ދަރިފުޅު ނަމާދުކުރުމަށް ލޯބިޖެއްސުމަށް ކުރެވިދާނެ ބައެއްކަންތަައްތައް ތިރީގައިއެވަނީއެވެ.

1- މައިންބަފައިން ގަޑިން ގަޑިޔަށް ނަމާދު ކުރައްވާށެވެ!

2- ނަމާދުގެ މުހިއްމުކަން ވިސްނަވައިދެއްވާށެވެ!

3- ކޮންމެ ކަމެއް ކުރަން ހުރި ކަމުގައިވިޔަސް ނަމާދު ވަޤުތުވުމުން އެކަން ހުއްޓާލުމަށް އާދަކުރައްވާށެވެ! އަދި ނަމާދަށް އަވަސްވެގަންނާށެވެ!

4- ދަރިފުޅު ތަންދޮރު އެނގޭވަރުވުމުން ބައްޕަ މިސްކިތަށް ދާއިރު ދަރިފުޅު ގެންދަވާށެވެ!

5- މަންމަ ނަމާދު ކުރާއިރު ދަރިފުޅު ކައިރީގައި ބަހައްޓައިގެން ނަމާދުކުރައްވާށެވެ!

6- ދަރިފުޅުގެ އެކުވެރިންނަކީ ނަމާދުކުރާ ބައެއްތޯ ބައްލަވާށެވެ! ނަމާދު ނުކުރާނަމަ އެފަދަ އެކުވެރިންނާ ގުޅުންބަދަހި ވިޔަނުދޭށެވެ!

7- ދަރިފުޅު ނަމާދަށް ރައްކާތެރިވާނަމަ އެކަމުގެ އަގު ވަޒަންކުރައްވާށެވެ! އަދި މަންމައާއި ބައްޕަ އެންމެ އުފާވާކަމަކީ އެއީ ކަމުގައި ދަރިފުޅަށް ބުނެދެއްވާށެވެ!

މަސްދަރު: މޯލްޑިވިއަން ޕާލްސް

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހި

    ދަރިފުޅު ޖިހާދަށް ލޯބި ޖެއްސުމަށް ކުރެވޭނެ ހަތްކަމެއް ބުނެބަލަ

    9
    19
    • ގަބުރު

      ޖިހދު ތިކިޔަނީ ކޯއްޗަކަށް؟ ވރަސް ގިނަ ވައްތަރުގެ ޖިހާދު ހުންނާތީ އަދި އަރަބި ބަހެއްވީމަ މާބޮޑަށް އެނގިގަނެގެން އުޅޭ ވާނުވާ އެއް ކައިރީ އހާލީ މި.

      15
      3