ﷲ ތަޢާލާ އެއްކައުވަންތަކަމަށް ހެކިވި ފާފަވެރީންގެ ތެރެއިން އެންމެ ގިނައިން ނަރަކަޔަށް ވަންނާނެ ބަޔަކީ އަންހެނުންނެވެ. އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُ ގެ ކިބައިން އައިސްފައިވެއެވެ. އިރުކޭތަ ހިފުމުން ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްވި ޚުޠުބާގައި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

((. . .أُرِيتُ النَّارَ، فَلَمْ أَرَ مَنْظَرًا كَاليَوْمِ قَطُّ أَفْظَعَ، وَرَأَيْتُ أَكْثَرَ أَهْلِهَا النِّسَاءَ))1

މާނައީ: "ތިމަން ކަލޭގެފާނަށް ނަރަކަ ދެއްކެވުނެތެވެ. އަދި އެއަށްވުރެ ހަޑިމުޑުދާރު މަންޒަރެއް ތިމަން ކަލޭގެފާނު ދުވަހަކުވެސް ނުދެކެމެވެ. އަދި އެތަނުގެ ގިނަ މީސްތަކުންނަކީ އަންހެނުންކަމުގައި ވަނިކޮށް ދެކިވަޑައިގަތީމެވެ."

އަދި އަބޫ ސަޢީދުލް ޚުދްރީ رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

((يَا مَعْشَرَ النِّسَاءِ تَصَدَّقْنَ فَإِنِّي رَأَيتُكُنَّ أَكْثَرَ أَهْلِ النَّارِ فَقُلْنَ: وَلِمَ ذَلِك يَا رَسُولَ اللَّهِ؟ قَالَ: «تُكْثِرْنَ اللَّعْنَ، وَتَكْفُرْنَ العَشِيرَ. . .))2

މާނައީ: "އޭ އަންހެން ބޭކަނބަލުންނޭވެ. ތިޔަކަނބަލުން ޞަދަޤާއި ދޭށެވެ. ހަމަކަށަވަރުން ނަރަކައިގައި ގިނަ މީހުންނަކީ އަންހެން ކަނބަލުންކަމުގައި ވަނިކޮށް ތިމަން ކަލޭގެފާނު ދެކިވަޑައިގަތީމެވެ. އެކަބަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކީއްވެތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ތިޔަކަނބަލުން މީސްތަކުންނަށް ލަޢުނަތްދީ ގޮވާލެއް ގިނަކަމުންނެވެ. އަދި ފިރިމީހާގެ އިޙްސާންތެރިކަމަށް ކާފިރުވާ ކަމުންނެވެ."

އަދި އުސާމާ ބުން ޒައިދު رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

((. . .وَقُمْتُ عَلَى بَابُ النَّارِ فَإِذَا عَامَّةُ مَنْ دَخَلَهَا النِّسَاءُ))3

މާނައީ: "އަދި ތިމަން ކަލޭގެފާނު ނަރައިކައިގެ ދޮރު މަތީގައި ހުއްޓުނީމެވެ. އެހިނދު އެތަނުގެ ގިނަ އަހުލުވެރިންނަކީ އަންހެނުން ކަމުގައި ވަނިކޮށް ދެކިވަޑައިގަތީމެވެ."

އަދި ޢިމްރާން ބުން ޙުސައިން رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

((إِنَّ أَقَلَّ سَاكِنِي الْجَنَّةِ النِّسَاءُ))4

މާނައީ: "ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އެންމެ މަދުބަޔަކީ އަންހެނުންނެވެ."

ކޮންމެ ސުވަރުގެ ވަންތަވެރިއެއްގެ އެއް އަންބަކަށްވުރެ ގިނައިން އަނބިން ތިބޭކަމަށް ވާރިދުވެގެން އައިސްފައިވާ ވުމާއި މިޙަދީޘްއާއި ތަޢާރުޟްވުމެއް ނުވެއެވެ. އެހެނީ ނަރަކައިގައި ގިނަ މީހުންނަކީ އަންހެން ކަނބަލުންކަމުގައި އައިސްފައިވާ ޙަދީޘްގެ މުރާދަކީ އާދަމުގެ ދަރީންގެ ތެރެއިންނެވެ. އެހެންނަމަވެސް ސުވަރުގޭގައި ކޮންމެ މީހަކަށް ލިބިގެންވާ އަނބީންގެ އަދަދު ގިނަވަނީ އެބައިމީހުންގެ އަނބީންނަކީ ޙޫރުލް ޢީނުން ކަމުގައި ވުމުންނެވެ.

