ބަންޑުން އޮވެ ނިދުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވެއެވެ.
روى يَعِيشُ بْنُ طِهفَةَ الغفاري عن أبيه قَالَ : ضفت رسول الله صلى الله عليه وسلم فيمن تضيفه من المساكين ( أي نزلت عليه ضيفا ) فخرج رسول الله صلى الله عليه وسلم في الليل يتعاهد ضيفه فرآني منبطحا على بطني فركضني برجله وقال لا تضطجع هذه الضجعة فإنها ضجعة يبغضها الله عز وجل . وفي رواية : فَرَكَضَهُ بِرِجْلِهِ فَأَيْقَظَهُ فَقَالَ هَذِهِ ضِجْعَةُ أَهْلِ النَّارِ رواه أحمد : الفتح الرباني 14/244-245. ورواه الترمذي رقم 2798 ط. شاكر ورواه أبوداود في كتاب الأدب من سننه رقم 5040 ط. الدعاس والحديث في صحيح الجامع 2270 – 2271
ޔަޢީޝް ބިން ޠިހްފާ އޭނާގެ ބައްޕަގެ ކިބައިން ރިވާކުރެއްވިއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މެހެމާންދާރީ އަދާކުރެއްވި ފަގީރު ބަޔަކާއެކު ތިމަން ކަލޭގެފާނު، އެކަލޭގެފާނުގެ މެހެމާނެއްގެ ގޮތުގައި ހުންނެވީމެވެ. ރޭގަނޑެއްގައި އެކަލޭގެފާނު، މެހެމާނުންގެ ހާލުއަހުވާލު ބެއްލެވުމަށްޓަކައި ވަޑައިގެންނެވި އިރު، ތިމަން ކަލޭގެފާނު ބަނޑުފުޅުވަތަށް އޮށޯވެވަޑައިގެން އޮންނަވަނިކޮށް ދެކެވަޑައިގެން އެކަލޭގެފާނުގެ ފައިންޕުޅުން ކޮއްޓަވައިލައްވައިފައި ޙަދީޘްކުރެއްވިއެވެ. “ތިޔަގޮތަށް ނޯންނަވާށެވެ. އެހެނީ، ތިޔައީ ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާ ގޮތެކެވެ.” އެހެން ރިވާޔަތެއްގައި ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ފައިންޕުޅުން އެކަލޭގެފާނުގެ ގައިކޮޅުގައި ކޮއްޓަވައިލައްވައި ހޭފުޅުލައްވައިލައްވައިފައި ޙަދީޘްކުރެއްވިއެވެ. “ތިގޮތަށް ނޯންނަވާށެވެ! ތިޔައީ ނަރަކައިގެ އަހުލުވެރިން އޮށޯވެތިބޭ ގޮތެވެ.”

އެކަމުގެ ޙިކުމަތަކީ މި ޙަދީޘްގައިވާގޮތުން ނަރަކައިގެ އަހުލުވެރިންނާ އެއްގޮތްވުމުން ދުރުހެލިވުމެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ބަންޑުން އޮށޯވެ އޮތުމަކީ ޝަހުވަތްތެރިކަން އިތުރުވާ ކަމެކެވެ.

މަސްދަރު:ޝާފިޢު.އެމްވީ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޓުރޫ..XD