ވާރޭ ވެހުން ލަސްވެ، ރާއްޖޭގެ ރަށްތަކަށް ފެން ލިބުން ދަތިވުމާއެކު މާލޭގެ އިތުރުން މުޅި ރާއްޖޭގައި މިއަދު ވަނީ އިސްތިސްގާ ނަމާދު ކޮށްފައެވެ. މި ދުވަސް ވަރަކީ އާންމުކޮށް ހޫނު ގަދަ ދުވަސްވަރެކެވެ. ހާއްސަކޮށް މުޅި ރާއްޖެއަށް ދަނީ އާދަޔާ ހިލާފަށް ހޫނު ވަމުންނެވެ.

މޭލެއަށް މިއަދުވެސް އޮތ އަވިބާރު ކޮށެވެ. އުޑުމަތިން ވާރޭ ވެހުމުގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. މެންދުރު ނަމާދަށްފަހު އެތައް ބަޔަކު އިސްތިސްގާ ނަމާދަށް، އިސްލާމީ މަރުކަޒަށް ޖަމާވި އިރު، ހޫނު ބާރު ދުވަހު ނަމާދަށް ފެށުމާއެކު މާލެއަށް ހިމަފޮދު ވާރޭގެ އަސަރު ކުރިއެވެ.

މާތް ﷲގެ ކުޑަދުންވަންތަކަން ފެނި، އެތައް ބަޔަކު އެވާހަތަ މީސް މީޑިއާގައިވެސް ދައްކަމުން ދެއެވެ. އެގޮތުން އެކަކު ލިޔެފައިވާ ސްޓެޓަސްއެއްގައި ވަނީ "މިއޮއް ހޫނުގަދަ ދުވަހު މެންދުރު ނަމާދަށްފަހު އަޅުގަނޑުގެ ކޮއްކޮ ގޮވައިގެން ސްކޫލްއިން އައި ގަޑީގައި ފެނުނީ ހިމަފޮދު ވާރޭ ގަޔަށް ވެހިގެން ދިޔަ ތަނެވެ. އަލްހަމްދުލިﷲ. މިހިރީ ﷲގެ ކުޅަދުންވަންތަވެރިކަން. އުޑު މައްޗަށް ބަލާލި އިރު، ވިިއްސާރަ ވިލާ ކޮޅެއްވެސް ފެންނާކަށް ނެތެވެ. އެގަޑި އެއީ އިސްލާމީ މަރުކަޒުގައި އިސްތިސްގާ ނަމާދު ކުރެވިގެންދިޔަ ވަގުތެވެ." މިހެންނެވެ.

މިއަދު މެންދުރު ނަމާދަށްފަހު މާލޭގެ އިތުރުން އަތޮޅު ތެރޭގެ ހުރިހާ ރަށެއްގައިވެސް އިސްތިސްގާ ނަމާދު ކޮށްފައިވާ އިރު، މަލޭގައި އިސްތިސްގާ ނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. މިއީ ފަހުގެ ތާރީހެއްގައި އިސްތިސްގާ ނަމާދެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރެވެ.

އިސްތިސްގާ ނަމާދަކީ ފެން ލިބުން ދަތިވެ، ވާރޭ ވެހުން ދަތިވާނަމަ، މާތް ﷲގެ އެ ނިއުމަތަށް އެދި ކުރާ ނަމާދެކެވެ.

މާލޭގައި ކުރި އިސްތިސްގާ ނަމާދުގައި އިމާމްވެ ނަމާދު ކުރައްވާ ހުތުބާ ވިދާޅުވެ ދުއާ ކޮށް ދެއްވީ ޑރ. މުހައްމަދު އިޔާޒެވެ. އަތޮޅުތަކުގައި އިސްތިސްގާ ނަމާދު ކޮށްފައިފައިވަނީ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައިއެވެ. މާލޭގަ އާއި ރަށްރަށުގައި ވެސް ގިނަ އަދަދަކަށް މީހުން މިއަދުގެ ނަމާދުގައި ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އިބްރާހީމް

  الله اكبر

  37
  3
 2. އަހަރެން

  الحَمْد لله

  39
  2
 3. ރާއްޖެމީހާ

  ކޮބާ މުޖޫ ނައީމް ކަލެއަށް ފެނޭތަ އަހަރެމެންގެ ކަލާނގެ ކުޅަދުންވަންތަކަން؟ ނަރަކައިގެ ދަރަށް ކަލޭ ނުވަނީސް ތައުބާވެ އިސްލާހުވޭ.

  103
  3
 4. މުހަންމާ

  މުޅި ރާއްޖޭގައި އިސްތިސްގާނަމާދު ނުކުރެ.

  13
  4
 5. ޒުހުރާ

  މުސްލިމުންގެ މިއަދުގެ ހާލަކީ ހެނދުނު ﷲ މަތިން ހަނދާން ކުރާނެ. ރޭގަނޑުވުމުން އުޑިދަށުގައި ހުރިހާ ފާހިޝް ޢަމަލެއް ކުރާނެ. އަހަރެމެން މިގުނަމުންދަނީ އެންމެ ފަހު ދުވަސްތައްކަމަށް އިސްލާމީ ޢިލްމްވެރިން ކެނޑިނޭޅި އއކިޔަނީ. ވެރިންގެ ގޮތުގައި އަހަރެމެން ބަލައިގަންނާނީ އެންނެ ޖާހިލުން ކަމަށާއި އައިޑަލް އަކަށްވާނީ އެންމެ މުޑުދާރު އަމަލުކުރާ މީހުން ކަމާ އެމީހުންނަކީ އެންމެން ތަބާވާ މީހުންނަށް ވާނެ ކަމަށް ހަދީޘްގައިވޭ.

  32
  2
 6. ލިޔުން

  ...އިއްޔެ މެޓް އޮފީހުން އޮތީ ވާރޭ ވެހޭނެކަމަށް ބުނެފަ

  5
  18
  • މެޓް އޮފީސް

   ވާރޭ ވެހިދާނެ ކަމަށް ލަފާކުރީ. ވާރޭ ވެހޭނެޔޭ ނުބުނޭ. މޫސުން ދެނެގަތުމުގެ ސައިންސަކީ މިހާތަނަށް އިންސާނުންނަށް ހޯދިފައިވައިވާ ސައިންސެއް ނޫން. މޫސުން ކިތަންމެ ވަރަކަށް ވެސް ލަފާކުރެވިދާނެ. ފަހަރެއްގައި މިންވަރު ކުރައްވައިފައި އޮވެދާނެ ވިލާތައް އެހެން މިސްރާބަކަށް ދަތުރު ކުރަން. ނޫނީ ވާރޭ ނުވެހެން. ނޫނީ ނެތިވެގެންދާން. ނޫނީ ރަށްތަކަށް އެރުމުގެ ކުރިން ވާރޭވެހި ވިލާތައް ހުސްވާން. ނޫނީ ވާރޭގެ ބަދަލުގައި ބިރުވެރި ވިއްސާރައެއްކަމަށްވެސް.

 7. ީ

  ާއ ވަރައް ވެހެފި ވިއްސަަރަ

  5
  3