ނޯޓް: މިލިޔުން ލިޔުއްވާފައި ވަނީ ސަލަފިއްޔާ.ކޮމްގައި އައްޝައިހް ޝިހާމް މުހައްމަދު

 

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ލެއްގި ކޮމިޝަނަރ

    މިހެން ކިޔާފަ ނުލިޔޭ. މަޖިލީހުގެ ނައިބް ރައީސް އީވާ މިއަށް ގޮންޖަހާލާފަ ބުނެފާނެ ފިރިހެނުން އިތުރު ކޮށްފާނަމޭ.

    61
    15
    • BtS

      ކޮންމެ ކަމެއް ސިޔާސީ ކުރަނީ ކީއްކުރަންތަ ؟ ބަލަ އެޔަކީ އަންގަވާފައިވާ ގޮތް.. އެޔެއް ބަދަލެއް ނުކުރެވޭނެ އީވާ އަކަސް އެހެން މީހަކަސް.. ކޮންމެ ކަމެއް ސިޔާސީ ކުރާކަށް ނުޖެހޭނެ.. ލިޔާނެ އެއްޗެއް ނޭގެންޏާ ނުލިޔެ ހުރޭ ސިޔާސީ ނުކޮއް.. ހައްދެއް ވެސް ނުހުންނާނެ ބައެއް މީހުން ?‍♀️?‍♀️

      21
      9
    • އަދި

      އީވާ ބަލާނީ އެއީ ނަރަކައިގަވެސް އަންހެނުން ބާރުވެރިކުރުވެނީ ކަމަށް. ބޯދާ ޚިޔާލުން ނެއްޓެއް އުޅެން ހަދައިގެން އެތަނުގައިވެސް އަންހެނުން ގިނަ ކުރެވިއްޖިއްޔާ އެއީ އޭނާއަށް ލިބޭ ކާމިޔާބަކަށްވާނީ.

      10
  2. މެކް

    ތިވާހަކަ ނުދައްކާ މިއުލޭ އަންހެންވރިން ރުޅިއަންނާނެ

    37
    15
  3. ކޮރަކަލި

    ހުރިހާ އަންހެން ކަބަލުން މިކަމާ ވިސްނުން ވަރައް މުހިއްމު އަހަރެންގެ ނަސޭހަތަކީ ހުރިހާ ކަބަލުން ދީނުގަ އޮތްގޮތް އޮޅުން ފިލުވާ އެގޮތައް އަމަލުތައް ބެހެއްޓުން

    64
    6
  4. ޑީޑީ ޖޖޖޖ

    ކީކޭ ދެން ބުނާނީ.އަންހެނަކަށް ވުމަކީ ހާދަ ބިރުވެރި ކަމެކޭ.އެހެންވެ ދޯ މީހުން އުފާ ކުރަނީ ފިރިހެން ދަރިން ލިބުނީމާ

    16
    40
    • ކިޔާ

      އަންހެނަކަށް ވުމީ ބިރުހުރިކަމެއް ނޫން..ހުރިހާވެސް މައްސަލައަކީ ފިރިހެނުންނަށްވުރެ ބޮޑަށް ހެއްލުންތެރިކަން ބޮޑުވެެ ފާފަތަކަށް ފަސޭހައިން އަރައިގަނެވޭގޮތްވުން..މިސާލަކަށް އައުރަނިވާކުރުމުގައިވެސް ކުރީގަ އުޅެނީ އަންހެނުންނަށްވުރެ ފިރިހެނުން..މީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަންކަމުގެތެެެރޭގައި ހިމެނޭކަމެއް..އެކަންވެސް ގިނަ އންހެނުންނަށް ފުރިހަމަ ނުކުރެވޭ..

