2018 ގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓަކަށް އެންމެ އައުލާކަން ބޮޑީ ކޮންބޭފުޅެއް ކަމާއިމެދު އެންމެބޮޑަށް ސުވާލު އުފައްދާ ބޭފުޅުން ކަމުގައި ވެފައި މިވަނީވެސް ޓިކެޓަށް ވާދަކުރައްވާ ބޭފުޅުންނެވެ.

ރިޔާސީ އިންތިޚާބަށް ހައެއްކަ މަހަށް ވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ނެރޭނެ ސާފު ކެންޑިޑޭޓެއް އަދާއިހަމަޔަށްވެސް ރައްޔިތުންގެ ކުރިމަށްޗަށް ދެއްކިފައި ނުވާކަމީ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ކެންޑިޑޭޓެއް ހުރެދާނެ ކަމާއިމެދުވެސް ރައްޔިތުންގެ ހިތުގައި ސުވާލު އުފެދިފައިވާކަމެކެވެ. އިދިކޮޅު ޕާޓީތަކުގެ ތެރެއިން އިންތިޙާބުތަކަށް ދުރާލައި އެއް އަހަރު، ދެއަހަރު ކުރިން ތައްޔާރުވާ، އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު ޚިސޯރުކުރައްވައިގެން އުޅުއްވާކަމަށް އެޕާޓީގެ ބައެއް މެމްބަރުން ބުނާ އެމްޑީޕީގެ ކެންޑިޑޭޓަކީ ކޮބައިކަން އަދާއިހަމައަށް ވެސް ރައްޔިތުންނަށް ދެއްކިފައިނުވެއެވެ.

ޤާނޫނީ ގޮތުން އިންތިޚާބުގައި ވާދަކުރެވޭނެ އެއްވެސް މަގެއް އެއްވެސް ފުރުސަތެއް ނަޝީދަށް ނެތްކަން ޔަގީންވެ ކަށަވަރު ވާއިރުވެސް ރިޔާސީ ޓިކެޓްގައި ބަގުޑިބައްދަވައި، ދޫކޮށްލުމުގެ އެއްވެސް ވިސްނުންފުޅެއް ނަޝީދުގެ ނެތްކަން ޓިކެޓްގެ ޝައުގުވެރިކަން ހުރި އެމްޑީޕީގެ ބޭފުޅުން ގަބޫލުކުރައްވައެވެ. އެމްޑީޕީގެ ޓިކެޓްގެ އިންތިޒާރުގައި ދުވާލުގެ އަރައިގެން އަންނަ އިރާއެކީ ހުދު ހެދުން ތުރުކުރައްވައިގެން ރަންރީދޫ ޓައިއަޅުވައި ދެއިރު ދެދަޅަޔައަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވާ ހައްދަވާ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުވެސް ޓިކެޓުގެ އުންމީދުގައި ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަން ޚުދު އެބޭފުޅުންވެސް މިއަދު ޤަބޫލުކުރައްވައެވެ.

އިސްތިއުފާދެއްވި ރައީސް ނަޝީދުގެ ދިގު އަތް ފެށުނީއްސުރެއް އެމްޑީޕީގައި އޮތުމުގެ ސަބަބުން މީގެކުރިންވެސް ޕާޓީތެރެއިން ލީޑާޝިޕަށް ވާދަކުރެއްވައި ކުރި ހޯއްދެވި ޑރ.ޑީޑީ އާއި ރީކޯ މޫސަ މެންފަދަ ބޭފުޅުން ސައްޕެއް ޖަހައި ބޭރުކޮށްލާ އުސޫލުން ބޭރުކޮށްލި ކަމީ ފެންނަން އޮތް ހަގީގަތްތަކެވެ.

