ރާއްޖޭން ގާތް ގުޅުމެއް ބޭއްވި ސައުދީ އަރަބިއްޔާގެ ސަރުކާރުން ވެސް މިހާރު ދިވެހި ސަރުކާރާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.

މ. ކުނޫޒުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ ވިދާޅުވީ ރާއްޖެ އިން ގާތް ގުޅުމެއް ބޭއްވި ސައުދީ ސަރުކާރުން ވެސް މިހާރު ދިވެހި ސަރުކާރާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަމަށާއި ސައުދީއަށް ވަޑައިގެން މަންދޫބަށް އެ ގައުމުގެ އެއްވެސް އިސް ބޭފުޅަކާއި ބައްދަލު ނުވާ ކަމަށެވެ.

މަންދޫބުންނަށް ގައުމުތަކުން ދެނީ ބީރު ކަންފައްތެއް ކަމަށާއި ބަދަލުގައި ސައުދީގެ ރައްޔިތުން ރާއްޖެއަށް ދަތުރު ކުރުމުގައި ރައްކާތެރިވުމަށް އެދި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އަމަލުތަކަށް ތާއިދުކޮށް ޗައިނާއިން މިހާތަނަށް އެއްޗެއް ބުނެފައި ނުވުމަކީ އެ ގައުމުގެ އެއްބާރުލުން ވެސް ސަރުކާރަށް ނެތްކަން އަންގައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު އަބްދު ﷲ ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ކަންތައްތަކުގެ ތެރެއަށް އެ ގައުމުން ވަންނަން ބޭނުން ނުވާ ކަމަށް ބުނުމަކީ ވެސް ސަރުކާރަށް ފުރަގަސް ދިނުން ކަމަށެވެ.

ރާއްޖޭގެ ހާލަތާއި އަދި ހިނގަމުންދާ ކަންތައްްތަށް ބޭރުގެ ގައުމުތަކަށް ހިއްސާ ކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހާއްސަ މަންދޫބެއްގެ ގޮތުގައި ސައުދީއަށް ވަޑައިގެންނެވީ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން މިހެން ވިދާޅުވި ނަމަވެސް މިއަދު ހެނދުނު މިނިސްޓަރު ޝައިނީ ރާއްޖެ ވަޑައިގެން ކުރެއްވި ޓްވީޓެއްގައި ވަނީ ސައުދީ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މުހިންމު ބައްދަލުވުންތަކެއް ވެސް މި ދަތުރުގައި ބޭއްވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ މައުލޫމާތު ދޭން ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާގެ އިތުރުން ޕާކިސްތާން އަދި ޗައިނާއަށް ވެސް މަންދޫބުން ފޮނުވާފަ އެވެ. އެގޮތުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި އިރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހުންނެވީ ޗައިނާގަ އެވެ. އަދި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަޑައިގަތީ ޕާކިސްތާނަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަހަށްދޭބަލަ

    މުޒާހަރާ ތެރޭން 5 މީހަކު ހައްޔަރުކޮށްފިތޭ އެހެންތޭ ރަންރީނދޫ ޓްވިޓަރޭ މުޅިން ވެސް ތިޔާ އުޅެނީ މާލެ އަށް އަރާތިބި ބަނޑު އަކިރި ދަ ކަންޓްރީ ސައިޑޭ މެން ދޯ. ހައްޔަރު ކުރި 5 މީހުން މިއަދު ދޯ މިރޭ އޭގެ 3 ގުނަ ދެން ތަމެން ގުނަން ތިބޭތި ނަވަތަ ދަސް ކޮށްގެން އިނގޭތޭ. ނަވާރަ އާއި އޮނަވިހި އެއީ ދެ ނަމްބަރެއް ނޫނޭ އެއީ އެއް ނަމްބަރެކޭ ދެން ތަމެން ނަށް ތިޔާ ހުރީ އެއް ކެންޑިޑޭޓް ރަނގަޅަށް ނެރެވިފައޭ ރަންރީނދޫ ޓްވިޓަރޭ މަަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ.

