މިއަހަރުގެ އަޟްހާ އީދު ނަމާދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޮށްފި އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ހުރިހާ ރަށެއްގައި އީދު ނަމާދު ކޮށްފައިވާއިރު ބޮޑު ޖަމާޢަތުގައި މާލެ ސިޓީ އާއި އައޮޅުތެރޭގެ ގިނަ ރަށްރަށުގައި އީދު ނަމާދު ކުރުމަށް ތައްޔާރު ކުރި ނަމަވެސް މޫސުން ތަންނުދިނުުމުގެ ސަބަބުން ގިނަ ރަށްރަށުގައި އީދު ނަމާދު ކޮށްފައިވަނީ މިސްކިތްތަކުގަ އެވެ.

މާލޭގައި ހުކުރު ނާމާދު ކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދު ކޮށްފައިވާ އިރު މާލޭގެ އިސްލާމީ މަރުކަޒުގައި ކުރެވުނު އީދު ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުވެސް ވަނީ ބައިވެރިވެ ވަޑައިގެން ފައެވެ.

ޢީދު ނަމާދަށްފަހު ރައީސާއި ނައިބު ރައީސް ވަނީ އިސްލާމީ މަރުކަޒަށް އީދު ނަމާދަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކާ ސަލާމް ކޮށް އީދުގެ ތަހުނިޔާ ބަދަލު ކޮށްފައެވެ.

މޫސުން ގޯސް ނަމަވެސް މިއަދު ހެނދުނު މާލޭގެ އިތުރުން ބައެއް ރަށްރަށުގައި އީދު ނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ވިއެވެ.

ގިނަ އަދަދެއްގެ ބަޔަކު މިސްކިތްތަކުގެ އެތެރެއިން ޖާގަ ނުލިބުމުގެ ސަބަބުން މިސްކިތްތަކުގެ ބޭރުގައި ވެސް އީދު ނަމާދުކޮށްފައިވެއެވެ.

އީދު ނަމާދުގައި ގިނަ އަދަދެއްގެ ބޮޑެތި މީހުންނާއި ތުއްތު ކުދިން ވަނީ ބައިވެރި ވެފައެވެ. ރާއްޖޭގެ 15 ރަށެއްގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ނަގާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ.

އީދުގެ ކުޅިވަރުތައް ގިނަ ރަށްރަށުގައި ފަށާފައިވަނީ އީދު ވިލޭރެއެވެ. އެހެން އަހަރުތަކާއި ޚިލާފަށް މާލެ ސިޓީގައިވެސް މިފަހަރު ކުލަ ގަދަކޮށް އީދުފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފިތުރު އީދާ ދާމާކޮށް ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް ރަށުން ބޭރަށް އަދި ގައުމުން ބޭރަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ފުރަން ފަށައިފައެވެ.