ކަރަންޓުގެ އެހީއިން ނުވަތަ އަލިފާން އަޅައިގެން ރޫފިލުވަން ގެނގުޅޭ އެއްޗެއްގެ ވާހަކައެއް ނުދައްކަމެވެ. އެ އިސްތިރިއަށްވުރެ މާހޫނު އިސްތިރިއެއްގެ ވާހަކަ ބުނެފާނަމެވެ. ދެމީހަކު ލޯބީގެ ގޮތުން ގުޅުވުމަށްޓަކައި ނުވަތަ ލޯބި ޖެއްސުމަށް ޖިންނި ޝައިޠާނުންގެ ވާގިވެރިކަމުގައި ހެދޭ ސިހުރަކީ ވެސް އިސްތިރިއެވެ. ލޯބިވުމަކީ އިންސާނާގެ ތަބީޢަތު އެއާ ނުލައި ފުރިހަމަ ނުވާ އެއްޗަކަށްވާއިރު ބައެއް މީހުން ލޯބި ހޯދުމަށްޓަކައި ގުރުބާންވާ ހިސާބަށް ވެސް ދެއެވެ. އަނެއް ބައި މީހުން ދީނުން ބޭރުވެގެން ވެސް ލޯބި ހާސިލު ކުރެވޭތޯ މަސައްކަތް ކުރާއިރު އިސްތިރި ހަދައިގެން ލޯބި ޖެއްސުމަކީ ޝިރުކުގެ ތެރެއިންވާ ކަންކަމެވެ.
މިފަދަ އިސްތިރި ދެގޮތަކަށް ހަދާ އުޅެއެވެ. އެކަކު އަނެކާއަށް ހިތް ޖެއްސުމަކީ އެއް ގޮތެވެ. އަދި ލޯބިން އެކީގައި އުޅެ ދެމީހަކު ދުރުކުރުމަށް ހަދާ ސިހުރަކީ ވެސް އިސްތިރިއެއް ކަމަށްވެއެވެ. މިފަދަ ސިހުރަކީ އެހެނިހެން ބޭނުންތަކަށް ހަދާ ސިހުރަށްވުރެ މާނުރައްކާތެރި އަދި މާނުބައިކަން ބޮޑުވެގެންވާ ސިހުރެއް ކަމަށްވާއިރު އެކަމުގެ ސަބަބުން ބައެއް މީހުންގެ ހަޔާތް އެކީ ހަލާކުވެ ސަލާމަތްނުވެވި އުޅެން ޖެހެއެވެ.
ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
"ސިހުރު ހަދާ މީހާ އާއި، އެ ހަދުވާމީހާ އަހަރެމެންގެ ތެރެއިން ނުވެ އެވެ. އަދި ކާހިނެއްގެ ގާތަށް އައިސް އޭނާ ދައްކާ ވާހަކަ ތެދު ކޮށްފި މީހާ ދަންނަ އެވެ. ފަހެ، ހަމަކަށަވަރުން އޭނާ މުޙައްމަދުގެފާނު މައްޗަށް ބާވާލެއްވުނު ޝަރީޢަތަށް ކާފަރުވެއްޖެ އެވެ."
އަމިއްލަ އެދުމެއް އޮވެގެން އަނެކާގެ ހަޔާތް ބަރުބާދުކޮށްލުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަނެކާއަށް ދެރައެއް ނުވަތަ ގެއްލުމެއް ދިނުމަކީ ދީނުގައިވެސް ކަނޑައެޅިގެން މަނާ ކުރައްވާފައިވާ ކަމަކަށްވާއިރު ސިހުރުން ތިމާ އެދޭ ކާމިޔާބީތައް ހޯދުމަކީ ކުފުރުވުމެވެ. އިންސާނާއަށް ކާމިޔާބު މިންވަރުކޮށް ދެއްވަނީ ނިއުމަތްތައް ތަނަވަސްކޮށްދެއްވާ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެވެ.