އެމްޑީޕީގެ ހާލަތު މިފަދައިން އޮތް އިރު ކޮންމެ ވެރިކަމެއްވެސް ބަދަލުކުރުމުގައި އެންމެބޮޑަށް ޚަރަދުކޮށް އެންމެ އަޑީގައި ހުންނަވާކަމަށް ގިނަ ބަޔަކު ތުޚުމަތުކުރައްވާ މަހުޖަނު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގެ ހާލަތުވެސް ހަމަ މިފަދައެވެ. 65 އަހަރުން މަތީގެ ބޭފުޅުންނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތަށް ޤާނޫނަށް ގެނައި ބަދަލަށް އަމިއްލަފުޅު ޕާޓީގެ މެމްބަރުންނާއި، ޚުދު އަމިއްލަފުޅަށްވެސް ވޯޓު ދެއްވާފައިވައި އަމިއްލަފުޅު އަތްޕުޅުން ރިޔާސީ އިންތިޙާބުގެ ދޮރު ވަނީ ބަންދުކުރައްވާފައެވެ. ޤާނޫނީ އަސާސީއަށް އަމިއްލަފުޅަށް ގެންނެވި ބަދަލާއެކު ވެރިކަމަށް ވާދަކުރެވޭނެ ފުރުސަތެއް ނެތްކަން ޔަޤީންވާ ހާލުގައިވެސް ޕާޓީތެރެއިން އެފުރުސަތަށް އެދިއެދި ތިއްބެވި އެއްވެސް ފަރާތަކަށް ޖާގަނުދެއްވައި ޓިކެޓްގައި ބަގުޑި ބައްދަވާފައިވާކަމީ މަހުޖަނު ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީތެރެއިންވެސް ފެންނަމުންދާ މަންޒަރެވެ.

ރައީސް ނަޝީދު ދިގުމުއްދަތަކަށް ޖަލަށް ލާނެކަމަށް ވައުދުވެ ވަޑައިގެންނެވި ޑރ.މުހައްމަދު ޖަމީލް އަހުމަދާއި، 7 ފެބްރުއަރީ 2012 ގައި ވެރިކަން ވައްޓާލިކަމުގެ ތުހުމަތު އެންމެބޮޑަށް އެމްޑީޕީން ކުރައްވާ އަބްދުﷲ ރިޔާޒާއި، ހުދު ވަލުގެ ވެރިޔާގެ ނަމުން މަގުބޫލުކަން ހޯއްދަވާފައިވާ އުމަރު ނަސީރުފަދަ ބޭފުޅުން މި ޓިކެޓަށް ކުރައްވާ މަސައްކަތްޕުޅުތަކަކީ ހަމަ ފޫނެތްފަޔަށް ފެންފުރުން ފަދަ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރައްވައެވެ.

އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ހާލަތު މިފަދައިން އޮތް އިރު އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ އަމިއްލަފުޅު ފެކްޝަންގެ ތެރޭގެ ހަރަކާތްތައްވެސް ހަމަ ހުރީ މިފަދަގޮތަކަށެވެ. ރައީސް މައުމޫން އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނަށް ވެރިކަން ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގައި ކޮންމެފަދަ ގުރުބާނީއެއްވެސް ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަން މިއަދު ދިވެހި ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުވާނެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓުގެ މައްސަލާގައި ތަފާތު އެކި ފަހަރު މަތިން ކޮމިޓީތަކާއި ކޮމިޝަންތަކާއި، ކޯޓީމުތައް ހައްދަވައިގެން ކުރެވުނު މަޝްވަރާތަކުގައިވެސް އެއްވެސް އަލިމަގެއް ފެނިފައި ނުވެއެވެ. އެއްބައި ހާލަތްތަކުގައި އެއްކެޑިޑޭޓަކު ނެރެއް ހުރިހާ ބޭފުޅުން އަހުދުކަށަވަރު ހިއްޕަވައި އަތްތައް ހިއްލަވާލައްވާއިރު ޖެހިގެން އަންނަ ދުވަހު އެޕާޓީއަކުން އަމިއްލަ ކެންޑިޑޭޓެއް ނެރުމަށް ނިންމަވާފައިވާ މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ. އިދިކޮޅުގެ ހާލަތު މިފަދަ ގޮތަކަށް އޮތް އިތުރު ރިޔާސީ ރޭހުގައި ކަށަވަރު ކަމާއިއެކު ވާދަކުރައްވާނެކަން އިއުލާން ކުރައްވައި ކެންޕެއިން ކުރައްވާ ހަމައެކަނި ކެންޑިޑޭޓަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.

