ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އާއި ދެކޮޅަށް ފާއިތުވި ދެތިން އަހަރުތެރޭގައި ޤަރާރުތަކެއް ފާސްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގުޅުން ބޮޑު އީޔޫ ޕާލަމެންޓްގެ މެންބަރުންނެވެ. އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ފިކުރުގެ ޕާލަމެންޓޭރިއަނުންނެވެ.

މީގެ އިތުރުން ރާއްޖެ އަށް ޔޫރަޕްގެ ބައެއް ގައުމުތަކުން ކަނޑައަޅާފައިވާ، ރައީސް ނަޝީދުގެ ސިޔާސީ ފިކުރަށް ތާއިދުކުރާ ސަފީރުން ވެސް ގެންދަވަނީ ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫގައި ލޮބީ ކުރައްވަމުންނެވެ. މިހުރިހާ ކަމެއްގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އިއްޔެ ރައީސް ނަޝީދު ވަނީ އީޔޫ އިން ރައީސް ޔާމީން އާއި ދައުލަތުގެ ބައެއް ވެރިންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް ފަހުން ވާހަކަ ބަދަލުކުރައްވާ ވިދާޅުވީ ރައީސް ޔާމީން، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން، ބައެއް ވަޒީރުން، އެމްއެންޑީއެފްގެ އިސްވެރިން، މަޖިލިސް ރައީސް، އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ އިތުރުން ބައެއް ވިޔަފާރިވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާ ކަމަށެވެ.

ސުވާލަކީ އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ މީހުންގެ ލިސްޓް ރައީސް ނަޝީދަށް އެނގިވަޑައިގަންނަވަންވީ ކީއްވެ ހެއްޔެވެ؟ ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމުގައި ނެތުމަކީ ރާއްޖޭގައި އޮތް ޑިމޮކްރަސީގެ ހަމަތައް ކަފުންވުންވެ މަރުވުން ކަމަށް އީޔޫ އަށް ގަބޫލު ކުރެވެނީ ކީއްވެ ހެއްޔެވެ؟ ވަރަށް ފާޅުގައި ކޯޓެއްގެ ފަނޑިޔާރަކު ވަގަށްނެގި ވެރިޔަކަށް އީޔޫގެ މަަދަދާއި އެހީތެރިކަން ލިބެނީ ކީއްވެ ހެއްޔެވެ؟

އީޔޫގެ ހަމަތައް ލިޔެފައިވާ ލިޔުންތަކުގެ އިބާރާތްތައް ކިތަންމެ ރީތިނަމަވެސް އެއުސޫލުތަކަކީ ރާއްޖެ ފަދަ އިސްލާމީ ގައުމެއްގެ ހަފޮޅުން އެތެރެކުރެވެން ހުރި އުސޫލުތަކެއް ނޫނެވެ. ކޮންމެ ދީނެއްގެ މީހަކަށް ރާއްޖޭގައި އުޅުން ހުއްދަ ކުރުމާއި އިސްލާމަކަށް ނުވިނަމަވެސް ރާއްޖޭގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ފަދަ ކަންކަމަކީ ދިވެހިރައްޔިތުން ބަލައިގެންފައިވާ އެންމެ އަސާސީ އުސޫލުތަކާއި ހިލާފު ކަމެކެވެ.

ނަމަވެސް އީޔޫ އިން ގޮވާލާ ގޮވާލުންތަކުގެ އެންމެ ކުރީގައި އޮތީ ރާއްޖޭގައި ދީނީ މިނިވަންކަން ދޭށެވެ. އިސްލާމްދީނާއި ހިލާފު ވާހަކަތައް ދައްކާ އިސްލާމްދީނާއި ދެކޮޅު ޝުޢޫރުތައް ފާޅުކުރުމުގެ ހުއްދަ ދޭށެވެ. މަރުގެ ޙުކުމް ތަންފީޒު ކުރެވިދާނެ ގޮތައް ހުރި ޤާނޫނުތައް ބަދަލު ކުރާށެވެ. މަރުގެ ޙުކުމް ރާއްޖޭގައި ތަންފީޒު ނުކުރާނެކަމުގެ ކަށަވަރުކަން ދިވެހި ސަރުކާރުން ދޭށެވެ.

