މުސްލިމުން އުޅެމުންދާހާލު ފެނިފައި ދެރައެއްނުވޭހެއްޔެވެ؟ ލޮލުންކަރުނައެއްނާދޭހެއްއެވެ؟ މުސްލިމް އުންމަތައްޓަކައި ކަމެއްކޮއްނުދެވޭތީ ދެރަނުވޭހެއްޔެވެ؟ އަނިޔާލިބެމުންދާ މުސްލިމުންނަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވުނީ ކޮންކަމެއްތޯއެވެ؟ އެންމެ ކުޑަމިނުން ބައި ރުފިޔާ ފޮއްޗެއްވެސް ޚަރަދު ކޮއްލެވުންތޯއެވެ؟ ނުވަތަ އެހީއެއްވެވޭނެ ގޮތެއްހޯދަން އެއްވެސް މަސައްކަތެއްކުރެވުނުތޯއެވެ؟ ދެއަތް އުފުލާ ﷲގެ ހަޟްރަތުގައި އުންމަތައްޓަކައި ދުޢާއެއް ކޮއްލެވުންތޯއެވެ؟ މިއަދު މިރާއްޖެއިންވެސް ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. އުންމަތުގެ ހާލަތުގެ ވާހަކަ ދެކެވޭއިރަށް މިރާއްޖޭގެ ހާލަތުގެ ވާހަކަ ބުނެ އެކަމުން ރެކެން މަސައްކަތް ކޮށްފާނެއެވެ. އަދި އުންމަތުގެ ވާހަކަދައްކާ ޝުޢޫރު ފާޅުކުރާ ޒުވާން ކުދިންނަކީ ހައްދުފަހަނަ އަޅައިފައިވާ ބައެއްގެ ގޮތުގައި ދެކިދާނެއެވެ.

ތިބާގެ ކުރިމަތީގައި ތިބާގެ މަންމައާއި، ބައްޕަގެ، ވަޒަންތަކާއި ޒަހަމްތަކުން ތަތްތެޅިފައިވާ ފުރާނަނެތް މަސްގަނޑު ދުށުމަށް ތިބާއަށް ކެތްވާނެހެއްޔެވެ؟ ތިބާގެ ދަރިފުޅުގެ އެތެރެހަށީގެ ގުނަވަންތައް ހަށިގަނޑުގެ ބޭރުގައިވާތީ ދުށުމަށް ތިބާ އެދެމުހެއްޔެވެ؟ ތިބާގެ މަންމައާއި އަންހެންކޮއްކޮގެ ޢިއްފަތް ފޭރިގަންނަން ބަޔަކު އުޅޭއިރު ތިބާގެ ލަގޮނޑިއަށް ކެތްވާނެހެއްޔެވެ؟ ތިބާގެ އަމިއްލަ ނަފްސަށް މިފަދަ ކަންކަން ވުމަށް ނޭދޭފަދައިން އެޤައުމުތަކުގައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް މިފަދަކަންކަންވުމަށް ތިބާ ނޭދެމުނޫންހެއްޔެވެ؟ ރަސޫލާ(ﺻﻠﻰ ﷲﻋﻠﻴﻪ ﻭﺳﻠﻢ ) ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ، ” ތިބާއަށް ވުން އެދޭކަމެއް ތިބާގެ އަޚާއަށްވުމަށް ނޭދޭހާހިނދަކު ތިބާގެ އީމާންކަމެއް ނުވެއެވެ.”

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލާށެވެ. ސޫރިޔާއެވެ. އަފްގާނިސްތާނެވެ. ކަޝްމީރެވެ. ފަލަސްތީނެވެ. ޗެޗްނިޔާއެވެ. ޔަމަންއެވެ. އަދިވެސް އެތައް އެތައް ޤައުމުތަކެކެވެ. މިޤައުމުތަކުގައި މުސްލިމުންނަކީ އަދަދުގެ ގޮތުން ގިނަ ބައެކެވެ. ނަމަވެސް މުސްލިމުންނަށް އަމާން ކަމެއް ނެތެވެ. ތަންތަނުގައި ގެއިން ބޭރަށް ނިކުމެއްޖެނަމަ އަނބުރާ އަންނާނެކަމުގެ އެއްވެސް ޔަޤީން ކަމެއް ނޯވެއެވެ. އަދި ކިއެއްތަ، އެ އަޚުންގެ ގެދޮރުތަކުގެ ތެރޭވެސް ރައްކާތެރިކަމެއްނެތެވެ. ޑްރޯން ތަކެވެ. މިސައިލްތަކެވެ. އުންޑައިގެ މެގަޒިންތަކެވެ. ބޮންތަކެވެ. ޓޭންކުތަކެވެ. މަރުވަމުންދަނީ އެތައްއެތައް ކުޑަކުދީންނެވެ. ނިކަމެތި އަންހެނުންނެވެ. ދުވަސްވީނިކަމެތީންނެވެ، އަދި ޒުވާނުންނެވެ. ކޮންމެ ދުވަހަކުހެން އެތައްއެތައް އަނބިންނެއް ހުވަފަތް ވަމުންދެއެވެ. އެތައް މައުޞޫމް ކުދީންނެއް ޔަތީމުވެއެވެ. އެތައް މުސްލިމް އުޚްތުންގެ އިތްފަތްފޭރިގަނެވެއެވެ. އެތައް އަޚުންނާއި އުޚްތުންނެއް ގެދޮރުނެތް ބައެއް ކަމުގައިވެދެއެވެ. އަދި އެތައް މުސްލިމުންނެއް ހައްޔަރުކޮށް ލާއިންސާނީ އަނިޔާތައް ކުރެވެވެމުންދެއެވެ.

