މަގާމެއްގެ ދަހިވެތިކަމުގައި ވިޔަސް ނުހައްގުން މީހަކަށް އަނިޔާ ދީގެން އެމީހަކަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ކުރީގެ ޕޮލިސް ކަމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ރިޔާޒު ވިދާޅުވީ ބިރު ދެއްކި ނަމަވެސް ގާނޫނު އަސާސީއާ ހިލާފުވާނަމަ އެކަމަކަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.
" ޣައިރު ގާނޫނީ އަމުރުތަކަށް ހިތްވަރުދޭ އަދި އެހީތެރިވެދޭ މީހުން ވެސް އަދުލުއިންސާފު ކުރިމައްޗައް ގެނެވޭނެ ދުވަހެއް އަންނާނެ އެމީހުން އެކުރި ކުށުގެ އަބަދު ލިބޭނެ " ރިޔާޒު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރަކީ މީހުން ނުކުރާ ކަންތައް ކުރިކަމަށް ހަދައިގެން ފްރޭމްކުރުމުގެ ސަގާފަތެއް ގެންގުޅޭ ސަރުކާރެއްކަން އެއޮތީ ފެންނަން ކަމަށް ވިދާޅުވެ ރިޔާޒު ވަނީ ބަޔަކު ރާވައިގެން ބަޔަކު ކަންތައްތަކެއް ހިންގާ ބައެއްގެ ބޮލުގައި ކަންތައްތަކެއް އެޅުވުމުގެ ސަގާފަތަށް ރައީސް ޔާމީން ވަރަށް ސްމާޓްވާން ވާނެ ކަމަށް ވިދާޅުވެފައެވެ.
"ނާޒިމްގެ މައްސަލަ ވެސް ހިނގާ ދިޔަގޮތް ބައްލަވާ. ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ގެ ވެސް ފުރަތަމަ ބަލައި ފާސްކުރިއިރު ނުފެނޭ އެއްވެސް އެއްޗެއް. އެކަމަކު ދެވަނަ ފަހަރަށް އެމަނިކުފާނު ނުވެސް ނެތީސް ބަލައި ފާސްކުރިއިރު އެއްޗެހިތަކެއް ފެނުނު ވާހަކަ މިއިވެނީ" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ މިހާރު ފެންނަނީ ރައީސް ޔާމިންގެ ހިޔާނަތުގެ ކަންތައްތައް ސިއްރުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. ނަމަވެސް އެސީސީ ވެސް ޖަވާބުދާރީ ކުރެވޭނެ ދުވަސް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނުހައްގުން ބަޣަވާތް ކޮށްގެން ލިބޭނެ މަންފާއެއް ނޯންނާނެ. ޜިޝްވަތުގެ ފައިސާއަށް ގަރަގުވެފައި ތިބިބައެއް ތީ. ނުހައްގޭ ހައްގޭ ކިޔުމުގެ ފުރުސަތެއް ނޯންނާނެ.
ނުހައްޤުން ޓެކްއަށް ދައްކަންޖެހޭ ލާރިކޮޅު މަޅާލައިގެން ހުރުމަކީ ކޮންކަހަލަ ކަމެއްތޯ ކަލޭގެ ބޮސް ކައިރީ އަހާބަލަ!
ރިޔާޟޫ! ކަލޭ ވިސްނާބަލަ! މި 4 އަހަރު ތެރޭގަ ހިނގާ ދިޔަ އެއްވެސް ގަޑުބަޑެއްގަ އެމްޑީޕީ މީހަކަށް ޙުކުމެއް އައިސްސިތޯ؟ މުޅިންވެސް ކުށުގަ އެ ބެދެނީ ދުރުން ލާއްވާގެނެސް އެމްޑީޕީގެ ގުއިރޮދީގަ ޖެއްސި މީހުން ނޫންތޯ؟ ރިޔާޟުވެސް ތީ ކުށަކަށް ފައްތަން އެމްޑީޕީން ލިސްޓްކޮށްފައިވާ ބޭކަލެއް! ޤާސިމް ، ޢިމްރާން ، އަދީބު ، މައުމޫނު މި އެންމެންނަކީވެސް ލިސްޓްގައި ހިމެނޭ މީހުން! އެމީހުން އިސްސަފަށްނެރެ އެމީހުންލަވާ ހުރިހާ ގޯހެއް ހައްދަމުން އެމްޑީޕީމީހުން އެތިބީ ފަހަތުސަފުގަ ބޭރުފުށް އޮމާންކޮށް ހލަހީލާ! ! ހިސާބަށްވުރެ އަމިއްލައެދުން ބޮޑުވީމާ އެމީހެއްގެ ސިކުނޑި ކައިލުމަކީ ދުޝްމަނުންނަށް ވަރަށް ފަސޭހަ ކަމެކެވެ. ބޮޑިއެއް ނުދެނީސް ވިސްނުމުގެ ބޭނުންހިފާ ދުޝްމަނުންގެ ތެރެއިން އެއްކިބާވެގަންނާށެވެ.
އަހުރެން މި ހީކުރަނީ މީނަ މިހާރު ނެތްކަމަށް! އެބަހުރިންދޯ؟ ކާކު ކާކައްތޯ ނުޙައްޤުން އަނިޔާދިނީ؟ ތި ބުނަނީ ސްޕްރީމްކޯޓުގެ ދެ ފަނޑިޔަރަކާ މައުމޫނަކާ ޖްޑިސަލް އެޑްމިނިސްޓްރޭޝަންގެ ސަޢީދު ކަމަށްވާނަމަ އެމީހުންގެ ފަތިފުށް އަދި ކަލެޔަކަށް ނޭގޭތޯއްޗެއް!
ނުހައްގުން ބަޔަކަށް އަނިޔާދޭކަން ކަލެއަށް އެނގެނީ ކިހިނެއްތަ؟؟ ނުހައްްގުން ދޭ އަނިޔާއެއް ނިކަން ބުނެދީބަލަ
ނަޒީރާ އެބުނިހެން ޢަބްދުﷲ ޝާހިދުވެސް އެހުރީ ޒާތަކަށް މަޅިޔަށް ފެތިފަ! އަދި އޭނަވެސް އުފުރާލާނޭކަމަށް ބެލެވޭ!
ކަލޭތިއީ މާއިންސާފު ވެރިއެއްތަ، އަހަރުމެން ދަންނަން ކަލޭ ފަތިފުއް ވަރަށް ރަގަޅަށް