މިކަންކަމާއި ރާއްޖޭގައި މިހާރު މިއޮތް ސަރުކާރުން ވަރަށް ފާޅުގައި ދެކޮޅު ހަދައެވެ. ނަމަވެސް ރައީސް ނަޝީދު މިކަންކަމާއި ފާޅުގައި ދެކޮޅެއް ނުހައްދަވައެވެ.

އޭޕްރިލް 19 ވަނަ ދުވަހު އީޔޫ އިން ދިވެހި ސަރުކާރަށް ހުށަހެޅި ހުށަހެޅުންތަކާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދީނީ މިނިވަންކަން ދިނުން ގަބޫލު ކުރަން ދިވެހިންނަށް އުނދަގޫ" ކަމަށެވެ. އީޔޫގެ ހުށަހެޅުންތަކާއި ދެކޮޅު ހައްދަވާ ފާޅުގައި އެކަމަށް ރައީސް ނަޝީދު ގޮންޖައްސަވާފައެއް ނުވެއެވެ.

އީޔޫ އިން ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންވެއްޖެ ކަމާއި އަޅަންވީ ކޮން ފިޔަވަޅެއް ކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާ ސަބަބަކީ އީޔޫ އިން ބުނާ ގޮތައް ރައީސް ނަޝީދު އަމަލު ކުރެއްވުމެވެ. މަަސައްކަތް ކުރިއަށް މިދަނީ ބާޓާ ސިސްޓަމެއްގައި ވިޔަފާރި ކުރާ އުސޫލުންނެވެ. އީޔޫ އިން ބޭނުންވާ ކަންތައްތައް ރައީސް ނަޝީދު ކޮށްދެނީއެވެ. ރައީސް ނަޝީދު ބޭނުންވާ ކަންތައްތައް އީޔޫ އިން ކޮށްދެނީއެވެ.

ރައީސް ނަޝީދު ހުޅަނގުގެ އެޖެންޓަކަށް ވެގެން ފަރަންޖީން "އެޅިހާ ބަތަކަށް ރިހަ" ކިޔައިގެން ހުރި ސަބަބުތައް ވަރަށް ގިނައެވެ. އޭގެތެރެއިން އެއް ސަބަބަކީ އަނބުރާ ވެރިކަމަށް އައުމަށް ކުރު މަގެއް ހޯދުމެވެ. ދެވަނަ ސަބަބަކީ ނޮބެލް ޕީސް ޕްރައިސް އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުން ވުމެވެ.

ރައީސް ނަޝީދަށް ނޮބެލް ޕީސް ޕްރައިސް ހޯދަން މީގެ ކުރިން ނޮބެލް ކޮމެޓީއަށް ހުށަހެޅިކަމަށް ވެސް ވެއެވެ. ނަމަވެސް ކޮމެޓީ އިން ބަލާ ބައެއް މިންގަނޑުތަކަށް ރައީސް ނަޝީދު ނުފެތެއެވެ. އޭގެތެރެއިން އެއް މިންގަނޑަކީ ދީނީ މިނިވަންކަން ހޯދައިދިނުމަށް އެކަށީގެންވާ މަސައްކަތެއް ރައީސް ނަޝީދު ކޮށްފައި ނެތުމެވެ. އެހެންކަމުން އިންސާނީ ޙައްޤުތަކަށް އެންމެ ފުރިހަމަ އަށް ފެތޭ ބޭފުޅެއް ކަމަށް ނޮބެލް ކޮމެޓީ އަށް ރައީސް ނަޝީދު ނުފެނީ ކަމަށް ވެއެވެ.

މީގެ އިތުރުން ނޮބެލް ޕީސް ޕްރައިސް ހޯދަން ރައީސް ނަޝީދަށް އޮތް އަނެއް ހުރަހަކީ ވެރިކަމުގައި ހުންނަވައިގެން އަބްދުﷲ ގާޒީ ވަގަށް ނެގިފައި އޮތުމެވެ. އެއީ ނަޝީދުގެ "ޑިމޮކްރަޓިކް ހަޔާތުގައި" ޖެހިފައި އޮތް ލައްގަނޑެކެވެ. އެއްލަގަނޑު ފިލުވާލަން އީޔޫ ފަދަ ޖަމާޢަތްތަކުން ބުނާހާ ގޮތެއް ހަދަން ރައީސް ނަޝީދަށް މިއަދު އެބަޖެހެއެވެ.

