ސިޔާސީ ހަލަބޮލިކަން އިތުރުވެ މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން

ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި "އާދަޔާއި ޚިލާފު" އަމުރާއި ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ޙަމީދަށް 15 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަމަށް މެލޭޝިއާގެ އިންޓެލިޖެންސް އިދާރާ އިން ބުނެފިއެވެ.

މިކަމާއި ގުޅިގެން އިނޑިއާގެ ނޫހެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ކުރި އަމުރު ރިޝްވަތާއި ގުޅިފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެކަމުގެ ހަޤީޤަތް ކަމާއި ބެހޭ ފަރާތްތަކުން ވަރަށް އަވަހަށް ހާމަކޮށް، އިދިކޮޅު ފަރާތްތައް ބޭޒާރުކޮށްލާނެ ކަމަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ، އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ހަމީދަށް ފައިސާ ހުށަހެޅީ ސީދާ ކޮން ފަރާތަކުން ކަމެއް އަދި ޔަޤީންކުރެވިފައި ނުވީނަމަވެސް، އެކަމުގައި އިންޑިއާ އަދި އިނގިރޭސިވިލާތުގެ އަތެއް ވެދާނެ ކަމަށް ބެލެވޭކަމަށެވެ. އަދި މި ދެޤައުމަކީ ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ގުޅުން ބަދަހި އަދި މިހާރުގެ ސަރުކާރަށް ފާޑުކިއުން އަމާޒުކުރަމުންދާ ދެޤައުމަށް ވީހިނދު، ސަރުކާރު ބަދަލު ކުރުމަށް އެފަދަ ކަމެއް އެޤައުމުތަކުން އަޑީގައި ތިބި ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެނޫހުން ބުނެފައިވެއެވެ.

"ދެ ފަނޑިޔާރުންނަށް 30 މިލިއަން ޑޮލަރު ވަނީ ދީފައި. ކޮންމެ ފަނޑިޔާރެއްގެ އެކައުންޓަށް 15 މިލިއަން ޑޮލަރު ޖަމާކޮށްފައިވޭ. މި އެކައުންޓުތަކަކީ މެލޭޝިއާގައި އެފަރާތްތަކުން ހަދާފައިވާ އެޤައުމުގެ އެކައުންޓުތަކެއް،" އެ ނޫހުގައި ވެއެވެ.

އިންޑިއާގެ ނޫހުގައި ބުނެފައިވަނީ، މި މަޢުލޫމާތު މެލޭޝިއާގެ އިންޓެލިޖެންސަށް ލިބުމާއި އެކު އެކަމުގެ ހަޤީޤަތް ހޯދައި ރާއްޖޭގެ ކަމާއި ބެހޭ އިދާރާތަކާއި ޙިއްސާކޮށްފައިވާ ކަމަށެވެ. މެލޭޝިއާ އާއި ރާއްޖެއަކީ މުސްލިމް ދެޤައުމު ކަމުގައިވާއިރު، ދެޤައުމުގެ ގުޅުން ވަރަށް ގާތް ކަމަށްވެސް ނޫހުގައި ބުނެފައިވެއެވެ.

އިންޑިއާއިން ރާއްޖޭއާއި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ތެރެއަށް ވަދެފައިވާ މިންވަރު ހާމަކޮށް އެ ނޫހުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން އިތުރުވެފައި ވަނިކޮށް އެޤައުމުން އިދިކޮޅު ފަރާތްތަކުގެ ވިސްނުމާއި އެއްގޮތަށް ސަރުކާރަށް ފާޑުކިޔަމުންދާ ކަމަށާއި، ސިޔާސީ މަސްރަހުގައި އިދިކޮޅުން ނުރުހޭ ކަންކަން ކުރުމުން އިންޑިއާގައި އުޅޭ ދިވެހިންނަށް އެޤައުމުން ދަތިކުރަމުންދާ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމުގެ ސަބަބުން ރާއްޖެއިން ކަންބޮޑު ނުވާނެ ކަމަށާއި ސަރަޙައްދީ ގިނަ ޤައުމުތައް ތިބީ ރާއްޖެއާއި އެކުގައި ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން ފާއިތުވެދިޔަ ދުވަސްތަކުގައި އިތުރުވެފައި ވަނީ، މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި "އާދަޔާއި ޚިލާފު" އަމުރަކަށްފަހުއެވެ. އެ އަމުރުގައި ޖަލުގައި ބަންދުކޮށްފައި ތިބި ނުރައްކާތެރި ގައިދީންތަކެއް މިނިވަން ކުރުމަށް އަންގާފައިވާއިރު، ރާއްޖޭގެ އަމާންކަމާއި ސަލާމަތަށް ނުރައްކާވާނެފަދަ އެތައް ކަމެއް އެ އަމުރާއި އޮތީ ގުޅިފައެވެ.

މި ޙުކުމުގެ ކުރިންވެސް މިފަދަ ޙުކުމެއް ކުރަން އުޅޭކަމުގެ ވާހަކަތަކެއް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔައިރު، މިއީ ރިޝްވަތުގެ ނުބައި ރޭވުމެއްގެ ތެރެއިން ކޮށްފައިވާ ޙުކުމެއްކަމުގެ ތުހުމަތު އޭރުވެސް ގިނަ ބަޔަކު ކުރަމުންދިޔައެވެ.

