ދެ ޖިންސު މައްސުނިވުން: ޒިނޭއަށް މަގުފަހި ކުރާ އެންމެ ބޮޑު ކަމަކީ ދެ ޖިންސު މައްސުނިވުމެވެ. ދިވެހިރާއްޖޭގައި ޒިނޭ ގިނަވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީވެސް މިއީއެވެ. ކީރިތި ޤުރުއާނުން އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން އެނގޭގޮތުގައި ހިލޭ އަންހެނުންނާ ފިރިހެނުން ދެޖިންސު މައްސުނިވެ އެއްބަޔަކު އަނެއްބަޔަކާ ގުޅުންތައް ޤާއިމުކުރެވޭ ގޮތަށް ޢަމަލުތައް ބެހެއްޓުމަކީ އިސްލާމްދީނުގައި ނަހީވެގެންވާ ކަމެކެވެ. އަންހެނުންނާ ފިރިހެނުން މައްސުނި ނުވާ އެއްވެސް ދާއިރާއެއް ދިވެހި ރާއްޖޭގައި އޮތް ހެނެއް ހިޔެއް ނުވެއެވެ. ސަރުކާރުގެ ވަޒީފާ ތަކުގަޔާއި، ސްކޫލްތަކުގެ ދަރިވަރުންނަށް ދަންދަން މައްސުނިކޮށެވެ.

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ލަދުވެތިކަމުގެ ސިފައިން ޒީނަތްތެރިވެފައިވާ ދެ އަންހެން ކުދީންގެ ވާހަކަ، މޫސާ ޢަލައިހިއްސަލާމާ އެކުދީންނާ މެދު މަދްޔަނުގައި ކަންތައްތައް ހިނގާ ދިޔަގޮތް ބަޔާންކުރައްވާފައިވެއެވެ. އެކުދީންގެ ބައްޕާއަކީ މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މީހަކަށް ވުމުގެ ސަބަބުން، އެކުދީންނަށް ޟަރޫރީ ޙާލަތެއްގެ ދަށުން ކާންބޯން މަސައްކަތްކުރުމުގެ ތެރޭގައި ފިރިހެނުންނާ މައްސުނިވާންޖެހޭ މަޤާމަކަށް ދާންޖެހުމުން އެކުދީން ކަންތައްތައް ކުރިގޮތް ﷲ ތަޢާލާ ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. ފިރިހެނެނުން އެމީހުންގެ ބަކަރިތަކަށް ފެންދީ ނިމެންދެން ދުރުގައި މަޑުކޮށްގެން ތިބީއެވެ. ހިލޭ ފިރިހެނުންނާ މައްސުނި ނުވާންވެގެންނެވެ. ޢިއްފަތްތެރިކަމުގެ އަގު ދުނިޔޭގެ ޙަޔާތުގައިވެސް ލިބިގެންދާނޭ ކަން މި ވާހަކައިން އެނގެއެވެ. އަދި ހިލޭ ފިރިހެނުންނާ މައްސުނިވުމަކީ ލަދުވެތި ޢިއްފަތްތެރި އަންހެނުންނާ އެކަށީގެންވާ ކަމެއް ނޫންކަންވެސް މި ޙާދިޘާއިން އެނގެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުންވެސް ހިލޭ ފިރިހެނުންނާ އަންހެނުން ތަޢުލީމު އުނގެނުމުގައިވެސް ވަކިވުމުގެ މައްޗަށް އެތައް ޙުއްޖަތްތަކެއް ވެއެވެ.

