ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެ މީހަކުވެސް އެދޭނެކަމަކެވެ. އެގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް " ނަބީޛް" އަކީ ބުއިން މުހިންމު ބުއިމެކެވެ.

"ނަބީޛް" އަކީ ރަސޫލާ މުޙައްމަދުއް ސައްލަﷲ އަލަޢިލި ވަސައްލަމަ ހިއްޕެވުމަށް ލޯބިކުރެއްވި ބުއިމެކެވެ. ހިކި މޭބިސްކަދުރާއި ފެން ބޭނުންކޮށްގެން ތައްޔާރުކުރެވޭ މި ބުއިމަކީ ފައިދާއިން ފުރިގެންވާ ބުއިމެކެވެ.

":ނަބީޛް" ތައްޔާރުކުރުމަށް ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ބުއިމަށް ކަމުދާ 1 ލީޓަރު ފެނުގެ ތެރެއަށް 150 ނުވަތަ 200 ގްރާމްގެ ހިކިމޭބިސްކަދުރު އަޅާނީއެވެ. އެއަށް ފަހު ރަނގަޅަށް ފޯވަންދެން ބަހައްޓާނީއެވެ. ފޯކުރަން ބަހައްޓާއިރު މަތި ނިވާކުރުމަށް އިސްކަންދޭށެވެ. އަދި 8 ނުވަތަ 12 ގަޑިއިރު ވަންދެން ފޯކުރަން ބަހަށްޓާށެވެ. "ނަބީޛް" ހެދުމަށް ހިކިމޭބިސްކަދުރުގެ ތެރެއިންވެސް އެންމެ ފައިދާ ބޮޑީ ކަޅު މޭބިސްކަދުރެވެ. ހިކި މޭބިސްކަދުރުގެ ބަދަލުގައި ހިކި ކަދުރުގެ އޮށް ނަގައިގެންވެސް "ނަބީޛް" ހެދިދާނެއެވެ.

ނަބީޛުން ލިބޭ ބައެއް ފައިދާތައް:

  • ޖިންސީ ބާރު ގަދަކޮށްދިނުން
  • ހަމުގެ މައްސަލަތަށް ހައްލުކޮށްދިނުން
  • އިސްތަށިގަނޑު ވަރުގަދަކޮށްދިނުން
  • އެނީމިއާއިން ސަލާމަތްވުން
  • ލޮލުގެ ފެނުން ރަގަނޅުކޮށްދިނުން
  • ލޭގެ ޕްރެޝަރު ރަގަނޅުކޮށްދިނުން
  • ފުރަމޭ ސާފުކޮށްދިނުން
  • ހަޖަމްކުރުމުގެ މައްސަލަތަށް ހައްލުކޮށްދީ ފަސޭހައިން ހަޖަމްކޮށްދިނުން
  • ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތަށް ބޭރުކޮށްދިނުން
  • ބައެއް ކަހަލަ ކެންސަރު ޖެހުމުން ދުރުކޮށްދިނުން
  • ހަށިގަނޑުގައިވާ ހަކުރު ހަމައަކަށް އަޅުވައިދިނުން
  • އަވަހަށް ވަރުބަލިވުމުން ދުރުކޮށްދިނުން
  • ހަނދާން ވަރުގަދަކޮށްދިނުން

އިސްވެދިޔަ ފައިދާތަކުގެ އިތުރުންވެސް އެތަކެއް ފައިދާތަކެއް އެ މީރު ބުއިމުން ލިބެއެވެ. އެހެންކަމުން ސުންނަތުން ސާބިތުވާ މިބުއިމަކީ ނުބޮއެ ދޫކޮށްލެވޭނެ ވަރުގެ ބުއިމެއް ނޫނެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިޔުންތެރިޔާ

    ލިޔުންތެރިޔާއަށް. ވެދުން ސަލާމަށްފަހު ދަންނަވަމެެވެ. ލިޔުމުގައި ވަނީ ހިކި މޭބިސްކަދުރުގެ ވާހަކައެވެ. އެކަމަކު ލިޔުމުގައިވާ ފޮޓޯއިން ދައްކައޮދެނީ ރޯ މޭބިސްކަދުރުގެ ފޮޓޯއެކެވެ. ވީމާ، މިކަން ކިޔުންތެރިޔާއަށް ސާފުކޮށްދެއްވުން އެދެމެވެ. އަދި މިފަދަ ޚަބަރުތައް ލިޔުއްވުމުގައި މިފަދަ ކަންކަން ރަގަޅު ކުރައްވާނެ ކަމަށް އުއްމީދު ކުރަމުން ވަކިވެލަމެވެ. އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ. ޙާދިމްކުމް، ކިޔުންތެރިޔާ

    18
    5
    • ޙހހ

      ފޮޓޯ ގަ އެހުރީ ހިކިމޭބިސްކަދުރު ..

      6
      8
      • moon

        Bodah vahtharee kadhuraa

        9
        1
  2. ިަލާލް

    ތިބުނީ ވަރަށް ރަނގަޅު އެއްޗެއް!
    އަހަރެންވެސް ކަދުރު ފެނަށް އަޅާގެން އަޖުމަ ބަލާފިން!
    ކަށީގެރިހުމަށް ވަރަށް ރަނގަޅު ފަރުވާއެއް!
    އަދި ކަޅުދިރިި، ކަދުރު، މާމުއި، މީ ހަގީގަތުގަވެސް ވަރަށް ބަރާބު ފަރުވާއެއް ބަލިތަކަށް!
    އެކަމަކު (ސިފާ ދެއްވާނީ ﷲ)

    33
  3. ކިޔާ

    ނަބީޛްއާއި ބޭހޭ މައުލޫމާތު އެނގުނީއްސުރެ ފެށިގެން ވ.ގިނައިން ބޭނުންކުރަން.މިއީ ވ.މީރު ބުއިމެއް..

    18
  4. ނަމަ

    ހިކިމޭބިސްކަދުރުރެއްނޫން ކަދުރު އަޅައިގެން ނަބީޛް ހަދާނީ. ހިކިމޭބިސްކަދުރު އަޅައިގެން ހެދީމަ ކިޔާނީ ރައިސެން ވޯޓާ

    • ޝޫ

      ހިކިމޭބިސްކަދުރުގަވެސް އަދި ހިކި ކަދުރުގަވެސް ނަބީޛް ތައްޔާރުކުރާނެ..ނަބީޛްއަކީ އަރަބިން އެބުއިމަށް ކިޔާނަން..މިބުނި ދެބާވަތުން ތައްޔާރު ކުރިޔަސް ކިޔާނީ ނަބީޛް.