އިންސީންނެކޭ އެއްފަދައިން ޖިންނި ސައިތާނުންނަކީ ވެސް މާތްﷲ އުފައްދާވާފައިވާ މަހުލޫގުންނެވެ. ބައެއް ފަހަރު ޖިންނި ސައިތާނުންގެ ކިބައިން އިންސީންނަށް އުނދަގުލާއި ގެއްލުން ކުރިމަތިވެއެވެ. ނަމަވެސް ޖިންނީންގެ ކިބައިން ރައްކާތެރިވުމަށް އިންސީންނަށް ކުރެވޭނެ ކަންކަން ވަނީ މާތް ވެގެންވާ އިސްލާމް ދީނުގައި އަންގަވާފައެވެ.

ޒިކުރު ކުރުން ގިނަ ކުރުމާއި ދުޢާކުރުން ގިނަ ކުރުން

ޖިންނި ސައިތާނުންގެ ކިބައިން ސަލާމަތްވުމަށް ކުރުން އެންމެ އެދެވިގެންވާ އެއްކަމަކީ ހެނދުނާއި ހަވީރުގެ ޒިކުރުތަށް ކިޔުމުގެ އިތުރަށް ބައެއް ކަހަލަގެ ދުއާތަށް ކިޔުމެވެ. އެގޮތުން ގެއިން ނުކުންނަ ހިނދު ކިޔާ ދުޢާއާއި ގެއަށް ވަންމުން ކިޔާ ދުޢާގެ އިތުރަށް ފާހާނައަށް ވަންނަމުންނާއި ނުކުންނަމުން ކިޔާ ދުޢާތަށް ހިމެނެއެވެ.

ސާފުތާހިރުކަމައް އިތުރު ސަމާލުކަމެއްދިނުން

އިސްލާމްދީނަކީ ސާފުތާހިރުކަމަށް ލޯބިކުރާ ދީނެކެވެ. އަދި އެދީނުގައި އަންގަވާފައިވަނީ ސާފުތާހިރުވުމަށެވެ. އެހެންނަމަވެސް ޖިންނި ޝައިތާނުންނަކީ ހަނޑި މުޑުތާރުކަންތައް ކަމުދާބަޔެކެވެ. އެހެންކަމުން ޖިންނި ސައިތާނުންގެ ކިބައިން ރައްކާތެރިވުމަށް  އަޅުގަނޑުމެން ސާފުތާހިރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްކުރަންވާނެއެވެ. މީގެތެރެއިން ނިޔަފެތި ކެނޑުމާއި ކިހިލިފަތުން އަދި ލަނދުވެތި ގުނުވަން ކައިރިން އިސްތަށި ބޭލުން ނުވަތަ އުފުރުން ހިމެނެއެވެ.އަދި ނަޖިސް ތަކެތީގައި އަތްލުން ފަދަ ކަންކަމުން ވެސް ދުރިހެލިވާން ޖެހޭނެއެވެ..

ބަޤަރާ ސޫރަތްކިޔެވުން

އަބޫ ހުރައިރާ ރަޞިޔައްލަﷲއަންހު ރިވާކުރެއްވި ހަދީޘެއްގެ މާނައިގައިވެއެވެ. ރަސޫލާ ސައްލަﷲ އަލައިހިވަސައްލަމް ހަދީޝްކުރެއްވިއެވެ. '" އެގެޔެއްގެ ބަޤަރާ ސޫރަތް ކިޔެވޭނަމަ ޝައިތާނާ ދުވެފިލާނެއެވެ." އެހެންކަމުން ޖިންނި ސައިތާނުންގެ ކިބައިން ރައްކާތެރިވުމަށް ބަގަރާ ސޫރަތް ކިޔުމަކީވެސް ވަރަށް މުހިންމި ކަމެކެވެ..

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިންސާނުންގެ ތެރޭގައި އެބައުޅޭ މާނުބައި ޝައިޠާނުން. އެމީހުންގެ ކިބައިން ރައްކާތެރިވާނޭގޮތްވެސް ލިޔެދީ!

    • ހުސޭނުބޭ ތިޔަ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކައެއް. މިސާލަކަށް ކެނެރީގޭ ބޯގޮވި ބެއްޔާ ފަދަ މީހުންގެ ވާހަކަ

    • ތެދެއް ތިބުނީ!!!އެއީ އެބައެއްގެ ކިބައިން ސަލާމަތްވުން ވ.އުނދަގޫ ބައެއް.....އަޅައިގަނެފިއްޔާ ދެން އެނިމުނީ....

  2. އިނގިރޭސިވިލާތު މީހާ

    ހުސޭނުބޭ ތިޔަބުނާ ކަހަލަ މީހުންނާއި ވާހަކަ ދައްކާ ނަސޭހަތް ދީގެން ހައްލު ވޭތޯ ބަލާ ބަލަ. އައޫޒު ބިސްމި ކިޔާއިގެން ދުރަކަށް ނުދާނެ އިންސާނުންގެ ތެރޭގައި ވާ ޝައިތާނުން.