عَنْ أبي سَـعِيْد رَضِيَ اللَّـهُ عَنْـهُ قَالَ: جَـاءَتِ امْـرأةٌ إلى اَلرسُولِ صَلىَّ اللهُ عَلَيْهِ وَسَلَّمَ فَقَالَتْ : يَا رَسُولَ اللَّـهُ، ذَهَبَ الرِّجَالُ بحَدِيثِكَ ، فَاجْعَلْ لَنَا مِنْ نفْسِكَ يَوْماً نَأتِيكَ فِيهِ، تُعَلِّمُنَا مِمَّا عَلَّمَكَ اللهُ ، فَقَالَ :اجْتَمِعْنَ فِي يَوْم كَذَا وَكَذَا، فِي مَكَانِ كَذَا وَكَذَا. فَاجْتَمَعْنَ، فَأَتاَهُنَّ رَسُولُ اللهِ صَلىَّ الله عَليْهِ وَسَلَّمَ، فَعَلَّمَهُنَّ مِمَّا عَلَّمَهُ الله، ثُمَّ قَالَ : مَا مِنْكُنَّ امْرَأَةٌ تُقَدِّمُ بَيْن يَدَيْهَا مِنْ وَلَدِهَا ثَلاَثَةً إِلاَّ كاَنُوا لهَا حِجَاباً مِنَ النَارِ. فَقَالَتِ امْرَأَةٌ مِنْهُنَّ : يَا رَسُولَ اَللهِ، وَاثْنَيْنِ؟ قَالَ: فَأَعَادَتْهَا مَرَّتَيْنِ ثُمَّ قَالَ: وَاثْنَيْنِ وَاثْنَيْنِ واثْنَيْنِ. {صحيح البخاري} އަބޫސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމުގައި ރިވާވެގެންވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އަންހެނަކު އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިބާގެ ޙަދީޘްތައް އަޑުއެހުމުގައި ފިރިހެނުން ކުރިއަރައި ހިނގައްޖެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާއަށް އުނގަންނަވާ ދެއްވާފައިވާ ތަކެތި އަހަރެމެންނަށް އުނގަންނަވައިދެއްވުމަށްޓަކައި، ތިބާގެ ކައިރިއަށް ތިމަންމެން އަންނާނޭ ދުވަހެއް ހަމަޖައްސަވައިދެއްވާށެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މިވެނި އެވެނި ދުވަހެއްގައި ތިޔަކަނބަލުން ޖަމާވާށެވެ. އެވެނި މިވެނި ތަނެއްގައެވެ.” ދެން އެބޭކަނބަލުން ޖަމާވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އުނގަންނަވާދެއްވާފައިވާ ތަކެތީން އެބޭކަނބަލުންނަށް އުނގަންނަވައިދެއްވިއެވެ. އޭގެފަހުގައި ޙަދީޘްކުރެއްވިއެވެ. (ޅަފަތުގައި) އެމީހެއްގެ ތިންކުދިން މަރުވެ، އެކަނބުލޭގެއާ ނަރަކައާ ދެމެދު ހުރަހެއްކަމުގައި އެކުދިން ނުވާ އެއްވެސް ކަނބަލެއް ތިޔަކަނބަލުންގެ ތެރެއިންނުވެއެވެ.” އޭގެތެރެއިން އަންހެނަކު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! ދެކުދިންވެސް ތޯއެވެ؟” އަބޫ ސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެކަނބުލޭގެ މި ސުވާލު ދެ ފަހަރު ތަކުރާރު ކުރެއްވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ދެކުދިންވެސް ދެކުދިންވެސް ދެކުދިންވެސް” (މެއެވެ.)”

މި ޙަދީޘުން ދަލީލުކޮށްދޭގޮތުގައި އަންހެން ކަނބަލުންނަށް އިސްލާމްދީން އުނގަންނަވައި ދެއްވުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަނބަލުންނަށް ޚާއްޞަކުރައްވައިގެން ވަކި ދުވަހަކާއި ތަނެއް ހަމަޖެއްސެވިއެވެ. އަދި އުނގަންނަވައިދެއްވިއެވެ.