އިދިކޮޅު ފަރާތްތަކުން އެކި ފަހަރުމަތިން ރައީސް ޔަމީންގެ ވެރިކަން ނިންމުމަށް އެތެރެއިންނާއި ބޭރުންވެސް ޖަހާ ކޮންމެ ދަންތުރައެއްގެ ދަށުގައި އެބޭފުޅުން އަމިއްލަފުޅަށް ތާށިވެ ފިތިބާރުވެފައިވަކަމީ ސިޔާސީ މަސްރަހުން މިއަދު ފެންނަމުންދާ ހަގީގަތެވެ. އެމަނިކުފާނާއި ވާދަކުރައްވަން ތިއްބެވި ބޭފުޅުން އަމިއްލަ ހާލާއިގެން ސަލާމަތްނުވެ ދާންވީ މަންޒިލެއް ނޭނގި ހަތަރު އުދަރެސް ފެނުޖެހި އޮއްސިފައިވާ މަންޒަރު ނޫން މަންޒަރެއް އިދިކޮޅު ސަޕޯޓަރުންނަށް މިއަދާއި ހަމަޔަށްވެސް ފެނިފައިނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ފަަތުން

    ޢމޑޕ ޓިކެޓުގައި ވަަދަކުރައްވަަނިި ރައިިސް ނަސިިދު

    • ސައިނީ

      އިންތިހާބައް ނުވިސްނަނީ އޭބުނުމުން ހިނިއަންނަނީ ނަސީދުމެން ދައްކާ ވާހަކަ ގިބޫލް ކުރޭތަ

  2. ބަޢާވާތާދެކޮޅުު

    ރިޔާސީ ކެންޑިޑޭޓަކީ ގައްސާނު މައުމޫނު... ރަނިންމޭޓް ނޫނީ ކެންޑިޑޭޓު... އެލައިނުން މިނަންފެންނާނެ... ޖޕގެ ޓިކެޓުގަކަމަށް ބޮޑަށްހީވަނީ... މިހާރު ހަމަހިމޭނުން ހުންނަނީ އެހެންވެ.... މިކަން އިދިކޮޅުން ފާޅުކުރާނީ އަބްދުﷲރިޔާޒު ބުނާގޮތަށް ވޯޓުފޮށިދޮށުން... އެހާވެސް ވަގުތުކުޑަތަންވީމަ...

  3. ޢަލީ ހަމީދު

    ސަން އައިލޭންޑްގެ ރައީސުލް ޖުމުހޫރިއްޔާ ގާސިމް އިބުނު މުހައްމަދު ނަޝީދު..

  4. ދަތްދޫނި

    މާތްކަލާކޯ! އިދިކޮލު މީހުނަށް ކެޑިޑޭޓެއް ނުނެރެވިގެނެއް ނޫލޭ. އެވެރިން ބޭނުންވަނީ ޤައުމު އިސްލާޙު ކުރުމަށްފަހު ތިކަމަކާއި އުލެން.

  5. އަލީ

    ތިއުޅޭ ގާސިމާ، ނަޝީދުއާއި ތެޅިތެޅި ތިއްބާ ﷲ އިރާދަފުޅާއިއެކު 2018 ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ.

    • މުަސްލިމީން

      ލަދުކޮބާ

  6. ޙނ

    ކަލެއަށް ކީއް

  7. ނުރަބޯ

    ވަރަށް ތެދު ލިޔުމެއް. އަދި އެއިން ކޮންމެ ބޭފުޅަކަށް ވެރިކަން ލިބުނަސް ދިވެހިރާއްޖެ އެތައްޒަމާން ތަކަކަށް ފަހަތަށް ސޮހިގެން ގޮސް ނިކަމެތި ކަން ކުރިމަތިވާނެ އެވެ. އެހެނީ އެއިން ކޮންމެބޭފުޅަކު ވެސް ވެރިކަން ހޯދަން އުޅުއްވަނީ ޙަސަދަވެރިކަމާ ފިތުނަވެރިކަމާއެކު އަމިއްލަ އެދުމަށް ޓަކައެވެ. އެއްވެސް އިޚްލާޞްތެރި ކަމެއްނެތިއެވެ.