ބައިނަލްއަޤުވާމީ ބޮޑެތި ޖަމާޢަތްތަކަށް ބާރު ފޯރުވުމަކީ ނަޝީދަށް ކިހިނެއް ކުރެވިދާނެ ކަމެއްތޯ ބައެއް މީހުން ސުވާލު އުފައްދަފާނެއެވެ. ހަޤީޤަތަކީ ޑިޕްލޮމެސީގެ ވާހަކަތައް ވަރަށް ފަށުއިކޮށް ލިޔެވިފައި ހުރިނަމަވެސް ޑިޕްލޮމެޓިކް ދާއިރާގައި ވެސް އެކުވެރިންނަށް ފަސޭހައިން ކަންތައްތައްވެއެވެ.

ނަޝީދުގެ ފަހަތުގައި އެފަދަ އެކުވެރިން އެބަތިއްބެވެ. އެއެކުވެރިންގެ މަޤުޞަދު ކުރިން އެމީހުން ކޮށްފައިވާ ކަންތައްތަކުން އެނގެއެވެ. ޑޭވިޑް ހާޑިންހަމް ފަދަ ނަޝީދުގެ އެކުވެރިންނަކީ އީޔޫގެ ވަރުގަދަ ލޮބީ ގްރޫޕްތަކާއި ގުޅުން އޮންނަ މީހުންނެވެ. މިފަދަ ކިތަންމެ އެކުވެރިއެއްގެ ވާހަކަ ދެއްކި ދާނެއެވެ.

ހެޔޮ ނިޔަތުގައި ރާއްޖެ އަށް ޑިމޮކްރަސީ ގެންނަން ކުރާ ކޮންމެ މަސައްކަތަކަށް މަރުޙަބާ ކިޔަން ޖެހެއެވެ. ނަމަވެސް ތިމާމެންގެ ދީނާއި ސަގާފަތް ނީލަން ކިޔައިގެން ހޯދާ ޑިމޮކްރަސީއެއްގެ ފޮނި މީރުކަން ބުމުގެ ބޭނުމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ޙަފްޞާ / މާލެ

    1. ރޢްޖޭގައި އިސްލާމްމާއްދާގެ ބަދަލުގައި ޔަހޫދީންގެ ދީނީފޮތްތައް މުޤައްރަރުގައި ހިމެނުން.
    2. ރާއްޖޭގައި އިސްލާމްދީންނޫން ދީންތަކަށްވެސް ފުރުޞަތު ދިނުން
    3. ރާއްޖޭގެ އާމުދަނީއިން ބޮޑބައެއް ފައްޅިތަކަށް ހަދިޔާކުރުން
    4. ރާއްޖޭގައި އެއްޖިންސުން ކައިވެނިކުރެވޭގޮތަށް ޤާނޫނު ބަދަލުކުރުން
    5. ޔަހޫދީންގެ ބޮޑުންނަށް ރާއްޖޭގައި ވަޒީފާގެ ފުރުޞަތުތައް އޮތުން
    6. އިސްރާއީލާއެކު ސިޔާސީ ގުޅުން ޤާއިމުކުރުން

    • ސައްތާރު

      މިވަރުންވެސް މިދިވެހިން ބޮލަކަށް އެއްޗެއްނުވަންނާނެ، މިލާދީނީ ކަލޭގެ ޕްރެޕަގަންޑާއިން މުލިގައު ފަސާދައެބަކުރޭ،

    • ނަތަަންޔާހޫ

      އިޒްރޭލަށް ވުރެން ގަދަ އަދި ހިތްފަސޭހަ ގައުމެއް ދައްކަބަލަ. ތި ފަލަސްތީނުންގެ ނުކުޅަދާނަ ކުރުން ނެތްނަމަ އެއަށް ވުރެން އަމާންތަނެއް ދައްކަބަލަ.

      • އާދަނު

        ހިއްފަސޭހަ ތަނެކޭ؟ ** ފަސޭހަ ތަނެއް އެއީ. އެއަީ ބޮޑު އޮޅުވާލުމެއް. އަދި ފަލަސްތީނު މީހުންނަށް ދުއްތުރާ ކުރަނީ އިސްރާއިލް މީހުން. އެތަނުގައި ފަލަސްތީނު ނެތް ނަމަވެސް އިސްރާއީލުން ކޮންމެސް ބަޔަކާ ހަނގުރާމަ ކުރާނެ.