އެއްމަޖިލީހަކަށް އަންހެނުންނާއި ފިރިހެނުން އެއްކޮށްގެން ފިތުނައަށް މަގުފަހިވާގޮތަށް، ދީނީ ތަޢުލީމު އުނގެނުމުގައިވެސް ޢަމަލުކޮށްގެން ނުވާނެކަމާއި، ތަޢުލީމު އުނގަންނައިދިނުމުގައި 2 ޖިންސު ވަކިކުރަންޖެހޭނެކަން، ވަކިދުވަހަކާއި ވަކިތަނަކާއި ވަކިވަގުތެއް އެކަނބަލުންނަށް ޚާއްޞަކުރެއްވުމުން ދޭހަވެއެވެ. އެކަނބަލުންނަށް ވަކި ދުވަހަކާއި ވަކި ތަނެއް އަދި ވަކި ވަޤުތެއް ޚާއްޞަކުރުމުން ދެޖިންސު ތަޢުލީމުގެ ކަންތައްތަކުގައި ވަކިކުރުމަށް ބާރުލިބެއެވެ. އަދި ކިއެއްތަ ދީނީ ޢިލްމުކިޔެވުން މިމަގަށް ހުރި އިރު ދުނިޔަވީ ޢިލްމުތަކާއި އެހެނިހެން ފަންނުތަކުގެ ޢިލްމުތައް ކިޔަވާއިރު މިކަން މިގޮތަށް ކުރުން މާބޮޑަށް އައުލާވެގެންވެއެވެ. އެހެނީ ލަދުވެތިކަމާއި މަޑުމޮޅިކަން ވަނީ ދީނީ މަޖިލީސްތަކުގައެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ހުރިހާ މަރުޙަލާއެއްގައިވެސް ޕްރައިމަރީ ތަޢުލީމުން ފެށިގެން ޔުނިވަރސިޓީ ލެވެލް އާ ހަމައަށްވެސް ހުރިހާ ކަމެއް އޮންނަނީ ހިލޭ ފިރިހެނުންނާ އަންހެނުން މައްސުނިކޮށެވެ. ދެ ޖީންސް ވަކީން ތަޢުލީމު ދިން ހަމައެކަނި މަދަރުސާވެސް މިހާރުވަނީ ދެޖިންސު އެއްކޮށްލާފައެވެ. ފަހުގެ ދިރާސާތައް، ޔޫރަޕާއި އެމެރިކާގެ ތަޢުލީމީ މުއައްސަސާތަކަށް މިހާރު ދޭ ރިކޮމެންޑޭޝަނަކީ ދެޖިންސް މައްސުނިނުކޮށް ކިޔަވައިދިނުމަކީ ނަތީޖާ އެންމެ ރަނގަޅުވާ ގޮތްކަމުގައެވެ. ތަޢުލީމީ މުއައްސަސާތަކުގައި ދެޖިންސު މައްސުނިކުރުމަކީ އެކަމުގެ ސަބަބުން ޒިނޭއަށް ވަރަށް ބޮޑަށް މަގުފަހިވާ ކަމެކެވެ. ޒިނޭކުރާ ވަރަށް ގިނަ ކުދީން ރައްޓެހިވެގެން އުޅޭ ކުއްޖާއަކީ، މަދަރުސާއިން، ނުވަތަ ކޮލެޖުން ރައްޓެހިވާ ކުއްޖަކަށްވުން މީގެ ހެއްކަކަށް ފުދެއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އަންހެނުންނާ ފިރިހެނުން މައްސުނިވުން ސިފަކުރައްވަނީ އަލިފާނާ ދަރު އެއްވުން ފަދައިންނެވެ. ވިދާޅުވަނީ ހިލޭ ފިރިހެނުންނާ އަންހެނުން މައްސުނިވުމުގެ މިސާލަކީ އަލިފާނާ ދަރު އެއްވުން ފަދަ ކަމެއް ކަމަށެވެ. އެހެނީ އެ އަލިފާނުގެ ސަބަބުން ދަރުތައް ނާނދާ ނުދާނެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” ما تَرَكْتُ بَعْدِي فِتْنَةً أَضَرَّ عَلَى الرِّجَالِ مِنْ النِّسَاءِ . { رواه البخاري ( 4808 ) ومسلم ( 2704 ) “ފިރިހެނުންގެ މައްޗަށް، އަންހެނުންނަށްވުރެ ގެއްލުން ބޮޑުވެގެންވާ ފިތުނައެއް އަހަރެންނަށް ފަހު ދުވަހަކުވެސް ދުލެއް ނުކުރަމެވެ.”
އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. ” إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَّ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ . . ” {رواه مسلم 4925} “ހަމަކަށަވަރުން ދުނިޔެއަކީ ފޮނި އަދި ފެހި (ހެއްލުންތެރި) ތަނެކެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުން އެތަނުގައި އެއްބަޔަކަށް ފަހު އަނެއްބަޔަކު އަންނަގޮތުގައި (ޖީލުތަކެއްގެ) ގޮތުގައި ލެއްވެވިއެވެ. އެއީ ތިޔަބައިމީހުން (އެ ހެއްލުންތަކާމެދު) ޢަމަލުކުރާ ގޮތް ބެލުމަށްޓަކައެވެ. ފަހެ ތިޔަބައިމީހުން ދުނިޔެއާމެދު ބިރުވެތިވާށެވެ. އަދި ތިޔަބައިމީހުން އަންހެނުންނާ މެދު ބިރުވެތިވާށެވެ. ހަމަކަށަވަރުން ބަނޫ އިސްރާއީލުގެ ފުރަތަމަ ފިތުނަކަމުގައި ވީ އަންހެނުންނެވެ.”