      37
      5
    • ޓްވިޓަރޭ

      އަންހެނަކަށް ނުވީތީ ޝުކުރުވެރިވަން. ސުވަރުގެ ހޯދަންވެސް އެންމެ ފަސޭހައީ އަންހެނުންނަށް. އެކަމަކު ނަރަކައެމީހުންނަށް ރަގަޅު ވީމަ ދޯ

      3
      1
  5. ލަކީ

    ހެހެ މިހާރުވާގޮތަކީ ކޮންމެމީހަކަށް ދީނެއް މިއޮތީ

    4
    19
  6. Anonymous

    ޥަރައް ރަަގަލު ލިޔުން ކޮލެއް

    17
    5
  7. ކަހެރުވަތް

    ނަރަކަ ދުށް މީހެއް ކޮބާ؟ ނަރަކައިގައި ގިނައީ މިވެނި ބައެކޭ މިވެނި ގައުމެއްގެ ބަޔެކޭ ބުނަން އެނގެނީ ކިހިނެއް؟

    4
    47
    • ހހހހ

      މި ލިޔުން ކިޔާފަތަ ކޮމެންޓު ތިކުރަނީ! ލިޔުން ކީ ނަމަ ތި ސުވާލެއް ނުކުރާނެ

      33
      2
      • ޖެސޫޓް

        ލާދީނީ މީހަކު ޤަބޫލެއް ނުކުރާނެ.

        15
        1
    • ސަހާމް

      މާތް ރަސޫލާ ވަނީ ނަރަކަ ދެކެފައި.. ގޮސް ސިޔަރަތު އަދި ހަދީސް ފޮތްތައް ކިޔާބަލަ.

      20
      1
    • ހުސޭނުބޭ

      މަޑުކޮށްލާ އޭތި ފެންނަންދެން! ޔަޤީނުންވެސް ފެންނާނެ! އެދުވަހުބް އިގިލީގައި ދައިގަނެފައި ރޮއިގަންނާތި!

      13
      1
  8. އަޒޫ

    1- އަންހެނެކޭކިޔާފަތަ ނަރަކަޔަށް ލަނީ!
    2- ދެން ފިރިހެނެއްވީމަ ސުވަރުގެ ޔަގީންވަނީތަ!
    *އަންހެނުން އެކަންޏެއްނޫން މިކަމާވިސްނާންވީއެއް!
    * ކޮންފިރިހެނެއްތަ ހުރީ ސަލާމަތުން!
    *ތިއުޅޭޑުރަގެއް އައިފަހުން ގިނަވާނީ އެއަށް ދެވިހިފާ އެކަމަށް ދިރިއުޅުން ގެއްލުވާ ދީނުން ބޭރުވާބައިގަޑެއް!
    *އެއަށްފަހު އަންހެނުން މަގުއޮޅުވާލާނެ އެކިތިޔަރީ ބޭނުންކޮއްގެން ދެން ފަށާނީ ފާހިސް ކަންކަމަށް!
    * އެހެންވީމާ އަންހެނުން އެކަނިތަ ނަރަކަޔަށް ދާނީީ!
    * ދެބައިމީހުންވެސް ވިސްނާންޖެހޭނެ!
    * ކާކު އަތު ސުވަރުގޭތަޅުދަނޑި ލިބިފައޮތީ!
    * އެއްބަޔަކައް ވިސްނާދެވޭތޯބަލާން ތިދިމާކުރަނީ!
    * ހެޔޮއަމަލު ކުރި އަޅަކައް ލިބޭ ތަނެއްއެއީ! ކަޅާދޮނުގެތަފާތު އެތާންގަ ނުވާނެ!

    15
    5
    • ޖަދަލު

      އީމާންތެރިކަން ހިތުގައި ނެތް ބަޔަކަށް މިއާޓިކަލުން އެއްވެސް އެއްޗެއް މަފްހޫމެއްނުވާނެ. ދީނީކަންކަމުގައި ޖަދަލު ކުރުމަކީ ބިރުވެތިވާން ޖެހޭކަމެއް.

