1. އެންމެ ފުރަތަމަ އަނބިމީހާގެ ގާތަށް ދާ ވަގުތު އޭނާ އުފާ ވާ ކަހަލަ ރަނގަޅު ހަދިޔާއެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުންނެވެ. ގަހަނާއެއް ނުވަތަ އަނބިމީހާ ލޯބިކުރާ އަގުހުރި އެއްޗެކެވެ.

2. ހަމަ އެވަގުތު ކިރު ނުވަތަ އެފަދަ މީރު ބުއިމެއް ދިނުން، ފުރަތަމަ އަމިއްލަޔަށް އެއިން ބައެއް ބުއިމަށްފަހު އަނެއްބައި އަންހެނުންނަށް ދޭނީއެވެ.

3. ދެން بسم الله ކިޔައި، ތިބާގެ ކަނާއަތް އަނބިމީހާގެ ނިތްކުރިއާ ދިމާއިން ބޮލުގައި ބާއްވައި ނުވަތަ ނިތްކުރީގެ އިސްތަށިކޮޅުގައި ހިފަހައްޓައި ބަރަކާތަށް އެދި މިފަދައިން ދުއާކުރާނީއެވެ. “ اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا وَخَيْرِ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنٍ شَرِّهَا وَشَرِّ مَا جَبَلْتَهَا عَلَيْهِ “ މާނައީ: “ އޭ الله މީނާގެ ހެޔޮކަމާއި، އިބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާ ހެޔޮކަންތައް ދެއްވުން އެދި މިއަޅާ އިބަ އިލާހުގެ ހަޟުރަތުން އެދެމެވެ. އަދި މީނާގެ ނަފްސުގައިވާ ނުބައިކަމަކާއި، އިބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާ ނުބައިކަންތަކުން ރައްކާތެރި ކޮށްދެއްވާންދޭވެ.“

4. ދެން ދެމަފިރިން އެކުގައި، ފިރިމީހާގެ ފަހަތުގައި އަނބިމީހާ ހުރެގެން ދެރަކުއަތް ނަމާދެއް ކުރާނީއެވެ. އެއަށް ފަހުގައި ދެމީހުންވެސް ދެމީހުންގެ ދިރިއުޅުމުގައި ބަރަކާތް ލައްވާތޯއާއި، އެކުވެރިކަމާއި ލޯތްބާއެކުގައި އުޅެވޭތޯއާއި، ޞާލިހު ދަރިފަސްކޮޅެއް ދެއްވާތޯ ދުޢާކުރާނީއެވެ.

5. އެއްދާންވުމުގެ ކުރީގައި އަންނަނިވި ދުޢާކިޔުމަކީ ކޮންމެހެން ހަނދާން ބަހައްޓަންޖެހޭ ކަމެކެވެ. “ بِسْمِ اللهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا “ މާނައީ: ”އޭ الله، އަޅަމެން ޝައިޠާނާގެ ކިބައިން ސަލާމަތް ކޮށްދެއްވައި، އަދި އިބަރަސްކަލާނގެ އަޅަމެނަށް ދެއްވާ ދަރިފުޅު ޝައިޠާނާގެ ކިބައިން ސަލާމަތް ކޮށްދެއްވާންދޭވެ.“
އެ ވަގުތުގައި ﷲ ތަޢާލާ އެދެމީހުނަށް ދަރިޔަކު ދެއްވުމަށް އިރާދަކުރައްވާފިނަމަ ޝައިޠާނާއަކަށް އެކުއްޖާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ.

6. ދެމަފިރިންނަކީ އެކަކު އަނެކަކުގެ ލިބާހެވެ. ދެމީހުން އެކުގައި ވާ ހިނދު ލިބާސް ލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ހަމަ އެފަދައިން އިސްލަމީ އަޚްލާޤާއި މެދުގައި ޚިޔާލު ބެހެއްޓުމަކީވެސް ކޮންމެހެން ބޭނުން ކަމެކެވެ. ޖިމާޢުވާން ފެށުމުގެ ކުރިން ދެމީހުންނަށް ރަނގަޅަށް ތައްޔާރު ވެވޭފަދަ ލޯބީގެ ރަނގަޅު މުގައްދިމާއަކުން ފެށުމަކީ އިތުރު އެކަލޭގެފާނުންގެ ހަދްޔެކެވެ.

7. ދެމަފިރިންވެސް އެކަކު އަނެކަކަށް ޒީނަތްތެރިވެ، ރީތިވުމަކީ މަޝްރޫޢުވެގެންވާ ރަނގަޅު ކަމެކެވެ.

މަސްދަރު: އިމްލް އެމްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ކިޔުންތެރިންގެ ހިޔާލު