އަންހެނުންނާއި ފިރިހެނުން މައްސުނިވުން ޙަރާމްކަމުގެ މައްޗަށް ކީރިތި ޤުރުއާނާއި ސުންނަތުގައި އެތައް ދަލީލެއް ވާރިދުވެފައިވެއެވެ. އޭގެ ތެރޭގައި، އަންހެނުންނާ ސުވާލުކުރާނަމަ ފަރުދާއެއްގެ ނިވަލުގައި އެމީހުންނާ ސުވާލުކުރުމަށް ޤުރުއާނުގައި އަންގަވާފައިވުމާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތްކޮޅުގައި ނަމާދު ނިމިގެން އަންހެނުން ތެދުވެ ދިޔުމުން މެނުވީ ފިރިހެނުން ނުތެދުވުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވުމާ، އެއްފަހަރެއްގައި އަންހެނުނާ ފިރިހެނުން މައްސުނިވުމުން، އަންހެނުން މަގުގެ އެއްކައިރިން ހިނގުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވުމާ، އަންހެނުންނަށް ޖަމާޢަތުގެ ނަމާދު ވާޖިބު ނުވެ ގޭގައި ނަމާދުކުރުން ހެޔޮކަން ބޮޑުވެގެން ވުމާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތްކޮޅުގައި އަންހެނުންނަށް ވަކިން ދޮރެއް ޚާއްޞަކުރެއްވުމާއި އެއްވެސް ފިރިހެނަކު އެ ދޮރުން ވަނުން މަނާކުރެއްވުމާއި، ހިލޭ ފިރިހެނަކާ އަންހެނަކު އެކަހެރި ވެއްޖެނަމަ ތިންވަނައަށް ޝައިޠާނާ ހުންނާނޭ ކަމަށް އަންގަވާފައިވުމާއި، ކުދީން ދިހަ އަހަރުއްސުރެ ދެޖިންސު ތަންމަތި ވަކިކުރަން އަމުރުކުރައްވާފައިވުމާއި، ޅިޔަނުން ފަހަރީންވެސް އަންހެނުންގެ ގާތަށް ވަދެއުޅުން ނަހީކުރައްވާފައިވުމާއި، ޅިޔަނު ފަހަރީންނަކީ މަރު ކަމަށް ޙަދީޘްކުރައްވާފައިވުމާއި، ނަމާދުގައި އަންހެނުންނާއި ފިރިހެނުން މައްސުނިކޮށް ޞަފުހެދުން ނަހީވެގެންވުމާއި، އަންހެނުންގެ ޞަފުތައް ފިރިހެނުންގެ ޞަފުތަކަށް ފުރެ ފަހަތުގައި ހެދުމަށް އަމުރުކުރެއްވުމާއި، ފިރިހެނުންނަށް އެންމެ ހެޔޮކަންބޮޑު ޞަފަކީ ކުރީ ޞަފުކަމަށް އަދި އަންހެނުންނަށް އެންމެ ހެޔޮކަންބޮޑު ޞަފަކީ ފަހަތު ޞަފުކަމަށް އަންގަވާފައިވުމާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުން އުންމު ސަލަމާ ޠަވާފުކުރެއްވި އިރުވެސް، ފިރިހެނުންގެ ފަހަތުން (ފިރިހެނުންގެ ކުރިއަށް ނާރައި) ޠަވާފުކުރުމަށް އެންގެވުމާއި، މިހެންގޮސް ޞަޙާބީންގެ ތެރޭގައި އެބޭކަލުންގެ ޢަމަލުތައް މިކަމާ ގުޅިގެން ބެހެއްޓެވި ގޮތް ވަރަށްގިނަ ވާހަކަތަކާއި ރިވާޔަތްތަކުގައި ވަރަށް ސާފުކޮށް އެނގެން އޮތުން ހިމެނެއެވެ.