      20
      3
  9. ޢަލީ

    މިކިޔާފަ ހީވަނީ ލިޔެފައޮތް މީހަކު ގިނަ އަބިން ޕްރޮމޯޓް ކުރަން އުޅޭހެން. ޤިނަ އަބިން ތިބޭ ވާހަކަ ލިޔެފަ އޭނީ ނަރަކާ ނޫނީ ސުވަރުގާ އަންހެނުންނާ ހުރި ކޮން ގުޅުމަކުން؟

    3
    15
  10. ޙަސަނު

    ޢަބަދުވެސް އަންހެނުންން މިވެނި އެއްޗެކޭ އަންހެނުން ކަންތައް ކުރަންވާނީ މިހެންނޭ ކިޔާފަ މިއާޓިކަލް ތައް ނެރިފަ މިހުންނަނީ ކީއްވެތަ؟ ފިރެހެނުންނަށް އެޅެވޭލެއް ހަމަ އެހާމެ ރަގަޅީތަ؟ ޢަބަދުވެސް އަބިމީހަގެ ވަޖިބެކޭ އެބަކިޔާ. ގިނަ އަންހެނުންނަށް ނޭގެ އެމީހުންގެ ފިރިން އުޅޭ ގޮތް އުޅެލެއް ރަގަލު ކަމުން. ޙަރަދު ނުކުރާ މީހުން ގިނައީ. ޢަޅާ ނުލާ މީހުން ގިނަޢީ.

    9
    12
  11. ނޫރު

    ތިކަހަލަ ލިޔުންތައް ލިޔަނީ އަމިއްލަ ބޭނުމަށް. އަހެނުން ދައްކޮށް އަޅުވެތިކުރަން

    6
    25
  12. ފަތަރާސީބެ

    ބަލަގަ އެއީ ފިރިހެނުންގެ މައްސަލައެކޭ ގިނަ ބައްޕައިން ނަާއި ދޮންބައްޕައިން ކުދި އަންހެންކުދިންނަށް ޖިންސީ ގޯނާ ކުރާތީ އެކުދިން ބޮޑެތިވަނީ ކުއްކުރަާ ކުދިންގެ ގޮތުގައެވެ އަންހެންކުދިންނަށް ހެޔޮކޮންހިތުމަށަަަާއި ރަގަނޅައް ތަރުބިއްޔަތު ދިނުމަށް ރަސޫލުﷲގެފާނު ވަނީ އަމުރުކުރަށްވާފައެވެ ފިރިހެނުން ދެން ވެސް ބިރުވެތިވެ ތައުބާވޭ އިސްލާމް ދިީނުގައި ވާ ގޮތަށް އުޅުން ރަގަޅުކުރޭ

    5
    2
  13. ސޮނިފުހޭއިސްކިން ޓޯޓޯ

    ދީން ވަރަށް ރިިިީއްޗެވެ ތިބާއަށް އެއްވެސް އެއްޗެއް ނޭގެއެވެ ތިބަަާ މަރްޔަމް އާއި ޢާސިޔާ ފަދައަންހެން ކުދިންގެ ވާހަކަ ކިޔަންވީނުުޫންހެއްޔެވެ ޚަދީޖާ އަާއި ފާތިމާ ގެވާހަކަވެސް ކިޔަަާށެވެ ތައައްސަބުން އެއްކިބާވަާށެވެ. ހެޔޮލަފަާ ކޮންމެ ފިރިހެނަކު އުފަންކުރަނިީ ހެޔޮލަފަާ މަންމައެކެވެ ލާމަސީލު ބައްޕަ އެއްގެ ޒިންމާ ނަގަާށެވެ

  14. ވަﷲ ޢަޢްލަމް

    އިސްލާމްދީނުގެ އެންމެ ފުރަތަމަ ޝަހީދަކީ ވެސް އަންހެން ކަނބަލެއް. އެއީ ސުމައްޔާ ނަމަކަށް ކިޔާ ބޭކަނބަލެއް.

  15. ނޯ ޑިސްކްރިމިނޭޝަން

    އަންހެނުންނާއި ފިރިހެނުންގެ ތެރެއިން މާތް ﷲ އަށް އީމާންވެ ހެޔޮ ޢަމަލު ކުރި މީހުންނަށް އެކަމުގެ އުޖޫރަ އާއި ސަވާބު ދެއްވާނީ އެއްވަރަކަށް ކަން މިހާރު ވެސް ކީރިތި ޤުރްއާން އިން ފެނި އިނގެން އެއޮތީ.

  16. ބޮޑުކަމެއްނު

    ނަރަކައިގަ ގިނަ ވާނީ އަންހެނުން. ދިވެހި އަންހެނުންނާްއި ދިވެހި ފިރިހެނުން ކުރެ ނަރަކައިގަ ގިނަވާނެ ބައެއް އަދި ނޭނގޭ.

    7
    3