الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

ރޯދައަށް ހުންނަ މީހާ "އަނގައިގެ ތެރެއަށް ނައަންނަ (ކަރުބުޑުގައި ހުންނަ) ދަވަ ނުވަތަ އަރިދަފުސް ދިރުވުމުން ރޯދަނުގެއްލޭނެ ކަމަށް މަޒުހަބުގެ (ހުރިހާ ޢިލްމުވެރިންގެ) ބަސްވެއެވެ. އަދި އަނގައިގެ ތެރެއަށް އައުމަށްފަހު ދިރުވައިފިނަމަ އެޔާމެދުގައި ދެބަހެއް ޢިލްމުވެރިންގެ މެދުގައިވެއެވެ. ﷲ އެބައިމީހުންނަށް ރަޙުމަތްލައްވާށިއެވެ.

އެބައިމީހުންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވަނީ އެކަމުން ރޯދަގެއްލޭނެކަމަށެވެ. އެއީ ކެއުމާއި އަދި ބުއިންފަދަ ކަންކަމާއި އެއްގޮތްކޮށްފައެވެ.

އަދި އެބައިމީހުންގެ ތެރޭގައި އަނެއްބައި ބޭކަލުން ވިދާޅުވަނީ ރޯދަނުގެއްލޭނެ ކަމަށެވެ. އެއީ ކުޅާއި އެއްގޮތްކުރުމަށްފަހުގައެވެ. ސަބަބަކީ ކުޅު އަނގައިގެ ތެރޭގައި ޖަމާކޮށްފައި ދިރުވި ކަމުގައިވިޔަސް އެމީހެއްގެ ރޯދަ ނުގެއްލޭނެއެވެ.

ދެން ޢިލްމުވެރިން ޚިލާފުވެއްޖެނަމަ ރުޖޫޢަވާންޖެހޭ މަރުޖިޢުއަކީ ޤުރުއާނާއި ސުންނަތެވެ. އަދި އަހަރެމެންނަށް މިކަމުގައި އަޅުކަން ފަސާދަވާނެތޯ ނުވަތަ ނޫންތޯ ޝައްކު އުފެދިއްޖެނަމައެވެ. (ރުޖޫޢަވުން ވަނީ އެޔަށެވެ.). (ޝަރުޢުގައިި) އަޞްލަކީ ރޯދަނުގެއްލުމެވެ. (ފަސާދަނުވުމެވެ. ސަބަބަކީ އެކަމަށް ދަލީލެއްނެތުމެވެ.) އެކަމުގެ މައްޗަށް ބިނާކޮށް ދަވަ ނުވަތަ އަރިދަފުސް ދިރުވިކަމުގައި ވިޔަސް ރޯދަނުގެއްލޭނެއެވެ.

އަދި މުހިންމުވެގެންވަނީ (ރޯދައަށް ހުންނަ އިރު) ދަވަ ނުވަތަ އަރިދަފުސް އަނގައިގެ ތެރެއަށް ނުގެނެސް ދޫކޮށްލުމެވެ. ނަމަވެސް އަނގައިގެ ތެރެއަށް އައިސްފިނަމަ ރޯދައަށް ހުއްޓަސް ނުހުއްޓަސް ބޭރުކޮށްލުން ރަނގަޅުވެގެންވެއެވެ. އެޔާއެކު (ދިރުވުމުން) ރޯދަގެއްލޭކަމަށް ބުނުމަށް ދަލީލެއް ބޭނުންވާނެއެވެ. އެއީ ﷲގެ ޙަޟްރަތުގައި އިންސާނުންގެ މައްޗަށް އެކަން ދަލީލަށް ވުމަށްޓަކައެވެ. (އެބަހީ ދަލީލެއް ނެތި އެކަމަށް ގޮތް ކަނޑަނޭޅޭނެއެވެ."

މަޞްދަރު: ފަތާވާ އަރްކާނިލް އިސްލާމް.

ފަޟީލަތުއް ޝައިޚު މުޙައްމަދު ބިން ޞާލިހް އަލްއުޘައިމީން ރަޙިމަހުﷲ.