އިސްލާމްދީން މިވަނީ މި ދީނުގެ ވަތަނުގައި ބީރަށްޓަހި ކޮށްފައި ކަމަށް އަޟްހާ އީދު ޚުތުބާގައި ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޚުތުބާގައި ވިދާޅުވެފައިވަނީ މިހާރަކަށް އައިސް ފެންނަމުންދަނީ އިސްލާމް ދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުންދާތަން ކަމަށާއި އިސްލާމްދީނުގެ ބުރުސޫރަ ހުތުރު ކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް މިއަދު ބޭނުންވެފައިވާ ކަމަށެވެ.

"އިސްލާމީ އުންމަތަށް މިއަދު މިވަނީ މި ގުރުބާނީން އިބުރަތް ހާސިލުކުރަން ޖެހިފައި. އިބްރާހީމުގެ ފާނުގެ ދަރިކަލުންގެ ވާހަކައިން އިތުރު ފިލާވަޅުތައް ދަސްކުރަން ޖެހިފައި. އެހެނެއްކަމަކު މިހާރަކަށް އައިސް ފެންނަމުންދަނީ އިސްލާމްދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުން އަންނަތަން. މުސްލިމުންގެ ވެރީންގެ އަބުރަށް ދަނީ އަރައިގަންނަމުން. އިސްލާމީ ގައުމުތަކުގެ އިންތަކުގެ ހުރުމަތް ދަނީ ކަނޑަމުން. މުސްލިމް އިލްމުވެރިންގެ ގަދަރު ދަނީ ވައްޓައިލަމުން." ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

ޚުތުބާގައި ބުނެފައިވަނީ މިއަދު އިސްލާމީ ޔުނިވާސިޓީތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންދާ ކަމަށެވެ.

"އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް މިއަދު ވަނީ ބޭނުންވެފައެވެ. އެމީހުންގެ ވަގުތުންނާއި އެމީހުންގެ މުދަލުންނާއި އެމީހުންގެ އީޖާދުތަކުން އިސްލާމްދީނަށްޓަކައި ގުރުބާންވާން ކެރޭ މީހުންނަށް މިއަދު ވަނީ ބޭނުން ވެފައެވެ. އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިންނަށް މިއަދު ވަނީ ބޭނުންވެފަ" ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

ފިތުރު އީދެކޭ އެއްފަދައިން، މި އީދަކީ ވެސް ﷲ އެންގެވި އަމުރުފުޅަކަށް އިޖާބަ ދެވުނީތީ އުފާކުރާ އުފާކުރުމެއް ކަމަށާއި ﷲ މި ދެއްވި ނިއުމަތަށްޓަކައި ޒިކުރުކޮށް ތަކުބީރު ކިޔަން ވާނެ ކަމަށް ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

"އީދު ފާހަގަކުރަން ﷲ މަނާކުރައްވާފައިވާ ކަންތައްތަކާ ދުރުހެލިވެ ތިބެން ޖެހޭ. އީދަކީ އުންމަތުގެ މާޒީ، މި ޒަމާނާ ގުޅިވައިދޭ ޒިކުރާތަކެއް ހިމެނޭ ކަމެއް. މަތިވެރި ހަޟާރަތެއް ބިނާކުރި އުންމަތެއްގެ ހަރުދަނާކަމާއި ފުރިހަމަކަން ހާމަކޮށްދޭ އިހުތިފާލެއް. އުންމަތުގެ ކާބަފައިންގެ ކިބައިގައި ހުރި ރިވެތި އަޅުންތަކާއި ގުޅުންތައް ދިރުވައިދޭ މުނާސަބަތެއް" ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ މުސްލިމުންގެ އީދަކީ މިނިވަންކަމުގެ އީދެއް ކަމަށާއި މުސްލިމުންގެ އީދު ވާންޖެހޭނީ ނަފުސުތައް ޝަހަވާތްތަކުން މިނިވަންކޮށްދޭ އީދަކަށް ކަމަށެވެ.

"އިސްލާމީ އުންމަތަކީ އަހުރެންވަންތަކަން ދޫކޮށްލާފައި އަހުރެމެން ވަންތަކަމަށްޓަކައި މަސައްކަތްކުރަން ޖެހޭ އުންމަތެއް. އެބައިމީހުންނަކީ އެބައިމީހުންގެ ފަގީރުކަމާއި ތަދުމަޑުކަމާއެކު ވެސް އަނެކުންނަށް އިސްކަންދިން އުންމަތެއް" ޚުތުބާ ނިންމާލަމުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަޖާއިބު

    އެހެން އެވަނީ ކަލޭމެންގެ ކަންތައް ހުރި ގޮތުންނެއްނު؟ އެންމެހާ ޖާހިލު. އެންމެހާ އަނިޔާވެރި.

    10
    5
  2. ޙަސަން

    އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރާ މީހެއްގެ ފަހަތުގައި އުޅޭ ބަޔަކަށް ގައުމުގެ ވެރިކަމާއި ހުރިހާ ބާރެއް އޮންނަ މަޖިލިސް ދިނީމާ ވާނީ އެހެން. ތިޔަ ޚުޠުބާ ހެދި އޮފީހުގެ ވެރިންނަށްވެސް ތިބީ އެ ބައިގަނޑާ ބައިޢަތު ހިފައިގެން.

    19
    3
  3. ދީން

    އަދިވެސް ވާނެ. ބޮން ގޮއްވާ ވަރަކަށް ވާނެ.

    4
    10
  4. ޥަޙީ.

    މިއަދު މިޤައުމުގެ ޙާލަތު ވަރަށް ރަގަޅަށް ބަޔާންކޮށްފައިވާ ޚުތުބާ ބަޔާން ކޮށްފި

    17
    4
    • ވާނުވާ

      ރާއްޖޭގެ ވާހަކައެއް ނޫން އެދައްކަނީ ރާއްޖޭގަތަ އިސްލާމުދީން ފާޅުވީ ދީނުގެ އަސްލު ވަޒަނަށް މިތަންވާން؟ އެއީ ސައުދީއާ އެތާނގެ ނުލަފާ ޕުރިންސްގެ ކަންތައް ހުރި ގޮތް

  5. ޖަހަން ތީރު

    ޖާހިލުކަން ފަޅާ އަރާ ވަރަކަށް މީހުން ދާނީ ދުރަށް.

    1
    3
  6. ޒިންޒިން

    އޭގެ މުރާދަކީ ދީނުގެ އަސްލު ވަޒަން އަދި އިސްލާމުދީން ފާޅުވެގެން އައި ބިން ނިސްބަތްވާ ސަޢުދީއަރަބިއްޔާއިން ކަންކުރަމުންދާ ގޮތް.. ދީނާ ދުރަށް ރައްޔިތުން ގެންދާ ގެންދިއުން... ރާއްޖޭގެ ވާހަކައެއް ނޫން.. ރާއްޖެއަކީ ބުޑިސްޓުން އުޅުނުތަނެއް