ވިހެއުމާއި ގުޅިގެން ނިޔާވާ މުސްލިމުންނަކީ ދެވަނަ ދަރައިގެ ޝަހީދުން ކަމުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި މިއަދުގެ ވަގުތެއްގައި ވަނީ މާބަނޑު އަންހެނަކާއި އޭނާގެ ބަނޑުގައިވާ އެއްމާބަނޑު ދެ ދަރިން ނިޔާވެފައެވެ.

ޝައިހް ޒައިދު ވިދާޅުވީ އަންނެނުންނަށް ސެލިއުޓް ކުރަން ޖެހޭ ކަމަށެވެ.

ޝައިހް އަލީ ޒައިދު
ޝައިހް އަލީ ޒައިދު

"އަންހެނުންނަށް ސެލިއުޓް ކުރަން ޖެހޭ. ބަނޑުގައި ކުއްޖާ ބާއްވައިގެން އެތަކެއް ވޭނާއި ކެކުޅުމެއް އެމީހުން ތަހައްމަލު ކުރޭ. އަދި ވިހެއުމުގައި ފުރާނަ އަތްމައްޗައްލާ. ސުބްހާނައްﷲ" ޝައިހް ޒައިދު މިއަދު ކުރެއްވި ޓްވީޓުގައި ބުނެފައިވެއެވެ.

ވިހެއުމާއި ގުޅިގެން ނިޔާވާ މުސްލިމުންނަށް ދެވަނަ ދަރަޖައިގެ ޝަހީދުންގެ ދަރަޖަ ލިބޭއިރު އެއްވަނަ ދަރަޖައިގެ ޝަހީދުންގެ ދަރަޖަ ލިބޭނީ ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވާ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނިޒާރު

    އެއީ ގުދުރަތީ މަރެއް

    • ނަފާ

      ގުދުރަތީ ނޫނއ މަރެކޭ ކާކުތަ ބުނީ... ކޮންމެ ގޮތެއްވިޔަސް މާބަނޑުވުމުގެ ވޭނުގަ އުޅެފަ އެވޭން ތަހަންމަލުކިރަމުން ދަނިކޮށް މަރުވެއްޖެނަމަ އެއީ ޝަހީދެއް

  2. ލީމާން ޗަލަބީ

    ދެކުދިންނާއި މައިމީހާ ނިޔާވުމަކީވަރަށް ވަރަށް ހިތާމަހުރިކަމެއެއް. ދެކުދިން ސަލާމަތްނުކުރެވުނީ ރަށެއްގައިވީމަ އެރަށުގައި ސިޒޭރިއަންހެދެންނެތިގެންކަމަށް ބޮޑަށްބެލެވެނީ. ކަމުގެބާވަތުން، ކޮމްޕޮލިކޭޝަނެެތް ނެތަސް ސަމާލުވާންޖެހޭވަރަށް ބައެެއް ފިރިން ސަމާލުކަންނުދޭކަން ފާހަގަުރެވޭ. ދެދުވަސް ތިންދުވަސްވަނދެން ހުންއައިސްކެއްސިއިރު 15 މިނިޓުން މާލެދެވޭހިސާބިގައި ތިބެމެ އެކަށިގެންވާ
    ސަމާލުކަމެއްދެވިފައިނެތްކަން ފާހަގަކުރެވޭ. ވަރަސް ހިތާމަވެރިހާދިސާއެއް.

    • Anonymous
  3. ތުނބުއްޅާ

    ކަލޭމެންގެ ވަކިދަށުން ދިވެހި މައިންވެސް ސަލާމަތެއް ނުވާނެތާ. ކޮންމެކަމެއްގެ ތެރެއަށް ވެސް ކަލޭމެން އަނގަބާނާތި. ދަރިމައިންނަށް ކަލޭމެންގެ ފަރާތުން ލިބުނު ފަސޭހައެއް މޮޅެއް ކޮބާ. އުފެއްދި އެންމެ ބޭސް ގުޅައެއް ކޮބާ.

  4. ޖޮއްބެ

    ހުނ ކަލެއާ އިލިޔާޔާހާ ދެން ކޮންމެހެން ދީނީ ވާހަކަ ދައްކާނެ ކަމެއްނެތް.