ދަރިންނަކީ މާތް ﷲ އިންސާނުންނަށް ދެއްވާ ވަރަށް ބޮޑު ނިއުމަތެކެވެ. އެ ނިއުމަތާއި މެދުގައި ރައްކާތެރިވުމަށް މާތްﷲ ވަނީ އެކަނލާގެ އަޅުތަކުންނަށް އަންގަވާފައެވެ. އިންސީންނެކޭ އެފަދައިން މާތް ﷲ ވަނީ ޖިންނި ސައިތާނުންވެސް އުފައްދަވާފައެެވެ. އަދި އެތަކެތީގެ ފަރާތުން ބައެއް ފަހަރު އިންސީންނަށް އެތަކެއް ތުރާލެއްވެއެވެ.

ކުއްޖާ ރަނގަޅު ތަރުބިއްޔަތެއްގައި ބޮޑުކުރުމަކީ ކޮންމެ މައިންބަފައިންނެއްގެ ވެސް އުންމީދެކެވެ. ނަމަވެސް ކުއްޖާ ހެޔޮގޮތުގައި ބޮޑު ކުރުމަށް ކޮންމެ މަންމައާއި ބައްޕައަކަށްވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޝައިތާނާގެ ފަރާތުން އެކުދިންނަށް ލިބޭ އުދަނގުލެވެ. ޝައިތާނަގެ ފަރާތުން ތަރުބިއްޔަތުކުރުމަށް އަންނަ ނޭދެވޭ އަސަރެވެ.

މިއީ ގިނަ މައިންނާއި ބަފައިން ކަންބޮޑުވާ ވަރުގެ ކަމެކެވެ. ތެދެކެވެ. ކުއްޖާ ދުނިޔެއަށް އުފަންވުމުގެ ކުރިން ސައިތާނާގެ ފަރާތުން ކުއްޖާ ސަލާމަތްކުރުމަށް މައިންބަފައިންނަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެެއް އޮތެވެ. އެއީ ޖިމާއުވުމުގައި ކިޔާ ދުޢާ ކިޔުމެވެ.

بن عَبَّاس رضي الله عنهما ވިދާޅުވި އެވެ. رسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި އެވެ.

(لَـوْ أَنَّ أَحَدَهُـمْ إِذَا أَرَادَ أَنْ يـَأْتِيَ أَهْلَـهُ قـَالَ بِاسـْمِ اللَّهِ اللَّـهُمَّ جَنـِّبْنَا الشَّـيْطَانَ وَجـَنِّبْ الشَّـيْطَانَ مـَا رَزَقْتـَنَا، فـَإِنَّهُ إِنْ يُـقَدَّرْ بَيْنَـهُمَا وَلَـدٌ فِـي ذَلِـكَ لـَمْ يَـضُرَّهُ شَـيْطَانٌ أَبــَدًا) البخاري 6388 ومسلم 1434 "ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާއާ ޖިމާޢުވުމަށް ބޭނުންވާ ހިނދު، بِاسـْمِ اللَّهِ اللَّـهُمَّ جَنـِّبْنَا الشَّـيْطَانَ وَجـَنِّبْ الشَّـيْطَانَ مـَا رَزَقْتـَنَا (މި ޛިކުރު) ކިޔައި އެ ދެމީހުންނަށް ދަރިއަކު ލިބުމަށް މިންވަރުކުރައްވައިފި ކަމުގައިވާނަމަ، ޝައިޠާނާއަށް ދުވަހަކުވެސް އެ ދަރިއަށް ގެއްލުމެއް ނުދެވޭނެ އެވެ."

އަދިވެސް ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ޒިކުރު ކިޔައިފިނަމަ ޝައިޠާނާއަށް ދުވަހަކުވެސް އެ ދަރިއަކަށް ގެއްލުމެއް ނުދެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ...

    މިޒިކުރު ކިޔަން ޖެހެނީ ހަމައެކަނި ފިރިހެންމީހާތޯ؟

    • ކަލޯ

      އެބުނާހެން. ދިވެހި ބަހުން ކިޔައިފި ނަމަ ވެލިޑް ވާނެތޯ؟