވިފައިވާ ލިޔުމެއް. ޣައްދާރުންނަށް ހަޖަމުވާނެ ލިޔުމެއްވެސްނޫން. އެކަން ބައެއް ކޮމެންޓްތަކުން އެނގޭ. ކޮންމެއަކަސް މި މުސީބާތަކީ ހަމަގަސްތުގައި ކެރަފާނަޝީދު ފޯރުވަމުންދާ މުސީބާތެއްކަން އެނގޭއިރު އޭނާއާއި ދެކޮޅަށް ފިޔަވަޅު އެޅުން އެއީ ދޫކޮށްލައިގެންވާނެ ކަމެއްނޫނެވެ. މީގެކުރިންވެސް ނަޝީދުގެ ސަބަބުން ހަމަ މިފަދަގެއްލުމެއް އީޔޫގެ ތެރެއިން ލިބުނުކަން އެންމެބޭފުޅުން ހަދާންކޮށްލުން އެދެވެއެވެ. އެއީ ދީނީ މިނިވަންކަން ނޯންނާތީއޭ ބުނެ އީޔޫއިން އެޅި ފިޔަވަޅެކެވެ. އެ ފިޔަވަޅަކީ ދިވެހިކަނޑުމަސް އީޔޫގެ ގައުމުތަކަށް އެތެރެ ކުރުމުގައި ކުރިިން ދެމުން އައި ރޯޔަލްޓީގެ ޢިނާޔަތް ކަނޑާލުމެވެ. މިއީވެސް ކެރަފާ ނަޝީދުގެ ސަބަބުން ދިވެހިރާއްޖެ އަށް ޢާއްމުކޮށް އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެން ދިޔަ ދެރައެކެވެ. މިހެންކަމުން ދިވެހިރާއްޖެ އަށް މިފަދަ ގެއްލުންދޭ ފަރާތްތަކާމެދު ވަރަށް ހަރުކަށި ފިޔަވަޅު އެޅުމަކީ ކޮންމެހެން ވެސް ކުރަންވެއްޖެ ކަމެކެވެ. މިގޮތުން މިފަދަމީހުން ކުރާކަންތައްތަކުން ލިބޭ ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލާ މިފަދަ މީހުންނާމެދު އިންސާފުން ފިޔަވަޅު އަޅަން އެބަޖެހެއެވެ. މިފަދަމީހުންގެ މުދަލާ ގެދޮރު ދައުލަތަށް ނެގުމާ މިފަދަ މީހުން ދިގުމުއްދަތަކަށް ޖަލަށްލުން ފަދަ އަދަބުތައްދީ މައިތިރި ކުރަން ޖެހޭނެއެވެ.

 26. ބޮނަކު

  ރަންނަމާރި ގެނައި ދީން ކިތަންމެ މޮޅަސް ޔޫރަޕާނުލައި ރާއްޖެއަކަށް ވެސް އެހެން ބަޔަކަށް ވެސް މިއަދަކު ކުރިއެރުމެއް ނުލިބޭނެ. ރާއްޖެއަށް ކުރިއެރުން ލިބިފައި އޮތީވެސް އަދި ފަހުން ލިބޭނީވެސް ޔޫރަޕްގެ ތައުލީމާއި ރިވެތި އަޚްލާގާއި ޓެކްނޮލޮޖީގެ އެހީގައި. އަރަބީންނަށް ލިބުނިއްޔާ ލިބުނު ކުރިއެރުމަކާ މޮޅެއް ވެސް ލިބުނީ ޔޫރަޕްގެ އެހީތެރިކަމާއެކު. ކުރީގައި އުޅުނުކަމަށް ބުނާ މޮޅެތި ހަކީމުންނާއި އިލްމުވެރީންވެސް އިލްމު ހާސިލު ކުރީއަކީ ގުރުއާނާ ހަދީސަކުން ނޫން.

  • ވާވާ

   ރިވެތި އަޚުލާގު؟ އެމީހުން އެއީ ޓިޝުލުން ގުއި ފޮހޭ ބައެއް.