އިސްތިރި ހެދުމުގައި ސިހުރުވެރިން އެކި އުކުޅުތަކާއި އެކި ގޮތްތައް ބޭނުން ކުރާއިރު، އިސްތިރި ކާމިޔާބުވާނީ އެވެނި މިވެނި ކަމެއް ކޮށްގެން ކަމަށްބުނުމުން ސިހުރު ހައްދަންދާ މީހާ އެކަމުގައި ހުންނަ ފޯރިއާއި ޖޯޝުގައި ސިހުރުވެރިޔާ ބުނިހާގޮތެއް ހަދައި އެކަމުގައި ޝާމިލުވެ ދެދުނިޔެއިން ގެއްލި ހަލާކުގެތެރެޔަށް ވެއްޓިގަނެއެވެ. އެގޮތުން ސިހުރުވެރިޔާއާއި ސިހުރު ހަދަން ދާ މީހާ ﷲގެ މަގުން އެއްކިބާވެ ފާޙިޝް ޢަމަލުތައް ހިންގައި ޝައިތާނާގެ ރުހުން ހޯދުމުން އެ ޝައިތާނާ އިންސާނާގެ ނުބައިކަން އިތުރު ކުރުމުގެ ގޮތުން އެކަންތަކަށް މަގުފަހި ކޮށްދިނުމަށް އެހީތެރިވެއެވެ.
އާންމުކޮށް ސިހުރުވެރިން ސިހުރު ހަދާފައިވާ ކާތަކެއްޗާއި ބޯތަކެތި ހިތް ރުއްސަން ބޭނުންވާ މީހާއަށް ކާންދީ ބޯންދީ ހަދައެވެ. އެފަދަ ތަކެތި އެކި ތަންތަނުގައި ވަޅުލާހަދަން ދެއެވެ. މޫދަށް ނުވަތަ ކަނޑަށް ތަކެތި ފައްތާ މަސްމަހާމެއްސަށް ކާންދީ ވެސް ހަދައެވެ. މިކަންކަމުގެ ސަބަބުން ޖިންނި ޝައިޠާނުން އެ ސިހުރު ކާމިޔާބު ކުރުމަށް އެހީތެރުވުމަށްޓަކައި، ލޯބި ހޯދަން އުޅޭ މީހާއަށް ވަސްވާސް ވައްދާ އޭނާގެ ބޮލަށް ސަވާރުވެގަނެއެވެ. އިސްތިރިން ވާގޮތަކީ އެއީ އެވެ. ހަޤީޤީ ލޯބީގެ ބަދަލުގައި ބޮޑު އޮޅުވާލުމެއްގެ ތެރެއަށް ސިހުރު ޖައްސާ މީހާ ވައްޓާލައެވެ.
އިސްތިރި ޖެހިފައިވާ މީހުންގެ ފަރާތުން ފެނިދާނެ ބައެއް ޢަލާމާތްތައް:
- މީހެއްދެކެ މާބޮޑަށް ލޯބިވެ އެކަމުގައި ހައްދުފަހަނަ އެޅުން
- އަންހެނެއްނަމަ ޙައިޟު ގެ މައްސަލަ އާއްމުކޮށްޖެހުން
- އާދަޔާ ޚިލާފަށް ގިނައިން ޖިންސީ ގުޅުން ހިންގާހިތްވުމާއި އަބަދުވެސް އެޚިޔާލުގައި ހުރުން
- ހުވަފެނުގައި މީހަކު ގިނައިން ފެނުމާއި އެމީހާއާއެކު އެއްދާން ކުރާތީ ހުވަފެނުގައި ފެނުން
- ބޮލުގައި މީހަކު ހިފާފަ ހުންންގޮތަށްވެ ބަރުޖެހި ބާރުވުން
- ކޮންމެ ހާލެއްގައި އުޅެންޖެހުނު ނަމަވެސް އެމީހަކާ އެކީ އުޅެން ބޭނުންވުން
- ނުބައި ކަމެއް ނުވަތަ ތިމާ ނުރުހޭ ކަމެއް އެމީހާ ކުރިކަމުގައިވިޔަސް އެކަމާ ރުހި ޤަބޫލުވެ ތައުރީފް ކުރުން
- ހުވަފެނުގައި ހަރުފަ ބުޅާ ފަދަ ޖަނަވާރުތަކާއި ބިރުވެރި ސިފައިގައި ތިބޭ މީހުން ފެނުން
- ނިދީގައި ބާރަށް ވާހަކަދެއްކުން
- ނިދީގައި ކުއްލިއަކަށް ސިއްސައިގެން ގޮސް ހޭލެވުން
- އާދަޔާ ޚިލާފަށް މެއަށް ތަދެއް އެރުން
މާތް ﷲ ވަޙީ ކުރެއްވިއެވެ، "އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައި ކަމުގައިވިޔަސް، ސިޙުރުވެރިޔާ ކާމިޔާބު ނުވާނެއެވެ".