  8. ހާކިމާއޭ

    ނަޝީދުގެ މަންމާފުޅު ފާރިސްގެ ދިފާއުގައި ކަމަށް ފޭކް ގޭމް ޖައްސަނީ އެވެސް ކެނެރީގެ ނަޝީދު ޖައްސާ ސްޓަންޓް އެވެ. ބޭނުމަކީ މަމެންގެ ވެރިކަން ވައްޓާލަން އެހެންމީހުންގެ މަދަދު ސްޕެޝަލީ އަންހެންވެރިންގެ މަދަދު ހޯދަން އެވެ. ހަަސަދަ ވެރިކަން ނެތް ނަމަ ކީއްވެގެންތޭ ގޮސް ނަސްރީނާ އާއި ބައްދަލު ކޮށް އެކުވެރިކަން ބަދަހި ނުކުރީ. މިހާރު ވެސް ވެރިކަމަށް ކެނެރީގެ ނަޝީދަށް ކުރިމަތި ލެވޭ ގޮތް ވެއްޖެނަމަ އޭނާ ފާރިޝް ޖަލުގައި ބަހައްޓަން ބާރު އަޅާނީ އަދި ގާސިމަށް ވެސް ކުރިމަތި ނުލެވޭނެ އުސޫލުން އޭނާ ކަންކަން ކުރާނީ. ތިޔާއީ ކެނެރީގެ ނަޝީދު ނޫންތޭ އޭނާ އަކީ އުމުރުގައި ދުވަހަކު ވެސް ތެދެއް ހެދި މީހެއް ނޫނެވެ. ކަރަންޓް ބިލް އަގު ބޮޑު ނުކުރާނަމޭ ކިޔާ ވެރިކަމަށް ފާވެ ކަރަންްޓް ބިލް ބޮޑު ކުރީ އަދި ޑޮލަރު އަގު ބޮޑު ކުރީ އަދި ޑޮލަރު ނުވެސް ލިބެނީ ވިޔަފާރި ވެރިންނަށް ގަންނަން އިންޑިއާ މީހުންގެ އުނގަށް ވެއްޓިގެން ގައުމު އިންޑިއާ މީހުންނަށް ވިއްކާލީ ޒަކިއްޓެ ބުނުމުން. މީނާ އަކީ ދެން އަމިއްލަ ސިކުނޑި އެއް ވެސް ހުރި އެއްޗެއް ނޫން ބޮޑު ވަގެއް ތިޔާއީ ސަރުކާރުގެ މާލިއްޔާ އިން ވައްކަން ކޮށްގެން ކޮލި އާއިލާ އަށް ވުރެން މުއްސަނދި ވޭތޯ ބަލަން. އޭނާ ބަލަނީ ވައްކަން ކޮށްގެން މުއްސަނދި ވޭތޯ މަސައްކަތް ކޮށްގެން ވިޔަފާރި ކޮށްގެން މުއްސަނދި ވޭތޯ އެއް ނުބަލަ އެވެ.

  9. އާއާއާއާ

    މަޖީދީމަގަށް އެއްވީ މަދުބަޔެއް ކަން މިއެގިގެން ދަނީ އެއީ ޗެނަލް ތޭރައިން އެމްޑީޕީގެ މުޒާހަރާގެ ކަވަރޭޖް ގެނެސް ދޭން ފެށުމުންނޭ އެމެން އެމްޑީޕީގެ ޖަނގިޔާޒް ދަ ބޭލެނިންގް ވަނީއޭ ދެން އެމެން ރަންރީނދޫ ޓްވިޓަރޭ މެން ނައްޓަ ނައްޓައިގެން ބިން މަތީ ފައިން ޖަހާ މައިފުޓް ވަޓްސް ދިސް ޗެނަލް ތޭރަ ޑުއިންގް އިންސައިޑް މުޒާހަރާ އޭ ކިޔާ ނެއްޓިނަމަ ވެސް އެއިން ކުރެވޭނެ ކުރާނެ ކަމެއް ނޯންނާނެއޭ. ތަމެން ގެ ރަނޑު ފަންކާ ހިންގާ ޓީވީން ފަތުރާ ރަނޑު ޕްރޮޕެގެންޑާ އެއީ ތެދު ނޫން ކަން މަމެން ޖެންޓުލްމެން ސްޓައިލް ގެ މީހުން ޖެއްސުމުން ފެނިގެން ދާނެއޭ. ރަންރީނދޫ ޓްވިޓަރޭ ކޭން ޔޫ ވިން ފްރޮމް އަސް ކޭން ޔޫ ބީ ކޭން ޔޫ ބީ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ އާއާއާއާ އާއާއާއާ އާއާއާއާ....