      • އަމާ

        އިޒްރާއީލް ގަދަ ކަމުން ދޯ ހިޒްބުﷲ ކިޔާ ބަޔަކާ 30 ދުވަހަށްވުރެ ގިނަ ދުވަހު ހަނގުރާމަ ކޮށްގެންވެސް ކާމިޔާބެއް ނުލިބި ފިއްތާލާފައި ހަނގުރާމަ ހުއްޓާލީ. އެވެސް އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރުގެ ބޭނުން ކޮށްގެން. އޭގެ ފަހުން އަދި މާގިނަ ދުވަހެއް ނުވޭ. މިކަހަލަ ކަންކަން އެނގޭ ވަރަށް ވުރެ ޅައީ ދޯ؟ ވާނުވާ ނޭންގުނަސް ކޮމެންޓް ކުރާތި. ވާނުވާ!

  2. ޜާއްޖެ އިސްލާމް

    އީޔޫ އަކިި ޖަމާއަތެއް، ދުނިޔޭގެ މިފަދަ ޖަމާތްތަށް ވަނީ ޔަހޫދީންގެ މުށުތެރޭގަ، ގައުމްތަކުން މިފަދަ ޖަމާތްތަކަށް ކަނޑައަޅާފަ ތިބޭ މީހުން ތިބެނެނީ ފައިސާދީގެން ގަނެލާފަ، ގައުމްތަކަކުން މާނޮޑު ޝައުގުވެރިކަމެއް ނުހުންނާނެ ރާއްޖެފަދަ ގައުމަކަށް ދަތިކުރަން ގިޔަވަޅު އަޅާކަށް، އަންނި އެ ދައްކަނީ އީޔޫގަ ތިބި ނުފޫޒުގަދަ މެމްބަރުން ބުނުގެން ރާއްޖެއަށް ބިރުދެއްކުމަށް ދައްކާވާހަކަ، ފިޔަވަޅު އަޅާނެކަމަކަށް ނުފެނޭ، ރާއްޖޭގައި އިންވެސްޓްކޮއްގެންތިބި އިންޓަރނޭޝަނަލް ހޮޓެލް ޗެއިންތަކުންވެސް އެމީހުންގެ އިންވެސްޓްމަންޓްތަށް ހިމާޔަތްކުރުމަށް މަސައްކަތްތަކެއް ކުރާނެ،
    ކުރުކޮށް ބުނާނަމަ އީޔޫވެސް ހިނގާނީ ކުރިން ރާއްޖޭގެ ރައްޔިތުންގެ މިޖިލިސް ހިނގަމުންއަި ގޮތަށް، ގިނައިން ލާރި ދޭބަޔަކު ބުނާހިތަކަށް ވޯޓްދޭނީ.

  3. ކާޑިގަން

    އީޔޫގެ ބޭނުމަކީ އިސްލާމްދީން މިތަނުން ފޮހެލުން. ނަސީދުގެ ބޭނުމަކީ ވެރިކަމަށް އައުމާ ހުރިހާދީނަކަށް ހުރިހާގޮތަކަށް މިތާ އުޅެވުން.

    • ރޮނާލްޑޯ

      ތިޔަ މޮޅުގޮތުގައި ތިބޭތާ 800 އަހަރަށް ވުރެން ގިނަ. ވީމޮޅެއް ދައްކަބަލަ. އީޔޫއާ ނުލާ ކުރެވޭ ކަމެއް ކޮބާ. މޮޅު ކުޅުންތެރިއެއް ދައްކަ ބަލަ. އަރަބިން ތައްޔާރު ކުރި ފުޓުބޯޅައެއްހާ މިންވަރުވެސް ދައްކަބަލަ

      • ޑޯގްކިންގ

        އަރަބިން ތައްޔާރު ކުރި ގިނަ އެއްޗެހި ބިންގަލެއްކަމުގައި ބަލައިގެން އެމައްޗަށް މިއަދު ގިނަ ކަންކަން ކޮށްފައި ހުރީ. އަރަބިން އެ ހޯދުންތައް ނުހޯދިނަމަ އަަދި ކިރިޔާ ޔޫރަޕް މީހުންނަށް ތިކަންކަން ފެށޭނީ. މީގެ 300 ވަރަކަށް އަހަރު ފަހުން މިހާރު ތިބި ހިސާބަށް ދެވޭނީ.

