ރުޅިއަކީ އިންސާނާގެ ތަބީއަތުގައި ލައްވާފައިވާ ކަމެކެވެ. އަދި ރުޅިއަކީ މީހާ ހަލާކުކޮށްލާ ހަތިޔާރެއްވެސް މެއެވެ. ދުނިޔޭގައި ދިރިއުޅޭއިރު އިރު ތިމާ ހިތްހަމަ ނުޖެހޭ ކަންކަމާއި ނުވަތަ ހިތް ނޭނދޭ ކަންކަމާއިވެސް ކުރިމަތިލާން ޖެހިދާނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ތިމާއަށް ވަރަށް ފަސޭހައިން ރުޅި އާދެވެއެވެ. އަދި އެރުޅި ތިމާއަށް ކޮންޓްރޯލް ނުކުރެވޭ ހިސާބަށްވެސް ދެއެވެ.

އިސްލާމްދީނަކީ އެންމެ މަތިވެރި ދީނެވެ. އެދީނުގައި ވަނީ އިންސާނުންނަށް ކުރިމަތިވާ ކޮންމެ ކަމެއް ގެ ހައްލު ބަޔާން ކުރައްވާފައެވެ. އެގޮތުން ރުޅި އައުމުން އެރުޅި ކޮންޓްރޯލްކޮށް މީހާ ހަމަ މަގަށް އެޅުވުމަށް ދީނީ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

  • ޢަޢޫޒުގެ ކަލިމަ ކިޔުން
  • ރަސޫލާ މުހައްމަދުއް ސައްލަﷲ ޢަލަޢިހި ވަސައްލަމަގެ ރިވެތި ސުންނަތުގެ މަތިން ހަނދުމަކުރުން
  • މަޑުމައިތިރިވެ ހަނުހުރުމަށްފަހު ރުޅި އައުމަކީ އިންސާނާގެ ފިތުރަތުގައި ލައްވާފައިވާ ކަމެއްކަން ގަބޫލުކޮށް ހަމަޖެހިލުން
  • ކޮށްޅަށް ހުރެ ރުޅި އަތުވެއްޖެ ނަމަ އިށީނުން. އެވަރުންވެސް ރުޅި ކޮންޓްރޯލް ނުވެއްޖެ ނަމަ އޮށޯތުން. އެވަރުންވެސް ރުޅި އަންނަ ނަމަ ވުސޫ ކުރުން
  • މާތްﷲ ގެ ވައުދުފުޅުތަކުގެ މަތިން ހަނދުމަކުރުން
  • ރުޅިއަކީ ޝައިތާނާގެ ވަސްވާހުގެ ސަބަބުން ވާ ކަމެއްކަން ގަބޫލުކޮށް ހެޔޮކަންކަން ކުރުން ގިނަކޮށް ނުބައި ކަންކަން ކުރުޖމުން ދުރުހެލިވުން
  • ރުޅި އައިސްފައި ހުރެ ކުރެވިދާނެ ކަންކަމާއި މެދު ވިސްނާލުން
  • ގުދުރަތީ ރީތިި މަންޒަރުތަށް ބަލާލައި މާތް ﷲ ގެ ކުޅަދުންވަންތަވެރިކަމާއި މެދު ވިސްނާ ފިކުރުކޮށްލުން