  10. ޖައްސަބަލަ

    ރާއްޖޭގެ ސިޔާސީ މައިދާން އިދިކޮޅު ފަރާތް ތަކުން ކައްކައިގެން ރައްޔިތުންގެ ހިތް ތަކުގައި ސިޔާސީ ކަންކަމާއި މެދު ކަން ބޮޑު ވުން އުފެދޭ މިންވަރަށް މިކަން ކަން މީޑިއާ މެދުވެރިކޮށް ޕްރޮޕެގެންޑާ ފަތުރަމުން ދާތީވެ ސަރުކާރުން އެބަޖެހޭ ސަރުކާރުން އިގްތިސާދީ ވަރުގަދަ ޕެކޭޖްސް ތަކެއް ކޮންމެ ދުވަހަކު ހެން ފުލު ފުލުގައި ނެރެދޭން. ސަރުކާރުގެ އެނަރޖީ ދުއްވާލައިގެން ނުވާނެ ހަމަ އެކަނި ސިޔާސީ ކަންކަމަށް. އެކަން ޖެހޭނީ ބެލެންސް ކުރަން. އެގޮތުން ބަލާއިރު މާލެ ސަރަަހައްދުން ފްލެޓްސް ތަަކަށް ކުރިމަތި ލާފައިވާ 15 ހާސް މީހުންނަށް ފްލެޓްސް ތައް ދޭނެ ކަމަށް މިއަދުން މިއަދަށް ހައުސިންގް މިނިސްޓްރީން އިއުލާން ކުރަންވީ ރައީސް އޮފީހުގައި ބޮޑެތި ނޫސް ކޮންފަރެންސް ބާއްވައިގެން އަދި ފްލެޓްސް ތަަކަށް އެދި ފޯރމް ލާފައިވާ ހުރިހާ މީހުންނަށް ފްލެޓްސް ތައް 2019 ވަނަ އަހަރު ނިމުމުގެ ކުރިން ދޭނެ ކަމުގެ ލިޔުން ވެސް ހަވާލު ކުރަންވީއޭ. އެއިރުން ދެން ސިޔާސީ ކަންކަން އޮބިގެން ހިނގައިދާނެއޭ. މިކަން ކުރަންވީ ވަގުތު އޮތްވާ ކޮށްބަލަ.

  11. ދިސްއިޒްއިޓް

    ކޮންމެ މީހެއްގެ ވެސް މަންމަ އެއް ހުންނާނެއެވެ. މުސްކުޅި މަންމައިން ނުޖެހޭނެ މާލޭގައި މުޒާހަރާ ކުރުން މަނާ ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަން. އެއީ މަނާ ކަމެއް. މުސްކުޅި ހާލުގައި ބަލަންވީ ގާނޫނު ތަކާއި ގަވާއިދު ތަކަށް ހުރުމަތް ތެރިކޮށް ހިތޭތޯއެވެ. މިރާއްޖޭގައި ވެރިކަން ކުރި މީހެއްގެ މަންމަ އެއްގެ ފަރާތުން އެކަން ނުފެނުން އެއީ ލަދު ގަންނަން ޖެހޭނެ ކަމެކެވެ. މީގެއިން އެގިގެން މިދަނީ ކުރީ ގައި މިރާއްޖޭގެ ވެރިކަން ކުރި މީހެއްގެ އާއިލާ މިރާއްޖޭގެ ވެރިކަމާއި މެދު ދަހިވެތި ވެފައިވާ މިންވަރެވެ. ތިޔާ ޒާތަށް އުޅެގެން އަދި ރައްޔިތުންގެ ވޯޓެއް ވެސް ނުލިބޭނެއޭ ގާޒީ އަކު ތަމެން ހައްޔަރު ނުކުރާ ކަމަށް ނުވާނެއޭ ގުދުރަތަށް އެކަން އޮޅުވާނުލެވޭނެއޭ ދެން އެހެން ވީއިރުން ތަމެން ކަށިން ހިތްވރު ނަގާ އެއީ ނުވާ ކަމެއް ކަމަށް ހަދަން އުޅުނު ނަމަވެސް އެކަން ނުވެ ނުދާނެއޭ. ހަގީގަތުގައި މިއަދު ކެނެރީގެ ނަޝީދުގެ މަންމަ ވެސް ޖެހޭނެ އޭނާ ހައްޔަރު ކުރި ގާޒީ އަރިހުން މާފަށް އެދެން. ދިސް އިޒް އިޓް.