ސުޕްރީމް ކޯޓުގެ އަމުރާއި ވިދިގެން، ބަޣާވާތެއް ގެނެސް ވެރިކަން އަތުލައިގަތުމަށް އިދިކޮޅު ފަރާތްތަކުން އަވަސްވެގަތްއިރު، އެފަރާތްތަކުގެ ރޭވުންތައް ނާކާމިޔާބުވުމުން މިހާރު އިދިކޮޅު ލީޑަރުން ދަނީ ރާއްޖެއަށް އެކި ގޮތްގޮތުން ގެއްލުންދޭނެކަމަށް ބުނެ ތަފާތު އެކި އިންޒާރު ސަރުކާރާއި ދިވެހި ފުލުހުން އަދި ސިފައިންނަށް ފާޅުގައި ދެމުންނެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖެއަށް އައުމަށާއި، ދިވެހި ސިފައިންނާއި ކުރިމަތިލައި އިދިކޮޅުން ބޭނުންވާކަންތައްތައް ކޮށްދިނުމަށް އެޤައުމުގެ މަދަދަށް އިދިކޮޅު ލީޑަރުންނާއި އިސް ވެރިން އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިންޝާއަﷲ! މިބުރުގައި ރީތިކޮށް އިދިކޮޅު މެޝިންތައް ފެޅޭނެ!

  2. މިދެމީހުން ކޮށްފައިވާ ޙުކުމް ތަންފީޒުކުރަން ގޮވާލަނީ މިރިޗްަވަތިގައި ބައިވެރިވާ މީހުންނެވެ. މިދެމީހުން ޝަރުޢީދާއިރާއިން އަވަހަށް ބޭރުކުރާށެވެ.

  3. ރިޝްވަތުގެ ހުރިހާ ފައިސާ ސަރުކާރަށް ނެގުމަށާއި އެއިން އެއްވެސް މިންވަރެއް ޣައްދާރުންނަށް ނުދިނުމަށް ގޮވާލަމެވެ

  4. ނަޝީދު ދެން ކަލޭ މިރާއްޖެއަ ނާންނާތި

  5. ރިސްވަތު ފުޅު

  6. މިފަދަނުބައި ޖަރީމާއެއް ހިންގިބަޔަކަށް ދޭން އެންމެ އެކަށީގެންވާ އަދަބަކީ، މަރުގެ އަދަބު.

  7. އިންޑިޔާއަތްދަށު ނުވެ ވޭތޯ ބަލަންޖެހޭނެ ކޮންމެ ގޮތަކަސް. ޗައިނާ އޯކޭ. ދެން ބަލަން ޖެހޭނީއަކީ ހަމައެކަނި ފަނޑިޔާރުންގެ ކަންތައްތަކެއްނޫން. ސަރުކާރުގައި އިސްކޮށްތިބި މީހުންގެ ފަތިގުއްވެދް ތަހުގީގުކުރަންވީ

  8. ވެރިކަމަށް ފެންބޮވައި ގަނެގެން އުޅޭ މިބައިގަނޑު އުޅެނީކީ އެއްވެސް ވަރަކަށް ދިވެހިގައުމާއި ރައްޔިތުންނައް ހެވެއް އެދިގެނެއް ނޫން އެބައިމީހުންގެ އަމިއްލަ އެދުން ބޮލަށް އަރައިގެން ކޮއްފާ ނުކުރާނެ ކަމެއްވެސް މިހާރު މިބައި ގަނޑުގެ ނެއް.

  9. ބޭރުގައުމުތަކަށް އިގިރޭސިބަހުން ނާ ހިންދީ ބަހުން މިލިޔުންތަށް ލިޔެފަ ވީހާވެސް ގިނައިން ފޮނުވަންވީ. ޢެއްއަތްތެޅިޔަސް އަޑެއްމނީވޭނެ. ދެއަތުންތަޅަންވީ

  10. ތިޔަ ދެ ފަނޑިޔާރުންނަކީ ޤައުމަށް ގައްދާރުވެ ހަރާމްކޯރުވި ދެފަނޑިޔާރުން.މި ޤައުމުގެ މިނިވަންކަން ނަގާލަން މަސައްކަތްކުރި ދެ ފަނޑިޔާރުން. ވީމާ ތިޔަ ދެމީހުންގެ އަދަބަކީ ޤައުމަށް ގައްދާރު ވުމުގެ ސަބަބުން ދަންޖައްސާ މެރުން.

  11. ކަރަންޓް ބިލު ކުޑަވިއިރު ހުދު ޖަނގިޔަލުގެ އަގުބޮޑުވެއްޖެ. މިހާރު ހުދު ޖަނގިޔަލެއްގެ އަގަކީ އެންމެ 15 މިލިއަން ޑޮލަރު.

  12. މިޞްރުގައި އޮތް ޑރ މުޙައްމަދު މުރުސީގެ ވެރިކަން ނިންމާލީ މިފަދަ ގޮތަކަށް އެމެރިކާ އަޑީގައި އޮވެގެން ސައުދީއާއި ގަތަރުގެ ވެރިން ވެސް ގަނެގެން މިސްރުގެ އަސްކަރިއްޔާއަށް ޑޮލަރު އަޅައިގެން. ހަމަ އެއްގޭމެއް ތަފާތެއް ނެތް