ކީރިތި ޤުރުޢާން ހަތިމު ކުރާ މީހަކަށް ތިން މިލިއަން ދެލައްކަ އެއްސަތޭކަ ފަންސާސް ސަވާބު ލިބޭނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.
އެގޮތުން ހުތުބާގައި ބުނެފައިވަނީ ކީރިތި ޤުރުއާނުގައި އޮތީ ތިއްލައްކަ ވިހިހާސް ފަނަރަ އަކުރުކަމަށާއި އަދި ކޮންމެ އަކުރަކަށް ދިހަ ޘަވާބު ދެއްވާނެތީ ޤުރުޢާން ހަތިމު ކުރާ މީހަކަށް ތިން މިލިއަން ދެލައްކަ އެއްސަތޭކަ ފަންސާސް ސަވާބު ލިބޭނެ ކަމަށެވެ.
އަދި ރަސޫލާ މުހައްމަދުއް ސައްލަﷲ އަލަޢިހި ވަސައްލަމަ ރަސޫލު ކަމާއިގެން ފޮނުއްވެވީ ލިޔަން ކިޔަން ނުވެސް ދަންނަ ބައެއްގެ ގާތަށް ކަމަށާއި. އެކަލޭގެފާނު މި އުންމަތް ލިޔަން ކިޔަން ދަންނަ އުންމަތަކަށް ބަދަލު ކުރެއްވި ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
މާތް ﷲ ވަހީ ކުރައްވާފައިވެއެވެ. " އުންމީންގެ ތެރެއަށް އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވީ އެކަލާނގެއެވެ. އެކަލާނގެ އާޔަތްތަށް އެއުރެންގެ މަށްޗަށް އެކަލޭގެފާނު ކިޔަވައިދެއްވަތެވެ. އަދި އެއިރެން ތާހިރު ކުރައްވަތެވެ. އަދި ފޮތާއި ހިކުމަތުން އެއުރެންނަށް އުގަންނަވައިދެއްވަތެވެ. އޭގެ ކުރިން އެއުރެންތިބީ ފާޅުވެ ބަޔާންވާ އުރެދުމެއްގައިކަން ކަށަވަރެވެ."
އަދި އިސްލާމީ އުންމަތަކީ ތައުލީމީ އުންމަތަކަށް ވާންޖެހޭ ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.
މާތް ﷲ ވަހީކުރައްވާފައިވެއެވެ. "ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ އެންމެ ދީލަތި ވަންތަ ރަސްކަލާނގެއެެވެ. އެކަލާނގެއީ ( ގަލަމުން ) ލިޔަން އުގަންނަވައިދެއްވި ރަސްކަލާނގެއެވެ."
ނަބިއްޔާ މުހައްމަދުއްް ސައްލަﷲ އަލައިހި ވަސައްލަމަ އުންމަތުގައި ތައުލީމު ފެތުރުއްވުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އިސްލާމީ އިލްމުވެރިންގެ ސަބަބުން ދުނިޔޭގައި އިލްމު ފުޅާވެގެން ގޮސްފައިވާ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.
އަދި ދަރިންގެ ހިތްތަކުގައި އިންދަން ޖެހޭ އެންމެ މުހިންމު އެއް އޮށަކީ ކިޔެވުމަށް ލޯބިޖެއްސުން ކަމަށާއި އެއީ ރަނގަޅު އަހުލާގަކަށް ކޮށާލެވޭ ދޮރެއްކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި ފޮތްތަކުގެ ތެރެއިން އެންމެ ފުރަތަމަ އުގެނެން ޖެހޭނީ ކިޜިތި ޤުރުއާންކަމަށާއި އެ ފޮތަކީ އެފޮތެއް އުގެނުމުން ގިނަ ގުނަ ސަވާބާއި ދަރުމަ އެމީހަކަށް ލިބޭނެ ފޮތެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ،
ރަސޫލާ ހަދީޡް ކުރައްވާފައިވެއެވެ. "ﷲގެ ފޮތުން އަކުރެއް ކީ މީހާއަށް ހެޔޮކަމެއް ކުރުމުގެ ޡަވާބު ލިބިގެންވެއެވެ. ކޮންމެ ހެޔޮކަމަކަށް ދިހަ ޘަވާބެވެ. އަލިފްލާމް މީމް އަކީ އަކުރެއް ކަމަށް ތިމަން ކަލާގެފާނު ހަދީޘް ނުކުރައްވާ ހުށީމެވެ. ނަމަވެސް އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ އަކުރެކެވެ."
މީގެ އިތުރުން ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި ހިފަހަށްޓައިފި މީހަކު މަގުފުރެދިގެން ނުދާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
"އިބުނު އައްބާސްގެ ފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ." ޤުރުއާން ކިޔަވާ މީހާ މިދުނިޔޭގައި މަގުފުރެދިގެން ނުދާނެ ކަމަށާއި، އާހިރަތުގައި އަބާއްޖަވެރި ނުވާނެކަމަށް ﷲ ޖާމިނުވޮޑިގެން ވެއެވެ."
ހުތުބާ ނިންމާކަމުން ވަނީ އިލްމު އުގެނުމަށް އެންމެހާ މީސްތަކުންނަށް ވަސިއްޔަތްކޮށްފައެވެ.
މިފަދަ ލިޔުންތައް ގިނަގިނައިން ލިޔެދިނުން އެދެން
އަސްލުވެސް.ނޫހެއް ބަލާލިޔަސް މިހާރު ގިނައިން މިފެންނަނީ ސިޔާސީ ކޮންމެވެސް ކޯޅުންގަނޑެއްގެ ވާހަކަތައް.ވ.ފޫހިވޭ.
މާޝާﷲ
އަލްޙަމްދުލިއްލާހް ﷲއަކްބަރު ލާއިލާހައް އިލްލަﷲ ވައްﷲއަކްބަރު
އެއީ އަކުރުތައް ކިޔުމުން ލިބޭ ސަވާބު އެކަނިދޯ. ދެން އިޚްލާސްތެރިކަމާއިއެކު ﷲއަށް ނިޔަތް ޚާލިސްކޮށް އެކަލާނގެ ހަޟްރަތުން ދަރުމައާއި ރުހިވޮޑިގަތުން އެދި ކިޔެވީމަ ލިބޭ މިންވަރު އެއީ އަދި އިތުރަށް ދެއްވާ އެއްޗެއްދޯ... އިން ޝާ ﷲ.
މޮޔަ!
ތިބާ