ޖަންނަތުލް ފިރްދައުސްގެ ވާރުތަވެރިންނަކީ އަމާނާތްތެރި އަހުދު ފުއްދާ މީހުންކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

އެގޮތުން މިއަދުގެ ހުތުބާގައި ބުނެފައިވަނީ މުޖުތަމައުގެ ހަމަޖެހުމާއި ތަރައްޤީއާއި ކުރިއެރުމުގެ އެންމެ މުހިންމު އެއް އަސާސަކީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށެވެ. އަދި ޖަންނަތުލް ފިރްދައުސްގެ ވާރުތަވެރިންނަކީ އަމާނާތްތެރިންކަމުގައިވެސް ހުތުބާގައިބުނެފައިވެއެވެ.

.އަލްމުއުމިނޫން ސޫރަތުގެ އަށް ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އަދި އެބައިމީހުންނަކީ އެބައިމީހުންގެ އަމާނާތްތަކަށާއި އަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ"

ތެދުވެރިކަމަކީ ހަޤީގަތާއި އެއްގޮތައް ތިބޭގެ ބަހާ އަމަލުތައް ސީދާކުރުމެވެ. އަމާނާތްތެރިވުމަކީ ތިމާއާއި ހަވާލުކުރެވޭ ކަމެއް އުނި އިތުރުކުރުމެއް ނެތި ފުރިހަމައަށް އެކަން އަދާކުރުމެވެ.

ތެދުބުނެފިނަމަ ތިމާއަށް ބައެއް ފަހަރު ގެއްލުން ލިބިދާނެކަމަށް އިންސާނުންނަށް ބައެއްފަހަރު ހީވެފައި އޮތްނަމަވެސް އިސްލާމްދީން ކާމިޔާބު ލިބުންވަނީ ތެދުބުނުމުގައި ކަމަށް ހުތުބާގައި ބުނެއެވެ.

"ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ މީހާގެ އީމާންތެރިކަން ގަދަފަދަކަމުގެ އަލާމާތެއް. ނަތީޖާއެއްގެ ގޮތުން މީސްތަކުންގެ މެދުގައި މަގުބޫލުކަން ލިބިގެންދޭ. ތެދުވެރި އަމާނާތްތެރި މީހާ މީސްތަކުންނަށް މަކަރެއް ނުހަދާނެ. އަދި ހިޔާނާތްތެރިއެއްވެސް ނުވާނެ،" ހުތުބާގައި ބުންޏެވެ.

ވާހަކަދެއްކުމާއި ކުރާ މަސައްކަތުގައި ތެދުވެރިވެ އަމާނާތްތެރިވުމަށް، ހުތުބާގައި ވަނީ ވަސިއްޔަތްކޮށް ނަސޭހަތްތެރިވެފައެވެ.

"ތެދުވެރިންނާއި އެކުގައި ވުމަށް އަމުރުކިުރައްވާ ތައުބާ ސޫރަތުގެ 119 ވަނަ އާޔަތުގެ މާތް ﷲ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅުގެ މާނައިގައިވެއެވެ."އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ! އަދި ތެދުވެރިންނާއި އެކުގައި ތިޔަބައިމީހުން ވާށެވެ!" ހުތުބާގައިވެއެވެ.

އަދި ތެދުބުނުމަކީ މީހާ ކާމިޔާބުވާނެ ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

އިބުނު އައްބާސް ރަޞިޔަﷲ އަންހް ވިދާޅުވެފައިވާ ހަދީޡް ބަސްފުޅެއްގެ މާނައިގައިވެއެވެ."ހަތަރު ކަމެއް އެމީހެއްގެ ކިބައިގައި ހުރެއްގެ ނަމަ އެމީހަކު ކާމިޔާބުވެއްޖެއެވެ. އެއީ، ތެދުވެރިކަމާއޮ، ލަދުވެތިކަމާއި، ރިވެތި އަހުލާޤާއި، ޝުކުރުވެރިވުމެވެ"

މީގެ އިތުރުން އަމާނާތްތެރިކަނަކީ ކޮންމެ މުސްލިމެއްގެ ކޮނޑުގައި އެޅިފައިވާ ދަރަންޏެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެެ.

އަމާނާތައް ރަށްކާތެރިވުމާއި ގުޅޭ ގޮތުން ނިސާ ސޫރަތުގެ 58 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވާ ބަހީ ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން އަމާނާތް އޭގެ އަހުލުވެރިންނަށް އަދާކޮށްދިނުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރެއްވިއެވެ"

އަމާނާތްތެރިކަމާއި ބެހޭ ގޮތުން ރަސޫލާ ހަދީޡްކުރައްވާފައިވާ ހަދީޡް ބަސްފުޅެއްގެ މާނައިގައިވެއެވެ."އަމާނާތްތެރިކަން ނެތް މީހާގެ އީމާނަކަން ފުރިހަމަވެގެން ނުވެއެވެ"

މިއަދުގެ ހުތުބާގައިި ވަނީ ވާހަކަދެއްކުމާއި ކުރާ މަސައްކަތުގައި ތެދުވެރިވެ އަމާނާތްތެރިވުމަށް ވަސިއްޔަތްކޮށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާއި

    ﷲގެ ރަސޫލާގެ ދުޢާލިބިފައިވާކަމަށް އިލްޔާސް ވިދާޅުވި ވެރިމީހާ ފަރްޟު ފަސް ނަމާދަށް މިސްކިތައް ނުދަނީ ކީއްވޭތޯ އިލްޔާސް ސުވާލެއް ނުކުރަންތަ. ޖަންނަތުލް ފިރްދައުސް ލިބެނީ ވަރަށްގިނަ ސިފަތަކެއް ހުރެގެންކަން މުއުމިނޫން ސޫރަތުން އެނގޭ. އޭގެ ތެރެއިން އެއްސިފަ އެއީ ތެދުވެރިކަން ބާކީ ސިފަތައްކޮބާ.

  2. ޅަރާ

    މިޔަދު ޙުތުބާ ދެއްވީ މުފްތީ މެންކް ތަ؟