ސޫރިޔާއާއި އަފްގާނިސްތާންފަދަ ޤައުމުތަކުގައި ޓެރަރިސްޓުންނާދެކޮޅަށް ހަނގުރާމަކުރަނީއެވެ. އަދި ކަޝްމީރާއި ފަލަސްތީނުގައި އޮތީ ސިޔާސީ މައްސަލައެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިއީ މުސްލިމުންގެ އަދުއްވުން މުސްލިމުންނަށް ވިސްނަދޭން މަސައްކަތްކުރާގޮތްކަމުގައި ވެދާނެއެވެ. ނަމަވެސް ހިތާމައަކީ އެބައިމީހުންގެ ރޭވުމުގައި އެތަކެއް މުސްލިމުންނެއް ޖެހެމުންދާތީއެވެ. މިބައި މީހުންގެ ނަޒަރުގައި އެބުނާ ޓެރަރިސްޓުންނަކީ މުސްލިމުންތޯއެވެ. އަދި އަނިޔާލިބެމުންދާ މުސްލިމުންގެ ދިފާޢުގައި ﷲގެ ކަލިމަފުޅު މަތިވެރިކޮށް ޖިހާދުކުރަމުންދާ މުޖާހިދުންތޯއެވެ. އަދި މުޖާހިދުންނަށް އެހީވާ މުސްލިމުންތޯއެވެ. އަދި މުސްލިމުންގެ ބިންތައް ހިމާޔަތްކޮށް، އަނިޔާލިބެމުންދާ މުސްލިމުންގެ ދިފާޢުގައި ޖިހާދުކުރުމަށް ހަރުއަޑުން ގޮވާލަމުންދާ އިލްމުވެރީންނާއި މުޖާހިދުންގެ ދިފާޢުގައި ވާހަކަ ދައްކާ މުސްލިމުންތޯއެވެ. އެހެންކަމައްވަނީނަމަ ޓެރަރިސްޓަކައްވާން އަޅުގަނޑުވެސް ބޭނުމެވެ. މި ކަންކަމާއި މެދު ވިއްސާ ފުކުރު ހިންގާކަން ތިބާ ބޭނުމެއް ނޫން ހެއްޔެވެ. ވިސްނާށެވެ. މިއީ ތިބާގެވެސް އުންމަތެވެ. ތިބާ އާއި ސުވާލުވެވޭވެކަން ކަށަވަރެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. خلف

    މުނާފިގުންނަށް އަސަރުކުރުވާނެ ލިޔުމެއް!

    44
    1
  2. ގޮލާ

    ماشاءالله..
    ހަގީޤީ ނޫސްވެރިއެއް..

    53
    1
  3. ޚިޔަލް

    ޥަގުތު ނޫހަށް ސާބަސް.....

    42
    1
  4. ހަގީގަތް

    މުސްލިމުންގެ ދިފާއުގައި ޖިހާދު ކުރުމަށް ނިކުންނަންވީ ވަގުތު އައިސްފައި މިއޮތީ. އަހަރެމެން މުސްލިމުން ފިނޑިވެގެން ކަމަކު ނުދާނެ. އެއީ އަހަރެމެންގެ އަހުންނާއި އުހުތުން

