ރާއްޖެއަށް އދގެ ހާއްސަ ފެއްވަފުދެއް ފޮނުވުމަށް އިންޑިއާ އިން މަސައްކަތް ފަަށައިފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" ގައި ބުނެފައިވަނީ ރާއްޖޭގައި އަލުން ޑިމޮކްރަސީ އަށަގެންނެވުމަށް ރައީސް ޔާމީނަށް ބާރު އެޅުމަށާއި، މިވަގުތުގެ ޙާލަތު ވަޒަންކުރުމަށް އދގެ ޚާއްސަ ވަފުދެއް ފޮނުވުމަށް އދ. އަށް ބާރު އެޅުމަށް އެކުވެރި ޤައުމުތަކާ އެކު އިންޑިއާ އިން މަސައްކަތް ފަށައިފައިވާ ކަމަށެވެ.
ރާއްޖޭގެ މައްސަލައިގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހުގެ ހެނދުނު ފޯނުން މަޝްވަރާކުރައްވާފައިވާއިރު، ގިނަ ޤައުމުތަކުން ބަލަމުންދަނީ ރާއްޖޭގެ މައްސަލައިގައި އިންޑިއާ އިން އަމަލުކުރާ ގޮތަކަށް ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އާދަޔާއި ހިލާފު އަމުރާއި ގުޅިގެން ސިޔާސީ ހަނލަބޮލިކަން އިތުރު ވެފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެއަމުރަށް މިހާރު ބަދަލު ގެނެސްފައެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު ރައީސް ނަޝީދު ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެ ފޮނުވަން ބާރުއަޅާ ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދަވަމުންނެވެ.
ފުލުހުން ވަނީ މިހާރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އެމަނިކުފާންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމު ހައްޔަރުކޮށްފައެވެ.
ދާދި ފަހުން ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް އިންޑިއާއަށް ފޮނުވަން ދިވެހި ސަރުކާރުން މަސައްކަތްކުރި ނަމަވެސް، އިންޑިއާ ސަރުކާރުން ވަނީ އާސިމާ ބައްދަލުކުރުމަށް ދެކޮޅު ހަދާފައެވެ.
މަށަށް ހީވަނީ އިންޑިޔާއަށްހެން އެ ވަފުދު ދާންވީ!!! ހެހެ
ބޮޑުބޭބެ ހާދަ ރަނގަޅޭ..
ނިއުކްލިއަރ އެންމެ ހަތިޔާރެއް އޮތީ އެއޮތީ މިވަގުތު އިނގިރޭސިވިލާތުގަ. މިމަހު 17 ގަ ބެންގަލޫރަށް އެހަތިޔާރު ދަތުރު ކުރާނެ އޯ. އދ އިން މިދެތަން ބަލާފަ މި ހަތިޔާރު ސުތުލި ގޯންޏަކަށް ލައުގެން ގެންގޮސް އެޓްލާންޓިކް ކަނޑަށް ފައްތާލަބަލަ. ދުނިޔެ އަށް ޖެހިގަ ހުރި މުސީބާތެއް މިހަތިޔާރަކީ
ގައުމުބހަވަރަށް ދިނީމަ މިގައުމު ބޭނުންވެގެނ އުޅޭ މީހުން ކަރުތާފެނަށްވެސް އެރޭނެ. މިތަނަށް އެރޭނެހާ މަގެއް ހޯދާނެ. މިހާލަތަށް ދުއްވާލީ ގައުމުގެ އަދުއްވުން ކަމުގައިވާ އިދިކޮޅު މީހުން
ދިވެހިންގެ އުނިވިސްނުމުން ނުވިސްނޭ ގައުމެއްގެ ހާލަތު ރަނގަޅުކުރާނީ ތިމާމެން އަމިއްލައަށް ކަމެއް. ކަރަކަރައަށް ގޮވާ ގެނައިމަ އެމީހުނަށް ދޭންޖެހޭ އަގެއް ނުދެއްކޭނެ ދުވެހިންގެ ފިރާއަކުން.
ބައެއް މީހުން ގަބޫލު ކުރާގޮތުން ރައީސް އިސްތިއުފާ ދިނީމަ މިކަން ހައްލުވީ. ވިސްނާނުލާ އިންޑިޔާގެ އިންޓްރެސްޓަކީ ކޮބައިކަމެއް. ނަޝީދު އާ މިގައުމުގެ ވެރިކަން އިންޑިޔާއިން ހަވާލުކުރާނީ ޗައިނާއާ ވެފަ ހުރި އެއްބަސްވުން ބާތިލް ކުރުމުގެ މައްޗަށް. ދެނަ ޗައިނާ އޮންނާނެތަ ބަލަންް؟ ނޯންނާނެ. އެމީހުންގެ ވިޔަފާރިއާ ކުޅެލާފިނަމަ އެތަނެއް ދުއްވާލާނެ. ދިވެހިންނަށް ކޯންޗެއް ލިބޭނީ ޔާމީން ރައީސް އިސްތިއުފާއިން. ގެއްލުމާ ހަލާކާ ފަގީރުކަމާ ނިކަމެތިކަން. ހޭއަރާ ވިސްނާކަށް ނުވޭތަ އަދިވެސް. ﷲ ގެ ރަހުމަތް މިފަދަ ސާބިތު ވެރިއެއް މިވަގުތު މިގައުމު ހިންގަންހުރިކަން އެއީ. އަލްހަމްދު ލިއްލާހް
ބީތާތަކާ ފުރަތަމަ ގައުމުގަ ދުވާލު ދެދަޅަޔަށް ކުރާ ރޭޕް ހުއްޓުވާބަލައެހަށް އދ އަށް ހުށަހަޅައިގެން!!!!! ލަދުހަޔާތުގެ ކަންފުޅެއްނެތަސް ބޮޑުވަރު!!!!!