  2. އާއޯނާ

    ދެން ރަގަޅެނުން.. އެހެންވީމަ އަވަހަށް އަރަންވީނުން ތާއިދުތިކުރާ ސިފައިން... އިންޑިޔާއަށް ތިކަންއަންގާ. ހިންދީބަހުން ތިވާހަކަ ބުނައްޗޭ.. ބުނޭ އާއިއޭނާ.. އާކަރު ރިޔާސަތުކީ ކުރުސީ ޕަކަޅުކަރު ސޫލާސިރާޒުސޭ ހަވާލޭކަރުނާ.. ހަމާރީ ގުންޑޯންކޭ ގަމާރުހޭ.. ވެރިކަންކުރާކޭ މާލޫމްނެހީހޭ. އިސީލިޔޭ ހަމްގުންޑޯންކޯ ސިކާނޭކޭލިޔާ ތުމްލޯގު ޕެހެލޭ ކުރިސީސޭ ބޭޓުކަރު ވެރިކަންކުރާނޭކޭލިޔޭ ދިކާއޯނާ.. ހަަމާރީ މމއގަ ބޮހޮތު ޕެއިސާހޭ އެޕައިސާ އެއްކޮށް ކަހާލާކަރު ކިހިޖަހާލާ ތުމްލޯގޯންކޭ އިންޑިޔާމޭ ގެންދާނޭކޭލިޔޭ.. އޯކޭނުން.. ވަރަށް ސިމްޕަލް...

  3. މަރީ

    އެމްޑީޕީ އަކީ އޭގެ ތަބީއަތުގައިވެސް އިސްލާމްދީނުގެ އަސާސްތަކާއި ސަރުކާރާ ތޮޅުމާއި ފިތުނައާއި ގައުމުވަންތަކަން ވެސް އޮތްބައެއް ނޫނެވެ. ހުރުމަތްތެރި ވެގްންވާ ރަށްޔިތުންގެ މަޖްލީހަށް ޕިއްލޭ ކިޔާ އިންޑިއާ ދަރިކޮޅު މީހެއް ވައްދައިގެން އިސްލާމްދީނުގެ ހުކުމްތަކަށް ފާޅުގައި ދެކޮޅުހަދައި ގޮންޖެއްސެވި އިރު އެމްޑީޕީ މެމްބަރުން އަތްޖައްސަވަން ތިބި ތިބުމުން މިކަންކަން ހާމަވެގެން ދެއެވެ.

  4. އެވްރީ

    މިޒާތުގެ ކުޅަނދު މަދު ކުދި ކުދި އާބާދީ ތަކުން އަންނަ ގަމާރު އާލާތުން ދައްކާ ވާހަކަ ތަކަކީ އެެއީ ކަނޑުގައި އަޅާލާ ރޮނގު ތަކޭ ދެން މިއާލާތުން ނަށް ގްލޯބަލް ކޮމިއުނިޓީ ގައި ހިނގާ ކަންކަން އަދި ބަލަން ވެސް އެގުނީ އިހަށް ދުވަހު ނޫންތޭ ތަމެން އިހު އުޅުނު ގޮތަށް މަހަށް ދޭ ބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ. އެވްރީ ވޯރޑް ޔޫ ސޭ އިޓްސް ރަބިޝް އެން ފޭކް އައި ވިލް ބީ ވޮޗިންގް އިޓް އޯއް ކާންޓް ޔޫ ސީ އިޓް އެވްރީ ވެލިއު ޔޫ ބްރޭކް ވީ ވިލް ބީ ތްރޯވިންގް ޔޫ ޓު ޖެއިލް ކަމޯން ބޭބީ ގިވް މީ ދަ ހޭންޑް ކަފް ބޭބީ ބޭބީ ޕްލީޒް ޕްލޭ ދަ ބޭސް ގިޓަރ އޮން ދަ ސްޓޭޖް އެން ޓޭކް ސްޓެޕް ޑާންސް ވިދް ދަ ގިޓަރ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް އޯއް ކާންޓް ޔޫ ސީ އިޓް..

  5. ސްމައިލް?

    އެހެންތަ .. ކަލޭމެންތަ ދިޔައީ ސައުދީއަށް

    • ދެބަންދިހާރު

      ވީގޮތަކީ މިކަލޭގެ ހޭލެވުނު އިރަށް ފެނުނީ ހުދުފޮށާ އަޅާފަހުރި މީހެއް. އެމީހާ ބުންޏޯ އެހެން. ވެދާނެ ފިލި އަންނި އަށް ފެނުން ސޮރުކަމަށް.