    23
    3
  5. ތެދު

    މިހާރު އަނެއް މުސްލިމަކާ ދޭތެރޭގައި ވިސްނާނެ މީހަކު ނެތް. ހިސާބަށް ވުރެ އަމިއްލަ އެދުންބޮޑީ. މުސްލިމުންގެ ދިފާއުގައި ޖިހާދު ކުރާ މީހުންގެ ބޮލުގައި ޓެރަރިސްޓުންގެ ލޭބަލް އެޅުވިގެންދަނީ. މުއްސަދިންގެ މުދަލުގައި ފަގީރުންގެ ބައެއްވާކަން ހަދާން ނައްތާލައިފި. ޔާﷲ މުސްލިމުން ރައްކާތެރިކުރައްވާދޭ. މުސްލިމުންގެ މައްޗަށް އަނިޔާވެރިވާ ކާފަރުންނާއި ޔަހޫދީންނަށް ﷲގެ ގަދަ ފަދަ ކޯފާއެއް ފޮނުއްވާ އެބައިމީހުން ހަލާކު ކުރައްވާފާދޭ. އާމީން

    27
    2
  6. Anonymous

    މިފަދަ ލިޔުމެއް މަދުވާނެ.
    ލިޔުންތެރިޔާ އަށް ހެޔޮގޮތް މެދުވެރި ކުރައްވާށި.
    އާމީން.

    19
    2
  7. ޝިފް.

    މިފަދަ ރަނގަޅު ލިޔުމެއް މި ނޫނީ އެއްވެސް ނޫހަކުން ނުދެކެން.
    މާތްﷲ ޒަހީން އަށް ތެދުމަގު ދައްކަވާ އެމަގުގައި ސާބިތު ކޮއްދެއްވުން ދުއާ އަކީ.

    27
    2
  8. ޓެގް.

    އުންމަތޭ!، ތީ ދާހިލީ ހަނގުރާމަތަކާ، ވަކިވަކި ގައުމު. ކޮންމެމީހަކުވެސް ވިސްނަންޖެހޭނީ އެމީގެއްގެ ގައުމުގެ މީހުންނަށް.

    4
    22
    • Anonymous

      ނުބައި. މުސްލިމުންނަކީ އެއްއުންމަތެއް. މިއުއްމަތަށް ހެޔޮނޭދޭމީހެއް ގައުމަށް ހެވެއްނޭދޭނެ.

      13
      2
  9. Anonymous

    ދިވެހިންގެ ގިނަމީހުންނަކީ އިގްނޯރަންޓްބައެއް. މިވަގުތު މުއްސަނދިކަންމަތީ ތިބުމުން ބޮޑަވެފައިތިބި ބައެއް. ޔަމަންއަށް ވިސްނާ މީގެ 20 އަހަރުކުރިން އެގައުމަކީ ފަގީރަކު ނެތް ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނުނު ގައުމެއް. މިއަދު ދުޝްމަނުންގެ ނުބައިކަމުން އެގައުމުއެވަނީ އެންމެ ފަގީރު ގައުމަށް ހަދާލާފަ. ކުށަކީ މުސްލިމުންނަށްވުން.

    13
    1
  10. ހޫދު

    މުސްލިމު އުއްމަތްވަނީ ޢާފިލުވެފައި. ﷲ ތަޢަލާ މުސްލިމު އުއްމަތަށް މިދައްކަވަނީ އެއިލާހުގެ އަމުރުފުޅުތައްމުގުރާ ދުނިޔޭގެ އެދުމަށް ޝައިޠާނުންނާ އެކުވެރިވެ އެއެއްޗެޖީގެ އެހީތެރިން ވުމުގެ ސަބަބުން ލިބޭނެ ގެއްލުން.

    10
    2
  11. ޚާޗުސް

    މުސްލިމުން ތިބީ މުސްލިމުންގެ ގޮތުގައި ބާ

    6
    2
  12. ޒަމާން

    ވަރަށް ތެދު ވާހަކަ ތަކެއް.. ނަމަވެސް އެއުޅޭ ހުޅަނގުކަރައިގެ ވިސްނުމުގެ ކުދިންކޮޅަކަށް ތިޔަ އެއްޗެއް ޓޮލަރޭޓެއް ނުވާނެ.. އެއީ މިއަދު ނާސަރީއިން ފެށިގެން ޕީއެޗްޑީ އަށްވެސް އަޅައިދެނީ 5 ވަގުތު ނަމާދުކުރާ ސުންނަތް ފޮލޯކުރާ ރަނގަޅު މުސްލިމަކަށް ވާން މަސައްކަތްކުރާ މީހެއްތަ... ޓެރަރިސްޓެއް... ރާބޮމުން މަގުފޭރެމުން ތަޅާފޮޅަމުން ޒިނޭކޮށް ޑީޖޭކުރަމުން ޕާޓީކުރަމުން ފާރުބުޑުގަ ބިއްޖެހުމުން އެހެރީ ހުޅަނގުން ބުނާ މުސްލިމަކަށް ވެފަ

    2
    1