        • މަކަލޯ

          ދެން ހުރިހާ އަރަބީންތައް އެކުވެގެންނަމަވެސް މިއޮތްފަދަ ޒަމާނުގައި އެންމެ ބޭސްގުޅައެއް ނަމަވެސް ތައްޔާރުކޮށްލަން ވެއްޖެއެއްނު؟

  4. ީީއީޔޫ

    ޜަގަޅުވާހަކައް

  5. ޗިއްލޫ

    އީޔޫ އަކީ މިގައުމުގަވާ %100 މުސްލިމުނަން ކަނޑާލާ ކާފަރު ދީންތަކަށް މިގައުމުގެ ރައްވެހިކަން ދިނުމުގެ ސިޔާސަތުގެ ދަށުން މިގައުމަށް ފޮނުވާފަހުރި ޕަޕެޓެއް!

    • ޝަހީމު

      ޖާހިލުކަމުގެ އަނިދިރިކަން ނިންމައި ތަހުޒީބުގެ އަލިކަމުގެތެރެއަށް ދިވެހިން ގެންދާނެ ބަތަލަކަށް އިންތިޒާރުކުރާ ކިތަންމެ ބައެއް އެބައުޅޭ

  6. ސަރަގު

    ޖަވާބް ވަރަށްސާފް އަންނި އަށް ވެރިކަން ލިބިއްޖިއްޔާ ހިގާނީީ ތިބުނާ އީޔޫ ގެ ހަރުކަށި އިސްލާމްދީނާ އި ދިކޮޅު ސިޔާސަތުތަށް. މީހަގީގަތަކީ

  7. މަންމަ

    އަމިއްލައް އެދުމުން އެއްކިބާވެ ހުރެވިސްނާ ކޮންމެ ރައްޔިތަކަށް އީޔޫގެ މިއަމަލަކީ ކޮބައިކަން ވަރައްސާފްވާނެ، ފަލަސްތީނުގަ ތިއްބެވި ހުރިހާމުސްލިމުން މަރާ ގައުމު ސުންނާފަތި ކުރަމުންދާއިރު ކީއްވެ އިޒްރޭލުގެ ސަރުކާރަށް ފިޔަވަޅުނާޅަނީ؟؟؟؟ މިޔަންމާގެ ރައްޔިތުންނަށް އަނިޔާދެމުންދާ ސަރުކާރަށް އީޔޫން ފިޔަވަޅުނާޅަނީ ކީއްވެތޯ؟؟؟ މިކަހަލުގެ ވަރަށް ވާހަކަ އެބަހުރި،،،،

  8. މާރިއާ

    މިގައުމުގެ ރައްޔިތުން ޒާތީ ހަސަދަ އެއްފަރާތް ކޮށްފަ ވިސްނަންވީ އެމްޑީޕީގެ ސިޔާސަތަށް ޔާހޫދިން އެއްބާރުލުންދީ އެމްޑީޕީ ސަރުކާރު މިގައުމުގަ ވެރިކަމަށް ގެންނަން މިހާވަރަކުން މިއުޅެނީ ކީއްވެގެތޯ؟؟؟ ޔަހޫދިން މުސްލިމުން ދެކެ ލޯބިވަނީތޯ؟؟؟

  9. ނާއި

    ވަރަށް ރަގަޅު ވާހަކަ ކޮޅެއް.

  10. ރައްޔިތު މީހާ

    ނަޝީދަކީ ދިވެހި ޤައުމަށް ޤައްދާރު ވެފައިވާ ބޮޑު ޚާއިނެއް.

  11. ސައްތާރު

    އަމިއްލަ ގައުމު ހަލާކުގެ ތެރެއަށް ނުވައްޓާ ވިސްނާލަންވީ ބޮޑުވަގަކާއި ކުޑަކޮށްވައްކަންކުރާ އެކަމަކު އިސްލާމްދީން ނައްތާލަން ޔާހޫދިންގެ އެޖެންޑާ ކުރިއަރުވަން ފޮނުއްވާފަހުރި ޕަޕެޓްތޯ އަހަރަމެންނަށް ރަނގަޅީ؟؟؟ އިސްލާމްދީންތޯ ؟؟؟ ނޫނީ ދުނިޔޭ މުއްސަންތިކަމާއި ޔަހޫދިންގެ އުޅުންތޯ؟؟؟؟

    • ބޮނަކު

      އަމިއްލަ ގައުމު ހަލާކުވެގެންދިޔައީ ރަންނަމާރި އަރާ އެހިނގިކަމެއް ހިނގިފަހުން. ދެން ޖާހިލު އަނދިރި ޖައްބާރުންތައް އައިސް ގަދަވެގަތްފަހުން.

