الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين و بعد:

އަބޫ ޢިޔާޝް އަލްޤައްޠާނު ރަޙިމަހުﷲ ރިވާކުރެއްވިއެވެ.

ތިމަންބޭކަލުންނާއި ހިސާބަށް މުއްސަނދި ރަސްކަލެއްގެ ޚަބަރު ލިބުނެވެ. އަދި އެރަސްގެފާނުގެ ހުންނަވަނީ އެންމެ ދަރިކަނބަލެކެވެ. އެނޫން އެއްވެސް ދަރިކަލެއް ލިބިވަޑައިގަނުގަންނަވައެވެ. އަދި ރަސްގެފާނު މިދަރިކަނބަލުން ދެކެ ވަރަށް ބޮޑަށް ލޯބިވެވަޑައިގަނެއެވެ. އެގޮތުން މިދަރިކަނބަލުން ހިތްހަމަ ޖައްސަން އެކިކަހަލަ ކުޅިވަރުތައް އޮވެއެވެ. އެގޮތުގައި ޒަމާންތަކެއް ވޭތުވެއްޖެއެވެ.

އޭރު ރަސްގެފާނުގެ އަރިހުގައި އަޅުވެރިބޭކަލެއް އުޅުއްވިއެވެ. އެއްރެޔަކު މި އަޅުވެރިޔާގެ ޤުރުއާނުގެ މިއާޔަތްތައް ވަރަށް ބާރަށް އަޑުހަރުކޮށް އެބަކިޔަވާ ވިދާޅުވެއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ ) سورة التحريم: 6

މާނައީ: "އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ނަފުސުތަކާއި އަދި ތިޔަބައިމީހުންގެ އަހުލުވެރިން ނަރަކައިން މިންޖުކުރާށެވެ. އެނަރަކައިގެ ދަރަކީ މީސްތަކުންނާއި ހިލައެވެ."

މި އާޔަތްތައް ކިޔަވާ އަޑު ރަސްގެފާނުގެ ދަރިކަނބަލުން އިވިވަޑައިގަތެވެ. އަދި އެކަމަނާގެ ޚާދިމުންނަށް ކިޔެވުން ހުއްޓުވުމަށް އެންގިއެވެ. ނަމަވެސް އެބައިމީހުން ނުހުއްޓުވިއެވެ. އޭރު އަޅުވެރިޔާ މިއާޔަތްތައް ކިޔަވަމުންދިޔައެވެ. އަނެއްކާވެސް ޚާދިމުންނަށް އަމުރުކުރުމުންވެސް އެމީހުން ނުހުއްޓުވިއެވެ. ދެން އެކަމަނާ އެބަސްތަކަށް ހިތަށް ދަތިކަން ލިބި ހެދުމުން ބައެއް އިރާލައި އެކަމަނާގެ ބައްޕަގެ އަރިހަށް ދިޔައެވެ. އަދި އެވާހަކަ ކިޔައިދެއްވިއެވެ.

ރަސްގެފާނު އެކަމަނާއާއި ދިމާއަށް އެނބުރިވަޑައިގެން އެކަމަނާ ރޭ ހޭދަކުރެއްވި ގޮތުގެ ވާހަކައިން ޚަބަރު އެއްސެވިއެވެ. އަދި ރޮނީ ކޮންކަމަކާތޯ ސުވާލުކުރެއްވިއެވެ. އަދި އެކަމަނާގެ ގަޔާކައިރިކޮށްލެއްވިއެވެ.

އެކަމަނާ ދެންނެވިއެވެ. ﷲއަށްޓަކައި ސުވާލުކުރަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެތަނެއްގެ ދަރުކަމުގައި މީސްތަކުންނަށް ހިލަވާތަނެއް ވޭތޯއެވެ؟ ދެންނެވިއެވެ. އާނއެކެވެ. އެކަމަނާ ދެންނެވިއެވެ. އެވާހަކަ ތިމަންނާއަށް ބަޔާންނުކޮށްދެއްވީ ކީއްވެގެން ހެއްޔެވެ؟

ﷲ ގަންދީފައި ބުނަމެވެ. ތިމަންނާ މީރު އެއްޗެއްވެސް އަދި އަރާމު ތަންމައްޗެއްގައިވެސް ތިމަންކަމަނާގެ މަންޒިލަކީ ސުވަރުގެތޯ ނުވަތަ ނަރަކަތޯ، ކޮބައިކަމެއް އެނގިއްޖައުމަށްދާންދެން ލިބިނުގަންނާނަމެވެ. (އަދި އުޅުން އިޞްލާޙްކުރައްވައި އަޅުކަމުގައި އުޅުއްވިއެވެ.) .

وصلى الله وسلم على محمد و آله و صحبه أجمعين. آمين.

މަޞްދަރު: އިމާމު އިބުނު ޖައުޒީ ރަޙިމަހުﷲގެ ޞިފަތުއް ޞަފްވާ.