އިންޑިއާގެ ސިފައިން ރާއްޖެއަށް އައުމަށް ގޮވާލައި ރާއްޖޭގެ މިނިވަންކަން ނަގައިލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކަށް، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މިރޭ އުމަރު ކުރެއްވި ޓްވީޓެއްގައި މިކަމާއި ގުޅިގެން ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމަކީ އެތައް ޒަމާނެއް ވަންދެން ދެމިއޮތް ގުޅުމެއް ކަމަށާއި، އެޤައުމުން ރާއްޖޭގެ ސިޔާސީ މައްސަލައެއް ޙައްލު ކުރުމަށް ކަމަށް ބުނެ ބަޑި ބޭނުން ކުރާހައި މޮޔަ ނޫން ކަމަށެވެ.

އެ ޓްވީޓުގައި އުމަރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެވެސް މިފަދަ ޙާލަތްތަކާއި އަމިއްލައަށް ކުރިމަތިލާން ދަންނަ ފަޚުރުވެރި ބައެއް ކަމަށެވެ.

އުމަރު މިގޮތަށް ވިދާޅުވެފައިވާއިރު، ބައެއް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދަނީ، އެފަރާތްތަކުން ރާއްޖެއަށް ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުވުމުން ރާއްޖެއަށް އިންޑިއާ ސިފައިންނާއި ޤައުމުތަކުން ކުލީ ސިފައިން ގެނެސް ދިވެހި ސިފައިންގެ ލޭ ޤައުމުގައި އޮހޮރުވާލާނެކަމުގެ އިންޒާރު ދެމުންނެވެ.

އަދި ރާއްޖޭގެ ވެރިކަން އަތުލައިގަނެ، އިދިކޮޅު ފަރާތްތަކުން ޤައުމުގެ ހަމަޖެހުން ނަގާލުމަށްކުރާ މަސައްކަތުގައި ބައިވެރިވުމަށް އިންޑިއާ ސިފައިންގެ މަދަދަށް އެފަރާތްތަކުން ދަނީ އެދެމުންނެވެ.

އެގޮތުން ޖަލަށް ލުމުން މައިބަދައިގެ އޮޕަރޭޝަނަކަށް ކަމަށް ވިދާޅުވެ ޤާނޫނަށް ފިއްލަވައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ދާދި ފަހުން ވަނީ އިންޑިއާ ސިފައިން ރާއްޖެ އެރުމަށް އެދޭ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރީތި މޫސަ

    ނޫން އުމަރު ނަޝީދާއި ނަޝީދުގެ ބައިރިންބޭނުންވަނީ ރައިއްޔަތުން މަރާފަވެސް ވެރިކަން އޭނައެހުރީ ވެރިކަމަށް ބޫތުކައިފަ އިންޑިޔާސިފައިންނައައިސްފިނަމަ ކުލީސިފައިން ގެނެސްގެންވެސް ވެރިކަންހޯދޭތޯ ބަލާނެ ހަމަގައިމުވެސް އެނގޭކަމަކީ ރާއްޖޭގެ ރައިއްޔަތުން ދުވަހެއްގެކޮޅުންވެސް ނަޝީދުވެރިކަމަކަށް ނުހޮވާނެކަން

  2. ނުރަބޯ

    ބަލަގަ އުމަރާ ކިތައްމެ ކުޑަ އަލިފާން ކޮޅެއްވެސް ރޯކޮށްފަ ބަޔަކު އޭގެ ވަށައިގެންތިބެ އަނގައިން ފުމެންޏާ އެ އަލިފާންކޮޅު ބޮޑަށް ރޯވެ ފެތުރޭނެ. އެހެންކަމުން ކެރަފާ ނަޝީދު އާއި އޭނާގެ ވާގިވެރިން ކެނޑިނޭޅި އިންޑިއާއިން ރާއްޖެ އަށް ޢަސްކަރީން ފޮނުވަން އެދެމުންދާ ނަމަ، އިންޑިއާއިން އެކަން ކުރުމަކީ ނުވުމަށްވުރެ ވުން ގާތްކަމެއް.

  3. ރަނގަޅު

    އެމީހުންނަށްއޮތްހަމައެކަނިގޮތަކީ ބޮނޑިބަތްސޮހޮލުގެހަރުގަނޑުންއަރައިގެންސިފައިންގެއަށްވަނުންތޯއްޗެ.

  4. މ.ސ

    ނަޝީދަކީ މި ގައުމުގެ ހަލާކު އޭނަ އަށް ހެޔޮގޮތެއް މެދުވެރި ނުކުރައްވާށި!

  5. މުގާބޭ ނަސީދު

    ތަމެން ދިވެހިންނައް ނޭގުނަކަސް ކުލީ ސިފައިން ނެނައުމަކީ މަނެން ކެނަރީގޭ އާއިލީކަމެކޭ، މަ މުގާބޭ ނަސީދު ކޮޅުބައް މިދަނީ ބޮޑުބޭބެ ލުތުފީ ކައިރިން ކުލީސިފައިން ގެންނާނެގޮތް ދަސްކުރަން އެގޭ ....