  12. އަހުން

    އިީޔޫއިން ވަކިވުމަށް ރައީސް ޔާމީން އާއި މަޖިލިސް އަށް ގޮވާލަން

    • ޙަމޭ

      ޢީޔޫ ގެ ގައުމެއް ނޫނޭ ރާއްޖެ އަކީ. ޢީޔޫ އަކީ ޔޫރަޕިއަން ޔޫނިއަން ގައުމުތައް.

    • ޔޫރަޕިއަން

      ޢީޔޫ އާއި ރާއްޖެޔާ އޮންނަނީ ޑިޕްލޮމެޓިކް ގުޅުން 1982 ކުން ފަށައިގެން ގާއިމް ކޮށްފަ.

  13. މަ

    މަށަށް ހޮވަން ފެންނަނީ އަންނިގެ ބަދަލުގައި ޔާމީނެއް ނޫން. މަށަށް ފެންނަނީ މަޝްހޫރު ނައިބު ޝަހީމު ރައިސަކަށް ހޮވަން. އޭރުން ދިވެހީންނަށް ދިވެހީންގެ ގަމާރުކަންމަތީ ތާއަބަދަށް އުޅެވޭނެ.

  14. އެއްކަޅި

    އަންނި އަކީ ޖިންނިއެއް

  15. ފެންނަގޮތް

    އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އާއި އެއްވަރުގެ މީހެއް ނަޝީދުއަކީ ވީމާ މީނާގެ ޚަބަރު ލިޔާއިރުވެސް ރީރިބަހުން މުޚާތަބު ކުރާކަށް ނުފެނޭ. ޢެއް ގޮތަކުން ބަލައިފިއްޔާ ނަތަންޔާހޫ އަށް ވުރެވެސް މީނަ ނުބައި. އެއީ އިސްލާމަކަށްވެހުރެ މިހުރިހައި ނުބައެއް ހަދާތީ.

  16. ކުރުކޮށް ފޮނިކޮށް

    ރައީސް ޔާމީނަށް ވުރެ، ރައީސް ނަޝީދު މަޤްބޫލުވީމަ އެވެ.

    • ނަމެއް

      ނަސީދު ވެރިކަމަށް އައިއްސިއްޔަ މުޅި ގަޢުމު ތިބުނާ އީޔޫ ގެ މީހުނަށް ހަވާލު ކުރާނެ.

  17. ހުސޭނު

    ނަސީދު ބުނާގޮތް ޢީޔޫ އިން ހަދަނީކީނޫން. ނަސީދަކީ އެމީހުންގެ ބޯއީއެއް. ޢެހެންވީމަ އެމީހުން ނަސީދުއައް އަންގަނީ ހަދަންވީގޮތް. ނަސީދެއް ދެނެއްއެމީހުންގެ މުށުތެރޭން ދެމި ނުގަނެވޭނެ. ކޮންމެ ގައުމެއްގަ ވެސް، ޖަމިއްޔާތަކުގަ ވެސް ޢީޔޫ ބުނާގޮތައް ނަށަން މަޖުބޫރުވާ މީހުން އެމީހުންތިބޭނެ ބައިތިއްބާފަ.

  18. އަޙްމަދު މަގޭ ޤައުމް

    ބޯސޮރެއްވީމަ.