  6. ޑުގާ

    ރާއްޖޭގެ އެތެރޭގެ ކަންކަމާ ނުބެހޭނެކަމަށް ބުނުމީ އެގައުމުތަކާ ރާއްޖެގެ ސަރުކާރާއޮތްގުޅުމަކީ ބަދަހި ޕްރޮފެޝަނަލް ގުޅުމެއްހަމާ އެގައުމުތަކުން ރާއްޖެއަށް އިޙުތިރަމްކުރާކަން ދައްކުޗައިދޭކަމެއް. އަދި ސަރުކާރުން ބޭރުގެނުފޫޒުތަކަށް ފުރުސަތުނުދޭކަން ސާވިތުކޮށްދޭ ދަލީލެއް. މިއީކީ ޚާއިނުންގެ ބައިގަނޑެއްމައްޗަށް އެކުލެވިނގެންވާ ސަރުކާރެއްނޫން. އަދި ގުޅުން އޮތީ އިންޑިއާކަހަލަ ތަހުޒީބުނުވާ ބާޢީ ، ޓެރަރިސްޓު ގައުމުތަކަކާ ނޫން. ޢިންޑިއާގެ އަޅުދާސްތު ނަޝީދާ އޭނާގެ ބައިންގަނޑު

  7. ޚަބަރުދާރު

    ގައްދާރުންގެ މައި އިދާރާ ކެރަފާގޭ ފިލި އަންނި އިންޑިއާ ކައިރީ އާދޭސް ކުރާއިރުވެސް އިންޑިއާ ސިފައިން ރާއްޖެ ހިފަން އެ ނާންނަނީވެސް ބީރު ކަންފަތެއް ދޭތީ ކަން އަހްމަދު އަބްދުﷲ އަށް ވިސްނޭއިރު އެ ކެރަފާ އަންނި އަށް ނުވިސްނޭތީ ދެރައީ.

  8. ދެބަންދިހާރު

    މިކަލޭގެ ތަންކޮޅެއް އިސްކޮޅުން ދިގު ނަމަ ރާއްޖޭގެ ރައްޔިތުންނަށް މިހާރު ނިދާލެވޭ ވަރަށް ވެސް ނުނިދޭނެ. މަނާފުކެއް ކަހަލަ ސޮރެކޭ މީ.

  9. ޫުެރުޑި

    ޢަދި ވިސްނޭނެ

  10. ނުރަބޯ

    މީއަނެއްކާ އަނެއް ރޯނުއެދުރު. ބަލަގަ ކަލޭމެންގެ ރީނދޫ މުނާފިގު ވެރިކަން ކުރި ތިންއަހަރު ސަޢޫދިއްޔާ އެކަންޏެއްނޫނޭ ހުރިހާ ޢަރަބިގައުމު ތަކާވެސް އޮތީ ގުޅުންކެނޑިފައި ނޫންހޭ. އޭގެބަދަލުގައި ކަލޭމެން ގުޅުންބަދަހިކުރީ ފަރަންޖީންނާ ނޫންހޭ އެކަމުން ދިވެހިރާއްޖެ އަށާ ދިވެހިރައްޔިތުންނަށް ކުރި ފައިދާއެއް ނެތޭ. ޔަޢުނީ އެއިން ގައުމަކުން އެހީގެގޮތުގައި ޒައްރެއްގެ މިންވަރުވެސް ދިއްކޮށެއް ނުލައޭ ރައީސްޔާމީންގެ ވެރިކަމުގައި ޢަރަބި ގައުމުތަކާ ގާތްގުޅުމެއް ބޭއްވެވުމުގެ ނަތީޖާއެއްގެ ގޮތުން އެ ގައުމުތަކުން މާލީ ބޮޑެތި އެހީތަކެއް ދިވެހިރާއްޖެއަށް ފޯރުކޮށްދިނޭ. އެ ފައިސާ ސަރުކާރުން ޚަރަދު ކުރީ ހަމަ މިދިވެހިރާއްޖޭގެ ރައްޔިތުންގެ ފައިދާޔާ ލާބަޔާ މަންފާއަށޭ. ވީއިރު ކަލޭ ތިޔަހަދާ ބުހުތާން ދޮގު ގަބޫލު ކުރާނީ ހަމައެކަނި ރީނދޫ ބާޣީ ޕާޓީގެ މީހުންނޭ.