ބައެއް މީހުންނަށް ހިތާމައެއް، ހިތްދަތިކަމެއް، ވޭނެއް، މުޞީބާތެއް ކުރިމަތިވާއިރަށް ކެއުމާއި ބުއިން ދޫކޮށްލައެވެ. އެކަމުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބި އިތުރަށް މީހާ ބަލިކަށިކޮށްލައެވެ. ކެއުމާއި ބުއިމަކީ އޭގައި ހިތްހަމަޖެހުން އެކުލެވިފައިވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
فَكُلِي وَاشْرَبِي وَقَرِّي عَيْنًا-{ مريم : 26} “ފަހެ ތިބާ ކައި އަދި ބޮއެ ހިތް ހަމަޖައްސާށެވެ.”
ހިތާމައެއް ކުރިމަތިވާއިރަށް ކެއުމާއި ބުއިން ދޫކޮށްލުމަކީ ހިތާމަ ލުއިވާ ކަމެއް ނޫނެވެ. އަދި ހިތާމަ ލުއިވުމަށް އެހީތެރިވެދެނީ ކެއުމާއި ބުއިމެވެ. އެއީ ހިތް ހަމަޖެހުން އެކަމުގައި އެކުލެވިފައިވާތީއެވެ.

މަސްދަރު: ޝާފިޢު.އެމްވީ

ކިޔުންތެރިންގެ ހިޔާލު