 27. ބެލާޑޯ ސިންގަޕޯރ

  ކުރާ ޖިހާދަކީ ސިންގަޕޫރު ކުންގުންޏަކާ ގުޅިގެން މާލެ އެކި ސަތހައްދުން ބިންބިމާ އަދި މާލެ ސަރަހައްދުގައި ހުރި ފަޅު ޔާމީން ގެ ހޮންކޮންގް ކުންފުނިން އެދަނީ ބިޑް ކުރުމެއްނެތި ވަގަށް ނަގަމުން

 28. ބެއްޔާ

  މިތާ ދިވެހިންނޭ ކިޔައިގެން އުޅޭ މީހުންނަށް ހާދަ ނުވިސްނެޔޭ..
  މިފަހަރު ރ.ޔާމީނޭ ކިޔާ ގޮލާ ރީއްޗަށް ރައްވާލާނަން.

 29. ޗިއްލޫ

  ރައީސް ޔާމީން ތިޔަލާދީނީ ބައިގަނޑަށް ދޫނުދެއްވާތި!

 30. ތޮއްތޮ

  މިއަދު މިތާ ހާދަ ޝޭހުން ގިނައޭ..
  މިއޮއް ހުރިހާ ދުވަހު އުފަލުގަ އުޅެވުނި ކީއްވެކަން މިހާރު އެކަކަސް ނޭނގޭ..

 31. މޮހޮނު

  ބޮޑުވަގު ޔާމީން..
  އިސްތިއުފާ..

 32. ސުއްބު

  ބަނޑަށް ޖައްސާ ޔާމީން..
  އިސްތިއުފާ!

 33. ✌✌✌

  ހިލޭ އަންހެނުން ހުއްދަކުރި ޔާމީން...
  އިސްތިއުފާ..

 34. ވެއަރ ދެއަރ އިޒް ލައިފް، ދެއަރ އިޒް ނޯ ހޯޕް.

  ދީނަށް ފާޅުގާ ފުރައްސާރަ ކުރާ ރައީސް ޔާމީން.
  އިސްތިއުފާ.

 35. ދިވެހި

  ސާބަސް ރައީސް ޔާމީން..

 36. ނަބީރާ

  ސާބަސް ރައީސް ޔާމީން. އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާތި.

 37. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

  އެއްޖިންސުން ކާވެނިކުރުން ހުއްދަކޮށް، އިސްލާމްދީނަށް އުޅުން މަނާކޮށް، ޝަރުޢީ ޙައްދުތައް ޤާއިމު ނުކުރުމަށް އީޔޫގެ ނިންމުމުގައިވާނަމަ، އެނިންމުމަށް ޢަމަލުކުރުމަށް އެއްބަސްވާ މީހެއްގެ ޙުކުމަކީ، މުރުތައްދު ވެފައިވާ މީހާގެ ޙުކުމެވެ. މިރާއްޖޭގެ ރައްޔިތުންނަކީ، އެއްވެސް ދީނެއް، ޤާނޫނެއް، ހަމައެއް، އުޞުލެއް، ގޮތެއް، ފޮތެއް، ނެތް ބައެއްކަމަށް އީޔޫގައި ބުނަނީ، މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކޮންބައެއްހެއްޔެވެ.؟

 38. އަގަބެ

  ޙަގީގަތުގަ މިލިޔުން ވަރަށް ސަޅި... އެކަމު ގާނޫނު އަސާސީ ހިތައް އެރީމަ ބަދަލު ކުރާ މީހެއް ވަންޔާ ބުނަން ޖެހޭނީ ޔާމީން އުޅޭހެނޭ ގާނޫނު އޮންނަނީ... ދީނޭ ކިޔާގެން ވާހަކަ ދައްކާއިރު ގާނޫނު އަސާސީ ކިޔަން ދެން ވަރަށް ހެއްވާ...ަހަހަހަހަހަ.. ދީނޭ ގާނޫނޭ
  ދީނޭ ގާނޫނޭ
  ދީނޭ ގާނޫނޭ
  ދީނޭ ގާނޫނޭ