އެހެންކަމުން ﷲ ގެ ބަސްފުޅާމެދު ޝައްކު ނުކުރާށެވެ. ފަރުވާ ކުރުމާއި، ދުޢާކުރުމާއި ޒިކުރުކުރުން ގިނަކުރުމުން އެކަލާނގެ އިރާދަފުޅުން އެފަދަ ކަންކަމުން އިންސާނާ ސަލާމަތް ކޮށްދެއްވާނެތެވެ. ޝިފާ ދެއްވާ ފަރާތަކީ ހަމައެކަނި އެއީއެވެ. މުއުމިނުންދެކެ އެކަލާނގެ އިންތިހާއަށް ލޯބިވެ ވޮޑިގަންނަވައެވެ. މުސީބާތްތައް ކުރިމަތި ކުރައްވަނީ އިމްތިޙާނެއްގެ ގޮތުންކަން ޤަބޫލުކޮށް އެފަދަ ކަންކަމަށް ކެތްތެރިވާށެވެ.
ދުރުކުރަން ހަދާ ސިހުރަކީ ވަރިތޮޅި. އިސްތިރިހަދާނީ ލޯބިޖައްސަން..
ދިވެހިންގެ ގަމާރުކަމާއެވެ. ތަހުޒީބު ޒަމާނެއްގާ ދިވެހިން އަދިވެސްތިބީ ޖިންނި ސިހުރު ގަބޫލުކޮށްގެން
ޖިންނިީންނަކީ އުޅޭބައެއް. ސިޙުރަކީ ޖެހޭ އެއްޗެއް. އެކަން ޤަބޫލުކުރަން ޖެހޭނެ މުސްލިމަކަށް ވާނަމަ. ޤަބޫލު ނުކުރާނަމަ، އެމީހަކީ ކީރިތި ޤުރުއާނަށް ކާފިރުވެއްޖެ މީހެއް.
ކަނޑައެޅިގެން ކީރިތި ގުރްއާނުގައި ސިހުރުގެވާހަކަ ގެނެސްފައިވަނިކޮއް އެކަމައް އިންކާރުކުރިމީހާ އެހެރީ އިސްލާމް ދީނުން ބޭރުވެފައެވެ. އަދި ތިޔަ ހުރެވެނީ ދިވެހި ތާރީޚަށާއި މިހާރުވެސް ރާއްޖޭގައި ހިނގަމުންއަންނަ ސިހުރުގެ ކަންކަމާއިމެދު ޣާފިލުވެފައެވެ. ތިޔަފަދަ ޣާފިލުކަމަކީ އޭގެ ސަބަބުން ސިހުރު ޖެހުމައް މަގުފަހިކޮއްފާނެ ކަންކަމެވެ. އަދި ޣައިބައް އީމާން ނުވާމީހާގެ އީމާންކަމެއް ފުރިހަކައެއް ނުވެއެވެ.
ޝައިތާނާއަކީ ޖިންނިއަކައް ވީހިނދު ޖިންނީންނަކީ ތިބޭ މަޚުލޫގެއްކަމައް ގަބޫލުނުކުރާމީހާ ޝައިތާނާއަކީ ހުންނައެއްޗެއް ކަމުގައި ގަބޫލެއް ނުކުރާނެއެވެ. އެހެން ވުމުގެ ސަބަބުން އޭނާ ޝައިތާނާގެ އަވާގައިޖެހޭނީ ނިކަން ފަސޭހަކަމާއި އެކުއެވެ. ގިނަބަޔަކު މިފަދަ ޣާފިލުކަންމަތީ ރާއްޖޭގައި ދިރިއުޅެމުން ދެއެވެ. ރާއްޖޭގެ މުޖުތަމައުއިން ފެންނަ ނުބައިކަންކަމުގެ އަޑީގައި މިފަދަ ޣާފިލުކަމުގެ ރޯލު ވަރައްވެސް ބޮޑެވެ.
ޢިޓިސް ކޮއްލްޑް ލައްވ.