الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:

އުނދަގުލާއެކު ދަތުރުވެރިޔާ ރޯދަހިފުމުގެ ޙުކުމަކީ ކޮބައިތޯ ސުވާލު ކުރެވުމުން ޝެއިޚު މުޙައްމަދު ބިން ޞާލިހް އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"ދަތުރުވެރިޔާއަށް ރޯދައިގެ ސަބަބުން ދަތިއުނދަގޫ ތަޙައްމަލު ވެއްޖެނަމަ ފަހެ (ރޯދަހިފުންވަނީ) މަކްރޫހަވެގެންނެވެ. ސަބަބަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މީސްތަކުން ހިޔާއަޅާފައިވާ މީހެއް ފެނުނެވެ. އަދި ތެއްޖެހިފައިވާ މީސްތަކުންގެ ތެރޭގައި މީސްތަކުން އޭނާގެ ވަށައިގެން ތިއްބެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "މިއީ ކޮންކަމެއްހެއްޔެވެ؟"

އެބައިމީހުން ދެންނެވިއެވެ. ރޯދައަށް ހުރި މީހެކެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(ليس من البر الصيام في السفر) رواه البخاري ومسلم.

މާނައީ: "ދަތުރުމަތީގައި ރޯދަހިފުމަކީ ހެޔޮކަމެއްނޫނެވެ."

އަދި ހަމައެޔާއެކު އުނދަގޫކަން ބޮޑުވެއްޖެނަމަ ދަތުރުވެރިޔާގެ މައްޗަށް ވާޖިބުވެގެންވަނީ ރޯދަވީއްލުމެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހުން ރޯދައަށް ތިބެން އުނދަގޫވެގެން ޝަކުވާ ދެންނެވުމުން ރޯދަވީއްލަން އެންގެވިއެވެ. އަދި ބައެއްމީހުން ރޯދައަށް ތިބިކަމަށް ދެންނެވީމަ ޙަދީޘްކުރެއްވީމެވެ. "اولئك العصاة، أولئك العصاة" رواه مسلم.

މާނައީ: "އެބައިމީހުންނަކީ އުރެދޭމީހުންނެވެ. އެބައިމީހުންނަކީ އުރެދޭމީހުންނެވެ."

އަދި އެމީހަކަށް ދަތުރުމަތީގައި އުނދަގޫ ނުވާމީހާއަށް އެންމެ މޮޅު އިތުރުވެގެން ވަނީ ނަބިއްޔާއަށް ތަބާވުމުގެ ގޮތުން ރޯދަހިފުމެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަހިއްޕެވިއެވެ. އެއީ އަބުއްދަރުދާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ފަދައިންނެވެ. "ތިމަންބޭކަލުން ރަމަޟާންމަހު ވަރަށް ހޫނުގައި ދަތުރެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއެކުގައި ވީމެވެ. އަދި އަހަރެމެންގެ ތެރެއިން ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމައާއި އަދި އަބުދުﷲ ބިން ރަވާޙާ މީހެއްނޫން މީހަކު ރޯދައަކަށް ނެތެވެ."

މަޞްދަރު: ފަތާވާ އަރްކާނިލް އިސްލާމް.
މުޙައްމަދު ބިން ޞާލިޙް އަލްއުޘައިމީން ރަޙިމަހުﷲ