 39. ލޯ

  ކޮމެންޓް ކުރާ ކުދިންނަށް.. ރިޕޯޓެއް ހަމަ ލިޔެލާ އިރަށް ކަލޭމެންނަށް ކިހިނެއްތަ ތިވަނީ.. ހޭބުއްދި ފިލާދަނީ..... ކިހާވަރެއް ދީގެންތޯ؟ ކަލޭ ތިހިރީ ވިކިފަ؟
  ތީ ހަމަ ބޮޑެތި ސިންގާ އަންހެނުންނާއި ފިރިހެނުން.. ރިޕޯޓް ކިޔާފަ އޭގަ ލިޔެފަ އޮންނަ އެއްޗަކަށް ކޮމެންޓް ކޮށްބަލަ. އެލިޔުނު މީހާ ޖަޖު ނުކޮށް.. ރިޕޯޓެއް ލިޔެލާ އިރަށް ލިޔާ މީހާ ގޯސް... ނޫސް ގޯސް.. ވެރިކަން ގޯސް.. ދެން ހުސް ގޯސް ގޯސް.... ބަލަޗެ މަ މިހެން ބުނީތީވެސް ވާނީ ގޯސް..

 40. އަހަރެން

  ސާބަހޭ ރ. ޔާމީން

 41. މުޙައްމަދު

  އީޔޫ ގެއަށްދޭ

 42. ބުރޯ

  އީޔޫ އަށް ފެނުނީ ރާއްޖެ އެކަނިތަ؟ ކޮބައި އިޒްރާލު؟ ކޮބައި މިޔަންމާ؟ ނުފެންނާނޭ ބްރޯ. އެމްޑީޕީ، ވިސްނިބައެ އެއްޗެއް

 43. އަބްދުއްލާ

  ކީރިތި ގުރްއާން ގަބޫލު ނުކުރާ މީހާ އާއި މުހަންމަދުގެ ފާނުގެ ރަސޫލުކަން ގަބޫލު ނުކުރާމީހާ މުސްލިމަކަށް ނުވާނެ މިއީވެސް ހަގީގަތް

 44. ކިތަންމެ

  ކިތަނމެ ވަރަހކަށް ދޮންކުރިއަސް ދުބުރިއެއް އަންބަކަށް ނެހެދޭނެ

  • ނަން

   ކިތަންމެ ދޮންވާން އުޅުނަސް އަރަބީންނަކަށް ދުވަހަކުވެސް ދޮންމީހުންނާއަރާ ހަމައެއް ނުކުެރެވޭނެ. އެމީހުންހާ ރަގަޅެއްވެސް ސުލްހަވެރިއެއްވެސް ތަހުޒީބެއް ވެސް ނުވެވޭނެ.

 45. އަލީ

  އަހަރެން މިގައުމަށް ބޭނުމީ ހުޅަނގުގެ ބޭއިންސާފު އަދި ލާދީނީ ސިޔާސަތުތަކަށް ދޫނުދޭނެ، މިގައުމުަގެ އިސްލާމްދީނާއި އަމިއްލަގޮތްތައް ދިފާޢުކޮށް ދިރުވައި ދަމަހައްޓާނޭ ވެރިއެއް. މިނޫން ފިކުރެއް ގެންގުޅޭ ބަޔަކީ ދުވަހަކުވެސް އަހަރެންގެ ތާއީދު ލިބޭނެ ބައެއް ނޫން.

 46. އިހޫ

  ވަރައް ފުރިހަމަ ލިޔުމެއް.ސާބަހޭ ރައީސް ޔާމީން..ދޫ ނުދެއްވާތި.

 47. ނަާނަ

  ތިޔަޚިޔާާލަށްވަރަށް ތާއީދު ހަމައެއްގޮތަކައވެސް ދޫކުރާެނެކަމެއްނެތް

 48. ކަލްމޫ

  އީޔޫ އާއި ކޮމަންވެލްތު އަކީ އަޅުވެތި ކުރުމުގެ ދެކުޑަ !

 49. މޯޑު

  މަ ހިތައްއަރާ ގައުމުގަ ކަންކަން މިދާގޮއް ހަމަ ދިވެހިންނަައް ރޯމާދުވާލުއޮޅުވާލަނީ ބާްްއެވެ.