  19. 3ނިރު

    ބޮޑު ކަަފަރެއްވީމަ

  20. ތުއްތުނާ

    އީޔޫ އަކީ ކުރިންވެސް އޮންނަ ޖަމާޢަތެކެވެ. އެހެންނަމަވެސް އެމީހުން މިގައުމުގެ ދާޚިލީ ކަންކަމާބެހި ހަދާފައެއްނުވެއެވެ. މިމީހުން ދިވެހިރާއްޖޭގެ ދާޚިލީކަންކަމާ ބެހެންފެށީ، ކެރަފާނަޝީދު އެމެންބަރުންގެ ގޭގޭދޮށަށް ދޮރުންދޮރަށް ހިނގާ އެތައް އާދޭހެއްކޮށް އޭނާގެ ލާދީނީކަން އަންގާދީ ހެދުމުންނެވެ. މިގޮތުން އެންމެފުރަތަމަ އީޔޫއިން އެޅިފިޔަވަޅަކީ ދިވެހި ކަނޑުމަސް ޔޫރަޕްގެ ގައުމުތަކަށް ބޭރުކުރާއިރު ދެމުންއަންނަ ޚާއްސަ ޢިނާޔަތް ދިނުން ހުއްޓާލުމެވެ. ޙުއްޖަތަކީ ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ނެތުމެވެ. މި ފިޔަވަޅަކީ ސީދާ ނަޝީދުބުނެގެން އެޅި ފިޔަވަޅެއްކަމަށްވެއެވެ. އެހެންކަމުން މިހުރިހާ ދުއްތުރާތަކެއްގެ އަޑީގައި ހުރި މީހަކީ ނަޝީދުކަން ރަނގަޅަށް އެނގޭއިރު އޭނާއާއި އޭނާގެ ޢާއިލާއާމެދު އޭނާހިންގި ސަރުކާރުގެ އިސްވެރިންނާމެދު ހަރުކަށިފިޔަވަޅު މިގައުމުންވެސް އަޅަން ޖެހޭނެއެވެ.

  21. ކެރަފާ

    ކާފަރު އައްނި ޔަހޫދީ ސުންޕާ މިގައިމުގެ ހަލާކު މިކަލޭގެ ހިއްސާވާ ޕާޓީ އަކައް ވޯޓު ދިނުން ހަރާމް.

  22. ޢީސަދަރި

    ފަލަސްޠީނަކީ ﷲގެ ޢިނާޔަތްތަކާއި މަދު ނިހާޔަތަށް ލައްވާފައިވާ ބިމެއް، ގިނަ ރަސޫލުންގެ ވަޒަނަކީ ފަލަސްޠީނު. ސަލާމުލއެްވި ދާވޫދު ގެފާނާއި ސުލައިމާނުގެ ފާނާއި މިނޫންވެސް ކިތައްމެ ރަސޫލުންނެއް އުޅުއްވީ އެބިމުގައި. އަދި ޙުރުމަތްތެރި ވެގެންވާ މަސްޖިދުލް އަޤްޞާ ހުރީ އެބިމުގައި، މުސްލިމުންގެ ފުރަތަމަ ޤިބުލަ އަކީ މަސްޖުދުލް އަޤްޞާ. ވީމާ، ޤުދުސަކީ މުސްލިމުން ދިރިއުޅެތާ އެތައް ޤަރުނެއް ވެފައިވާ ތަނަކަށްވާއިރު ސަހުޔޫނީންގެ ބިމަކަށްވާނެ އެއްވެސް ގޮތެއް ނުއޮންނާނެ. އިޒަރޭލަށް ތާއީދު ކޮށް ލިޔާ ކޮމެންޓްތައް މިކޮމުގައި ނުހިމެނުމަށް ގޮވައިލަން.

  23. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ހިއުމަން ލޯވ ކިޔަވައިދޭ ބައެއް ތަންތަނުން އިންސާއަކީ، އިޖުތިމާޢީ ޙައިވާނެއް ކަމަށް ކިޔަވައިދެއްވައެވެ. ދަސްކޮށްދެއްވައެވެ. ޔަޢުނީ އިންސާނާ އޭނާއަށް ދެއްވާފައިވާ ބުއްދީގެ ނިޢުމަތް ހެޔޮގޮތުގައި ބޭނުން ނުކޮށް ހިތުހުރިހައި ގޮތަކަށް ނުބައި ނުލަފާ ކަންތައްތައް ކުރަމުންދާނަމަ، ނުކުންނާނެ ނަތީޖާ ބުނެދެއްވައެވެ. އެހެނީ، ރާއްޖޭގައި އެއްޖިންސުން ކައިވެނި ކުރެވޭގޮތަށް ޤާނޫނު ބަދަލު ކުރުމަށް ގޮވާލުމަކީވެސް އަދި އެފަދަކަންކަމަށް ބާރުއެޅުމަކީވެސް ނުބައި ނުލަފާ މީހުން ކުރާ ޒާތުގެ ކަންކަމެވެ.