އިންސާނާގެ ހިތަށް ޖެހޭ ބައެއް ބަލިތައް
1- ނިފާޤުކަން
2- ދެއްކުންތެރިކަން
3- ޝުބުހަ
4- ޝައްކުވުން
5- ކުށްހީކުރެވުން
6- ތުހުމަތުކުރެވުން
7- ޙަސަދަވެރިކަން
8- ކިބުރުވެރިވުން
9- ބޮޑާވުން
10- އެހެންމީހުން ދަށްކޮށްލުން
11- ފުރައްސާރަކުރުން
12- ﷲ ނޫން ފަރާތްތައް ދެކެ ލޯބިވުން
13- ﷲ ނޫން ފަރާތްތައް ދެކެ ބިރުގަތުން
14- ވަސްވާސް
15- ހިތް ހަރުވުން
16- ޙައްޤުދޫކޮށް އެހެން ފަރާތްތަކަށް ތަޢައްޞުބުވުން
17- މާޔޫސްވުން
18- ނަފުރަތު އުފެދުން
19- ދެކޮޅުވެރިކަން އުފެދުން
20- އަމިއްލަ ނަފްސު ފެނުން

ހިތުގެ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތައް
1- ޖާހިލުކަން (ޢިލްމާ ދުރަށް ދިޔުން)
2- ފިތުނާގައި ޖެހުން
3- ފާފަކުރުން
4- ޝުބުހަތަކުގެ ތެރެއަށް ވަނުން
5- ﷲ ގެ ޛިކްރުން ޣާފިލުވުން
6- ހަވާނަފްސަށް ތަބާވުން
7- ނުބައި ނުލަފާ އެކުވެރިން
8- ޙަރާމް ތަކެތި ކެޔުން (މިސާލަކަށް ރިބާއާއި ރިޝްވަތު)
9- ލޮލުން ޙަރާމްތަކެތި ބެލުން
10- ޣީބަ ބުނުމާއި ދެބައޮޑުވުން
11- ދުނިޔެއާ ހެދީ އުޅުން

ހިތުގެ ބަލިތަކުގެ ފަރުވާ
1- ﷲ އަށް ފުރިހަމައަށް އީމާންވުން، މިއީ ޙިތް ސަލާމަތުން އޮތުމުގެ އެންމެ އަސާސީ ކަންތަކެވެ.
2- އިންސާނަގެ ހިތް ﷲ ދެކެ ވާ ލޯބިން ފުރާލުން.

އެގޮތުން މިކަން ޙާޞިލްކުރުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ ތެރޭގައި ކީރިތި ޤުރުއާން ކިޔެވުމާއި ކީރިތި ޤުރުއާނުގެ މާނަ ދެނެގަތުމާއި ކީރިތި ޤުރުއާނުގެ އާޔަތްތަކާމެދު ތަދައްބުރު ކުރުމާއި، ފަރުޟު ކަންތައްތައް ބަރާބަރަށް ކުރުމާއެކު ވީހާ ގިނަ ސުންނަތް އަޅުކަންތައް ކުރުމާއި، އަބަދު ﷲ ގެ ޛިކްރު މަތީގައި ހުރުމާއި، ހަވާނަފްސަށް އެދޭ ކަންކަން ﷲ އަށްޓަކައި ދޫކޮށްލުމާއި، ތިމާގެ ހިތަށް ﷲ ތަޢާލާގެ ރިވެތި އިސްމުފުޅުތަކާއި ރިވެތި ޞިފަފުޅުތަކުގެ ފުރިހަމަކަން އެ ނަންފުޅުތަކާއި ޞިފަފުޅުތައް ވީވަރަކުން މަޢުރިފާކޮށްދީގެން ހިތަށް ފޯރުކޮށްދިނުމާއި، ތިބާގެ ދެރަނިކަމެތިކަން އަދި ﷲ ތައާލާގެ މާތްކަމާއި މަތިވެރިކަން ހިތަށް ވެއްދުން ހިމެނެއެވެ.

3- އިޚްލާޞްތެރިކަން: ޢަމަލު ކުރުމުގައި އަދި ބަސްބުނުމުގައި އެއިލާހަށް އިޚްލާޞްތެރިވުން.
4- އިންސާނާގެ އިޢުތިޤާދާއި ޢަމަލު ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރު ކުރެއްވި ގޮތަށް އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގައިދެއްވި ގޮތަށް ބެހެއްޓުން.
5- ގިނަގިނައިން ﷲ އަށް ޛިކްރު ކުރުން
6- ﷲ ތަޢާލާ އަހަރެމެންނަށް ބައްލަވާވޮޑިގެންވާ ކަމަށް އަބަދުވެސް ޤަބޫލުކުރުން
7- އަމިއްލަ ނަފްސު ޙިސާބުކުރުން
8- ޢިލްމު އުނގެނުން
9- ތަޤްވާ އޭގެ އެންމެ ފުރިހަމަ މާނާގައި ލިބިގަތުން.
10- ދަމު ނަމާދު ކުރުން
11- ގިނަ ގިނައިން ދުޢާކުރުން
12- އިސްތަޣްފާރު ކުރުން (ގިނަގިނައިން ފާފަ ފުއްސެވުން އެދި ދެންނެވުން)
13- ކާއެއްޗިއްސާއި ބޯ އެއްޗިއްސާއި ލާ އެއްޗިއްސަކީ ޙަލާލު ތަކެތި ކަމުގައި ހެދުން
14- ގިނަގިނައިން ޞަދަޤާތް ކުރުން
15- ބެލުން ތިރިކުރުން

މަސްދަރު: ޝާފިއު އެމްވީ

ކިޔުންތެރިންގެ ހިޔާލު