  12. ވަސްމީރު

    ވަރަށް ސަޅި ލިޔުން ކޮޅެއް ދެންތިބީ ހުސްދެބޯގެރިން

  13. ދޮންބެ

    އިސްތިއުފާދެއްވި ރައީސް ނަޝީދުގެ ދިގު އަތް ފެށުނީއްސުރެއް އެމްޑީޕީގައި އޮތުމުގެ ސަބަބުން މީގެކުރިންވެސް ޕާޓީތެރެއިން ލީޑާޝިޕަށް ވާދަކުރެއްވައި ކުރި ހޯއްދެވި ޑރ.ޑީޑީ އާއި ރީކޯ މޫސަ މެންފަދަ ބޭފުޅުން ސައްޕެއް ޖަހައި ބޭރުކޮށްލާ އުސޫލުން ބޭރުކޮށްލި ކަމީ ފެންނަން އޮތް ހަގީގަތްތަކެވެ.

  14. ދިވެހިވިންދު

    ޔާމިނެވެ ބިރުނުގަނެ އިދިކޮޅު މީހުން ޖަލްސާއެއް ބާއްވަލަދޭށެވެ އެންމެ ކުޑަމިނުން ކާނިވާ ސަރަހައްދު ދޭށެވެ ދާނެ ހަމަ އެކަކު ނުވާނެއެވެ ތިހެރަ ގަންނަ ބިރަކުން ލަދުން ހަލާކު.

  15. ދިރާސާ

    ކުރިއަށްދަނީ ވަރަށް ރަގަޅު މިސްރާބަކަށް. ފަހުވަގުތުވެސް އިދިކޮޅަށް އެއް ކެންޑިޑޭޓަކަށް އެއްބަހެއް ނުވެވޭނެ. އިންތިހާބު ބޯއިކޮޓު ކޮށް ހާޖާނުހެދުމަށް އިދިކޮޅުންކުރާ މަސައްކަތަށް ރައްޔަތުންގެ ތަރުހީބެއް ނުލިބޭނެ. އެންމެ ފަހުވަގުތު އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވަރުގަދަ ގާނޫނީ ޝަޚުސިއްޔަތެއް ކުރިމަތިލާނެ. ދެކެންޑިޑޭޓުން ތެރެއިން ރައްޔަތުން އެދޭ ކެންޑިޑޭޓަކަށް 2018 ކާމިޔާބުވާނެ.

  16. ގާސިމް

    އެމްޑީޕީގެ ޓިކެޓްގެ އިންތިޒާރުގައި ދުވާލުގެ އަރައިގެން އަންނަ އިރާއެކީ ހުދު ހެދުން ތުރުކުރައްވައިގެން ރަންރީދޫ ޓައިއަޅުވައި ދެއިރު ދެދަޅަޔައަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވާ ހައްދަވާ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އާއި ދެމެދު ކޯޅުން އުފެދިއްޖޭ ހެހެެހެހެހެހެހެހެހެހެހެެހ

  17. ޖިހާދު

    އެމްޑީޕީގެ ޓިކެޓްގެ އިންތިޒާރުގައި ދުވާލުގެ އަރައިގެން އަންނަ އިރާއެކީ ހުދު ހެދުން ތުރުކުރައްވައިގެން ރަންރީދޫ ޓައިއަޅުވައި ދެއިރު ދެދަޅަޔައަށް ނޫސްވެރިންނަށް މައުލޫމާތު ދެއްވާ ހައްދަވާ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އާއި ދެމެދު ކޯޅުން އުފެދިއްޖެޔޯ ހެހެހެެހެހެެހެހެހެހެހެހެެހެހެެހ މީ އިހްލާސްތެރިކަމަކީ ވެރިކަން ހަހަހަހ ދުވަސްދަނީ

  18. ޖިހާދު

    އައްނި ދިގުމުއްދަތަކަށް ޖަލަށް ލާނެކަމަށް ވައުދުވެ ވަޑައިގެންނެވި ޑރ.މުހައްމަދު ޖަމީލް ކޮބާތޯ ..ހެހެހެ މީ ތެދުވެރިކަން ހަހަހަހަހަ

  19. ޖިހާދު

    ރިޔާސީ އިންތިޚާބަށް ހައެއްކަ މަހަށް ވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ނެރޭނެ ސާފު ކެންޑިޑޭޓެއް އަދާއިހަމަޔަށްވެސް ރައްޔިތުންގެ ކުރިމަށްޗަށް ދެއްކިފައި ނުވޭ ހަހަހަހަ މީތަ ހެޔޮ ވެރިކަމަކީ ހުސް އަރައިރުމައް ވެއްޖޭ ގޮވަނީ ގޮވަނީ.ޕޕޕޕޕއއއ