ކަންނެތް ވުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ކަންނެތްކަމަކީ ތިމާގެ އުޅުމާއި ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. މީހާ ކަންނެތްވުމަށް މެދުވެރިވާ އެތަކެއް ސަބަބުތަކެއް ވެއެވެ. އެގޮތުން ބައެއް ސަބަބު ތަށް ތިރީގައި އެވަނީއެވެ.

  • ކީރިތި ޤުރުޢާން ކިޔެވުން މަދުކުރުން
  • ތަފާތު ފާފަތަކަށް އަރައިގަތުން
  • ކުރަން ޖެހޭ ކަންކަން ފަހަށް ލަސްކުރުން
  • ތިމާގެ ކުށެއް ނެތް ކަމުގައި ދެކެވުން
  • މީހަކު ހެޔޮ ނަސޭހަތެއް ދިނުމުން އެއަށް ފުރަގަސް ދިނުން
  • މަރު ހަނދާން ކުރުން މަދުވުން
  • ކަށްވަޅުގެ އަޒާބާއި ޡަވާބާއި ސަވާބުގެ މަތިން ހަނދުމަކުރުން މަދުކުރުން
  • ހެޔޮ އަމަލުކުރުމުން ލިބޭ އަޖުރަ އިހްސާސް ނުކުރެވުން

 

ކަންނެތްކަން ފިލުވާ މުރާލި މީހަކަށް ވުމަށް ކުރެވިދާނެ ބައެއް ކަންކަން:

އިންސާނާގެ ގައިން ކަންނެތްކަން ފިލުވާ މުރާލި މީހަކަށް ވުމަށް ކުރެވިދާނެ އެތަށް ކަމެއް މާތްވެގެންވާ އިސްލާމް ދީނުގައި ބަޔާން ކުރައްވާފައިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

  • ކަންނެތްކަން ފިއްލަވައިދިނުމަށް އެދި މާތް ﷲ ގެ ހަސްރަތުގައި ދުޢާ ދެއްނެވުން
  • އިލްމުވެރިންގެ މަޖިލިސްތަކުގައި ބައިވެރިވުމާއި ހެޔޮލަފާ މީހުންނާއި އެކު ގިނަ ވަގުތު ހޭދަކުރުން
  • ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި އެހެނިހެން ޒިކުރުތަކަށް ރައްކާތެރިވުން
  • ކީރިތި ޤުރުޢާން ކިޔެވުމުމާއި ނަމާދު އޭގެ ވަގުތުގައި ކުރުމަށް ހާއްސަ އިސްކަމެއް ދިނުން
  • ހެޔޮކަންކަން ކުރުން ގިނަކޮށް ފާހިޝް ކަންކަން ކުރުމާއި ދުރުހެލިވުން
  • އިލްމުވެރިންގެ ދިރިއުޅުމުން ނަމޫނާ ލިބިގަތުން
  • ގިނަގިނައިން ﷲ ހަނދުމަކޮށް އެކަލާންގެއަށް ޒިކުރު ކުރުން