ހިލޭ ފިރިހެނުންނާ އަންހެނުން މިފަދައިން މައްސުނިވުމަކީ ސީދާކޮށް ޒިނޭއަށް ހުޅުވޭ އެންމެ ބޮޑު ދޮރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުޝާމް

    ސީރިޔާ އަދި އިރާގްގައި އުފެދިފައި އެވާ އިސްލާމިކް ސްޓޭޓް މި ޤަވާއިދާއިﷲ އާއި މާތް ރަސޫލާގެ މި މަތިވެރި އަމުރުފުޅު ހިފެހެއްޓިއެވެ. އެހެނަސް ނުދަނެ ތިބެ ބަސް ބުނާމީހުންގެ ގޮތަކީ ކޮބައިތޯ؟ އެބައި މީހުންގެ ދޫތަކުން ކުރީ މަލާމާތެވެ.ބުނަމުން އައީ އެމެރިކާގެ އުފެއްދުމެއް އިޒްރާއިލްގެ މޭޑްއެއް ، އެމީހުން އިޒްރާއިލް އަށް ނޭރީ ކީއްވެ؟ މިފަދަ ތިމާގެ މޮޅު ބަސްތަކެވެ.
    މައްސަލަައަކީ ކޮބައިތޯ؟ ޗައިނާ މޭޑެއް ކަމުގައި ވި ނަމަވެސް އެމީހުން ﷲ ގެ އަމުރުފުޅުތައް ހިފެހެއްޓިއެވެ. މުޅިދުނިޔެ އެކުވިއިރުވެސް މެއެވެ. އެއީ ހަގީގީ މުުމިނުންގެ އަގީދާއެވެ.
    އަހަރެމެން ދުލުން ފާޑުކިޔާލާއިރު! 60 އަހަރުވެދިޔައިރުޖެހިގެން އޮތް ސައުދީ ޖޮޑަން މިސްރު މުސްލިމުންގެ ނަންއޮތް ގައުމަކުން ގާކޮޅެއްވެސް އިޒްރާއިލަށް އެއްލިތޯ ؟ ނޫން އިސްލާމީ ޚިލާފަތުން އެ ފަލަސްތީނުމަތިންކުޑަވަގުތުކޮޅަކަށް ވެސްހަނދާން ނުނެތޭނެ ކަމަށް އަދި އެ ބިމަކީ ޔަހޫދީންގެ ގަބުރުސްތާނެއްގެ ގޮތުގައިވާނެ ކަމަށް އިންޒާރުދީލިބުނު ވަގުތުގައި އެޔަހޫދީންނާ ހަނހުރާމަކުރިއެވެ. އެ ވަރުވެސް ދުނިޔެގެ އެހެން އިސްލާމީގައުމަކުން ނުކުރެއެެވެ.

    ތިމާމީހާ ވެސް މުސްލިމެއްގެ ނަމުގައިވި އަދި ސުންނީ މުސްލިމުންގެ މެދުން އުފެދޭ އަނެއްމުސްލިމަކާދިމާއަށް ނުވަތަ ޖަމާއަތަކަށް ތިމާބުނަނީ އެއީ ހައްދު ފަހަނައެޅި ބައެކޭ ޙަވާރިޖު އެއީ އިލްމެއް ނެތްބައެކޭއެވެ. މިހެންނެވެ

    ދަންނަންޖެހޭ ހަގީގަތަކީ އެމީހުންކުރަނީ އަމަލެވެ. އަހަރެމެން އަމަލެއް ނުކުރެއެވެ. އަހަރެމެންވީ އަމަލުނުކުރިތާގައި ދުލުން ބޭކާރު ކޮމެންޓު ކުރާބަޔަކަށެވެ. އަހަރެމެންނަށް މުސްލިމުން މަރާމަންޒަރު ތައްފެނެއެވެ. އެކަމަކު އެ މުސްލިމުންގެ ހިމާޔަތުގައި ނުނިކުމެއެވެ. ނުނިކުންނާނެ ކަންވެސް ﷲ ޤުރުއާންގައި އަންގަވާފައިވެއެވެ.