މިސްކިތަކީ ދެމިގެންދާ ޞަދަޤާތެކެވެ. އެއީ މީހާ މަރުވުމަށްފަހުވެސް އެތަނުން އެމީހާއަށް އެތައް ދަރުމައަކާއި ސަވާބެއް ލިބޭނެ ތަނެކެވެ. އެތަނުގައި ކުރާ ކޮންމެ ނަމާދަކުން، އެމީހާއަށް ސަވާބު ލިބޭނެކަމަށް ވާރިދުވެފައިވެއެވެ. އެހެންކަމުން، މިއީ އާދައިގެ ކުޑަ ވުނޭރު (އިންވެސްޓްމަންޓް) އެއް ނޫނެވެ.

އެގޮތުން، އަމިއްލަ ފިރިމީހާގެ މުސާރަ، އެތައް އަހަރެއް ވަންދެއް ރައްކާކޮށްގެން މިސްކިތެއް ބިނާކުރި މީހަކަށް ވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ. މި މީހާގެ ވާހަކަ، އެތައް ބައެއްގެ މެދުގައި މަޤުބޫލުވެގެން ދިޔައީ އެމީހާގެ ދަރިފުޅު އެކަން އާއްމު ކުރުމުންނެވެ.

މުޙައްމަދު އަލް ހަރްބީ ނަމަކަށް ކިޔާ ޒުވާނަކު ވަނީ އޭނާގެ މަންމަ، އޭނާގެ ބައްޕަގެ ފައިސާ ރައްކާކޮށްގެން ބިނާކުރި މިސްކިތުގެ އެތައް މައުލޫމާތެއް އާއްމުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި އަންހެން މީހާގެ ފިރިމީހާ މިހާރަކު ދުނިޔެއަކު ނެތެވެ. އެހެންނަމަވެސް، ދުނިޔޭގައި ހުރިއިރު ފިރިމީހާގެ މުސާރައިން އަންހެން މީހާ ބޭނުންކުރުމަށް ދޭ ފައިސާ ވަނީ އެމީހާ ރައްކާކޮށްފައެވެ. ބޭކާރު އަދި އެނޫންވެސް ގިނަ ކަންކަމަށް އެފައިސާ ޚަރަދު ނުކުރާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން އެތައް ބަޔަކު ވަނީ މިއީ އެފަރާތްތަކުންވެސް ކުރަން ބޭނުންވާ ކަމެއްކަމަށް ބުނެއެވެ. އަދި މިއީ އެތައް ބައެއްގެ "ގޯލްސް" ކަމަށްވެސް ބުނެފައިވެއެވެ.

މިކަން ހިނގާފައިވަނީ ސައުދީ އަރަބިޔާގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިޔާ

    މުޙައްމަދަށް ތިލިބުނީ ބުއްދިވެރި ލާމަސީލު ނަމޫނާއެއް ފަދަ މަންމައެއް..

  2. މުއްލާ

    ބޭކާރު އިސްރާފެއް

    • ބުއްޅަބޭ

      އިސްރާފު ކޮށްގެންވެސް އެއޮތީ އެތައް ބަޔެއްގެ ސަމާލުކަން ހޯދާފައި. ކަލޭގެ ބޭނުމަކީވެސް ސަމާލުކަން ހޯދުމެއްނު؟ އެކަމަކު އަދި އެކަން ވާޣޮތެއް ނުވޭ ދޯ؟ ދެން ފިއްތާލައިން ހުރޭ.

    • ޙަސަންބެ

      ކަލޯ ކަލެއަށް ދުނިޔަވީ ކަންކަން ނޫނީ ނޭނގޭތީ ތިހެން ތިބުނަނީ. މި ނޫނަސް އެބަވޭ ދުނިޔެއެއް. އަސްޅު ދިރިއުޅުމަކީ އެއީ. މިދުނިޔޭގަ މިތިބީ އެދުނިޔެއަށް ތައްޔާރުވާން. ވާނޫވާ ނޭނގި އަނގަ ނާރުވާ

    • ފޯއްބެ

      މިނާ އަކީ ހަމަޖެހޭ މީހެއް ނޫން..

  3. މަޔާހޮކި

    ވާނުވާ ނޭގޭ ތަންތާ ތިބެއި މަޔާހޮކިން އެހެން ކިޔާނެ.

  4. ނަސޭހަތް

    މިއީއިސްރާފްކުރުމެއްނޫން މިއީ ވަރަށްބޮޑުހެޔޮކަމެއް މަރުވުމުންވެސް ތިމާއަށްސަވާބުލިބޭނެ
    ކަމެއް ވުމާއުކު މިކަންކުރެއްވިފަރާތުން މިކުރެއްވީ ވަރަށްބުއްދިވެރި ހެޔޮކަމެއް މިކަހަލަ
    ހެޔޮކަމަކުން އިބްރަތްހާސިލްކުރެއްވުމުގެބަދަލު މިއީސަމާލުކަންހޯދަންކުރި އިސްރާފެއްކަމަށް
    ދެކިލައްވާނަމަ ވަރަށްދެރަ