ސުވާލު: ވުޟޫ ނުކޮށް، މޮބައިލް ފޯނުން ނުވަތަ ކޮމްޕިއުޓަރުން ބަލައިގެން ޤުރުއާން ކިޔެވިދާނެތަ؟ އަދި އެގޮތަށް ކިޔެވުމުގައި ވުޟޫ ކުރަން ޖެހޭތަ؟

ޖަވާބު: بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده. ޤުރުއާން ކިޔެވުމުގައި މުޞްޙަފުން ބަލައިގެން ކިޔެވުމަކީ ޝަރުޠެއް ނޫނެވެ. އެހެން ނަމަވެސް، ޤުރުއާން ހިތުދަސް ނޫންނަމަ، ކުށެއް ކީދާނެކަމުގެ ބިރަށްޓަކައި، މުޞްޙަފުން ކިޔުން އައުލާވެގެން ވެއެވެ. މިއަދުގެ ތަރައްޤީވެފައިވާ ދުނިޔޭގައި ކޮމްޕއުޓަރާއި މޯބައިލްފޯނުގައިވެސް ޤުރުއާނުގެ ދެލިގަނޑު، ފެންނަ ގޮތަށް ޕްރޮގްރާމް ތައް ހެދިފައިވެއެވެ. އެހެންކަމުން މިފަދަ ވަޞީލަތްތައް ބޭނުން ކޮށްގެން ޤުރުއާން ކިޔެވުމަކީ ހުއްދަ ކަމެކެވެ.

އަދި މިފަދަ ވަޞީލަތަކުން ޤުރުއާން ކިޔެވުމުގައިވެސް ޤުރުއާން ކިޔެވުމުން ލިބޭ ސަވާބާއި ދަރުމަ ލިބޭނެއެވެ. ސަބަބަކީ ކުރިން ދެންނެވި ފަދައިން މުޞްޙަފް ބަލައިގެން ޤުރުއާން ކިޔެވުމަކީ ޝަރުޠެއް ނޫނެވެ.

މުޞްޙަފުން ޤުރުއާން ކިޔެވުމުގައި ވުޟޫ / ޠަހާރަތުގެ މަތީގައި ހުރުމަކީ ލާޒިމު ކަމެކެވެ. އެހެން ނަމަވެސް މޯބައިލް ފޯނާއި ކޮމްޕިއުޓަރުން ކިޔަވާއިރު ޠަހާރަތު ޝަރުޠު ނުވާކަމަށް ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވައެވެ.

މިފަދަ ވަޞީލަތްތަކުން ޤުރުއާން ކިޔެވުމުގައި ވުޟޫކުރަން ނުޖެހޭނެކަމަށް ފަތުވާ ދެއްވާފައިވާ ފަހުގެ މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި ފަޟީލަތުއްޝައިޚް އަލްޢައްލާމާ ޢަބްދުއްރަޙްމާން ބުނު ނާޞިރު އަލްބައްރާކް އާއި ފަޟީލަތުއްޝައިޚް އަލްޢައްލާމާ ޞާލިޙް އަލްފައުޒާން ހިމެނިވަޑައިގަންނަވައެވެ. والله أعلم

ޖަވާބު: ނޫރުލްއިސްލާމް

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮޖިކް

    ޤުރުއާނަކީ މުޅި އުންމަތަށް އޮތް އެއްޗަކަށް ވާއިރު ވުޟޫއެކޭ ބުނެވޭކަށް ނެތް. ނަމަވެސް، ތާހިރުވެހުރުން ރަނގަޅޭ ބުނެވިދާނެ.

  2. Miadhu

    ވ އާދައިގެ ވިސްނުމަކުން ވިސްނާލިއަސް އެގޭ ކަމަކީ ވުޟުކުރަމީ އެފޮތް އުފުލުމަށް އެއީ ފޮތުގައިވާ ދެލިގަނޑުގެ ބޮޑުބައި ގުރުއާންކަމުގައިވާނަމަ ވުޟޫކުރަންޖެހޭ ނަމަވެސްއެބައިކުޑަނަމަ ކޮންމެހެންނުޖެހެ ފޮށިގަޑެއްގައި ނުވަތަ ދަބަހެއްގައި އުފުލިއަސް ހަމައެފަދަކަމަށް ގިނަ ޢިލްމުވެރިން ބުނެފައިވަނީ

  3. ނުރަބޯ

    މޯބައިލް ފޯނުން ކިޔެވިޔަސް މުޞްޙަފުން ކިޔެވިޔަސް ފާރުގައި ތަތްކޮށްފައި ހުރި ކަރުދާހެއް ބަލައިގެން ކިޔަސް ޤުރްއާން ކިޔެވުމުގެ ގަޞްދުގައި ކިޔަވާނަމަ މީހާ ހުންނަން ޖެހޭނީ ވުޟޫ ކޮށްގެން. މިއީ ސުވާލު ވެސް އުފެދެން ޖެހޭނެކަމެއްނޫން. ކިޔަމުންދާ މަޒްމޫނަކުން ޤުރްއާނުގެ އާޔަތެއް ކިޔާއިރު މީހާ ވުޟޫ މަތީ ނުހުއްޓަސް ޤުރްއާން ކިޔަވަންޏާ މީހާ ހުންނަން ޖެހޭނީ ވުޟޫކޮށްގެން. ދެންމިކަހަލަ ކަންކަމުގައިވެސް ސުވާލު އުފައްދައިގެން އެވެނި ޝައިޚަކު ބުންޏޭ މިވެނި ބޭކަލަކު ބުންޏޭ ކިޔާއިރު ތިޔަ ޝޭޚުން ތިބި ހާލު އަހަރެމެން ނަކަށް ނޯޅެޔޭ. އެހެންވީމާތާ ނުލަފާ މުނާފިގުން ދީނަށް ފުރައްސާރަ ކުރަމުންދާއިރު ދުލުން ޗުއްޕުވެސް ނުބުނެ ތައްބައްދައިގެން އެ ތިބެނީ؟

  4. އަޙްމަދު

    ޖަވާބުގެ ފުރަތަމަ ޕެރެގްރާފްގެ އެއްމެ ފަހު 2
    ޖުމްލައިގަ ލިޔުށްވާފައި ވަނީ " ....ކޮމްޕިޔުޓަރާއި މޯބަލް ފޯނުގައިވެސް ޤުރުއާންގެ ދެލިގަޑުފެންނަ ގޮތަށް ޕްރޮގްރާމްތައް ހަދާފައި ވެއެވެ. އެހެންކަމުން
    މިފަދަ ވަޞީލަތްތައް ބޭނުން ކޮށްގެން ޤުރުއާން
    ކިޔެވުމަކީ ހުއްދަ ކަމެކެވެ. " މިހެންނެވެ.
    އުފެދުނު ސުވާލަކީ ޤުރުއާނުގެ ދެލިގަޑު ނުފެންނަ ވަޞީލަތެއް ( މިސާލަކަށް އޯޑިއޯ އެއް) އަޑުއަހައިގެން ޤުރުއާން ކިޔެވުން ޙަރާމީ ތޯއެވެ.
    މިލިޔުމުގައި ޤުރުއާނުން ނުވަތަ ޙަދީޘުން ވިއަސް ދަލީލް ދައްކަވާފައި ނެތުމަކީ ޢިލްމީގޮތުން ދަށު ދަރަޖައިގެ ކަމެކެވެ.