ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަތުމަށް ބޭރުގެ ގައުމުތަކުގެ އެހީތެރިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ގާސިމް ބައިނަލްއަގުވާމީ އެހީތެރިކަމަށް ގޮވާލެއްވީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.

އެޓްވީޓްގައި ގާސިމް ވިދާޅުވީ ޤާނޫނު ހަދާ މަޖިލީހާއި ޝަރުއީ ދާއިރާ ސަރުކާރުން ޕެރެލައިޒް ކޮށްލާފައިވާ ކަމަށާއި ޤައުމުގައި ގާނޫނީ ހުކުމްތަށް ނުހިނގާއިރު މުޅިޤައުމަށް ވަނީ ކޮރަޕްޝަން ފެތުރިފައި ކަމަށެވެ. އެެހެންކަމުން މި ހާލަތުން ގައުމު އަރައިގަނެ ހައްޤުތަށް އަލުން ހޯދުމަށް ބައިނަލް އަޤްވާމީ އެހީ ވަގުތުން ބޭނުންވާ ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ ޤާނޫނީ ހުކޫމަތު އިޔާދަކުރުމަށް ބައިނަލް އަޤްވާމީ މުޖްތަމައުން ވަގުތުން ފިޔަވަޅު އެޅުމަށްވެސް ގާސިމް ގޮވާލެއްވިއެވެ.

މި މޭރުމުން ގާސިމް ވާހަކަފުޅު ހުރި އިރު މީގެ ކުރިން އޭނާ ވަނީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްގުލާލާއި ސިޔާދަތަށް އެއްވެސް މިންވަރަށް ބުރޫ އަރާނެ ބޭރުގެ "މިލިޓަރީ އިންޓަވެންޝަން" އަކަށް އޭނާ އާއި ޖުމްހޫރީ ޕާޓީން ބައިވެރި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ އަށް ބޭރުގެ ސިފައިން އެރުމަށް ގޮވާލުމަކީ ބައެއް ބޭފުޅުންގެ އަމިއްލަ ވިސްނުން ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަންމަ

    ގަާސިމް ނަޝީދު ކަލޭމެން ދެމީހު ންހަނދާން ކުރާތި
    ގައުމަށް ތިދޭ އަނިޔާ

  2. މަރީ

    ގާސިމް އަކީ މިހާރު ބޯ ހަމަޖެހޭ މީހެއްކަމަށް ގަބޫލެއް ނުކުރެވެ