ވާރޭ ވެހުން ލަސްވެ، ރާއްޖޭގެ ރަށްތަކަށް ފެން ލިބުން ދަތިވުމާއެކު މާލޭގެ އިތުރުން މުޅި ރާއްޖޭގައި މިއަދު ވަނީ އިސްތިސްގާ ނަމާދު ކޮށްފައެވެ. މި ދުވަސް ވަރަކީ އާންމުކޮށް ހޫނު ގަދަ ދުވަސްވަރެކެވެ. ހާއްސަކޮށް މުޅި ރާއްޖެއަށް ދަނީ އާދަޔާ ހިލާފަށް ހޫނު ވަމުންނެވެ.

ޅ. ނައިފަރަށްވެސް މިއަދު ހެނދުނުން ފެށިގެން މެންދުރު ވަގުތާ ހަމައަށް ދިޔައީ އަވިދެމުންނެވެ. މެންދުރު ނަމާދަށްފަހު އެތައް ބަޔަކު އިސްތިސްގާ ނަމާދުގައި ބައިވެރިވި އިރު، މިސްކިތު ކައިރީގައި ސައިކަލު ޕާކު ކުރާނެ ތަން ކޮޅެއްވެސް ނެތް ކަމަށް އެރަށު މީހަކު ވަނީ ބުނެފައެވެ. ނަމާދަށް ހުއްޓުނު މީހުން އެހާވެސް ގިނައެވެ.

ނައިފަރުގެ ރައްޔިތަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އިސްތިސްގާ ނަމާދަށް ދިޔަ އިރު، އަވިދީފައި އޮތް ނަމަވެސް ނަމާދުގެ ހުތުބާ ކިޔަމުން ދަނިކޮށް، ރަށަށް ބޯކޮށް ވާރޭ ވެހެން ފެށި ކަމަށެވެ. އަދި މީހުން ނަމާދުން ފައިބައިގެން ދާން ޖެހުނީ ތެމިގެން ކަމަށް އެ ސްޓެޓަސްގައި ޖަހާފައިވެއެވެ.

ނައިފަރުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްރަށަށްވެސް ދަނީ ވިއްސާރައިގެ އަސަރު ކުރަމުންނެވެ. އިސްތިސްގާ ނަމާދާއެކު އަވިދީފައި އޮތް މާލެއަށްވެސް ކެރީގެ އަސަރު ފޯރާފައިވާ އިރު، ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ﷲއަށް ހަމްދު ކުރަމުންނެވެ.

އިސްތިސްގާ ނަމާދަކީ ފެން ލިބުން ދަތިވެ، ވާރޭ ވެހުން ދަތިވާނަމަ، މާތް ﷲގެ އެ ނިއުމަތަށް އެދި ކުރާ ނަމާދެކެވެ.

މާލޭގައި ކުރި އިސްތިސްގާ ނަމާދުގައި އިމާމްވެ ނަމާދު ކުރައްވާ ހުތުބާ ވިދާޅުވެ ދުއާ ކޮށް ދެއްވީ ޑރ. މުހައްމަދު އިޔާޒެވެ. އަތޮޅުތަކުގައި އިސްތިސްގާ ނަމާދު ކޮށްފައިފައިވަނީ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައިއެވެ. މާލޭގަ އާއި ރަށްރަށުގައި ވެސް ގިނަ އަދަދަކަށް މީހުން މިއަދުގެ ނަމާދުގައި ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ާމެެ

    Allhamdhlillah

    40
    2
  2. ނުރަބޯ

    ނޭފަރު މީހުން ޗަހަދަނީ ދޮގުތޯއްޗެ،

    2
    41
  3. ހިޔާާލި

    އެއީތެދުވާހާކެއް މެދުރާއްޖެ ތެރޭގެރައްތަކައްވެސް ވާރޭވެހެމުން ދަނީ މިކަމާ އުފާކޮއްމާތްﷲއައްސުކުރުއަދާ
    ކުރަން

    40
    1
  4. Anonymous

    Allhamdhlillah

    26
  5. މެހެމާނު

    ދެން ވެސް މުޖޫ ބުނާނީ ހަމަަަ އެހެންބާ

    15
    1
  6. Kamaal

    ހުޅަނގު މޫސުން އައިސް މުޅިރާއްޖެއައް ވިއްސާރަ ވެހެމުން ދަނިކޮށް މިމީހުން މިނަމާދު ކުރީ.

    4
    47
  7. Fan

    ﷲގެއޯގާވަންތަކަން ދެކޭށެވެ.އަހަރެމެން ފާފަ ކުރުން މަތީ ދެމިތިބެ އެކަލާންގެ ހުކުމު ފުޅުތައް ޤާއިމު ނުކުރާ ހާލުވެސް ދުޢާ ކުރުމާއެކު އިޖާބަ ކުރައްވައިފިއެވެ.

    48
    1
  8. އަހުމަދު

    ދެން ފެންގަނޑުގަ ފެތެން ދޭބެލެ.

  9. ޔސރ

    الحمدلله
    އަހަރުމެން ހިތުގެ ލޯތްބާއި މާތްކުރުމާއެކު އެ އިލާހަށް ރިވެތި ޘަނާއާ ތައުރީފުކުރަން.
    އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަހީމުވަންތަ ކަލާނގެ.
    އުރެދުންތަކާ ފާފަތައް ފުއްސަވައި ރަޙްމަތް ލައްވައި ޙާޖަތްތައް ފުރިހަމަ ކޮށް ދެއްވާ ހުރިހާ ނިޢުމަތެއްގެ ވެރި އިލާހު

    15
  10. ފގދ

    ހުރިހާ ހަމްދު ސަނާއެއް މާތް ދޭވަތާއިންނަށް. ސަލަވާތް ލެއްވުން އެދި އެންމެންވެސް ދުއާކުރަން ޖެހެނީ އާލަމްތަކަށް ރަހުމަތެއް ކަމަށް ފޮނުއްވި ރަސޫލާއަށް. ދެން އެކަލޭގެފާނުގެ ގާތްތިމާގެ އެންމެންނަށް ސަލަވާތާއި ސަލާމަތާއި ބަރަކާތާ ލެއްވުން އެދި ދަންނަވަންވީ. ދެން ދަންނަވަންވީ ވާރޭ ވެއްސަވާތޯ. ހަމަ ދެންނެވިހާ އަވަހަކަށް ވެހިގެންފި. ކޮބާ ހީވޭ. ކޮން ނަކަތެއް؟ ވިއްސާރަ ނަކަތެއް ވެސް ނޫން. މިހުންނަނީ ހީލަތެއް މަކަރެއް ހެދުމެއް ނޫން. ކުޅަދުންވަންތަކަން. ދެންވެސް ޖީންސް އެއްޗެހި ގަޔަށް ބާރުނުކޮށް ތިބެއު.