އަނިޔާވެރި ގޮތަކަށް ބުޅާ މެރުމުގެ މައްސަލަތަކެއް ވެރިރަށް މާލެއިން ވަނީ ފެންމަތިވެފައެވެ. ކޮންމެ ދުވަހަކުވެސް އަލި ވިލޭއިރު މަގުތައް މަތީގައި މަރާލާފައި ހުންނަ އެތައް ބުޅަލެއް އޮވެއެވެ. މި މަންޒަރު ފެންނަ ފޮޓޯތައް މީސް މީޑިޔާގައި ދައުރުވަމުންދެއެވެ. މިކަންތައް މި ގޮތަށް ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު، މިހާރު މިކަން ވަނީ އެތައް ބައެއްގެ ސަމާލުކަމަށްވެސް އައިސްފައެވެ.

މުސްލިމުންގެ ގޮތުގައި ތިބި ދިވެހިންގެ ބަޔަކު، އެއްވެސް ކުށެއް ނެތި ބުޅާ މަރަމުންދާއިރު، މިއީ ދީނީ ގޮތުންވެސް ކިހާވަރެއްގެ ކަމެއްކަމެއް އެފަރާތްތަކަށް ނޭނގެއެވެ. ޙައްޤަކާ ނުލައި، ޖަނަވާރެއް މަރާލުމަކީވެސް ނަހީ ކުރައްވާފައިވާ ކަމެއްކަމެއް ނޭނގެއެވެ.

އަޅުގަނޑުމެންގެ މުޤައްދަސް ވެގެންވާ މައްކާ އާއި ކައުބަތުﷲ ގެފުޅު ހުންނަ މަސްޖިދުލް ހަރަމުގެ ތެރޭގައިވެސް އެތައް ބުޅަލެއް އުޅެއެވެ. މާތްވެގެންވާ މި ތަންތަނުގައި ބުޅަލަށް އުޅުމަށް އެއްވެސް ހުރަހެއް ނޯވެއެވެ. މިނިވަންކަމާއެކު ބޭނުން ގޮތަކަށް އެސޮރުމެންނަށް އުޅެވެއެވެ.

ހަމައެހެންމެ، މައްކާގެ އަހުލުވެރިންނާއި، އަޅުކަމުގެ ބޭނުމުގައި މައްކާ އަށް ކޮންމެ އަހަރަކުވެސްދާ އެތައް މިލިޔަން މުސްލިމުންނަށް އެ އެއްޗެއްސަށް ގެއްލުމެއް ނުދެއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމްގެ ސުންނަތުން ސާބިތުވާ ގޮތުގައި ބުޅަލަކީ އެކަލޭގެފާނު ވަރަށް ލޯބިފުޅުވި ޖަނަވާރެކެވެ. ހަމައެހެންމެ، ބުޅަލަކަށް އިހާނެތިކޮށް ހިތުމުން އަންހެނަކު ނަރަކައަށް ވަންނަން ޖެހުނު ވާހަކަވެސް ރިވާވެގެން އައިސްފައިވެއެވެ.

އެހެންކަމުން، އެސޮރުމެންނަށް އިހާނެތިކޮށް ހިތުމުގެ އެއްވެސް ޙައްޤެއް އަޅުގަނޑުމެންނަށް ލިބިގެން ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޛދހސ

  ވަރަށް ބޮޑު ތެދެއް. ޢެއްވެސް ދިރޭ އެއްޗަކަށް އަނިޔާވެރިވެގެން ނުވާނެ. ޢެކަމަކު އެހެނޭކިޔާފަ ތިމާ ދިރިއުޅޭގޭގެ އަވަށްޓެރިންނަށް އުދަގޫވާގިތަށް ބުޅަލަށް ކާންއަޅާ އޭގެ ނަޖިސް މުޅި ހިސާބުގަޑަށް އެޅި ގެއިން ނިކުންނަށް އުދަގޫވާ ހިސާބަށް ދާއިރު އިސްލާމް ދީނުގައި އަވަށްޓެރިންނަށް ކަމޭހިތާ އިހުތިރާމް ކުރުމަކީވެސް ހަމަ އޮންނަކަމެއްކަން މީހުން ހަދާންނެތޭ. ކޮންމެ ކަމެއްގައިވެސް ދެކޮޅަށް ވިސްނާ ތިމާކުރާކަންތަކުން އެހެންމީހުނަށް އުދަގޫވޭތޯވެސް ބެލުން ރަގަޅު. ކުނިކޮތަޅުވެސް ގެއިން ނެރެ މަގުމަތީގަ ބެހެއްޓީމަ އެމީހާގެ ޒިންމާ ނިމުނީކީނޫން. ޢެބަލާ އަންނަ ފަރާތަކުން އައިތޯ ގެންދިޔަތޯ ނުވަތަ މަގުމަތީ ކޮތަޅުގަޑު ފަޅައިގެންގޮސް މުޅި ހިސާބުގަ އެވަސް ދުވާއިރު އަޅާނުލާ. މިކަހަލަ ހުރިހާ ކަމަކީވެސް..ސާފުތާހިރުކަން..ޒިންމާއުފުލުން މީވެސް މުސްލިމުންގެ ހުންނަންޖެހޭ ރީތި ސިފަދެއްތޯ

 2. ޒވ

  ބުޅަލުގެ ފަރާތުން އުނދަގުލެއް ނުވަންޔާ އެ ނުމަރާނެދޯ

  • ބުޅަލު އަމާ

   ބުޅާބުޅާބުޅާ!!! ކިހާދެރަ ކަމެއްތަމިއީ. ބުޅަލުުގެެ އުނދަގުލާ ހެދިި މަގުމަތީގަ ހިނގަން ދަތިވެއޭ ބުނީމާ އޭގެ މާނައެއް ނޫން ތޮއްދޯ ފިޒިކަލީގޮތުން ކުރާކަމެއް ކަމަކަށްވުން. އެހެނެއްކަމަކު ހިނގަން ހަމަޖައްސާފައިވާ ޕޭވްމެންޓްމަތިން ހިނމަށް ދަތިވާ ވަރަށް އެސޮރުމެންގެ ނަޖިސްތައް އޮންނާނެ. މުޅި ހިސާބުގަނޑުގަ އޮންނާނީ އެސޮރުމެންނަށް ކާން އަޅާފަ ހުންނަށއެއްޗެހި. ދުވާ ނުބައިވަހުން ހިސާބުގަނޑުގަ އުޅެންދަތި. ބަލަގަ އިންސާނުންނަކަށްވުރެ މާތްބައެއް ދުނިޔެއަކު ނުލައްވާކަން ތިޔަ މީސްތަކުންނަކަށެއް ނޭގޭބާ!!

 3. ޟާިހީ ޚާންދާން

  މުޑުދާރު ްެއްޗެހި މަދުކޮށްބަލަ މީހުން ދިރިއުޅޭހިސާބުން. ވެންގޮސް އެހެން ރަށަކަށް ލާ

 4. Anonymous

  މިފަދަ މުޑުދާރު އެއްޗެހި މަދުކިރޭ މީހުން ދިރިއުޅޭ ހިސާބުން. ޢެހެން ރަށަކަށް ލާބަލަ

  • ހޯން

   ފުރަތަމަ ކަލޭ ސާފުތާހިރުވެ އުޅޭތަން ސާފުތާހިރު ކުރޭބާއޭ މަހިތައް އަރާ!